Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުއޭސީ މިލާން

އޭސީ މިލާނުން ޖިރޫޑްގެ އެއްބަސްވުން އައުކުރުމަށް މަސައްކަތް ކުރަނީ

އިތުރު އެއް އަހަރު ދުވަހުގެ އެއްބަސްވުމެއް ޖިރޫޑަށް ހުށަހެޅުމަށް މިލާނުން އަންނަނީ ތައްޔާރުވަމުން

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 10 ނޮވެމްބަރު 2022 | ބުރާސްފަތި 08:35
އޭސީ މިލާން އާއި ސަލްސްބާގް ކުޅުނު މެޗުގެ ތެރެއިން

އޭސީ މިލާން އާއި ސަލްސްބާގް ކުޅުނު މެޗުގެ ތެރެއިން

އޭސީ މިލާނަށް ކުޅެމުން އަންނަ ފްރާންސްގެ ފޯވާޑް އޮލީވިއޭ ޖިރޫޑްގެ އެއްބަސްވުން އައުކުރުމަށް އެ ކުލަބުން މަސައްކަތް ކުރަމުން އަންނަ ކަމަށް ރިޕޯޓުތައް ބުނެފިއެވެ.

ޗެލްސީ ދޫކޮށްލުމަށްފަހު ޖިރޫޑް އޭސީ މިލާނަށް ބަދަލުވީ 2021 ވަނަ އަހަރުއެވެ. އޭނާ މިލާނަށް ގުޅުނީ ދެ އަހަރުގެ އެއްބަސްވުމެއްގެ ދަށުންނެވެ. އެ ޓީމާއެކު އޭނާ ހަދާފައިވާ އެއްބަސްވުމުގެ މުއްދަތު ހަމަވާނީ އަންނަ އަހަރުގެ ޖޫން މަހުއެވެ. ނަމަވެސް މިހާރު އުމުރުން 36 އަހަރުވެފައިވާ ޖިރޫޑް އަދި ވެސް ދައްކަމުން އަންނަ މޮޅު ކުޅުމުގެ ސަބަބުން މިލާނުން ބޭނުންވަނީ އޭނާ އެ ކުލަބުގައި ބަހައްޓަން ކަމަށް ރިޕޯޓުތައް ބުނެއެވެ. އެހެންކަމުން އިތުރު އެއް އަހަރު ދުވަހުގެ އެއްބަސްވުމެއް ޖިރޫޑަށް ހުށަހެޅުމަށް މިލާނުން ތައްޔާރުވަމުން އަންނަ ކަމަށް ވެސް ރިޕޯޓުތައް ބުނެއެވެ.

ޖިރޫޑް ވަނީ މި ސީޒަންގެ މިހާތަނަށް މިލާނަށް ކުޅެދިން 18 މެޗުން ނުވަ ލަނޑު ޖަހާފައެވެ. މީގެ އިތުރުން އޭނާ އަންނަނީ މުހިންމު މެޗުތަކުގައި މޮޅު ކުޅުމެއް ދައްކައި، މިލާން މޮޅު ކޮށްދެމުންނެވެ. ޖިރޫޑާ ގުޅޭ ގޮތުން މިލާންގެ ކޯޗު ސްޓެފާނޯ ޕިއޯލީ ބުނީ ޖިރޫޑް ސާބިތުކޮށްދެނީ އުމުރަކީ ފުޓުބޯޅަ ކުޅުމަށް އޮތް ހުރަހެއް ނޫން ކަމަށެވެ. އޭނާ ބުނީ ޖިރޫޑަށް އަދި ވެސް ކުރިއަށް އޮތް ތަނުގައި ފެންވަރު ރަނގަޅު ކުޅުމެއް ދެއްކޭނެ ކަމަށް ޤަބޫލުކުރާ ކަމަށެވެ.

އިތުރަށް ކިޔާލަން

30 މެއި 2017

މޮރާޓާ ހޯދުމަށް އޭސީ މިލާނުން 60 މިލިއަން ޔޫރޯގެ ބިޑެއް ހުށަހަޅައިފި

30 މެއި 2017
މޮރާޓާ ހޯދުމަށް އޭސީ މިލާނުން 60 މިލިއަން ޔޫރޯގެ ބިޑެއް ހުށަހަޅައިފި
02 މެއި 2017

އެމްއާރްޑީސީއާ އެމްއޭސީއެލް ސެމީއަށް

02 މެއި 2017
އެމްއާރްޑީސީއާ އެމްއޭސީއެލް ސެމީއަށް
25 އެޕްރީލު 2017

ބޮޑު އަގަކާއެކު ސިމިއޯނީ ހޯދުމަށް އިންޓަރމިލާނުން ތައްޔާރުވެއްޖެ

25 އެޕްރީލު 2017
ބޮޑު އަގަކާއެކު ސިމިއޯނީ ހޯދުމަށް އިންޓަރމިލާނުން ތައްޔާރުވެއްޖެ
15 މާރިޗު 2017

އެވަޓަންއިން ހުށަހެޅި އާ އެއްބަސްވުން ލުކާކޫ އަށް ކަމުނުދިޔަ

15 މާރިޗު 2017
އެވަޓަންއިން ހުށަހެޅި އާ އެއްބަސްވުން ލުކާކޫ އަށް ކަމުނުދިޔަ
11 މާރިޗު 2017

އިޓާލިއަން ލީގު: އޭސީ މިލާން ބަލިކޮށް ޔުވަންޓަސް އަށް 11 ޕޮއިންޓްގެ ލީޑެއް

11 މާރިޗު 2017
އިޓާލިއަން ލީގު: އޭސީ މިލާން ބަލިކޮށް ޔުވަންޓަސް އަށް 11 ޕޮއިންޓްގެ ލީޑެއް
14 ފެބުރުއަރީ 2017

އިސްކޯގެ އެއްބަސްވުން އާނުކޮށް ރެއާލް އިން ދިގުދަންމަނީ

14 ފެބުރުއަރީ 2017
އިސްކޯގެ އެއްބަސްވުން އާނުކޮށް ރެއާލް އިން ދިގުދަންމަނީ
14 ފެބުރުއަރީ 2017

އިޓާލިއަން ސެރީއޭ: ލާޒިއޯއާ އެއްވަރުކޮށް އޭސީ މިލާން ހަތްވަނަ އަށް

14 ފެބުރުއަރީ 2017
އިޓާލިއަން ސެރީއޭ: ލާޒިއޯއާ އެއްވަރުކޮށް އޭސީ މިލާން ހަތްވަނަ އަށް
05 ފެބުރުއަރީ 2017

ކޮންޓޭ ހޯދުމުގެ މަސައްކަތް އިންޓަމިލާނުން ފަށައިފި

05 ފެބުރުއަރީ 2017
ކޮންޓޭ ހޯދުމުގެ މަސައްކަތް އިންޓަމިލާނުން ފަށައިފި
02 ފެބުރުއަރީ 2017

ގްރިޒްމަން ހޯދުމަށް ޔުނައިޓެޑުން އެޓުލެޓިކޯއާއެކު އެއްބަސްވުން ހަދައިފި

02 ފެބުރުއަރީ 2017
ގްރިޒްމަން ހޯދުމަށް ޔުނައިޓެޑުން އެޓުލެޓިކޯއާއެކު އެއްބަސްވުން ހަދައިފި
26 ޖެނުއަރީ 2017

ކޮޕާ އިޓަލިއާ: އޭސީ މިލާން ބަލިކޮށް ޔުވަންޓަސް ސެމީއަށް

26 ޖެނުއަރީ 2017
ކޮޕާ އިޓަލިއާ: އޭސީ މިލާން ބަލިކޮށް ޔުވަންޓަސް ސެމީއަށް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު