Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރިޕޯޓުފީފާ ވޯލްޑް ކަޕް

ލޯފަން ކުއްޖަކު ތައްޔާރުކުރި، ލޯފަން ކުދިންނަށް ދެނެގަންނަން އެނގޭނެ، ވޯލްޑް ކަޕްގެ ސްޓިކާތަކެއް

12 ނޮވެމްބަރު 2022 | ހޮނިހިރު 07:50

ސެބަސްޓިއަން ކުރި މަސައްކަތަކީ ބްރެއިލް ޓައިޕްރައިޓަރެއް ބޭނުންކޮށްގެން، ގައުމާއި ކުޅުންތެރިންގެ ނަން ލިޔުން

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 12 ނޮވެމްބަރު 2022 | ހޮނިހިރު 07:50
ސެބަސްޓިއަން ފިލޮރަމޯ

ސެބަސްޓިއަން ފިލޮރަމޯ

ފީފާ ވޯލްޑް ކަޕާ ދިމާކޮށް އަބަދުވެސް ތަފާތު ކަންކަން އަންނަނީ ކުރަމުންނެވެ.

މީގެ ހަފުތާއެއް ކުރިން ފެނިގެންދިޔައީ ބްރެޒިލްގެ ކުދިބަޔަކު އެ ގައުމުގެ ފަގީރު ކުދިންނަށް ވޯލްޑް ކަޕްގެ ސްޓިކާ ޕެކު ހަދިޔާކުރާ މަންޒަރެވެ. އަގުބޮޑު ސްޓިކާ ޕެކު ގަތުމަށް ދަތިވެފައިވާ ކުދިނަށް ޚާއްސަކޮށްގެން ފެށި މަސައްކަތަކީ ގިނަ ބައެއްގެ ސަމާލުކަން ހުއްޓުނު އެއް ކަންތަކެވެ.

މިފަހަރުވެސް މިއީ ސްޓިކާއެއްގެ ވާހަކައެވެ. ނަމަވެސް މިފަހަރު ތަފާތު ވާހަކައެކެވެ. ވެނެޒުއެލާއަށް އުފަން ސެބަސްޓިއަން ފިލޮރަމޯގެ މަސައްކަތުގެ ވާހަކައެވެ. ލޮލަށް ފެނުމުން މަހުރޫމުވެފައިވާ މި ކުއްޖާގެ ކުޅަދާނަ އަދި ކާމިޔާބު މަސައްކަތުގެ ވާހަކައެވެ. އޭނާގެ މަސައްކަތަކީ ލޮލަށް ފެނުމުން މަހުރޫމުވެފައިވާ އެހެން ކުދިންނަށް ވެސް، ޓީމުތަކާއި ކުޅުންތެރިން ދެނެގަންނާނެ ގޮތެއް ފަހިކޮށްދިނުމެވެ. އެކަމުގެ ޚިޔާލު އޭނާއަށް ދިނީ އޭނާގެ ބައްޕަކަމަށް ސެބަސްޓިއަން ބުންޏެވެ.

ސެބަސްޓިއަން ކުރި މަސައްކަތަކީ، ބްރެއިލް ޓައިޕްރައިޓަރެއް ބޭނުންކޮށްގެން، ގައުމާއި ކުޅުންތެރިންގެ ނަން ލިޔުމެވެ. އެއަށްފަހު ސިލިކޯން ބޭނުންކޮށްގެން އަލްބަމެއް ހަދަނީއެވެ. އޭނާ ބުނީ އެކަމުގައި އެހީތެރިވެދިނީ ބައްޕަގެ އިތުރުން އާއިލާގެ އެހެން މެމްބަރުން ކަމަށެވެ. އޭނާ ބުނީ އެ މަސައްކަތުގެ މަގުސަދަކީ ލޯފަން ކުދިންނާމެދު މުޖުތަމުގެ މީހުން ދެކޭ ގޮތް ބަދަލުކުރުން ކަމަށެވެ.

ސެބަސްޓިއަން ބުނީ އޭނާ ތައްޔާރުކުރީ އާޖެންޓީނާގެ ސްޓިކާކަމަށެވެ. ސަބަބަކީ އާޖެންޓީނާގެ ކެޕްޓަން ލިއޮނެލް މެސީއަކީ އޭނާ އެންމެ ސަޕޯޓުކުރާ ކުޅުންތެރިޔާއަށް ވުމުންނެވެ.

މީގެ އިތުރުން އޭނާ ބުނީ، މުޖުތަމައުގައި މީހުންގެ ފަރާތުން ލޯފަން ކުދިންނަށް އެހީތެރިކަން ލިބޭތީވެސް އުފާވާކަމަށެވެ. އެގޮތުން އެ ގައުމުގެ ގިނަ ފިހާރަތައް ހުންނަނީ ލޯފަން ކުދިންނަށް ވަދެވޭނެހެން ރޭމްޕް ހަދާފައިކަން އޭނާ ފާހަގަކުރިއެވެ. މީގެ އިތުރުން އޭނާ ބުނީ، ލިފްޓުތަކުގައިވެސް ހުންނަނީ ބްރެއިލްކޮށްފައިކަމަށާއި، ރެސްޓޯރެންޓުތަކުގައި އަންހެނުންގެ ފާޚާނާއާއި ފިރިހެނުންގެ ފާޚާނާ ވަކިކުރުމަށްވެސް ބްރެއިލްކޮށްފައި ހުންނަކަމަށެވެ.

ސެބަސްޓިއަންގެ މަންމައާއި ބައްޕަ ބުނީ، އުމުރުން 12 އަހަރުގެ ސެބަސްޓިއަންއަކީ އެންމެ 7 މަހުގައި ވިހޭ ކުއްޖެއްކަމަށެވެ. އޭނާ އުފަންވިއިރުވެސް ލޮލުގެ ފެނުން ވަނީ ގެއްލިފައެވެ. ސެބަސްޓިއަންގެ ބައްޕަ ބުނީ ލޮލަށް ފެނުމުން މަހުރޫމުވެފައި ވީނަމަވެސް، އާންމު ދިިރިއުޅުމުގައި އޭނާއަށް އެކަން މާ ބޮޑަށް އިހުސާސްނުވާކަމަށެވެ. ސަބަބަކީ އޭނާ އެދޭ ކަމަކީ، ކޮށްދެވެން އޮންނަ ކަމެއް ކަމަށް ވާނަމަ، އެކަމެއް ކޮށްދެމުން އަންނަ ކަމަށެވެ.

އެންމެ ހިނގާ

1

ގެއްލިފައިވާ ފުލުސް އޮފިސަރުގެ 7 އަހަރުގެ ދަރިފުޅު: ބައްޕަ އަންނަން މިހާ ލަސްވަނީ ކީއްވެ؟ ބައްޕަ ހޯދަން ބަޔަކު ގޮސްފިތަ؟

2

"ގެއްލުނު 3 މީހުން ދޯނިތެރޭ ތާށިވި ކަމަށް ބެލެވޭ ނަމަވެސް ދޯނި މިހާރު އޮތް ހިސާބަށް ފީނުމަކީ ކުރެވޭނެ ކަމެއް ނޫން"

3

"ސަރުކާރުން ދަނީ ގަސްތުގައި ލޯންޗުތަކަށް ޖެއްސުން ކުރަމުން، ސިފައިންނާއި ފުލުހުން ހަޑިހުތުރު ބަހުން މުއާމަލާތްކުރާއިރު، ވައު އަޅާފައިވަނީ ވެސް އުނދަގޫ ކުރަން"

4

ސިގްނަލްތަކަށް ހުރަސްއަޅައިގެން އިސްރާއީލުގެ ހާމީސް ޑްރޯނަކާއި އެމެރިކާގެ ރީޕަރ ޑްރޯނެއް އެއްވެސް ގެއްލުމެއް ނުދީ އަތުލައިގެންފައިވާ މަންޒަރު އީރާނުން ދައްކާލައިފި

5

މެސީގެ ބައްޕަ މަރުވެއްޖެ

އިތުރަށް ކިޔާލަން

08 މާރިޗު 2020

ކޮވިޑް-19 ކުޑަކުދިންނަށް ކިޔައިދޭނީ ކިހިނެއް؟

08 މާރިޗު 2020
ކޮވިޑް-19 ކުޑަކުދިންނަށް ކިޔައިދޭނީ ކިހިނެއް؟
20 ޖެނުއަރީ 2020

ހިސާބު އަދަދުތަކުން ފެންނަނީ ކޮންމެ ދުވަހަކު ކުޑަކުއްޖަކު ޖިންސީ ޝިކާރައަކަށް ވެގެންދާތަން

20 ޖެނުއަރީ 2020
ހިސާބު އަދަދުތަކުން ފެންނަނީ ކޮންމެ ދުވަހަކު ކުޑަކުއްޖަކު ޖިންސީ ޝިކާރައަކަށް ވެގެންދާތަން
02 އޯގަސްޓު 2019

"ހޯޕް" ކެމްޕެއިންގެ ދަށުން 8000 ކުދިންނަށް އުއްމީދު އާވެއްޖެ

02 އޯގަސްޓު 2019
"ހޯޕް" ކެމްޕެއިންގެ ދަށުން 8000 ކުދިންނަށް އުއްމީދު އާވެއްޖެ
28 ޖުލައި 2019

ފުޅަނދު ބުރުތަކާއެކު ކުޑަކުދިންނަށް އުފާވެރިކަން

28 ޖުލައި 2019
ފުޅަނދު ބުރުތަކާއެކު ކުޑަކުދިންނަށް އުފާވެރިކަން
12 ޖެނުއަރީ 2019

އަނެއްކާވެސް އާރް.ކެލީ ކުޑަ ކުދިންނަށް ޖިންސީ ގޯނާ ކުރިކަމުގެ ވާހަކަތައް، އަދިވެސް ދާއިރާގައި ކާމިޔާބުކަމާއެކު!

12 ޖެނުއަރީ 2019
އަނެއްކާވެސް އާރް.ކެލީ ކުޑަ ކުދިންނަށް ޖިންސީ ގޯނާ ކުރިކަމުގެ ވާހަކަތައް، އަދިވެސް ދާއިރާގައި ކާމިޔާބުކަމާއެކު!
24 ނޮވެމްބަރު 2018

އުރީދޫ ކަލަރ ރަންގެ ކައިޓް ފެސްޓިވަލް: ކުޑަކުދިންނަށް ހިނިތުންވުމެއް!

24 ނޮވެމްބަރު 2018
އުރީދޫ ކަލަރ ރަންގެ ކައިޓް ފެސްޓިވަލް: ކުޑަކުދިންނަށް ހިނިތުންވުމެއް!
10 ސެޕްޓެމްބަރު 2018

ވަންދޫ އަންހެންވެރިން ފައިސަލްއަށް ތައްޔާރުކުރި މަލާފަތް!

10 ސެޕްޓެމްބަރު 2018
ވަންދޫ އަންހެންވެރިން ފައިސަލްއަށް ތައްޔާރުކުރި މަލާފަތް!
01 އޮކްޓޯބަރު 2017

ފުވައްމުލަކުގެ ތުއްތު ކުދިންނަށް އަންނަ އެންމެ ބޮޑު އީދަކީ ކިޑްސް ފިއެސްޓާ

01 އޮކްޓޯބަރު 2017
ފުވައްމުލަކުގެ ތުއްތު ކުދިންނަށް އަންނަ އެންމެ ބޮޑު އީދަކީ ކިޑްސް ފިއެސްޓާ
19 މެއި 2017

ދިވެހި ކުއްޖަކު އުފަންވި އިރު ހިތް ހަށިގަނޑުން ބޭރުގައި، މަރާ ހަނގުރާމަ ކުރަނީ!

19 މެއި 2017
ދިވެހި ކުއްޖަކު އުފަންވި އިރު ހިތް ހަށިގަނޑުން ބޭރުގައި، މަރާ ހަނގުރާމަ ކުރަނީ!
13 ފެބުރުއަރީ 2017

ނުކުޅެދުންތެރިކަން ހުންނަ ކުދިންނަށް ވަޒީފާ ދިނުން ސިޔާސީ ގޭމަކަށް!

13 ފެބުރުއަރީ 2017
ނުކުޅެދުންތެރިކަން ހުންނަ ކުދިންނަށް ވަޒީފާ ދިނުން ސިޔާސީ ގޭމަކަށް!
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް