Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެއަލިފާނުގެ ހާދިސާ

ނިރުފެހި އަދި ސެންޑް ރޯސް ގެއަށް ދިޔަ މީހުންނާއި، ޚަބަރެއް ނުވާ ބިދޭސީންގެ މައުލޫމާތު ފޯރުކޮށްދޭން އެދިއްޖެ

ރެއިން ފެށިގެން ޚަބަރެއް ވެފައި ނުވާ ބިދޭސީންގެ މައުލޫމާތު ސީރިއަސް އެންޑް އޯގަނައިޒްޑް ކްރައިމް ޑިޕާޓްމަންޓަށް ހިއްސާކުރުމަށް ވަނީ އެދިފައި

ޙުސައިން މަޚްތޫމް
ޙުސައިން މަޚްތޫމް | 10 ނޮވެމްބަރު 2022 | ބުރާސްފަތި 10:29
އަލިފާނުގެ ހާދިސާ ހިނގި ގެ

އަލިފާނުގެ ހާދިސާ ހިނގި ގެ

މ. ނިރުފެހި ގޭގައި ހިނގި އަލިފާނުގެ ހާދިސާގައި ނިޔާވެފައިވާ މީހުންނާއި ފަރުވާދެމުންދާ މީހުންގެ މައުލޫމާތު ދެނެގަތުމުގެ މަސައްކަތް ފުލުހުން ފަށައިފިއެވެ.

ފުލުހުން ބުނީ އެ ފަރާތްތައް ދެނެގަތުމުގެ މަސައްކަތް ކުރަމުން އަންނަ އިރު، މ. ނިރުފެހި އަދި މ. ސެންޑް ރޯސްގައި ދިރިއުޅޭ މީހުންގެ މައުލޫމާތާއި އެ ގޭގެއަށް ރޭ ގޮސްފައިވާކަމަށް ބެލެވޭ މީހުންގެ މައުލޫމާތު، އަދި މާލޭގައި ދިރިއުޅޭ ބިދޭސީންގެ ތެރެއިން، ރެއިންފެށިގެން ޚަބަރެއް ވެފައި ނުވާ ބިދޭސީންގެ މައުލޫމާތު ސީރިއަސް އެންޑް އޯގަނައިޒްޑް ކްރައިމް ޑިޕާޓްމަންޓްގެ ނަންބަރު 9911099 ނުވަތަ ދިވެހި ފުލުހުންގެ ޚިދުމަތުގެ ހޮޓްލައިން ނަންބަރު 3322111 އަށް ގުޅުއްވައި ހިއްސާ ކުރެއްވުމަށެވެ.

ރޭ ހިނގި އަލިފާނުގެ ހާދިސާގައި 10 މީހަކު ވަނީ ނިޔާވެފައިވެއެވެ. ނިޔާވި މީހުންގެ ތެރެއިން ބައެއް މީހުންގެ މައުލޫމާތު އަދި ޔަގީން ކުރެވިފައި ނުވާތީ މި އަލިފާނުގެ ހާދިސާގެ ތަހުގީގު ދިވެހި ފުލުހުންގެ ސީރިއަސް އެންޑް އޯގަނައިޒްޑް ކްރައިމް ޑިޕާޓްމަންޓުން ކުރަމުން އަންނަ ކަމަށް ފުލުހުން ވަނީ ބުނެފައެވެ.

މީގެ އިތުރުން މ. ނިރުފެހި ގޭގައި ރޭ ހިނގި އަލިފާނުގެ ހާދިސާއާ ގުޅިގެން ކަމާ ގުޅުންހުރި އިދާރާތަކުން ބަލަންޖެހޭ ކަންކަން ބަލައި ނިމެންދެން އެ ސަރަހައްދުގެ ބައެއް މަގުތައް އެއްގަމު އުޅަނދަށް ބަންދުވާނެއެވެ.

ބަންދުކޮށްފައި ހުރި މަގުތަކުގެ ތެރޭގައި، ހަތަރު ފުރޮޅުލީ އުޅަނދު ޖަވާހިރުމަގަށް ވަނުން ވަނީ މަނާކޮށްފައެވެ. އަދި ޖަވާހިރު ހިނގުމަށް އެއްގަމު އުޅަނދު ވަނުން މަނާކޮށްފައިވާ އިރު، ބުރުޒުމަގާއި އިސްކަންދަރު މަގާއި ދެމެދުން ރިޔާސީހިނގުން ވަނީ އެއްގަމުއުޅަނދު ވަނުން މަނާކޮށްފައެވެ.

އިތުރަށް ކިޔާލަން

15 ޖެނުއަރީ 2017

ދިވެހި ޓެރަރިސްޓް ލީޑަރު ހަނގުރާމަކުރަމުން ދިޔައީ ވަޒަރިސްތާނުގެ ޖަމާއަތަކާއެކު: ދައުލަތް

15 ޖެނުއަރީ 2017
 ދިވެހި ޓެރަރިސްޓް ލީޑަރު ހަނގުރާމަކުރަމުން ދިޔައީ ވަޒަރިސްތާނުގެ ޖަމާއަތަކާއެކު: ދައުލަތް
12 ޖެނުއަރީ 2017

ރޯވެ އަޑިއަށްދިޔަ ބޯޓުގައި ތިބި މީހުންގެ ހާލު ރަނގަޅު، މެންދުރު ފަހު މާލެ ގެނެވޭނެ: އެމްއެންޑީއެފް

12 ޖެނުއަރީ 2017
 ރޯވެ އަޑިއަށްދިޔަ ބޯޓުގައި ތިބި މީހުންގެ ހާލު ރަނގަޅު، މެންދުރު ފަހު މާލެ ގެނެވޭނެ: އެމްއެންޑީއެފް
12 ޖެނުއަރީ 2017

ގެއްލިގެން ހޯދަމުން ދިޔަ ސްރީލަންކާގެ މަސްބޯޓް ފެނިއްޖެ، އެކަކުގެ ހާލު ދެރަ: އެމްއެންޑީއެފް

12 ޖެނުއަރީ 2017
ގެއްލިގެން ހޯދަމުން ދިޔަ ސްރީލަންކާގެ މަސްބޯޓް ފެނިއްޖެ، އެކަކުގެ ހާލު ދެރަ: އެމްއެންޑީއެފް
10 ޖެނުއަރީ 2017

ހަތަރު ބިލިއަން ރުފިޔާ ހިމެނޭ ދަރަނީގެ މައްސަލަތައް މިދިޔަ އަހަރު ސާބިތުވި: ސިވިލް ކޯޓް

10 ޖެނުއަރީ 2017
ހަތަރު ބިލިއަން ރުފިޔާ ހިމެނޭ ދަރަނީގެ މައްސަލަތައް މިދިޔަ އަހަރު ސާބިތުވި: ސިވިލް ކޯޓް
07 ޖެނުއަރީ 2017

ނިމިގެންދިޔަ އަހަރަކީ އިއާދަ ނުކުރެވޭ ވަރުގެ ގެއްލުންތަކެއް ލިބުނު އަހަރެއް: އަހުމަދު އަބްދުﷲ

07 ޖެނުއަރީ 2017
ނިމިގެންދިޔަ އަހަރަކީ އިއާދަ ނުކުރެވޭ ވަރުގެ ގެއްލުންތަކެއް ލިބުނު އަހަރެއް: އަހުމަދު އަބްދުﷲ
07 ޖެނުއަރީ 2017

މަސައްކަތް ކުރަމުންދިޔަ މީހެއްގެ ގަޔަށް ދަނގަޑެއްހެރި ސީރިއަސް އަނިޔާތަކެއް ލިބިއްޖެ

07 ޖެނުއަރީ 2017
މަސައްކަތް ކުރަމުންދިޔަ މީހެއްގެ ގަޔަށް ދަނގަޑެއްހެރި ސީރިއަސް އަނިޔާތަކެއް ލިބިއްޖެ
06 ޖެނުއަރީ 2017

ފާއިތުވި އަހަރީ ކުށްމަދު އަމާން ވެއްޓެއް ޤާއިމްކުރެވިގެންދިޔަ އަހަރެއް: ސީޕީ

06 ޖެނުއަރީ 2017
ފާއިތުވި އަހަރީ ކުށްމަދު އަމާން ވެއްޓެއް ޤާއިމްކުރެވިގެންދިޔަ އަހަރެއް: ސީޕީ
06 ޖެނުއަރީ 2017

ނިމިގެންދިޔަ އަހަރު ޑްރަގް ކޯޓަށް ހުށަހެޅުނު މައްސަލަތައް އިތުރުވެއްޖެ

06 ޖެނުއަރީ 2017
ނިމިގެންދިޔަ އަހަރު ޑްރަގް ކޯޓަށް ހުށަހެޅުނު މައްސަލަތައް އިތުރުވެއްޖެ
06 ޖެނުއަރީ 2017

ނިމިގެންދިޔަ އަހަރަކީ މުހިންމު ގާނޫނު ތަކެއް ފާސްކުރެވުނު އަހަރެއް: މަސީހު

06 ޖެނުއަރީ 2017
ނިމިގެންދިޔަ އަހަރަކީ މުހިންމު ގާނޫނު ތަކެއް ފާސްކުރެވުނު އަހަރެއް: މަސީހު
06 ޖެނުއަރީ 2017

މިދިޔަ އަހަރު ކްރިމިނަލް ކޯޓަށް ހުށަހެޅި މައްސަލަތަކުގެ އަދަަދު އިތުރުވެއްޖެ

06 ޖެނުއަރީ 2017
 މިދިޔަ އަހަރު ކްރިމިނަލް ކޯޓަށް ހުށަހެޅި މައްސަލަތަކުގެ އަދަަދު އިތުރުވެއްޖެ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު