Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުސްޕެނިޝް ލީގު

ދިހަ ކުޅުންތެރިންނާއެކު ބާސެލޯނާ އިން އޮސަސޫނާ ބަލިކޮށް އެެއް ވަނައިގައި

9 ނޮވެމްބަރު 2022 | ބުދަ 03:49

ބާސެލޯނާ އިން މެޗު ކާމިޔާބުކުރީ 2-1 އިން

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 9 ނޮވެމްބަރު 2022 | ބުދަ 03:49
ބާސެލޯނާއިން ކުޅުނު މެޗުގެ ތެރެއިން

ބާސެލޯނާއިން ކުޅުނު މެޗުގެ ތެރެއިން

ސްޕެނިޝް ލީގުގައި އޮސަސޫނާއާ ދެކޮޅަށް ކުޅުނު މެޗުން މޮޅުވެ ބާސެލޯނާ އެއް ވަނައިގައި ފަސް ޕޮއިންޓުގެ ލީޑެއް ނަގައިފިއެވެ.

އޮސަސޫނާގެ ދަނޑުގައި ކުޅުނު މެޗު ބާސެލޯނާ އިން ކާމިޔާބުކުރީ އެ ޓީމުން ލަނޑެއް ޖަހާފައި ވަނިކޮށް، ފަހަތުން އަރައި ދެ ލަނޑު ޖަހައިގެންނެވެ. އެއީ 2-1 އިންނެވެ. މެޗުގައި ބާސެލޯނާގެ ދެ ކުޅުންތެރިޔަކަށް ވަނީ ރަތް ކާޑު ދައްކާފައެވެ. މެޗުގައި އޮސަސޫނާ އިން ލީޑު ހަ ވަނަ މިނެޓުގައި ޑޭވިޑް ގާސިއާ ޖެހި ލަނޑުންނެވެ. އެއީ ރުބެން ގާސިއާ ނަގައިދިން ކޯނަރެއްގައި ބޮލުން ބޯޅަ ގޯލަށް ފޮނުވާލައިގެންނެވެ.

މެޗުގެ 31 ވަނަ މިނެޓުގައި ބާސެލޯނާގެ ޕޮލެންޑް ފޯވާޑް ރޮބާޓް ލެވަންޑޯސްކީ އަށް ވަނީ ދެ ވަނަ ރީނދޫ ކާޑާއެކު ރަތް ކާޑު ދައްކައި ދަނޑުން ފޮނުވާލާފައެވެ. އެއީ އޮސަސޫނާގެ ކުޅުންތެރިޔަަކަށް އޭނާ އުޅަނބޮށިން ފައުލް ކުރުމުންނެވެ. އޭގެ ކުރިން މެޗުގެ 11 ވަނަ މިނެޓުގައި ލެވަންޑޯސްކީ އަށް ފުރަތަމަ ރީނދޫ ކާޑެއް ދެއްކިއެވެ. ފުރަތަމަ ހާފަށްފަހު ރެފްރީއާ ދެމެދު ހިނގައިދިޔަ ދެބަސްވުމުގެ ސަބަބުން ޖެރާޑް ޕީކޭ އަށް ވަނީ ސީދާ ރަތް ކާޑު ދައްކާފައެވެ.

ދެ ވަނަ ހާފު ފަށައިގެން ތިން ވަނަ މިނެޓުގައި ބާސެލޯނާ އިން ވަނީ ލަނޑެއް ޖަހައި ނަތީޖާ ހަމަހަމަކޮށްފައެވެ. ބާސެލޯނާ އަށް ނަތީޖާ ހަމަހަމަކޮށްދިނީ ސްޕެއިންގެ ޒުވާން ސެންޓަ މިޑްފީލްޑަރު ޕެޑްރީއެވެ. މެޗުން ބާސެލޯނާ މޮޅުވީ 85 ވަނަ މިނެޓުގައި ފްރެންކީ ޑިޔޯން ހުރަސްކުރި ބޯޅައެއް ގޯލު ކުރިމަތީ ހުރެ ބޮލުން ގޯލަށް ފޮނުވާލައިގެން ރަފީނިއާއެވެ.

މެޗުން މޮޅުވެ ބާސެލޯނާ އެއް ވަނައިގައި އޮތީ ޗެމްޕިއަން ރެއާލަށްވުރެ އެއް މެޗު އިތުރަށް ކުޅެގެންނެވެ. އެ ޓީމަށް 14 މެޗުން ލިބެނީ 37 ޕޮއިންޓެވެ. ދެ ވަނައިގައި އޮތް ރެއާލަށް 32 ޕޮއިންޓު ލިބެނީ 13 މެޗުންނެވެ. ލީގުގައި 11 ވަނަ ދުވަހު ކާޑިޒްއާ ދެކޮޅަށް ކުޅޭ މެޗުން މޮޅުވެ ފަރަގު ކުޑަކުރުމުގެ ފުރުސަތު ރެއާލަށް އޮންނާނެއެވެ.

ސްޕެނިޝް ލީގުބާސެލޯނާ

އެންމެ ހިނގާ

1

މީގެ ފަހުން ޑޮލަރުގެ އަގަކީ 15.42 ނޫން ކަމަށް ނުލިޔެވޭނެ! ކަޅު ބާޒާރުގެ އަގު ލިޔުމުން ބައި މިލިއަން ރުފިޔާއާ ހަމައަށް ޖޫރިމަނާ ކުރަނީ!

2

ޓްރަމްޕް ކިމްއާ ބައްދަލުކުރައްވާނެ ކަމަށް ވިދާޅުވިތަނާ އުތުރު ކޮރެއާއިން 10 މިސައިލް ފޮނުވާލައިފި

3

ޓްރަމްޕްގެ މާ އަރިހުގައި ހުންނަ ޚާއްސަ އަންހެނެއްގެ ވާހަކަ

4

މިނިސްޓަރު އަމީން ރަޝިޔާ އަށް ކުރެއްވި ދަތުރުފުޅާ މެދު ރާއްޖޭގެ ޓްރެވަލް އެޖެންޓުންގެ ޖަމްއިއްޔާ އިން ކަންބޮޑުވެއްޖެ

5

ލިންކަން މަނަވަރުގެ ހާލަތުން ދިގު ހަނގުރާމައެއް ކުރުމުގައި އެމެރިކާގެ ހަގީގީ ގާބިލުކަން ހާމަވެއްޖެ

އިތުރަށް ކިޔާލަން

10 ޑިސެމްބަރު 2025

ފަހަތުން އަރައި ބާސެލޯނާ އިން ފްރޭންކްފާޓް ބަލިކޮށްފި

10 ޑިސެމްބަރު 2025
ފަހަތުން އަރައި ބާސެލޯނާ އިން ފްރޭންކްފާޓް ބަލިކޮށްފި
08 ޑިސެމްބަރު 2025

ސެލްޓަ އަތުން ބަލިވެ ފަރަގު ކުޑަ ކުރަން ލިބުނު ފުރުސަތު ރެއާލް އިން ނަގާލައިފި

08 ޑިސެމްބަރު 2025
ސެލްޓަ އަތުން ބަލިވެ ފަރަގު ކުޑަ ކުރަން ލިބުނު ފުރުސަތު ރެއާލް އިން ނަގާލައިފި
07 ޑިސެމްބަރު 2025

ބާސެލޯނާ އިން ލީޑު ފުޅާކުރި މެޗުގައި ޓޮރޭސް ހެޓްރިކް ހަދައިފި

07 ޑިސެމްބަރު 2025
ބާސެލޯނާ އިން ލީޑު ފުޅާކުރި މެޗުގައި ޓޮރޭސް ހެޓްރިކް ހަދައިފި
04 ޑިސެމްބަރު 2025

އެމްބާޕޭގެ ދެ ލަނޑާ އެކު ބިލްބާއޯ ބަލިކޮށް، ރެއާލް އިން ފަރަގު ކުޑަ ކޮށްފި

04 ޑިސެމްބަރު 2025
އެމްބާޕޭގެ ދެ ލަނޑާ އެކު ބިލްބާއޯ ބަލިކޮށް، ރެއާލް އިން ފަރަގު ކުޑަ ކޮށްފި
03 ޑިސެމްބަރު 2025

އެތުލެޓިކޯ ބަލިކޮށް، ބާސެލޯނާ އެއް ވަނައިގައި

03 ޑިސެމްބަރު 2025
އެތުލެޓިކޯ ބަލިކޮށް، ބާސެލޯނާ އެއް ވަނައިގައި
30 ނޮވެމްބަރު 2025

އަލަވޭސް ބަލިކޮށް ބާސެލޯނާ އެއް ވަނަ އަށް

30 ނޮވެމްބަރު 2025
އަލަވޭސް ބަލިކޮށް ބާސެލޯނާ އެއް ވަނަ އަށް
27 ނޮވެމްބަރު 2025

ފްލިކްގެ ޔަޤީންކަން، ކުރިއަށް އޮތް ތަނުގައި ފެންނާނީ ތަފާތު ބާސެލޯނާއެއް

27 ނޮވެމްބަރު 2025
ފްލިކްގެ ޔަޤީންކަން، ކުރިއަށް އޮތް ތަނުގައި ފެންނާނީ ތަފާތު ބާސެލޯނާއެއް
26 ނޮވެމްބަރު 2025

ޗެލްސީ އިން ބާސެލޯނާ ލަދު ގަންނަވާލައިފި

26 ނޮވެމްބަރު 2025
ޗެލްސީ އިން ބާސެލޯނާ ލަދު ގަންނަވާލައިފި
04 ނޮވެމްބަރު 2025

ބާސެލޯނާ އަށް ބަދަލުވާން ކޭން ވިސްނަމުން އަންނަ ކަމަށް ރިޕޯޓު ކޮށްފި

04 ނޮވެމްބަރު 2025
ބާސެލޯނާ އަށް ބަދަލުވާން ކޭން ވިސްނަމުން އަންނަ ކަމަށް ރިޕޯޓު ކޮށްފި
03 ނޮވެމްބަރު 2025

އެލްޗޭ ބަލިކޮށް، ބާސެލޯނާ ދެ ވަނައިގައި

03 ނޮވެމްބަރު 2025
އެލްޗޭ ބަލިކޮށް، ބާސެލޯނާ ދެ ވަނައިގައި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް