Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރިޕޯޓުޖީ20 ސަމިޓް

ޖީ20 ސަމިޓަށް ލީޑަރުން ތައްޔާރުވެވަޑައިގަންނަވަނީ

11 ނޮވެމްބަރު 2022 | ހުކުރު 17:37

ޖީ20 ސަމިޓް އޮންނާނީ މިމަހުގެ 15 އިން 16 އަށް އިންޑޮނީޝިޔާގެ ބާލީގައި

ފާޠިމަތު ޒުހައިރާ
ފާޠިމަތު ޒުހައިރާ | 11 ނޮވެމްބަރު 2022 | ހުކުރު 17:37
އިންޑިޔާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ

އިންޑިޔާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ

ދުނިޔޭގެ އެންމެ ތަރައްޤީވެފައިވާ 19 ޤައުމު އަދި އީޔޫގެ ސަމިޓު ބައްދަލުވުން، ޖީ20 ސަމިޓް އިންޑޮނީޝިޔާ ބޭއްވުމަށް ތައްޔާރުވަމުން ދާއިރު އެކި ލީޑަރުން ހުށަހަޅުއްވާނެ ކަންކަން ދަނީ ނިންމަވަމުންނެވެ. ސަމިޓް ކުރިޔަދާނީ މި މަހުގެ 15 އިން 16 އަށް އިންޑޮނީޝިޔާގެ ބާލީގައެވެ. 

ބާލީ ސަމިޓަށް ފަހު ދެން އޮންނަ ސަމިޓުގެ ޗެއާމަންކަމަށް އިންޑިޔާއިން މިހާރު ވެސް ދަނީ ތައްޔާރުވަމުންނެވެ. އެހެން ކަމުން މިފަހަރުގެ ބައްދަލުވުމުގައި ބޮޑުވަޒީރު ނަރެންދުރަ މޯދީ އިތުރު ޚާއްސަ މަސައްކަތްޕުޅުތަކެއް ކުރައްވާނެ ކަމަށް ދަނީ ބެލެމުންނެވެ.

ބާލީ ސަމިޓުގެ އަރިމަތިން މޯދީ އެންމެ އިސްކަމެއް ދެއްވާނެ އެއް ބައްދަލުވުމަށް ވާނީ އިނގިރޭސި ބޮޑުވަޒީރު ރިޝީ ސުނަކްއާ އެކު ބާއްވަވާ ބައްދަލުވުމެވެ. ރިޝީ ސުނަކް އަކީ އިންޑިޔާ ނަސްލުގެ ބޭފުޅަކަށް ވާއިރު، މިދިޔަ މަހު މަޤާމާ ހަވާލުވެވަޑައިގެން މާ ގިނަ ދުވަހެއްނުވެ ވަނީ މޯދީއާ ފޯނުން ވާހަކަފުޅު ދައްކަވާ އިންޑިޔާ-ޔޫކޭ ފްރީ ޓްރޭޑް އެގްރީމަންޓުގެ ކަންތައް ފައިނަލައިޒް ކުރައްވާފައެވެ. ބާލީގެ ބައްދަލުވުން ވެގެން ދާނީ މޯދީ އާއި ސުނަކް އަސްލު ބައްދަލުކުރައްވާ ފުރަތަމަ ފަހަރަށެވެ.

ބާލީގައި ނަރެންދުރަ މޯދީ އިސްކަމެއްދެއްވައިގެން ބައްދަލުކުރައްވާނެ އަނެއް ބޭފުޅަކީ ފަރަންސޭސި ރައީސް އިމެނުއަލް މެކްރޯންއެވެ. ފްރާންސުން ދާދި ފަހުން ވަނީ އެޤައުމުގެ ނެޝަނަލް ސްޓްރެޓީޖިކް ރިވިއު 2022 ހާމަކޮށްފައެވެ. އޭގައިވާ ގޮތުން އިންޑިޔާއާ އެކު އެއްބާރުލުން އިތުރު ކުރުމަށް ނިންމާފައިވެއެވެ.

ޖީ20 ގެ 17 ވަނަ ސަމިޓް ބައްދަލުވުމުގައި ބައިވެރިވެވަޑައިގެންނެވުމަށް އެމެރިކާގެ ރައީސް ޖޯ ބައިޑަން އާއި ޗައިނާގެ ރައީސް ޝީ ޖިންޕިންގ ވެސް 14 ވާ ހޯމަ ދުވަހު ވަނީ އިންޑޮނީޝިޔާއަށް ވަޑައިގަންނަވާ ގޮތަށް ހަމަޖެހިފައެވެ. އަދި ހަމަ އެ ދުވަހު ދެ ބޭފުޅުންގެ ބައްދަލުވުމެއް ވަނީ ތާވަލުކޮށްފައެވެ. ދުނިޔޭގެ އެއް ވަނަ އަދި ދެ ވަނައަށް އެންމެ ބޮޑު އިޤްތިސާދުގެ ވެރިންގެ ބައްދަލުވުން ވެގެން ދާނީ ވަރަށް ޚާއްސަ ބައްދަލުވުމަކަށެވެ. އެހެނީ އެމެރިކާ އާއި ޗައިނާގެ ގުޅުންތައް މިހާރު ގޮސްފައި އޮތް ހަމައިން، އައު ފިނި ހަނގުރާމައެއްގެ ފެށުން ކަމަށް ވެސް ބައެއް ފަރާތްތަކުން ސިފަކުރަމުން ދާތީއެވެ.

މި ފަހަރުގެ ސަމިޓުގައި ޖީ20 ގެ ރިޔާސަތު އިންޑިޔާއާ ހަވާލު ކުރެވޭނެއެވެ. އިންޑިޔާއިން މިހާރު ވެސް ވަނީ ސަމިޓުގެ ލޯގޯ ލޯންޗުކޮށް، ތީމް އަދި ވެބްސައިޓު ވެސް ލޯންޗުކޮށްފައެވެ. އިންޑިޔާގެ ދިދައިގެ ކުލަތައް ހިމެނޭ ލޯގޯގައި ވަނީ އެޤައުމުގެ ޤައުމީ މާ ކަމަށް ވާ ލޮޓަސް މާ ވެސް ހިމަނާފައެވެ.

ލޯގޯ އާއި ވެބްސައިޓު ލޯންޗުކޮށްދެއްވަމުން މޯދީ ދެއްކެވި ވާހަކަފުޅުގައި ވިދާޅުވީ، އިންޑިޔާއަށް ޖީ20ގެ ރިޔާސަތު މި ލިބެނީ ދުނިޔޭގައި ކާރިސާ އާއި "ކެއޯސް" ހިމެނޭ ވަގުތެއްގައި ކަމަށެވެ. ނަމަވެސް ލޮޓަސް މާ ރަމްޒުކޮށްދެނީ އުންމީދު ކަމަށް ވިދާޅުވެފައިވެއެވެ.

ޖީ20 ސަމިޓުގައި މައިގަނޑު ގޮތެއްގައި މަޝްވަރާކުރެވޭނީ ދުނިޔެއަށް މިވަގުތު ކުރިމަތިވެފައިވާ ބޮޑެތި މައްސަލަތައް ހައްލުކުރުމާއި ބެހޭ ގޮތުންނެވެ.   

އެންމެ ހިނގާ

1

ތުރުކީން ޓްރަމްޕް ފުރާވަޑައިގަންނަވާއިރު ކޮނޑުމަތީގައި ފޮނުވާލާ މިސައިލަކުން ހަމަލާދޭން އޮތީ ރާވާފައި: ރިޕޯޓް

2

ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލަތީފް ކުއްލި ގޮތަކަށް މަޤާމުން ވަކިކޮށްފި

3

"އަދަބުވެރިކަން ނެތުމުގެ" ސަބަބުން ދަނބިދަރިފުޅުގެ ޝާހީ ލަގަބުތައް ބުރޫނާއީގެ ރަސްގެފާނު އަތުލައްވައިފި

4

އެމެރިކާއާއި އީރާނުގެ މަޝްވަރާތައް މަރުތަޅުއެޅިފައި - އެންމެ ފަހުގެ ތަފުސީލު

5

އީރާނުގެ އަސްކަރީ ގާބިލިއްޔަތު އިއާދަކުރަމުންދާ ހަލުވި މިނުގެ ސަބަބުން އިސްރާއީލަށް ސިހުން: ޖެރޫސަލަމް ޕޯސްޓް

އިތުރަށް ކިޔާލަން

10 ސެޕްޓެމްބަރު 2023

ޖީ-20 ސަމިޓަށް ދިއްލީ "ސާފު ކުރަން" އޮތް ގޮތަކީ ފަޤީރުން މަގުމަތިކޮށްލުންބާ؟

10 ސެޕްޓެމްބަރު 2023
ޖީ-20 ސަމިޓަށް ދިއްލީ "ސާފު ކުރަން" އޮތް ގޮތަކީ ފަޤީރުން މަގުމަތިކޮށްލުންބާ؟
14 ޖެނުއަރީ 2023

ޝީންޖިއާންގްއަށް ދަތުރު ކުރެއްވި އިސްލާމީ ލީޑަރުންނާއި އިލްމުވެރިންގެ ވާހަކަފުޅުތައް މުޅިން ތަފާތު!

14 ޖެނުއަރީ 2023
ޝީންޖިއާންގްއަށް ދަތުރު ކުރެއްވި އިސްލާމީ ލީޑަރުންނާއި އިލްމުވެރިންގެ ވާހަކަފުޅުތައް މުޅިން ތަފާތު!
22 ފެބުރުއަރީ 2022

ޔޫކްރޭން މައްސަލާގައި ދުނިޔޭގެ ލީޑަރުން ބަސްބުނެފި

22 ފެބުރުއަރީ 2022
ޔޫކްރޭން މައްސަލާގައި ދުނިޔޭގެ ލީޑަރުން ބަސްބުނެފި
25 ޑިސެމްބަރު 2020

ލީޑަރުންގެ ލީޑަރުގެ ގޮތުގައި އަރުޝަދު ކުރަނީ ނަމޫނާ މަސައްކަތްތަކެއް!

25 ޑިސެމްބަރު 2020
ލީޑަރުންގެ ލީޑަރުގެ ގޮތުގައި އަރުޝަދު ކުރަނީ ނަމޫނާ މަސައްކަތްތަކެއް!
07 އެޕްރީލު 2020

"ވޯލްޑް ހެލްތް ޑޭ" ގެ އިރު އަލިކަމާއިއެކު ސިޔާސީ ލީޑަރުންގެ އަތަށް އެ އަރަނީ ކޮން ހުސްގަނޑެއް ހެއްޔެވެ؟

07 އެޕްރީލު 2020
"ވޯލްޑް ހެލްތް ޑޭ" ގެ އިރު އަލިކަމާއިއެކު ސިޔާސީ ލީޑަރުންގެ އަތަށް އެ އަރަނީ ކޮން ހުސްގަނޑެއް ހެއްޔެވެ؟
24 އެޕްރީލު 2019

ކުޑަކުއްޖެއްގެ އާދޭސް ދުނިޔޭގެ ލީޑަރުންނަށް!

24 އެޕްރީލު 2019
ކުޑަކުއްޖެއްގެ އާދޭސް ދުނިޔޭގެ ލީޑަރުންނަށް!
10 ޖެނުއަރީ 2018

ސިޔާސީ ލީޑަރުން ހައްޔަރުކޮށްގެން މޮޅެއް ނުލިބޭ، ފެންނަނީ ސަރުކާރު ރޭރުވާތަން!

10 ޖެނުއަރީ 2018
ސިޔާސީ ލީޑަރުން ހައްޔަރުކޮށްގެން މޮޅެއް ނުލިބޭ، ފެންނަނީ ސަރުކާރު ރޭރުވާތަން!
09 ޖުލައި 2017

ޖީ20 އަކީ ކޮބާ؟

09 ޖުލައި 2017
ޖީ20 އަކީ ކޮބާ؟
10 މެއި 2017

އިދިކޮޅު ސިޔާސީ ހުރިހާ ލީޑަރުން ޖަލަށްލައިގެން ބޭއްވި ފުރަތަމަ އިންތިހާބު ބޮޑުތަނުންވީ ބަލި!

10 މެއި 2017
އިދިކޮޅު ސިޔާސީ ހުރިހާ ލީޑަރުން ޖަލަށްލައިގެން ބޭއްވި ފުރަތަމަ އިންތިހާބު ބޮޑުތަނުންވީ ބަލި!
07 މާރިޗު 2017

ރައްޔިތުން ކަތިލުމުގައި ސިޔާސީ ލީޑަރުން ވަރެއް ނެތް

07 މާރިޗު 2017
ރައްޔިތުން ކަތިލުމުގައި ސިޔާސީ ލީޑަރުން ވަރެއް ނެތް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް