Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެރަޝިއާ-ޔޫކްރެއިން ހަނގުރާމަ

ރަޝިއާ އަސްކަރިއްޔާއިން ހާސަންއިން ފައިބައިފި، އެކަމަކު އެއީ އަދިވެސް ރަޝިއާގެ ތަނެއްކަމަށް ދަނީ ބުނަމުން

11 ނޮވެމްބަރު 2022 | ހުކުރު 12:58

މިހާރި އެސަރަހައްދުގައި ރަޝިއާގެ އެއްވެސް ހަތިޔާރެއް، އުޅަނދެއް އަދި އޮފިސަރެއް ހަރަކާތްތެރިވަމުން ނުދާނެ ކަމަށް މިނިސްޓްރީން ބުނޭ

ފާތިމަތު އުދުމާ
ފާތިމަތު އުދުމާ | 11 ނޮވެމްބަރު 2022 | ހުކުރު 12:58
ޔޫކްރެއިންގެ ހާސަންގައި ހަރަކާތްތެރިވަމުންދިޔަ ރަޝިއާ އަސްކަރިއްޔާގެ ސިފައިން އެސަރަހައްދުން ފައިބައިފި

ޔޫކްރެއިންގެ ހާސަންގައި ހަރަކާތްތެރިވަމުންދިޔަ ރަޝިއާ އަސްކަރިއްޔާގެ ސިފައިން އެސަރަހައްދުން ފައިބައިފި

ޔޫކްރެއިންގެ ހާސަންގައި ހަރަކާތްތެރިވަމުންދިޔަ ރަޝިއާ އަސްކަރިއްޔާގެ ސިފައިން އެސަރަހައްދުން ފައިބާފައިވާ ކަމަށް ރަޝިއާއިން ބުނެފިއެވެ.

ހާސަންގައި ހަރަކާތްތެރިވަމުންދިޔަ ރަޝިއާ އަސްކަރިއްޔާގެ ސިފައިން އެސަރަހައްދުން ފައިބަން އެގައުމުގެ ޑިފެންސް މިނިސްޓަރު ސަރްގެއި ޝޮއިގު އަމުރުކުރެއްވީ ބުދަ ދުވަހުއެވެ.

ރަޝިއާގެ ޑިފެންސް މިނިސްޓްރީން ހުކުރު ދުވަހު ބުނެފައި ވަނީ ހާސަންގައި ހަރަކާތްތެރިވަމުންދިޔަ އެގައުމުގެ ސިފައިންނާ، ސިފައިންގެ ހަތިޔާރާއި އުޅަނދުތައް ހުކުރު ދުވަހު، ނިޕްރޯގެ އިރުމަތީ ސަރަހައްދަކަށް ގެންގޮސްފައިވާ ކަމަށެވެ.

މިއާއެކު ހާސަން އިން ރަޝިއާ ސިފައިން ފޭބުމުުގެ އޮޕަރޭޝަން އެއްކޮށް ނިންމާލެވިފައިވާކަމަށް ރަޝިއާގެ ޑިފެންސް މިނިސްޓްރީން ވަނީ ބުނެފައެވެ. އެގޮތުން މިހާރު އެސަރަހައްދުގައި ރަޝިއާގެ އެއްވެސް ހަތިޔާރެއް، އުޅަނދެއް އަދި އޮފިސަރެއްވެސް ހަރަކާތްތެރިވަމުން ނުދާނެ ކަމަށް މިނިސްޓްރީން ވަނީ ބުނެފައެވެ.

ދެ ދުވަހުގެ ތެރޭގައި ރަޝިއާގެ އަސްކަރިއްޔާއިން ހާސަން އިން ފައިބައިފައިވާ ކަމަށް ރަޝިއާއިން ބުނާ އިރު، ބުރާސްފަތި ދުވަހު އެމެރިކާ އަދި ޔޫކްރެއިނުން ވަނީ އެސަރަހައްދުން ރަޝިއާގެ އަސްކަރިއްޔާ ފައިބަން މަދުވެގެން ހަފުތާއެއްހާ ދުވަސް ނަގާނެ ކަމަށް ބުނެފައެވެ.

ރަޝިއާ އަސްކަރިއްޔާއިން ހާސަން އިން ފޭބުމާއެކު، ކްރައިމިއާ އާ ގާތަށް ޖެހުނުގެ ފުރުސަތު ޔޫކްރެއިންގެ އަސްކަރިއްޔާއަށް ލިބިގެންދާނެއެވެ.

ހާސަން އިން ރަޝިއާގެ އަސްކަރިއްޔާއިން ފޭބި ނަމަވެސް އެސަރަހައްދަކީ ރަޝިއާގެ އަސްކަރިއްޔާއިން ހިފާފައިވާ އެގައުމުގެ ސަރަހައްދެއް ކަމަށް ކްރެމްލިންގެ ތަރުޖަމާން ޑިމިޓްރީ ޕެސްކޮވް ވަނީ ވިދާޅުވެފައެވެ.

ޑިމިޓްރީ ވަނީ މިބަދަލަކީ ގަވައިދާ އެއްގޮތަށް ގެނެވިފައިވާ ބަދަލެއް ކަމަށާއި އެއަށް އިތުރު އެއްވެސް ބަދަލެއް ނާންނާނެ ކަމަށާއި އިތުރު ބަދަލެއް ނުގެނެވޭނެ ކަމަށްވެސް ވިދާޅުވެފައެވެ.

އިތުރަށް ކިޔާލަން

22 މާރިޗު 2017

ސިރިސޭނާ ރަސްމީ ދަތުރުފުޅެއްގައި ރަޝިއާއަށް ވަޑައިގަންނަވަނީ

22 މާރިޗު 2017
ސިރިސޭނާ ރަސްމީ ދަތުރުފުޅެއްގައި ރަޝިއާއަށް ވަޑައިގަންނަވަނީ
06 މާރިޗު 2017

އިރާގު އަސްކަރިއްޔާއިން މޫސަލްގެ އަލް ހުއްރިއްޔާ ބްރިޖް ހިފައިފި

06 މާރިޗު 2017
އިރާގު އަސްކަރިއްޔާއިން މޫސަލްގެ އަލް ހުއްރިއްޔާ ބްރިޖް ހިފައިފި
03 މާރިޗު 2017

ސީރިއާގެ އަސްކަރިއްޔާއިން އައިސިސް ބަލިކޮށް ތަދްމޫރު ހިފައިފި

03 މާރިޗު 2017
ސީރިއާގެ އަސްކަރިއްޔާއިން އައިސިސް ބަލިކޮށް ތަދްމޫރު ހިފައިފި
02 މާރިޗު 2017

ޖެފް ސެޝަންސް ދެ ފަހަރަށް ރަޝިއާގެ އެމްބެސެޑަރާ ބައްދަލު ކުރައްވާފައިވޭ: އެމެރިކާ ސަރުކާރު

02 މާރިޗު 2017
ޖެފް ސެޝަންސް ދެ ފަހަރަށް ރަޝިއާގެ އެމްބެސެޑަރާ ބައްދަލު ކުރައްވާފައިވޭ: އެމެރިކާ ސަރުކާރު
19 ފެބުރުއަރީ 2017

ރަޝިއާއިން ޔޫކްރެއިން ހަނގުރާމަވެރިންގެ ޕާސްޕޯޓް ބަލައިގަންނަނީ

19 ފެބުރުއަރީ 2017
ރަޝިއާއިން ޔޫކްރެއިން ހަނގުރާމަވެރިންގެ ޕާސްޕޯޓް ބަލައިގަންނަނީ
19 ފެބުރުއަރީ 2017

އެމެރިކާގެ އަސްކަރިއްޔާއިން ދެކުނު ޗައިނާ ކަނޑު ޕެޓްރޯލްކުރަން ފަށައިފި

19 ފެބުރުއަރީ 2017
އެމެރިކާގެ އަސްކަރިއްޔާއިން ދެކުނު ޗައިނާ ކަނޑު ޕެޓްރޯލްކުރަން ފަށައިފި
11 ފެބުރުއަރީ 2017

ތުރުކީ ސިފައިން މަރުވި ހަމަލާ: ރަޝިއާގެ ވާހަކަ ތުރުކީން ދޮގުކޮށްފި

11 ފެބުރުއަރީ 2017
ތުރުކީ ސިފައިން މަރުވި ހަމަލާ: ރަޝިއާގެ ވާހަކަ ތުރުކީން ދޮގުކޮށްފި
10 ފެބުރުއަރީ 2017

ރަޝިއާގެ ވައިގެ ހަމަލާއެއްގައި ތުރުކީގެ ސިފައިންގެ ތިން މީހުން މަރުވެއްޖެ

10 ފެބުރުއަރީ 2017
ރަޝިއާގެ ވައިގެ ހަމަލާއެއްގައި ތުރުކީގެ ސިފައިންގެ ތިން މީހުން މަރުވެއްޖެ
07 ޖެނުއަރީ 2017

އެމެރިކާގައި ތިބި ރަޝިއާގެ ޑިޕްލޮމޭޓުން ފުރައިފި

07 ޖެނުއަރީ 2017
އެމެރިކާގައި ތިބި ރަޝިއާގެ ޑިޕްލޮމޭޓުން ފުރައިފި
07 ޖެނުއަރީ 2017

ރަޝިއާގެ ޑިޕްލޮމޭޓުން އެމެރިކާއިން ފުރައިފި

07 ޖެނުއަރީ 2017
ރަޝިއާގެ ޑިޕްލޮމޭޓުން އެމެރިކާއިން ފުރައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް