Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެރަޝިއާ-ޔޫކްރެއިން ހަނގުރާމަ

"ލައްކައަކަށްވުރެ ގިނަ ރަޝިއާ ސިފައިން ހަނގުރާމައިގައި މަރުވެއްޖެ"

ހަމަ އެ އަދަދާ ގާތްކުރާ އަދަދަކަށް ޔޫކްރެއިންގެ ސިފައިންނަށްވެސް ގެއްލުންލިބިފައިވާނެ ކަމަށް ބެލެވޭކަމަށް އެމެރިކާއިން ވަނީ ބުނެފައި

ފާތިމަތު އުދުމާ
ފާތިމަތު އުދުމާ | 10 ނޮވެމްބަރު 2022 | ބުރާސްފަތި 13:59
ރަޝިއާ-ޔޫކްރެއިން ހަނގުރާމައިގައި ހަރަކާތްތެރިވާ ރަޝިއާގެ ސިފައިން

ރަޝިއާ-ޔޫކްރެއިން ހަނގުރާމައިގައި ހަރަކާތްތެރިވާ ރަޝިއާގެ ސިފައިން

ރަޝިއާ ޔޫކްރެއިން ހަނގުރާމައިގައި މިހާތަނަށް ލައްކައަކަށް ވުރެ ގިނަ ރަޝިއާގެ ސިފައިން މަރުވެފައިވާކަމަށް އެމެރިކާއިން ބުނެފިއެވެ.

ބުދަ ދުވަހު އެމެރިކާ އަސްކަރިއްޔާއިން ވަނީ، ހަނގުރާމައިގައި ލައްކައަކަށްވުރެ ގިނަ ރަޝިއާގެ ސިފައިން މަރުވެ، ގިނަ އަދަދެއްގެ ސިފައިންނަށް އެކިވަރުގެ އަނިޔާ ލިބިފައިވާކަމަށް ބުނެފައެވެ. އަދި ހަމަ އެއަދަދާ ގާތްކުރާ އަދަދަކަށް ޔޫކްރެއިންގެ ސިފައިންނަށްވެސް ގެއްލުންލިބިފައިވާނެ ކަމަށް ބެލެވޭކަމަށް އެމެރިކާއިން ވަނީ ބުނެފައެވެ.

މީގެ ހަފުތާއެއްހާ ދުވަސްކުރިން ރަޝިއާގެ ރައީސް ވްލެޑްމިއަރ ޕުޓިން ވަނީ ޔޫކްރެއިނަށް މިހާރު ދީފައިވާ ގެއްލުމަށްވުރެ ބޮޑެތި ގެއްލުންތައް ދިނުމުގެ ބާރު ރަޝިއާގައި އެބައޮތްކަމަށް ވިދާޅުވެފައެވެ.

ޕުޓިން މިހެން ވިދާޅުވެފައި ވަނީ ރަޝިއާއިން ދާދި ފަހުން ޔޫކްރެއިންގެ އުމްރާނީ ބިނާތަކަށް އަމާޒުކޮށް ގިނަ ހަމަލާތަކެއް ދީފައެވެ.

މިފަހުން ރަޝިއާއިން ދަނީ ޔޫކްރެއިނަށް ގިނަ އަދަދެއްގެ މިސައިލް ހަމަލާތައް އަމާޒުކުރަމުންނެވެ. އެންމެ ފަހުގެ ހަމަލާތައް ޔޫކްރެއިންގެ އުމްރާނީ ބިނާތަކަށް އަމާޒުކޮށްފައިވާއިރު، މިދިޔަ މަހުވެސް ރަޝިއާއިން ވަނީ ޔޫކްރެއިންގެ ގިނަ ސިޓީތަކަކަށް ވަރުގަދަ ހަމަލާތަކެއް ދީފައެވެ.

ހަނގުރާމަ ހުއްޓާލުމުގެ އެއްވެސް އިޝާރާތެއް ދެގައުމުންކުރެ އެއްވެސް ގައުމަކުން ދެމުން ނުދާއިރު، ދާދި ފަހުން ރަޝިއާއިން ވަނީ ޔޫކްރެއިނުން "ޑަރޓީ ބޮމެއް" ބޭނުންކޮށްފާނެ ކަމުގެ އިންޒާރުވެސް ދީފައެވެ. މިތުހުމަތުތައް ޔޫކްރެއިނާއި ހުޅަނގުގެ ގައުމުތަކުން ދޮގުކުރިނަމަވެސް ރަޝިއާއިން ވަނީ އެގައުމުން އެފަދަ ހަމަލާއަކަށް ތައްޔާރުވަމުންދާކަމަށް ބުނެފައެވެ.

މިއަހަރުގެ ފެބްރުއަރީ މަހުގެ 24 ވަނަ ދުވަހު ޕުޓިންގެ އަމުރަށް ރަޝިއާގެ އަސްކަރިއްޔާއިން ޔޫކްރެއިނަށް އަރައި ދޭންފެށި ހަމަލާތަކާއެކު ފެށުނު ރަޝިއާ-ޔޫކްރެއިން ހަނގުރާމައަށް މިހާރު ވަނީ ހަތް މަހަށްވުރެ ގިނަ ދުވަސްވެފައެވެ.

އިތުރަށް ކިޔާލަން

10 ފެބުރުއަރީ 2017

ރަޝިއާގެ ވައިގެ ހަމަލާއެއްގައި ތުރުކީގެ ސިފައިންގެ ތިން މީހުން މަރުވެއްޖެ

10 ފެބުރުއަރީ 2017
ރަޝިއާގެ ވައިގެ ހަމަލާއެއްގައި ތުރުކީގެ ސިފައިންގެ ތިން މީހުން މަރުވެއްޖެ
06 ފެބުރުއަރީ 2017

ޕާކިސްތާނާއި އަފްޣާނިސްތާނުގައި ހިނގި ސްނޯ ފޭބުމުގެ ހާދިސާތަކުގައި 100 އަށް ވުރެ ގިނަ މަރު

06 ފެބުރުއަރީ 2017
ޕާކިސްތާނާއި އަފްޣާނިސްތާނުގައި ހިނގި ސްނޯ ފޭބުމުގެ ހާދިސާތަކުގައި 100 އަށް ވުރެ ގިނަ މަރު
31 ޖެނުއަރީ 2017

ޓްރަމްޕްގެ އިމިގްރޭޝަން ގަރާރަށް ދުނިޔޭގެ ގިނަ ބައެއްގެ ފާޑުކިޔުން އަމާޒުވެއްޖެ

31 ޖެނުއަރީ 2017
ޓްރަމްޕްގެ އިމިގްރޭޝަން ގަރާރަށް ދުނިޔޭގެ ގިނަ ބައެއްގެ ފާޑުކިޔުން އަމާޒުވެއްޖެ
30 ޖެނުއަރީ 2017

ޓްރަމްޕް ޔޫކޭއަށް ވަޑައިގަތުމާ ދެކޮޅަށް 24 ގަޑިއިރު ތެރޭ މިލިއަނަކަށްވުރެ ގިނަ ސޮއި

30 ޖެނުއަރީ 2017
ޓްރަމްޕް ޔޫކޭއަށް ވަޑައިގަތުމާ ދެކޮޅަށް 24 ގަޑިއިރު ތެރޭ މިލިއަނަކަށްވުރެ ގިނަ ސޮއި
30 ޖެނުއަރީ 2017

ޓްރަމްޕުގެ ވެރިކަމުގައި މަރުވި ފުރަތަމަ އެމެރިކާ ސިފައިންގެ މީހާ ޔަމަނުގައި މަރުވެއްޖެ

30 ޖެނުއަރީ 2017
ޓްރަމްޕުގެ ވެރިކަމުގައި މަރުވި ފުރަތަމަ އެމެރިކާ ސިފައިންގެ މީހާ ޔަމަނުގައި މަރުވެއްޖެ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު