Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެދުނިޔޭގެ ލީޑިންގ ޑެސްޓިނޭޝަން އެވޯޑް ރާއްޖެއަށް

ދުނިޔޭގެ ލީޑިންގ ޑެސްޓިނޭޝަން އެވޯޑް ރާއްޖެއިން ތިންވަނަ ފަހަރަށް ދިފާއުކޮށްފި

12 ނޮވެމްބަރު 2022 | ހޮނިހިރު 02:38

މި އެވޯޑް ރާއްޖެއިން ހާސިލުކުރީ 18 ގައުމަކާ ވާދަކޮށްގެން

އާއިޝަތު ޝިއުރާ
އާއިޝަތު ޝިއުރާ | 12 ނޮވެމްބަރު 2022 | ހޮނިހިރު 02:38
ޑަބްލިއުޓީއޭގެ އެންމެ ޝަރަފުވެރި އެވޯޑް "ވޯލްޑްސް ލީޑިންގ ޑެސްޓިނޭޝަން" އެވޯޑް ރާއްޖެއަށް ލިބުން

ޑަބްލިއުޓީއޭގެ އެންމެ ޝަރަފުވެރި އެވޯޑް "ވޯލްޑްސް ލީޑިންގ ޑެސްޓިނޭޝަން" އެވޯޑް ރާއްޖެއަށް ލިބުން

ވޯލްޑް ޓޫރިޒަމް އެވޯޑް (ޑަބްލިއުޓީއޭ)ގެ އެންމެ ޝަރަފުވެރި އެވޯޑް "ވޯލްޑްސް ލީޑިންގ ޑެސްޓިނޭޝަން" އެވޯޑް ރާއްޖެއިން ތިންވަނަ ފަހަރަށް ދިފާއުކޮށްފިއެވެ.

އޮމާންގެ ވެރިރަށް މަސްގަތުގައި ހުކުރު ދުވަހުގެ ރޭ ބޭއްވި، 29 ވަނަ ވޯލްޑް ޓްރެވެލް އެވޯޑްސް ގްރޭންޑް ފައިނަލް ގާލާ ރަސްމިއްޔާތުގައި ރާއްޖެއަށް ލިބުނު ލީޑިންގ ޑެސްޓިނޭޝަން އެވޯޑާ ހަވާލުވެވަޑައިގެންނެވީ ޓޫރިޒަމް މިނިސްޓަރު ޑރ. އަބްދުﷲ މައުސޫމާއި އެމްއެމްޕީއާރްސީގެ ޗީފް އެގްޒެކެޓިވް އޮފިސަރ އަދި މެނޭޖިން ޑިރެކްޓަރ ތޮއްޔިބު މުހައްމަދެވެ.

Advertisement - newsAdvertisement

މި އެވޯޑް ރާއްޖެއިން ހާސިލުކުރީ 18 ގައުމަކާ ވާދަކޮށްގެންނެވެ. އެއީ އާޖެންޓީނާ، ބްރެޒިލް، ޗިލީ، ކޮލޮމްބިއާ، ކޯސްޓަރީކާ، ދުބާއީ، ގްރީސް، އިންޑިއާ، އިންޑޮނޭޝިއާ، ޖެމެއިކާ، ކެންޔާ، މެކްސިކޯ، ނިއުޒީލޭންޑް، ޕޯޗުގަލް، ދެކުނު އެފްރިކާ، ސްޕެއިން، އެމެރިކާ އަދި ވިއެޓްނާމެވެ.

ޖެހިޖެހިގެން ތިންވަނަ އަހަރު ރާއްޖެއަށް މި އެވޯޑް ލިބުނީ ރާއްޖޭގެ ފަތުރުވެރިކަމުގެ ދާއިރާއަށް 50 އަހަރު ފުރުން ފާހަގަކުރަމުން ދަނިކޮށެވެ.

ޑަބްލިޔުޓީއޭގައި ރާއްޖެއަށް އިތުރު އެވޯޑްތަކެއްވެސް ލިބިފައިވެއެވެ. އެގޮތުން ލީޑިންގ ޓޫރިޒަމް ބޯޑް އެވޯޑު އެމްއެމްޕީއާރްސީއަށް ލިބިފައިވެއެވެ. މިއީ މިއެވޯޑް އެމްއެމްޕީއާރްސީން ކާމިޔާބުކުރި ފުރަތަމަ ފަހަރެވެ. މިއެވޯޑް އެމްއެމްޕީއާރްސީން ކާމިޔާބުކުރީ 28 ޓޫރިސްޓް ބޯޑަކާ ވާދަކޮށްގެންނެވެ. އޭގެތެރޭގައި ވިޒިޓް ދުބާއީ، އިންކްރެޑިބަލް އިންޑިޔާ، ޓޫރިޒަމް އޮސްޓްރޭލިއާ އަދި ވިޒިޓް އިންގްލެންޑް ހިމެނެއެވެ.

މިއެވޯޑް ލިބުމާގުޅިގެން ޓޫރިޒަމް މިނިސްޓަރ ޑރ. އަބްދުﷲ މައުސޫމް ވިދާޅުވީ، މި އެވޯޑަކީ ފަތުރުވެރިކަމުގެ މަންޒިލެއްގެ ގޮތުގައި ދިވެހިރާއްޖޭގެ މަގުބޫލުކަމުގެ ހެތްކެއްކަމަށެވެ. އަދި ވޭތުވެދިޔަ ތިން އަހަރުގެ ތެރޭގައި ފަތުރުވެރިކަމުގެ ސިނާއަތުން ހާސިލްކުރި އެވޯޑްތަކުން ދައްކުވައިދެނީ، މި ދާއިރާއިން ގުޅިގެން އެކުގައި ޖޮންޖެހުން ތަކުން އަރައިގަނެ ކޮންމެ ކަމެއްވެސް ހާސިލްކުރެވިދާނެކަމެވެ.

އެމްއެމްޕީއާރުސީގެ ސީއީއޯ އަދި އެމްޑީ ތޮއްޔިބު ވިދާޅުވީ، ދުނިޔޭގެ ލީޑިންގ ޑެސްޓިނޭޝަންގެ ޝަރަފުވެރި އެވޯޑް ޖެހިޖެހިގެން ތިންވަނަ އަހަރު ކާމިޔާބު ކުރެވުމަކީ ހަގީގަތުގައިވެސް ލިބުނު ޝަރަފެއްކަމަށެވެ. މި އަހަރަކީ ދިވެހިރާއްޖޭގެ ފަތުރުވެރިކަމުގެ ރަންޔޫބީލްކަމުން، ރާއްޖޭގެ އައްސޭރިފަށަށް ފަތުރުވެރިންނަށް މަރުހަބާ ކިޔަންފެށިތާ 50 އަހަރުފުރުން ފާހަގަކުރުމަށް މިއަށްވުރެ ރަނގަޅު ކާމިޔާބީއެއް ނެތްކަމަށްވެސް ތޮއްޔިބު ވިދާޅުވިއެވެ. 

މި ކާމިޔާބީއަކީ ސަރުކާރުގެ އިރުޝާދާއި، ބައިވެރިންގެ އެއްބާރުލުމާއި، މުޅި ފަތުރުވެރިކަމުގެ ސިނާއަތުގެ އެންމެންގެ ބުރަ މަސައްކަތުގެ ސަބަބުން ހާސިލުވި ޝަރަފެއްކަން ފާހަގަކުރައްވަމުން ތޮއްޔިބު ވިދާޅުވީ، ދުނިޔޭގެ ހުރިހާ ކަންކޮޅުތަކެއްގެ މީހުން ދިވެހިރާއްޖެ ދެކެ ވާ ލޯބި ވަރަށް ސާފުކޮށް ފެނިއްޖެކަމަށެވެ. އަދި މިއަހަރަކީ އެމްއެމްޕީއާރްސީ (ވިޒިޓް މޯލްޑިވްސް)އިން ދުނިޔޭގެ ލީޑިންގ ޓޫރިސްޓް ބޯޑުގެ ޝަރަފު ކާމިޔާބުކުރި ފުރަތަމަ އަހަރުކަމުން، ފާއިތުވި އަހަރުތަކުގައި ދުނިޔެއަށް ކުރިމަތިލާންޖެހުނު އެކިއެކި މުސީބާތްތައް ތަހައްމަލުކޮށް، އެމްއެމްޕީއާރްސީގެ ޓީމުން ކުރި ބުރަ މަސައްކަތުގެ އަގު ދުނިޔެއިން ވަޒަންކޮށްފައިވާކަން އުފަލާއެކު ތޮއްޔިބު ފާހަގަކުރެއްވިއެވެ.

ޑަބްލިޔުޓީއޭގެ އެވޯޑްތަކަކީ ދުނިޔޭގެ ޓޫރިޒަމްގެ އިތުރުން ދަތުރުފަތުރުގެ ސިނާއަތުގައިވެސް އެންމެ ޝަރަފުވެރި، އަދި އެންމެ ފާހަގަކޮށްލެވޭ އެވޯޑުތަކެވެ.

އެންމެ ހިނގާ

1

މީގެ ފަހުން ޑޮލަރުގެ އަގަކީ 15.42 ނޫން ކަމަށް ނުލިޔެވޭނެ! ކަޅު ބާޒާރުގެ އަގު ލިޔުމުން ބައި މިލިއަން ރުފިޔާއާ ހަމައަށް ޖޫރިމަނާ ކުރަނީ!

2

ގައުމީ ދުވަހުގެ ރަސްމިއްޔާތުގައި ގުރުއާން ކިޔަވަން ހުރި ކުއްޖާ ސިއްސުވާލުމާ ގުޅިގެން ގިނަ ބައެއްގެ ފާޑު ކިޔުން ސަރުކާރަށް!

3

ހުރްމުޒް ކަނޑުއޮޅީގެ ކޮންޓްރޯލު ހޯދުމަށް އަސްކަރީ ގޮތުން އެމެރިކާ އަށް ކުރެވޭނެ އެއްވެސް ކަމެއް ނެތް ކަމަށް ޕެންޓަގަންއިން އެއްބަސްވެއްޖެ

4

މަޝްހޫރު ބަތަލާ ހޭޑަން ޕެނެޓިއޭ 36 އަހަރުގައި މަރުވެފައި އޮއްވާ ފެނިއްޖެ

5

ޓްރަމްޕްގެ މާ އަރިހުގައި ހުންނަ ޚާއްސަ އަންހެނެއްގެ ވާހަކަ

އިތުރަށް ކިޔާލަން

03 މާރިޗު 2017

ވަލު ޖަނަވާރާއި ގަސްގަހާގެހި ހިމާޔަތް ކުރުމުގައި ރާއްޖެއިން ވަނީ ބޮޑު ކާމިޔާބީއެއް ހޯދާފައި: އެންވަޔަރަމަންޓް މިނިސްޓްރީ

03 މާރިޗު 2017
ވަލު ޖަނަވާރާއި ގަސްގަހާގެހި ހިމާޔަތް ކުރުމުގައި ރާއްޖެއިން ވަނީ ބޮޑު ކާމިޔާބީއެއް ހޯދާފައި: އެންވަޔަރަމަންޓް މިނިސްޓްރީ
28 ފެބުރުއަރީ 2017

އިޒްރާއީލް ކުށްވެރިކޮށް ފަލަސްތީނުގެ ބިންތަކުން ފޭބުމަށް ރާއްޖެއިން ގޮވާލައިފި

28 ފެބުރުއަރީ 2017
އިޒްރާއީލް ކުށްވެރިކޮށް ފަލަސްތީނުގެ ބިންތަކުން ފޭބުމަށް ރާއްޖެއިން ގޮވާލައިފި
26 ފެބުރުއަރީ 2017

ރާއްޖެއިން ބޭރުގެ ޓްރަރިސްޓް ޖަމާއަތެއްގެ ބޮޑެއްގެ ގޮތުގައި ހުރި މީހާގެ މައްޗަށް ހިންގާ ޝަރީއަތް ސިއްރުކޮށްފި

26 ފެބުރުއަރީ 2017
ރާއްޖެއިން ބޭރުގެ ޓްރަރިސްޓް ޖަމާއަތެއްގެ ބޮޑެއްގެ ގޮތުގައި ހުރި މީހާގެ މައްޗަށް ހިންގާ ޝަރީއަތް ސިއްރުކޮށްފި
26 ފެބުރުއަރީ 2017

އެމްއެސްސީ އާއި ފެއާ ޓްރޭޑް ސެޓްފިކެޓް ލިބުނު ދުނިޔޭގެ ފުރަތަމަ ކުންފުންޏަށް މާންދޫ ވެއްޖެ

26 ފެބުރުއަރީ 2017
އެމްއެސްސީ އާއި ފެއާ ޓްރޭޑް ސެޓްފިކެޓް ލިބުނު ދުނިޔޭގެ ފުރަތަމަ ކުންފުންޏަށް މާންދޫ ވެއްޖެ
23 ފެބުރުއަރީ 2017

ބިދޭސީންނަށް ރާއްޖެއިން ބިން އަމިއްލަކުރެވޭ އިސްލާޙު އަނބުރާ ގެންދަންޖެހޭ: ރައީސް މަޢުމޫން

23 ފެބުރުއަރީ 2017
ބިދޭސީންނަށް ރާއްޖެއިން ބިން އަމިއްލަކުރެވޭ އިސްލާޙު އަނބުރާ ގެންދަންޖެހޭ: ރައީސް މަޢުމޫން
21 ފެބުރުއަރީ 2017

ރައީސް ނަޝީދަށް ހިތްވަރުގަދަ ކަމުގެ އެވޯޑް ދެއްވައިފި

21 ފެބުރުއަރީ 2017
ރައީސް ނަޝީދަށް ހިތްވަރުގަދަ ކަމުގެ އެވޯޑް ދެއްވައިފި
04 ފެބުރުއަރީ 2017

އައްޑޫ އެވޯޑް: ޚަބަރާއި މައުލޫމާތު ފެތުރުމުގެ ދާއިރާއިން ހިތްވަރު ދިނުމުގެ އިނާމު ރާއްޖެޓީވީގެ ރިޒްނާއަށް

04 ފެބުރުއަރީ 2017
 އައްޑޫ އެވޯޑް: ޚަބަރާއި މައުލޫމާތު ފެތުރުމުގެ ދާއިރާއިން ހިތްވަރު ދިނުމުގެ އިނާމު ރާއްޖެޓީވީގެ ރިޒްނާއަށް
01 ފެބުރުއަރީ 2017

ދުނިޔޭގެ ކެންސަރބަލީގެ ދުވަސް: ކަސްރަތުން ހިތްވަރުދިނުމަށް ހާއްސަ ހަރަކާތެއް ބާއްވަނީ

01 ފެބުރުއަރީ 2017
ދުނިޔޭގެ ކެންސަރބަލީގެ ދުވަސް: ކަސްރަތުން ހިތްވަރުދިނުމަށް ހާއްސަ ހަރަކާތެއް ބާއްވަނީ
30 ޖެނުއަރީ 2017

ދުނިޔޭގެ އެންމެ ބޮޑު ކަނޑު އަޑީގެ ރެސްޓޯރެންޓާއެކު ހުރަވަޅި ރިސޯޓް ރައީސް ޔާމީން ހުޅުއްވައިދެއްވަނީ

30 ޖެނުއަރީ 2017
ދުނިޔޭގެ އެންމެ ބޮޑު ކަނޑު އަޑީގެ ރެސްޓޯރެންޓާއެކު ހުރަވަޅި ރިސޯޓް ރައީސް ޔާމީން ހުޅުއްވައިދެއްވަނީ
20 ޖެނުއަރީ 2017

ތަރައްގީގެ މަޝްރޫއުތައް ހިންގުމަށް އިންޑިޔާ ފަދަ ގައުމުތަކަށް ރާއްޖެއިން އަބަދުވެސް މަރުހަބާ ކިޔަން : ޝައިނީ

20 ޖެނުއަރީ 2017
ތަރައްގީގެ މަޝްރޫއުތައް ހިންގުމަށް އިންޑިޔާ ފަދަ ގައުމުތަކަށް ރާއްޖެއިން އަބަދުވެސް މަރުހަބާ ކިޔަން : ޝައިނީ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް