Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
72 ކިލޯގެ ޑްރަގް ކޭސް

72 ކިލޯގެ ޑްރަގް ކޭސް: 7 މީހަކަށް ކުރާ ޓްރެފިކިންގ ދައުވާ އަހަރަކަށްފަހު އަނބުރާ ގެންގޮސްފި

ޑައިމޯފިން ޓްރެފިކް ކުރުމުގެ ދައުވާ 10 މީހެއްގެ މައްޗަށް އުފުލާފައިވޭ

ލައިޝާ އަހްމަދު
ލައިޝާ އަހްމަދު, ރާއްޖެ އެމްވީ | 7 ނޮވެމްބަރު 2022 | ހޯމަ 07:50
72 ކިލޯ ޑްރަގް އެތެރެކުރި މައްސަލައިގައި ދައުވާކޮށްފައިވާ ފަރާތްތައް

72 ކިލޯ ޑްރަގް އެތެރެކުރި މައްސަލައިގައި ދައުވާކޮށްފައިވާ ފަރާތްތައް

72 ކިލޯ މަސްތުވާތަކެތި ދިވެހިރާއްޖެއަށް އެތެރެކޮށް އެތަކެތި ޓްރެފިކްކުރަން އުޅުނު މައްސަލައިގައި ހިމެނޭ މީހުންގެ ތެރެއިން 7 މީހެއްގެ މައްޗަށް ކުރާ ޓްރެފިކިންގ ދައުވާ ދައުލަތުން އަނބުރާ ގެންގޮސްފިއެވެ.

މި މައްސަލައިގައި ޑައިމޯފިން ޓްރެފިކް ކުރުމުގެ ދައުވާ 10 މީހެއްގެ މައްޗަށް އުފުލިއެވެ.

Advertisement - newsAdvertisement

މިމައްސަލައިގައި ދައުވާ އުފުލި މީހުން:

އޭގެ ތެރެއިން ޢިރުފާން ތަގިއްޔުއާއި، މުހައްމަދު އަކްރަމްގެ އިތުރުން، އަހުމަދު ނަސީރު ފިޔަވައި ދެން ތިބި 7 މީހުންގެ މައްޗަށް ކުރާ ޑައިމޯފިން ޓްރެފިކް ކުރުމުގެ ކުށުގެ ދައުވާ ދައުލަތުން ވަނީ އަނބުރާ ގެންގޮސްފައެވެ. އެކަން 2 ނޮވެމްބަރު 2022 ގައި ޕީޖީ އޮފީހުން ވަނީ ކޯޓަށް ސިޓީއަކުން އަންގާފައެވެ.

އެކަމާ ގުޅޭގޮތުން ހޯމަ ދުވަހުގެ އަޑުއެހުމުގައި ވާހަކަ ދައްކަވަމުން ދިފާއީ ވަކީލުން ވަނީ، މި މައްސަލައަށް އަހަރަކަށްވުރެ ގިނަ ދުވަސްވެފައިވާއިރު، އެމީހުން ޝަރީއަތް ނިމެންދެން ބަންދުކޮށްގެން ބޭތިބުމަށްފަހު އެންމެ ފަހުން ދައުވާތައް އަނބުރާ ގެންގޮސްފައިވާތީ ދައުލަތަށް ފާޑު ވިދާޅުވެ ވާހަކަ ދައްކަވާފައެވެ. މި މައްސަލައިގައި ދެން ތިބި 3 މީހުންގެ ބައިގައިވެސް މިހާތަނަށް ދައުވާ ސާފުކޮށްދިނުމުގެ މަރުޙަލާވެސް ނިމިފައިނުވާކަން ފާހަގަ ކުރައްވައި ދިފާއީ ވަކީލުން ވަނީ، ދައުވާ އިތުރަށް މުރާޖައާ ކޮށްފިނަމަ އެ ދައުވާތައްވެސް އަނބުރާ ދައުލަތުން ގެންދާނެކަމަށް ވިދާޅުވެ، ދައުލަތުން ކުރި ދައުވާތަކަށް އިންކާރުކޮށްފައެވެ.

 މި މައްސަލައިގައި އެންމެ އިސްކޮށް ހުރި ކަމަށް ތުހުމަތު ކުރާ ސ. ހުޅުދޫ، ދޭލިޔާގެ، އިރުފާން ތަގިއްޔު، 32، ގެ މައްޗަށް އުފުލާފައިވާ، ޑައިމޯފިން ޓްރެފިކް ކުރުމުގެ ދައުވާއަށް މީގެ ކުރިން ބޭއްވި އަޑުއެހުމުގައި އޭނާ ވަނީ އިންކާރުކޮށްފައެވެ. ހޯމަ ދުވަހުގެ އަޑުއެހުމުގައި މުހައްމަދު އަކްރަމްގެ އިތުރުން، އަހުމަދު ނަސީރުގެ މައްޗަށް ކުރާ ދައުވާ ސާފުކޮށްދީފައިވާއިރު، ދައުލަތުން އެމީހުންގެ މައްޗަށް ދައުވާ ކޮށްފައިވަނީ އެމީހުންގެ ހިޔާޒަތުގެ ދަށުގައިވާ އެއްޗަކުން މަސްތުވާތަކެތި ފެނިފައިވާކަމަށް ބުނެއެވެ.

ދައުލަތުން ބުނާ ގޮތުގައި މަސްތުވާތަކެތި އުުފުލާފައިވާ ކާރަކީ އަކްރަމްގެ ހިޔާޒަތުގެ ދަށުގައިވާ ކާރެކެވެ. އަދި މަސްތުވާތަކެތި ގެނައި ލޯންޗަކީ ނަސީރު ދުއްވި ލޯންޗެއްކަމަށް ދައުލަތުން ބުނެއެވެ.

އެ 3 މީހުންވެސް ދައުވާއަށް އިންކާރުކޮށްފައިވާތީ ދެން މި މައްސަލައިގައި އޮންނާނީ ދައުލަތާއި ދިފާއުން ހެކި ހާމަ ކުރުމެވެ. އެ އަޑުއެހުން އޮންނާނީ 29 ނޮވެމްބަރުގައިކަމަށް މައްސަލަ ބައްލަވާ ގާޒީ ޙަސަން ސައީދު ވިދާޅުވިއެވެ.

މަސްތުވާތަކެތިކްރިމިނަލް ކޯޓް

ކޮމެންޓް

އިތުރަށް ކިޔާލަން

މެންބަރު މައުރޫފް ގެ ބަންދަށް 5 ދުވަސް ޖަހައިފި

މެންބަރު މައުރޫފް ގެ ބަންދަށް 5 ދުވަސް ޖަހައިފި

12 ޑިސެމްބަރު 2025
މަސްވެރިކަމުގެ ވަޒީރު ޝިޔާމް އިސްތިއުފާ އަށް ގޮވާލައިފި

މަސްވެރިކަމުގެ ވަޒީރު ޝިޔާމް އިސްތިއުފާ އަށް ގޮވާލައިފި

12 ޑިސެމްބަރު 2025
ދިފާޢީ ވަކީލުންގެ ގޮތުގައި މަސައްކަތް ކުރާ ފަރާތްތަކަށް ނިސްބަތް ކޮށް އަސާސެއް ނެތް ތުހުމަތުތައް ނުކުރުމަށް ބާރ ކައުންސިލުން އިލްތިމާސްކޮށްފި

ދިފާޢީ ވަކީލުންގެ ގޮތުގައި މަސައްކަތް ކުރާ ފަރާތްތަކަށް ނިސްބަތް ކޮށް އަސާސެއް ނެތް ތުހުމަތުތައް ނުކުރުމަށް ބާރ ކައުންސިލުން އިލްތިމާސްކޮށްފި

12 ޑިސެމްބަރު 2025
ދިގަލި އާއި އާއްޓެ، ސިނގިރެޓް ވަގަށް ނެގުމުގައި އަމަލީ ގޮތުން ބައިވެރިވެފައި ނުވާ ކަމަށް ބުނެ ޝަރުތުކޮށްފައި ބަންދުން ދޫކޮށްލައިފި

ދިގަލި އާއި އާއްޓެ، ސިނގިރެޓް ވަގަށް ނެގުމުގައި އަމަލީ ގޮތުން ބައިވެރިވެފައި ނުވާ ކަމަށް ބުނެ ޝަރުތުކޮށްފައި ބަންދުން ދޫކޮށްލައިފި

11 ޑިސެމްބަރު 2025
ދެ ލޯބިވެރިން ގެ މާރާމާރީ ގައި އަންހެން މީހާ ހައްޔަރުކޮށް 30 ދުވަހަށް ބަންދުގެ މުއްދަތު ޖަހައިފި

ދެ ލޯބިވެރިން ގެ މާރާމާރީ ގައި އަންހެން މީހާ ހައްޔަރުކޮށް 30 ދުވަހަށް ބަންދުގެ މުއްދަތު ޖަހައިފި

10 ޑިސެމްބަރު 2025

އަހަރުތަކުން މިއަދު

16 މެއި
އައިޖީއެމްއެޗުން އުކުޅުވަޅުގެ އޮޕަރޭޝަނެއް ކުރި މީހެއްގެ ލޮލުގެ ފެނުން ގެއްލި، ނުކުޅެދުންތެރި މީހަކަށް ބަދަލުވި މައްސަލައެއް
20251 އަހަރު ކުރިން
ރާއްޖެ

އައިޖީއެމްއެޗުން އުކުޅުވަޅުގެ އޮޕަރޭޝަނެއް ކުރި މީހެއްގެ ލޮލުގެ ފެނުން ގެއްލި، ނުކުޅެދުންތެރި މީހަކަށް ބަދަލުވި މައްސަލައެއް

އިންތިހާ ތައްޔާރީ ކާބޯތަކެތިން ހަށިގަނޑަށް ވަނީ ގެއްލުންތަ؟ ނޫނީ ފައިދާތަ؟
20242 އަހަރު ކުރިން
ތަފާތު ޚަބަރު

އިންތިހާ ތައްޔާރީ ކާބޯތަކެތިން ހަށިގަނޑަށް ވަނީ ގެއްލުންތަ؟ ނޫނީ ފައިދާތަ؟

12 މެމްބަރުންނާއި އިތުރު ބައެއް ފަރާތްތައް އެމްޑީޕީ އިން ވަކިވެއްޖެ
20233 އަހަރު ކުރިން
ރާއްޖެ

12 މެމްބަރުންނާއި އިތުރު ބައެއް ފަރާތްތައް އެމްޑީޕީ އިން ވަކިވެއްޖެ

އަނެއްކާވެސް ބައްޔަކާމެދު ކަންބޮޑުވުން ފެތުރެން ފަށައިފި
20224 އަހަރު ކުރިން
ރިޕޯޓު

އަނެއްކާވެސް ބައްޔަކާމެދު ކަންބޮޑުވުން ފެތުރެން ފަށައިފި

ބިލް ގޭޓްސްގެ ގިރިޓީކަން ކެނޑި "ކޫޑިކަން" ފާޅުވާން ފަށައިފި
20215 އަހަރު ކުރިން
ތަފާތު ޚަބަރު

ބިލް ގޭޓްސްގެ ގިރިޓީކަން ކެނޑި "ކޫޑިކަން" ފާޅުވާން ފަށައިފި

އަބްދުރަހީމް ފައުންޑޭޝަން ހިމެނޭ ގޮތަށް ވެމްކޯއިން ގިނަ އަދަދެއްގެ ފައިސާ ކުންފުނިތަކަށް ދޫކޮށްފައިވޭ: އާދަމް މުހައްމަދު
20197 އަހަރު ކުރިން
ރާއްޖެ

އަބްދުރަހީމް ފައުންޑޭޝަން ހިމެނޭ ގޮތަށް ވެމްކޯއިން ގިނަ އަދަދެއްގެ ފައިސާ ކުންފުނިތަކަށް ދޫކޮށްފައިވޭ: އާދަމް މުހައްމަދު

ސެއްޅި ބޭސް
20188 އަހަރު ކުރިން
ވާހަކަަ

ސެއްޅި ބޭސް

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު