Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ތަފާތު ޚަބަރުވަރުން ދަވަން

ވަރުން ދަވަންގެ އޮކްޓޯބަރ: ހައިވޭއިން ބައިސްކަލްގައި ދާންޖެހުމުން ހުރީ ބިރުން

މި ފިލްމު ޑައިރެކްޓް ކޮށްފައިވަނީ ސުޖިތު ސިރްކާސް

ތަހާރަތު މުހައްމަދު ވަހީދު
ތަހާރަތު މުހައްމަދު ވަހީދު | 5 އެޕްރީލު 2018 | ބުރާސްފަތި 06:09
ވަރުން ދަވަން

ވަރުން ދަވަން

މިމަހުގެ 13 ވަނަ ދުވަހު ރިލީޒް ކުރާ ވަރުން ދަވަންގެ އޮކްޓޯބަރގެ މަންޒަރެއް ކަމަށްވާ ހައިވޭއިން ބައިސްކަލެއްގައި ދުއްވާފައި ދާންޖެހުމުން ހުރީ ވަރަށް ބިރުން ކަމަށާއި އެހެން ނަމަވެސް އޭނާ އެކަން ކުރީ ޑައިރެކްޓަރ ސޫޖިތު ސިރްކާރު ދެރަނުކުރަން ކަމަށް ވަރުން ދަވަން ބުނެފިއެވެ.

ވަރުން މިހެން ބުނެފައި ވަނީ އޮކްޓޯބަރ ޕްރޮމޯޓު ކުރުމުގެ މަސައްކަތުގެ ތެރެއިން އޭނާ ދީފައިވާ އިންޓަވިއުއެއްގައެވެ. ވަރުން ބުނީ އޭނާ ހައިވޭގައި ބައިސްކަލް ދުއްވީ އަލަށް ކަމަށެވެ.

އޮކްޓޯބަރ ގައި ވަރުން ކުޅެފައިވަނީ ހޮޓެލް މެނޭޖްމެންޓް ކިޔަވާ ކުއްޖެއްގެ ރޯލެވެ. "ހޮސްޕިޓަލިޓީ ފީލްޑް" އަށް އޭނާ ޓްރެއިނިން ހަދާ އޭނާ މީހަކަށް ވުމަށް ކުރާ މަސައްކަތް އޮކްޓޯބަރ އިން ފެނިގެންދެއެވެ.

ވަރުން ބައިސްކަލުގައި ދާ ޝޮޓު ނެގިއިރު މަންޒަރު ދުށް މީހަކު އިންޑިއާގެ ޑެއިލީ ނޫހަށް ދީފައިވާ އިންޓަވިއުއެއްގައި ބުނެފައިވަނީ އެ މަންޒަރު ނަގާފައިވަނީ ދިއްލީގެ ހައިވޭއެއްގައި ކަމަށާއި ޝޫޓިން ކުރިއަށްދިޔަ ވަގުތު ދުއްވާއެއްޗެހި ވަރަށް ގިނަ ގަކަމަށެވެ. ވަރުން ހުރީ ވަރަށް ބިރުން ކަމަށާއި އެ ޝޮޓު ނެގުމަށް ގާތްގަނޑަކަށް ތިންގަޑިއިރު ނެގިކަމަށް އޭނާ ބުންޏެވެ. އަދި އޭނާގެ މޫނުމަތިން ހާސްކަން ފެނުނު ކަމަށް އެމީހާ ވަނީ ޑެއިލީ ނޫހަށް ކިޔާދީފައެވެ.

މި ފިލްމު ޑައިރެކްޓް ކޮށްފައިވަނީ ސުޖިތު ސިރްކާސްއެވެ.

މި ފިލްމުގައި ވަރުންއާއި އެކު ފެނިގެންދާނީ ބިނީތާ ސަންދޫ އެވެ. ބިނީތާ ސަންދޫއަކީ ބޮލީވުޑަށް އަލަށް ތައާރަފް ވާ ތަރިއެކެވެ.

އޮކްޓޯބަރ ގެ ޓްރެއިލާ ނެރުމާއެކު ވަރުން ދަވަންގެ ބައްޕަ އަދި ކުޅަދާނަ ޑައިރެކްޓަރ ޑޭވިޑް ދަވަން ވަނީ ވަރުން އެފިލްމުގައި ކުޅެފައިވާ ރޯލަށް ފަޚުރުވެރިވާކަމަށް ބުނެފައެވެ. އަދި އޭނާ ވަނީ ވަރުން އެފިލްމުގައި ދައްކާފައިވާ މޮޅު ހުނަރަށް އޭނާގެ ފިލްމީ ޖޯންރާ ބަދަލުކުރުމަށް ނިންމާފައިވާ ކަމަށް ހާމަކޮށްފައެވެ.

ޑޭވިޑް ބުނެފައިވަނީ އޭނާއަށް އެޚިޔާލު އައީ އޭނާގެ ދަރި އަދި މަޝްހޫރު ޑައިރެކްޓަރ ވަރުން ދަވަންގެ އެންމެ ފަހު ފިލްމު އޮކްޓޯބަރގައި ވަރުން ދަވަން ދައްކުވައިދީފައިވާ ހުނަރުގެ ސަބަބުން ކަމަށެވެ. އެ ފިލްމުގެ ޓްރެއިލާ ބެލުމަށް ފަހު އަދި ސީރިއަސް ފިލްމެއްގެ މަސައްކަތަށް ޝައުގުވެރިކަން ހުރި ކަމަށް ވަރުން ކައިރީ ބުނެފައިވާނެ ކަމަށާއި ވަރުންގެ ހޮވުންތަކަށް ބަލާ އިރު އޭނާ އަންނަނީ ރިސްކް ނަގަން ކެރޭ އެކްޓަރެއްކަން ސާބިތުކޮށް ދެމުން ކަމަށެވެ. އަދި ވަރުންގެ ހޮވުންތަކަށް އޭނާ ފަޚުރުވެރިވާކަމަށް ޑޭވިޑް ވަނީ ބުނެފައެވެ.

އިތުރަށް ކިޔާލަން

29 ނޮވެމްބަރު 2017

އެންމެ ބޮޑު އެހީތެރިކަމެއް ލިބުނީ ކަރަންގެ ފަރާތުން: ވަރުން ދަވަން

29 ނޮވެމްބަރު 2017
އެންމެ ބޮޑު އެހީތެރިކަމެއް ލިބުނީ ކަރަންގެ ފަރާތުން: ވަރުން ދަވަން
26 ނޮވެމްބަރު 2017

ވަރުން ދަވަން އޭނާގެ ފޭން އަކާއި އެކީ ފޮޓޯ ނެގުމުން ޖޫރިމަނާޖޮށްފި

26 ނޮވެމްބަރު 2017
ވަރުން ދަވަން އޭނާގެ ފޭން އަކާއި އެކީ ފޮޓޯ ނެގުމުން  ޖޫރިމަނާޖޮށްފި
02 ނޮވެމްބަރު 2017

ވަރުންގެ "އޮކްޓޯބަރ" އަންނަ އަހަރުގެ އެޕްރީލްގައި

02 ނޮވެމްބަރު 2017
ވަރުންގެ "އޮކްޓޯބަރ" އަންނަ އަހަރުގެ އެޕްރީލްގައި
09 އޮކްޓޯބަރު 2017

ވަރުން ފިލްމު ކުޅެދޭ އަގު ބޮޑުކޮށްފި

09 އޮކްޓޯބަރު 2017
ވަރުން ފިލްމު ކުޅެދޭ އަގު ބޮޑުކޮށްފި
24 ސެޕްޓެމްބަރު 2017

"އޭބީސީޑީ3" ގައިވެސް ވަރުން ދަވަން

24 ސެޕްޓެމްބަރު 2017
"އޭބީސީޑީ3" ގައިވެސް ވަރުން ދަވަން
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު