Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ކޮޕް27 ސަމިޓު

ނަޝީދުގެ ކޮޕް27 ދަތުރުފުޅަށް ލަންކާއިން ޚަރަދެއްނުކުރަން: ލަންކާ

ރައީސް ނަޝީދުގެ ދަތުރުފުޅަށް ޚަރަދު ކުރަނީ ކްލައިމެޓް ވަލްނަރަބަލް ފޯރަމް (ސީވީއެފް) އިން

ޙުސައިން މަޚްތޫމް
ޙުސައިން މަޚްތޫމް, ރާއްޖެ އެމްވީ | 9 ނޮވެމްބަރު 2022 | ބުދަ 10:07
ރައީސް ނަޝީދު ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓުގައި

ރައީސް ނަޝީދު ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓުގައި

ކޮޕް27 ސަމިޓުގައި ސްރީލަންކާ ތަމްސީލު ކުރެއްވުމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުޙައްމަދު ނަޝީދު މިސްރަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ޚަރަދު ލަންކާއިން ނުކުރާކަމަށް އެގައުމުން ބުނެފިއެވެ.

ލަންކާއިން މިހެން ބުނެފައިވަނީ، ރައީސް ނަޝީދު ކުރައްވާ ދަތުރުފުޅުގެ އެއްވެސް ޚަރަދެއް ރައްޔިތުންގެ މަޖިލީހުން ނުކުރާކަމަށް ބުނެ ދިވެހި މީޑިއާތަކުގައި ރިޕޯޓުކޮށްފައިވާތީއެވެ. ލަންކާގެ ރައީސް ރަނިލްގެ ޑިރެކްޓަރ އޮފް އިންޓަނޭޝަނަލް އެފެއާޒް ދިނޫކް ކޮލޮމްބަގެ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ރައީސް ނަޝީދު ކޮޕް27 ގައި ބައިވެރިވެވަޑައިގެންނެވުމަށް ލަންކާއިން ފަންޑުކޮށްފައިނުވާނެކަމަށެވެ.

Advertisement - newsAdvertisement

ނަމަވެސް ދިނޫކް ކޮލޮމްބަގެ ވިދާޅުވެފައިވަނީ ރައީސް ނަޝީދަކީ ތިމާވެއްޓާ ބެހޭ ދާއިރާގައި ރައީސް ރަނިލް ވިކްރަމަސިންހަގެ އެޑްވައިޒަރެއްކަމުގައެވެ.

ކޮޕް27 ސަމިޓުގައި ސްރީލަންކާ ތަމްސީލު ކުރެއްވުމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުޙައްމަދު ނަޝީދު މިސްރަށް ހުކުރު ދުވަހު ފުރާވަޑައިގެންފައިވާއިރު އެ ދަތުރުފުޅަށް ޚަރަދު ކުރަނީ ރައްޔިތުންގެ މަޖިލީހުން ނޫން ކަމަށް އެ އިދާރާއިން ބުނެފައިވެއެވެ.

ރައްޔިތުންގެ މަޖިލީހުގެ މީޑިއާ އެންޑް ކޮމިއުނިކޭޝަންގެ ޑިރެކްޓަރު ހަސަން ޒިޔާއު ވިދާޅުވެފައިވަނީ އެ ދަތުރުފުޅަށް ޚަރަދު ކުރަނީ ކްލައިމެޓް ވަލްނަރަބަލް ފޯރަމް (ސީވީއެފް) އިން ކަމަށެވެ. ރައީސް ނަޝީދު މިސްރަށް ކުރައްވާ ދަތުރުފުޅަކީ ރަސްމީ ދަތުރުފުޅެއްގެ ގޮތުގައި ބަޔާންކޮށްފައިވަނީ ކްލައިމެޓް ވަލްނަރަބަލް ފޯރަމްގެ ރަސްމީ ދައުވަތަކަށް ރައީސް ނަޝީދު ވަޑައިގަންނަވާތީ ކަމަށާއި ސީވީއެފްގެ ގުޅުންހުރި ބައެއް ކަންތައްތައް ރާއްޖެއިން ބަލަހައްޓަމުންދާތީ ކަމަށް ވެސް ޒިޔާއު ވަނީ ވިދާޅުވެފައެވެ.

ރައީސް ނަޝީދަކީ ސީވީއެފްގެ އެމްބެސެޑަރ ފޯ އެމްބިޝަންކަން ފާހަގަކުރައްވާ ޒިޔާއު ވިދާޅުވީ މަޖިލީހުގެ އިދާރާއިން ބަޔާން ނެރުނީ މަޖިލީހުގެ ރައީސް ރާއްޖެއިން ބޭރަށް ދަތުރުފުޅެއް ކުރައްވާ ނަމަ އެކަން އާންމުންނަށް އެންގުމުގެ ގޮތުން ކަމަށެވެ.

ރައްޔިތުންގެ މަޖިލީހުގެ އިދާރާއިން ހުކުރު ދުވަހު ނެރުނު ބަޔާނެއްގައި ބުނެފައިވަނީ 27 ވަނަ "ކޮންފަރެންސް އޮފް ދަ ޕާޓީސް އޮފް ދަ ޔުނައިޓެޑް ނޭޝަންސް ފްރޭމްވޯރކް ކޮންވެންޝަން އޮން ކްލައިމެޓް ޗޭންޖް" (ކޮޕް 27) ގައި ބައިވެރިވެވަޑައިގެންނެވުމަށް ހުކުރު ދުވަހުގެ ހެނދުނު ރައީސް ނަޝީދު މިސްރުގެ ޝާމް އަލް ޝާއިޚްއަށް ފުރާވަޑައިގެންފައިވާ ކަމަށެވެ. އަދި މިއީ އެމަނިކުފާނު ކުރައްވާ ރަސްމީ ދަތުރުފުޅެއް ކަމަށާއި ސަމިޓުގައި ބައިވެރިވެވަޑައިގަންނަވަނީ ސްރީލަންކާގެ ޤައުމީ ވަފުދުގެ މެންބަރެއްގެ ގޮތުގައި ކަމަށެވެ.

ނަޝީދުގެ މި ދަތުރުފުޅަކީ މި މަހުގެ 4 އިން 9 އަށް ކުރައްވާ ދަތުރުފުޅެކެވެ.

މަޖިލީހުގެ އިދާރާއިން ބުނީ ކޮޕް ސަމިޓުގައި 8 ނޮވެމްބަރު ވި އަންގާރަ ދުވަހު ބޭއްވި ކްލައިމެޓް ޕްރޮޕެރިޓި ޕްލޭންސް ފްލެގްޝިޕް އިވެންޓު ކަމަށްވާ "ޕޭވިންގ ދަ ވޭ ފްރޮމް ވަލްނަރެބިލިޓީ ޓު ޕްރޮސްޕެރިޓީ" ގައި އެމަނިކުފާނު ބައިވެރިވެވަޑައިގެންވި ކަމަށެވެ. މިއީ ކްލައިމެޓް ވަލަނަރަބަލް ފޯރަމް (ސީވީއެފް) އާއި ވަލްނަރަބަލް ގްރޫޕް އޮފް 20 (ވީ20) އިން ރާވައި އިންތިޒާމް ކުރި ބައްދަލުވުމެއް ކަމަށާއި މި ހަރަކާތުގައި މޫސުމީ ތަނަވަސްކަމުގެ ޤައުމީ ޕްލޭންތައް އެކުލަވައިލުމުގައި ޤައުމުތަކުން ހޯދާފައިވާ ކުރިއެރުންތައް ދައްކާލާފައިވާކަމަށެވެ.

ކޮޕް27 ގައި ނަޝީދު ލަންކާ ތަމްސީލު ކުރައްވާއިރު އެމަނިކުފާނު ގެންދަވަނީ ލަންކާގެ މިހާރުގެ ރައީސް ރަނިލް ވިކްރަމަސިންހައާ އެކު ވަރަށް ގާތުން މަސައްކަތް ކުރައްވަމުންނެވެ. އެގޮތުން، އެ މަނިކުފާނުގެ އެޑްވައިޒަރަކަށް ވެސް މިއަހަރުގެ މެއި މަހުގެ ތެރޭގައި ނަޝީދު އައްޔަން ކުރެއްވިއެވެ. އެއީ ލަންކާއަށް ދިމާވެފައިވާ އިގްތިސާދީ ހާލަތާ ގުޅިގެން ބޭރުގެ އެހީ ހޯދުމަށާއި ލަފާ ހޯދުމަށް އައްޔަން ކުރެއްވި މަގާމެކެވެ.

ކޮޕް27 ގައި ރާއްޖެ ތަމްސީލު ކުރައްވާ ވަފުދާ އެކު ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިސަލް ނަސީމް ވެސް ވަނީ ހުކުރު ދުވަހު މިސްރަށް ވަޑައިގެންފައެވެ.

ކުރީގެ ރައީސް، މުހައްމަދު ނަޝީދުރައްޔިތުންގެ މަޖިލިސްކޮޕް-27 ސަމިޓްސްރީލަންކާ

ކޮމެންޓް

އިތުރަށް ކިޔާލަން

ނަޝީދު ސަރުކާރަށް: އެއްވެ އުޅުމާއި ޚިޔާލުފާޅު ކުރުމުގެ ހައްގު އޮބަހައްޓަން ކުރާ މަސައްކަތް ހުއްޓާލާ!

ނަޝީދު ސަރުކާރަށް: އެއްވެ އުޅުމާއި ޚިޔާލުފާޅު ކުރުމުގެ ހައްގު އޮބަހައްޓަން ކުރާ މަސައްކަތް ހުއްޓާލާ!

14 ޑިސެމްބަރު 2025
ސިއްހީ ދާއިރާ ތަރައްގީ ކުރުމަށް ވޯލްޑް ބޭންކުން ސްރީލަންކާ އަށް 150 މިލިއަން ޑޮލަރުގެ އެހީދޭން އެއްބަސްވެއްޖެ

ސިއްހީ ދާއިރާ ތަރައްގީ ކުރުމަށް ވޯލްޑް ބޭންކުން ސްރީލަންކާ އަށް 150 މިލިއަން ޑޮލަރުގެ އެހީދޭން އެއްބަސްވެއްޖެ

11 ޑިސެމްބަރު 2025
 ތޫފާނު ދިތުވާ: ގެއްލުންވި އާއިލާތަކަށް ޔުނިވާސަލް އެންޓަޕްރައިޒެސް އިން 100،000 އެމެރިކާ ޑޮލަރުގެ އެހީ އެއް

ތޫފާނު ދިތުވާ: ގެއްލުންވި އާއިލާތަކަށް ޔުނިވާސަލް އެންޓަޕްރައިޒެސް އިން 100،000 އެމެރިކާ ޑޮލަރުގެ އެހީ އެއް

07 ޑިސެމްބަރު 2025
ތޫފާން ދިތުވާގެ ސަބަބުން ސްރީލަންކާގެ އިގްތިސާދަށް ބޮޑެތި ގޮންޖެހުންތަކެއް!

ތޫފާން ދިތުވާގެ ސަބަބުން ސްރީލަންކާގެ އިގްތިސާދަށް ބޮޑެތި ގޮންޖެހުންތަކެއް!

04 ޑިސެމްބަރު 2025
ސްރީލަންކާ އަށް އެހީ ފޯރުކޮށްދިނުމަށް އިންޑިއާ އިން ހުރަސް އެޅި ކަމަށް ޕާކިސްތާނުން ބުނެފި

ސްރީލަންކާ އަށް އެހީ ފޯރުކޮށްދިނުމަށް އިންޑިއާ އިން ހުރަސް އެޅި ކަމަށް ޕާކިސްތާނުން ބުނެފި

02 ޑިސެމްބަރު 2025

އަހަރުތަކުން މިއަދު

3 މެއި
މިޔަރު ހަމަލާގައި ނިޔާވި ޒައިދާންއަށް ފަރުވާ ދިނުމުގައި އިހުމާލުވި ކަމުގެ ތުހުމަތު، ހާދިސާ ހިނގާދިޔަ ގޮތް ސިފައިންގޭގެ އެންމެ މަތީވެރިޔާއަށް އެނގިވަޑައިނުގަންނަވާ
20251 އަހަރު ކުރިން
ރާއްޖެ

މިޔަރު ހަމަލާގައި ނިޔާވި ޒައިދާންއަށް ފަރުވާ ދިނުމުގައި އިހުމާލުވި ކަމުގެ ތުހުމަތު، ހާދިސާ ހިނގާދިޔަ ގޮތް ސިފައިންގޭގެ އެންމެ މަތީވެރިޔާއަށް އެނގިވަޑައިނުގަންނަވާ

ނޭނގުނީ މަރަޑޯނާ ޕެނަލްޓީ ޖެހިގޮތް، ނަޕޯލީން ސަޕޯޓަކުރި ސަބަބު: ޕަލިއޫކާ
20242 އަހަރު ކުރިން
މީހުން

ނޭނގުނީ މަރަޑޯނާ ޕެނަލްޓީ ޖެހިގޮތް، ނަޕޯލީން ސަޕޯޓަކުރި ސަބަބު: ޕަލިއޫކާ

ސައުދީ އަށް މެސީ ކުރި ދަތުރާއިި ޕީއެސްޖީން ކަންތައް ކުރި ގޮތުގެ ހަގީގަތަކީ މިއީ!
20233 އަހަރު ކުރިން
ރިޕޯޓު

ސައުދީ އަށް މެސީ ކުރި ދަތުރާއިި ޕީއެސްޖީން ކަންތައް ކުރި ގޮތުގެ ހަގީގަތަކީ މިއީ!

އަންހެނެއްގެ އިނގިލީގައި ދަތްއަޅައި ބުރިކޮށްލި ޙާދިސާ: މައްސަލަ ފެށުނު ގޮތާއި ސަބަބު
20224 އަހަރު ކުރިން
ރިޕޯޓު

އަންހެނެއްގެ އިނގިލީގައި ދަތްއަޅައި ބުރިކޮށްލި ޙާދިސާ: މައްސަލަ ފެށުނު ގޮތާއި ސަބަބު

ކްރިސްޕީ ޕޮޓޭޓޯ ކެސަޑިއާ
20215 އަހަރު ކުރިން
ލައިފް ސްޓައިލް

ކްރިސްޕީ ޕޮޓޭޓޯ ކެސަޑިއާ

ހަމަލާ އަށް ފަންޑް ކުރި މީހާ ހައްޔަރު ކޮށްފި
20197 އަހަރު ކުރިން
ދުނިޔެ

ހަމަލާ އަށް ފަންޑް ކުރި މީހާ ހައްޔަރު ކޮށްފި

ރައީސް ނަޝީދު ވިދާޅުވި އެއްޗެއް ދުންޔާ މައުމޫނަށް އޮޅިވަޑައިގެންފި
20188 އަހަރު ކުރިން
ރާއްޖެ

ރައީސް ނަޝީދު ވިދާޅުވި އެއްޗެއް ދުންޔާ މައުމޫނަށް އޮޅިވަޑައިގެންފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު