Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރިޕޯޓުފީފާ ވޯލްޑް ކަޕް

މި ކުދިންގެ މަސައްކަތަކީ ފަގީރު ކުދިންނަށް ސްޓިކާ ޕެކް ފޯރުކޮށްދިނުން!

ކުޅުންތެރިންގެ ފޮޓޯ ޖަހާފައިވާ މި ސްޓިކާ ފޮތް ބްރެޒިލްގެ ފައިސާއިން އަދަދުކޮށްފިނަމަ ލިބެނީ 541 ރިއާލް އަށް

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 8 ނޮވެމްބަރު 2022 | އަންގާރަ 09:45
ސްޓިކާ ތައްޔާރު ކުރާ ކުދިން އެ މަސައްކަތުގައި

ސްޓިކާ ތައްޔާރު ކުރާ ކުދިން އެ މަސައްކަތުގައި

ބްރެޒިލް އަކީ ފުޓްބޯޅައިގެ ފޯރި ނެގުމުގައި ދެވަނަ އެއް ނެތް ގައުމެކެވެ.

އެއީ ދެކުނު އެމެރިކާގެ އެންމެ ބޮޑު ގައުމެވެ. ނަމަވެސް ފަގީރުންނާއި ފޯރާ މީހުންގެ ދިރިއުޅުމުގެ ފަރަގު ބްރެޒިލްގައި ވަރަށް ބޮޑެވެ. މިހެންވެ ބްރެޒިލްގެ ބައެއް ހިސާބުތަކުގެ ކުދިންނަށް ވެރިވެފައިވާ އެންމެ ބޮޑު އެއް މާޔޫސްކަމަކީ މި މަހުގެ 20 ވަނަ ދުވަހު ފަށާ ވޯލްޑްކަޕް ފުޓްބޯޅަ މުބާރާތަށް ފީފާއިން ތައްޔާރުކުރި ސްޓިކާ ޕެކް ގަނެވޭނެ ގޮތެއްނެތުމެވެ. ކުޅުންތެރިންގެ ފޮޓޯ ޖަހާފައިވާ މި ސްޓިކާ ފޮތް ބްރެޒިލްގެ ފައިސާއިން އަދަދުކޮށްފިނަމަ ލިބެނީ 541 ރިއާލް އަށެވެ. މިއީ 105 އެމެރިކާ ޑޮލަރެވެ.

މިހެންވެ އެ ގައުމުގެ ޔުނިވަސިޓީތަކުގައި ކިޔަވާ ކުދިން އިސްނަގައިގެން ވަނީ މި ސްޓިކާ ގަތުމުގެ ގާބިލްކަން ނެތް ފަރާތްތަކަށް ސްޓިކާ ފޯރުކޮށްދިނުމުގެ މަސައްކަތް ފަށާފައެވެ. މި ގޮތުން ފަށާފައިވާ ކަމަކީ ވޯލްޑް ކަޕް ސްޓިކާތަކާއި އެއްގޮތަކަށް އަމިއްލަ އަށް ސްޓިކާ ތައްޔާރުކޮށް ޕްރިންޓްކުރުމެވެ. އެއަށްފަހު ފޮތެއްގެ ގޮތަށް އެކުލަވާލައި އާއްމުކޮށްވަނީ ބަހަން ފަށާފައެވެ. މި މަސައްކަތުގައި އުޅޭ ފަރާތްތަކުން ބުނަނީ އެމީހުން މިކަން ފެށީ ޔުނިވަސިޓީ ތެރޭގައި ކަމަށާއި ނަމަވެސް މިކަން ވިޔަފާރިއަކަށް މިހާރު ބަދަލުވެއްޖެކަމަށެވެ.

ނަމަވެސް އެމީހުންގެ ބޭނުމަކީ ވީހާ ވެސް ގިނަ ކުދިންނަށް ސްޓިކާ ފޯރުކޮށްދިނުމެވެ. މި ސްޓިކާތައް ލިބުނު އުމުރުން 15 އަހަރުގެ ކުއްޖަކު ބުނީ ވޯލްޑް ކަޕް ސްޓިކާ ފޮތް އެއްކޮށް ފުރާލުމަކީ ކޮންމެ ކުއްޖަކަށް ވެސް ލިބިފައިވާ ހައްގެއް ކަމަށެވެ.

ވޯލްޑް ކަޕާ ދިމާކޮށް ބްރެޒިލްގެ ކުދިން މިފަދަ މަސައްކަތްތަކެއް ފަށާފައިވާއިރު، އެކި ޤައުމުތަކުގެ މީހުން އަންނަނީ ތަފާތު ކަންކަން ކުރަމުންނެވެ.

ބްރެޒިލްފީފާ ވޯލްޑް ކަޕްޤަތަރު ފީފާ ވޯލްޑް ކަޕް 2022ކުޅިވަރު

އިތުރަށް ކިޔާލަން

26 ނޮވެމްބަރު 2025

27 އަހަރުގެ ޖަލު ޙުކުމް ތަންފީޒު ކުރުމަށް ބޮލްސޮނާރޯ ޖަލަށް ގެންދިޔުމަށް ސުޕްރީމް ކޯޓުން އަމުރު ކޮށްފި

26 ނޮވެމްބަރު 2025
27 އަހަރުގެ ޖަލު ޙުކުމް ތަންފީޒު ކުރުމަށް ބޮލްސޮނާރޯ ޖަލަށް ގެންދިޔުމަށް ސުޕްރީމް ކޯޓުން އަމުރު ކޮށްފި
24 ނޮވެމްބަރު 2025

ބްރެޒިލްގެ ކުރީގެ ރައީސް ފައިގައި ހަރުކޮށްފައިވާ މޮނިޓަރަށް ގެއްލުންދީފައިވާތީ، އޭނާ ފުލުހުންގެ ބެލުމުގެ ދަށުގައި ބަހައްޓަން ކޯޓުން އަމުރު ކޮށްފި

24 ނޮވެމްބަރު 2025
ބްރެޒިލްގެ ކުރީގެ ރައީސް ފައިގައި ހަރުކޮށްފައިވާ މޮނިޓަރަށް ގެއްލުންދީފައިވާތީ، އޭނާ ފުލުހުންގެ ބެލުމުގެ ދަށުގައި ބަހައްޓަން ކޯޓުން އަމުރު ކޮށްފި
21 ނޮވެމްބަރު 2025

އެެންމެ ފަހުގެ 2 ވޯލްޑްކަޕަށް ވެސް ކޮލިފައި ނުވި އިޓަލީ، ޕްލޭ އޮފް ގައި މިފަހަރު ނޮދަން އަޔަލެންޑާ ދެކޮޅަށް

21 ނޮވެމްބަރު 2025
އެެންމެ ފަހުގެ 2 ވޯލްޑްކަޕަށް ވެސް ކޮލިފައި ނުވި އިޓަލީ، ޕްލޭ އޮފް ގައި މިފަހަރު ނޮދަން އަޔަލެންޑާ ދެކޮޅަށް
18 ނޮވެމްބަރު 2025

ހަތަރު ފަހަރު މުބާރާތް ކާމިޔާބު ކޮށްފައިވާ ޖަރުމަނު އަންނަ އަހަރުގެ ވޯލްޑްކަޕަށް

18 ނޮވެމްބަރު 2025
ހަތަރު ފަހަރު މުބާރާތް ކާމިޔާބު ކޮށްފައިވާ ޖަރުމަނު އަންނަ އަހަރުގެ ވޯލްޑްކަޕަށް
18 ނޮވެމްބަރު 2025

މެޗަކުން ބަލިނުވެ ނެދަލޭންޑްސް ވޯލްޑްކަޕަށް

18 ނޮވެމްބަރު 2025
މެޗަކުން ބަލިނުވެ ނެދަލޭންޑްސް ވޯލްޑްކަޕަށް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު