Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ތަފާތު ޚަބަރުދިވެހި ފިލްމް އިންޑަސްޓްރީ

އީސަގެ "ހަނދާންކުރައްޗޭ" ބައިސްކޯފަށް!

މި އަލްބަމްގައި ޖުމްލަ ދިހަ ލަވަ އެކުލެވޭ

އަޒްލިފާ އަބްދުﷲ
އަޒްލިފާ އަބްދުﷲ, ރާއްޖެ އެމްވީ | 9 އޯގަސްޓު 2019 | ހުކުރު 03:32
\"ހަނދާންކުރައްޗޭ\" ގެ ޕޯސްޓަރު

\"ހަނދާންކުރައްޗޭ\" ގެ ޕޯސްޓަރު

ކުރީގެ މަޝްހޫރު ފިލްމީތަރި އީސާ ޝަރީފްގެ އަލްބަމް "ހަނދާން ކުރައްޗޭ" އީދު ދުވަހު ރިލީޒް ކުރާ ގޮތަށް ހަމަޖެހިއްޖެ އެވެ.

ރާއްޖެ އެމްވީއަށް މައުލޫމާތު ދެމުން އީސަ ބުނީ މި އަލްބަމް އީދު ދުވަހުން ފެށިގެން ބައިސްކޯފް އެޕުން އަޑުއެހެން ހުންނާނެ ކަމަށެވެ.

ހުސް ލޯބީގެ ލަވަތައް އެކުލެވޭ މި އަލްބަމްގައި ޖުމްލަ ދިހަ ލަވަ އެކުލެވެއެވެ.

މި އަލްބަމްގައި ހިމެނޭ އަށް ލަވައިގެ ޅެން އީސާ ޝަރީފް ހަދާފައިވާއިރު އަނެއް ދެލަވައިގެން ޅެން ހަދާފައިވަނީ އިއްޒަތު އަހުމަދު ނިޒާރެވެ.

ލަވަތައް ކިޔާފައިވަނީ ރާފިޔަތް ރަމީޒާ، މުހައްމަދު އަބްދުލްޣަނީ (ތޭރަވާ)، މަރިޔަމް އަޝްފާ، މުމްތާޒް އަދި ހާމިދު ނިޝާންއެވެ.

"ހަނދާންކުރައްޗޭ" މި އަލްބަމް ބައިސްކޯފް އެޕަށް އަޕްލޯޑް ކޮށްފައިވަނީ އެންމެ ގިނަ މީހުން އަޑުއަހާ އެޕަކީ ބައިސްކޯފް ކަމަށް ވުމުން ކަމަށެވެ.

"ކުރިން އަލްބަމްތަކުގެ ސީޑީ ވިކުނު ނަމަވެސް މިހާރު އެ މާކެޓެއް ނޯވޭ. ބައިސްކޯފަކީ އެންމެ ގިނަ ވިއުވާރސް ތިބޭ އެޕްލިކޭޝަން. އެހެންވެ ބައިސްކޯފް އެޕަށް މި އަލްބަމް އަޕްލޯޑް ކުރީ" އީސަ ބުންޏެވެ.

ކުރިއަށް އޮތް ދެމަސް ދުވަހުގެ ތެރޭގައި މި ލަވަ ތަކުގެ ވީޑިއޯ ހެދުމުގެ މަސައްކަތް ފަށާނެ ކަމަށް އީސަ ވަނީ ބުނެފައެވެ.

އިތުރަށް ކިޔާލަން

27 މެއި 2020

ޔާރާ ޕްރޮޑަކްޝަންގެ ދެ ފިލްމު ބައިސްކޯފަށް

27 މެއި 2020
ޔާރާ ޕްރޮޑަކްޝަންގެ ދެ ފިލްމު ބައިސްކޯފަށް
22 ނޮވެމްބަރު 2019

މިއަދު "ބޮސް" ބައިސްކޯފަށް އަންނަނީ!

22 ނޮވެމްބަރު 2019
މިއަދު "ބޮސް" ބައިސްކޯފަށް އަންނަނީ!
11 ނޮވެމްބަރު 2019

"ދައުވަތު" މި މަހު 12ގައި ބައިސްކޯފަށް!

11 ނޮވެމްބަރު 2019
"ދައުވަތު" މި މަހު 12ގައި ބައިސްކޯފަށް!
10 ނޮވެމްބަރު 2019

"ބޮސް" އާއި "މާޔޫސް" ވެސް ބައިސްކޯފަށް އަންނަނީ!

10 ނޮވެމްބަރު 2019
"ބޮސް" އާއި "މާޔޫސް" ވެސް ބައިސްކޯފަށް އަންނަނީ!
19 އޮކްޓޯބަރު 2019

ކާމިޔާބު ފިލްމު "ވަކިން ލޯބިން" ބައިސްކޯފަށް!

19 އޮކްޓޯބަރު 2019
ކާމިޔާބު ފިލްމު "ވަކިން ލޯބިން" ބައިސްކޯފަށް!
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު