Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުފީފާ ވޯލްޑް ކަޕް

"އެއް ޖިންސުން ގުޅުން ހިންގުމަށް ހިތްވަރު ދޭ އެއްވެސް ކަމެއް ނުކުރެވޭނެ، 28 ދުވަހުގެ މުބާރާތަކަށް ދީން ބަދަލެއް ނުކުރެވޭނެ"

އެކަމާ މުޅިން ދެކޮޅު ޤައުމަކަށް އައިސް ކަންކަން ގޯސްކުރަން އުޅުމުގެ ބޭނުމެއް ނެތް

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 13 ނޮވެމްބަރު 2022 | އާދީއްތަ 09:05
 ޢަބްދުﷲ އަލް ނަސާރީ

ޢަބްދުﷲ އަލް ނަސާރީ

މިމަހުގެ 20 ވަނަ ދުވަހު ޤަތަރުގައި ފަށާ ފީފާ ވޯލްޑް ކަޕްގައި އެއް ޖިންސުން ގުޅުން ހިންގުމަށް ހިތްވަރުދޭ އެއްވެސް ކަމެއް ނުކުރެވޭނެ ކަމަށް ޤަތަރު ވޯލްޑް ކަޕްގެ ހެޑް އޮފް ސެކިޔުރިޓީ ޢަބްދުﷲ އަލް ނަސާރީ ވިދާޅުވެއްޖެއެވެ.

އަލް ނަސާރީ މިފަދައިން ވިދާޅުވީ މުބާރާތުގައި ބައެއް ޤައުމުތަކުގެ ކެޕްޓަނުން އެއް ޖިންސުން ގުޅުމަށް ހިރްވަރުދޭ ކެޕްޓަން ބޭންޑު އަޅާނެ ކަމާއި، ބައެއް ސަޕޯޓަރުން އެކަން ރަމްޒުކޮށްދޭ ދިދަ ބޭނުން ކުރާނެ ކަމަށް ބުނެފައި ވަނިކޮށެވެ. އަލް ނަސާރީ ވިދާޅުވީ އެކަން އެގޮތަށް ކޮށް، އެކަމުގައި އެ ބައެއްގެ ޚިޔާލާއި ފިކުރު ދައްކަން ބޭނުންވާނަމަ، އެކަން އެގޮތަށް ކުރާ ޤައުމަކަށް ގޮސް އެކަން ކުރަން އެދޭ ކަމަށެވެ. މީގެ އިތުރުން އެކަމާ މުޅިން ދެކޮޅު ޤައުމަކަށް އައިސް ކަންކަން ގޯސްކުރަން އުޅުމުގެ ބޭނުމެއް ނެތް ކަމަށް ވެސް އޭނާ ވިދާޅުވިއެވެ. އަލް ނަސާރީ ވިދާޅުވީ 28 ދުވަހުގެ މުބާރާތަކަށްޓަކައި ޤަތަރުން އެ މީހުންގެ ދީން ބަދަލު ނުކުރާނެ ކަމަށެވެ.

އިތުރަށް ވާހަކަ ދައްކަމުން އަލް ނަސާރީ ވިދާޅުވީ އެއްވެސް ސަޕޯޓަރަކު ދަނޑު ތެރޭގައި އެފަދަ ދިދައެއް ބޭނުންކޮށްފިނަމަ، ސަލާމަތީ ފަރާތްތަކުން އެ ދިދައެއް އަތުލާނެކަމަށެވެ. އެކަން އެގޮތަށް ކުރަނީ އެ ސަޕޯޓަރެއްގެ ވެސް ސަލާމަތާއި ރައްކާތެރިކަމަށް ކަން އޭނާ ފާހަގަ ކުރެއްވިއެވެ. އަލް ނަސާރީ ވިދާޅުވީ ޤަތަރުން އެކަން ނުކޮށްފިނަމަ، ދަނޑު ތެރެއިން އެހެން މީހަކު އެ ސަޕޯޓަރަކަށް ހަމަލާ ވެސް ދީފާނެ ކަމަށެވެ. އަލް ނަސާރީ ވިދާޅުވީ ފުޓުބޯޅަ މެޗެއްގެ ޓިކެޓު ގަންނަނީ މެޗު ބަލަން ކަމަށާއި، އެހެން ކަންތައްތަކެއް ދައްކައި، އެހެން ކަންތައްތަކެއް ކުރަން ނޫން ކަމަށެވެ.

މީގެ އިތުރުން އަލް ނަސާރީ ވިދާޅުވީ ޤަތަރަކީ އިސްލާމީ ޤައުމެއް ކަމަށާއި، މުބާރާތް ބާއްވާނީ ވެސް އެކަންކަމަށް ބަލައިގެން ކަމަށެވެ.

އިތުރަށް ކިޔާލަން

22 އޯގަސްޓު 2017

ހޭންޑްބޯލް ޗެމްޕިއަންޝިޕް: އެއްވެސް މެޗަކުން ބަލިނުވެ ޔޫތް ސްޕޯޓްސް ކްލަބް ޗެމްޕިއަންކަން ހޯދައިފި

22 އޯގަސްޓު 2017
ހޭންޑްބޯލް ޗެމްޕިއަންޝިޕް: އެއްވެސް މެޗަކުން ބަލިނުވެ ޔޫތް ސްޕޯޓްސް ކްލަބް ޗެމްޕިއަންކަން ހޯދައިފި
29 ޖުލައި 2017

ޕެރިސިޗް ހޯދުމަށް އެއްވެސް ކްލަބަކުން ޝައުގުވެރިކަން ފާޅެއް ނުކުރޭ: އިންޓަގެ ކޯޗު

29 ޖުލައި 2017
ޕެރިސިޗް ހޯދުމަށް އެއްވެސް ކްލަބަކުން ޝައުގުވެރިކަން ފާޅެއް ނުކުރޭ: އިންޓަގެ ކޯޗު
19 ޖުލައި 2017

ފައިނަލުގެ ފުރަތަމަ ޖާގަ މިސްކިތްމަގު އެންމެންގެ ގުޅުން ހޯދައިފި

19 ޖުލައި 2017
ފައިނަލުގެ ފުރަތަމަ ޖާގަ މިސްކިތްމަގު އެންމެންގެ ގުޅުން ހޯދައިފި
16 މެއި 2017

ގަވާއިދާ ޚިލާފަށް އެއްވެސް ޓީމެއްގެ ކުޅުންތެރިޔަކު ނުކުޅޭ: ވީއޭއެމް

16 މެއި 2017
ގަވާއިދާ ޚިލާފަށް އެއްވެސް ޓީމެއްގެ ކުޅުންތެރިޔަކު ނުކުޅޭ: ވީއޭއެމް
15 މެއި 2017

މިނިވަން ޗެމްޕިއަންޝިޕް: ކުޅުނު އެއްވެސް މެޗަކުން ބަލިނުވެ ތިނަދޫ ފައިނަލަށް

15 މެއި 2017
މިނިވަން ޗެމްޕިއަންޝިޕް: ކުޅުނު އެއްވެސް މެޗަކުން ބަލިނުވެ ތިނަދޫ ފައިނަލަށް
24 އެޕްރީލު 2017

ފުޓުބޯޅަ އަކީ ފާޑެއްގެ އެއްޗެއް، ކޮންމެ ފަދަ ނަތީޖާއެއްވެސް ނިކުމެދާނެ: ސާންތި

24 އެޕްރީލު 2017
ފުޓުބޯޅަ އަކީ ފާޑެއްގެ އެއްޗެއް، ކޮންމެ ފަދަ ނަތީޖާއެއްވެސް ނިކުމެދާނެ: ސާންތި
10 މާރިޗު 2017

ކުޅުންތެރިންގެ ހިތްވަރު ފެނިފައި އުއްމީދު އާވެއްޖެ: ސޮބާ

10 މާރިޗު 2017
ކުޅުންތެރިންގެ ހިތްވަރު ފެނިފައި އުއްމީދު އާވެއްޖެ: ސޮބާ
11 ފެބުރުއަރީ 2017

އެއްވެސް ޓީމަކުން ހަތަރު ތަށީގެ ވާހަކަ ނުދެއްކުން ރަނގަޅު: ސޮބާ

11 ފެބުރުއަރީ 2017
އެއްވެސް ޓީމަކުން ހަތަރު ތަށީގެ ވާހަކަ ނުދެއްކުން ރަނގަޅު: ސޮބާ
20 ޖެނުއަރީ 2017

އާސެނަލް ދޫކޮށްލުމަށް ފަހު ސަންޗޭޒް ބަޔާންއާ ގުޅުން ކައިރި: އޮންރީ

20 ޖެނުއަރީ 2017
އާސެނަލް ދޫކޮށްލުމަށް ފަހު ސަންޗޭޒް ބަޔާންއާ ގުޅުން ކައިރި: އޮންރީ
07 ޖެނުއަރީ 2017

ވޮލީބޯލް ކޯޗިން ކޭމްޕެއް ހިންގުމަށް ޗިޗޫ ސިންގަޕޫރަށް (2 ޖެނުއަރީ)

07 ޖެނުއަރީ 2017
ވޮލީބޯލް ކޯޗިން ކޭމްޕެއް ހިންގުމަށް ޗިޗޫ ސިންގަޕޫރަށް (2 ޖެނުއަރީ)
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު