Raajje.mv
Raajje.mv
  • ރާއްޖެ
  • ކުޅިވަރު
  • ދުނިޔެ
  • ވިޔަފާރި - އިގްތިސާދު
  • ރިޕޯޓު
  • ފޮޓޯ
  • ވާހަކަ
  • ސިއްހަތު
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ބަޖެޓް ބަހުސް

ބަޖެޓް ބަހުސް ކުރިއަށް އޮތް 3 ދުވަހު، ޖަލްސާ ރޭގަނޑު 10 ޖަހަންދެން ކުރިއަށްގެންދާނެ

މެންބަރުން ތަޅުމުގައި ތިބި ނަމަ ރޭގަނޑު 10 ގެ ފަހުންވެސް ޖަލްސާ ކުރިއަށްދާނެ

ޙުސައިން މަޚްތޫމް
ޙުސައިން މަޚްތޫމް, ރާއްޖެ އެމްވީ | 7 ނޮވެމްބަރު 2022 | ހޯމަ 08:12
ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއްގެ ތެރެއިން

ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއްގެ ތެރެއިން

ކުރިއަށް އޮތް 3 ދުވަހު މަޖިލީހުގައި ބަޖެޓް ބަހުސް ކުރިއަށްގެންދާނެ ގޮތް އާންމުކޮށްފިއެވެ.

ހޯމަ ދުވަހުގެ ޖަލްސާ ފައްޓަވައިދެއްވާ ވާހަކަ ދައްކަވަމުން މަޖިލީހުގެ ރިޔާސަތުގައި އިންނެވި މަޖިލީހުގެ ނައިބް ރައީސް، އީވާ އަބްދުﷲ ވިދާޅުވީ މިދިޔަ ހަފްތާގައި މަޖިލީހުގެ ރައީސް އިއުލާންކުރައްވާފައިވަނީ އަންގާރަ ދުވަހު ދައުލަތުގެ ބަޖެޓުގެ ބަހުސް ފަށާނެކަމަށެވެ. އަދި ޝެޑިއުލްކޮށްފައިވަނީ އަންގާރަ ދުވަހާއި ބުދަ ދުވަސް އަދި ބުރާސްފަތި ދުވަހާ އެކުގައި ބަޖެޓް ބަހުސް ކުރިއަށް ގެންދިއުމަށް ކަމަށް އީވާ ވިދާޅުވިއެވެ. އަދި ހެނދުނު 9 ޖަހާއިރު ފަށައިގެން ރޭގަނޑު 10:00 އާއި ހަމައަށް ޖަލްސާ ކުރިއަށް ގެންދަން ގަސްދުކުރައްވާ ކަމަށް އީވާ ވިދާޅުވިއެވެ.

Advertisement - newsAdvertisement

އީވާ ވިދާޅުވީ އަންގާރަ އަދި ބުދަ ދުވަހު ވެސް ވާހަކަދައްކަވަން އެދިވަޑައިގެންފައިވާ މެންބަރުން ތަޅުމުގައި ތިއްބެވިއްޔާ ޖަލްސާ ކުރިއަށް ގެންދަވާނެ ކަމަށެވެ. އަދި މެންބަރުން ވަޑައިގެން ނެތިއްޔާ ރޭގަނޑު 10 ޖެހުމުގެ ކުރިން ޖަލްސާ ނިންމަވާލައްވާނެކަމަށް އީވާ ވިދާޅުވިއެވެ. އަދި އަންގާރަ ދުވަހުން ފެށިގެން ފުރުސަތަށް އެދިވަޑައިގެން ބަޖެޓް ބަހުސް ކުރިއަށް ގެންދެވޭނެ ކަމަށާއި، ބުރާސްފަތި ދުވަހުގެ މެންދުރު 12 ގެ ކުރިން މެންބަރުން ފުރުސަތަށް އެދިވަޑައިގަތުމަށް ވަނީ އެދިވަޑައިގަންނަވާފައެވެ. ބަޖެޓުގެ ބަހުސްއަށް މެންބަރަކަށް 15 މިނެޓް ލިބިވަޑައިގަންނަވާނެއެވެ.

އަންނަ އަހަރަށް ދައުލަތުން ލަފާކުރާ 42.6 ބިލިއަން ރުފިޔާގެ ބަޖެޓް ރައްޔިތުންގެ މަޖިލީހަށް މިދިޔަ ހަފްތާގެ ހޯމަ ދުވަހު ވަނީ ހުށަހަޅާފައެވެ. އާމްދަނީ ހިލޭ އެހީއަށް ބަލާއިރު، 2023 ވަނަ އަހަރު ދައުލަތަށް ޖުމްލަ އާމްދަނީ އާއި ހިލޭ އެހީގެ ގޮތުގައި 32 ބިލިއަން ރުފިޔާ ލިބޭނެ ކަމަށް ލަފާކޮށްފައިވެއެވެ. ދައުލަތުގެ އާމްދަނީގެ އެންމެ ބޮޑު ބަޔަކީ ޓެކުހުގެ ގޮތުގައި ލިބޭ އާމްދަނީއެވެ.

މިގޮތުން ޓެކްސް އާމްދަނީގެ ގޮތުގައި 23.54 ބިލިއަން ރުފިޔާ ލިބޭނެ ކަމަށް ލަފާކޮށްފައިވާ އިރު، ޓެކްސް ނޫން އާމްދަނީގެ ގޮތުގައި 6 ބިލިއަން ރުފިޔާ އަދި ހިލޭ އެހީ އަދި އެހެނިހެން އާމްދަނީގެ ގޮތުގައި 2.48 ބިލިއަން ރުފިޔާ ލިބޭނެކަމަށް ވަނީ ލަފާކޮށްފައެވެ.

ޓެކްސް އާމްދަނީއަށް ބަލާއިރު، 23.54 ބިލިއަން ރުފިޔާ ލިބޭނެ ކަމަށް ލަފާކޮށްފައިވާ އިރު، މިއީ ޖުމްލަ އާމްދަނީއާއި ހިލޭ އެހީގެ 73.3 އިންސައްތައެވެ. އިމްޕޯޓް ޑިއުޓީއަށް 3.79 ބިލިއަން ރުފިޔާ ލިބޭނެކަމަށް ލަފާކޮށްފައިވާ އިރު، ޓީޖީއެސްޓީން 9 ބިލިއަން ރުފިޔާ، ބިޒްނަސް އަދި ޕްރޮފިޓް ޓެކްސް އިން 4.4 ބިލިއަން އަދި ޑިޕަރޗާ ޓެކްސްގެ ގޮތުގައި 871 މިލިއަން ރުފިޔާ ލިބޭނެ ކަމަށް ވަނީ ލަފާކޮށްފައެވެ. ޖީއެސްޓީގެ ގޮތުގައި 4.2 ބިލިއަން ރުފިޔާ ލިބޭނެ ކަމަށް އަންދާޒާ ކޮށްފައިވާ އިރު، ގްރީން ޓެކްސްގެ ގޮތުގައި 1 ބިލިއަން ރުފިޔާ ލިބޭނެ ކަމަށް ވަނީ ލަފާކޮށްފައެވެ.

ޓެކްސް ނޫން އާމްދަނީގެ ގޮތުގައި 6.3 ބިލިއަން ރުފިޔާ ލިބޭނެކަމަށް ވަނީ ލަފާކޮށްފައެވެ. މިއީ ޖުމްލަ އާމްދަނީއާއި ހިލޭ އެހީގެ 19.8 އިންސައްތައެވެ. އެގޮތުން އެއަރޕޯޓް ތަރައްގީކުރުމަށް ނެގޭ ފީފެ ގޮތުގައި ލިބޭނެ ކަމަށް ލަފާކޮށްފައިވަނީ 871 މިލިއަން ރުފިޔާއެވެ. އިންޓްރެސްޓާއި ފައިދާގެ ގޮތުގައި 1.35 ބިލިއަން ރުފިޔާ ލިބޭނެކަމަށް ވަނީ ލަފާކޮށްފައެވެ. އެހެނިހެން އާމްދަނީގެ ތެރޭގައި ދެން ހިމެނެނީ ރިސޯޓްތަކުގެ ކުލީގެ ގޮތުގައި 1.73 ބިލިއަން ރުފިޔާ، ބިދޭސީ މަސައްކަތްތެރިންގެ ވަރކް ޕާމިޓް ފީގެ ގޮތުގައި 458 މިލިއަން ރުފިޔާ އަދި ރަޖިސްޓްރޭޝަން އާއި ލައިސަންސް ފީގެ ގޮތުގައި 778 މިލިއަން ރުފިޔާއާއި ރެވެނިއު ފީގެ ގޮތުގައި 535 މިލިއަން ރުފިޔާ އަދި އެހެނިހެން އާމްދަނީގެ ގޮތުގައި 613 މިލިއަން ރުފިޔާއެވެ.

އަންނަ އަހަރަށް ދައުލަތުން ލަފާކޮށް ހުށަހަޅާފައިވާ ބަޖެޓަކީ 42.68 ބިލިއަން ރުފިޔާގެ ބަޖެޓެއް ނަމަވެސް، މީގެ ތެރެއިން ދަރަނި ނުވަތަ ލޯނު އަނބުރާ ދެއްކުމަށް ކުރާ ހޭދައާއި، ބޭރުގެ މާލީ އިދާރާތަކަށް ރައުސުލްމާލުގެ ގޮތުގައި ދައްކާ ފައިސާ ހިމެނެއެވެ. އެހެންނަމަވެސް، މިއީ ހަރަދުގެ ގޮތުގައި ގުނޭ ބައެއް ނޫނެނެވެ. މި ދެބައި ނުލައި، 2023 ވަނަ އަހަރު ދައުލަތުގެ ޖުމްލަ ހަރަދު ލަފާކޮށްފައިވަނި 40.55 ބިލިއަން ރުފިޔާއެވެ.

ހަރަދުތަކަށް ބަލާއިރު، އެންމެ ބޮޑު އެއްޗެއް ހޭދަވަނީ ރިކަރަންޓް ހަރަދަށެވެ. އެއީ 28.6 ބިލިއަން ރުފިޔާއެވެ. ޕިއެސްއައިޕީ އަށް 8.4 ބިލިއަން ރުފިޔާ ހަރަދުވާނެކަމަށް ލަފާކޮށްފައިވާ އިރު، އެހެނިހެން ކެޕިޓަލް ހަރަދުތަކަށް 5.6 ބިލިއަން ރުފިޔާ ވަނީ ކަނޑައަޅާފައެވެ.

ބަޖެޓުގެ މައިގަނޑު ހަރަދުތަކަށް ބަލާއިރު، އެންމެ ބޮޑު ހަރަދެއް ހިނގަނީ މުވައްޒަފުންނަށް ހިނގާ ހަރަދެވެ. އެކަމަށް 26 އިންސައްތަ ހިމަނާފައިވެއެވެ. އޮފީސް ހިންގުމުގެ ހަރަދަށް 11 އިންސައްތަ ވަނީ ކަނޑައަޅާފައެވެ. ލޯނު އަނބުރާ ދެއްކުމަށް 5 އިންސައްތަ އަދި ބަޖެޓް ކޮންޓިޖެންސީއަށް 4 އިންސައްތަ، ތަމްރީނުކުރުމަށް ކުރެވޭ ހަރަދަކީ 1 އިންސައްތައެވެ. މީގެ އިތުރުން ޕީއެސްއައިޕީއަށް 20 އިންސައްތަ، ޕެންޝަނާއި މުސްކުޅިކުރާ މުވައްޒަފުންނަށް ދޭ ފައިސާ 4 އިންސައްތަ ހިމެނެއެވެ.

ލޯނުގެ ހިދުމަތުގެ ހަރަދަކީ 8 އިންސައްތައެވެ. އިގްތިސާދީ ފައިދާއަށްޓަކާ ކުރާ ހަރަދަކީ 2 އިންސައްތައެވެ. އަދި ސަރުކާރުންދޭ އެހީ، އިޝްތިރާކާއި ސަބްސިޑީއަކީ 15 އިންސައްތައެވެ. އަދި އެހެނިހެން ހަރަދުގެ ގޮތުގައި 4 އިންސައްތަ ވަނީ ހިމަނާފައެވެ.

ރާއްޖޭގެ ބަޖެޓްބަޖެޓް 2023ދައުލަތުގެ ބަޖެޓު 2023ފިނޭންސް މިނިސްޓަރ އިބްރާހީމް އަމީރުރައްޔިތުންގެ މަޖިލިސް

ކޮމެންޓް

އިތުރަށް ކިޔާލަން

މައުނަވީ ތަރައްގީގެ ބަޖެޓާ އެކު އެއްވެސް ކަމެއް ނުވޭ، އަންނަ އަހަރުގެ ބަޖެޓަކީ ވެސް ރައްޔިތުންގެ ބޯކާލާ ބަޖެޓެއް: މެމްބަރު ޒިޔާދު

މައުނަވީ ތަރައްގީގެ ބަޖެޓާ އެކު އެއްވެސް ކަމެއް ނުވޭ، އަންނަ އަހަރުގެ ބަޖެޓަކީ ވެސް ރައްޔިތުންގެ ބޯކާލާ ބަޖެޓެއް: މެމްބަރު ޒިޔާދު

16 ނޮވެމްބަރު 2025
އަންނަ އަހަރުގެ ބަޖެޓަކީ ދަރަނި ނަގަން ޖެހޭ މިންވަރު އިތުރުވާ ބަޖެޓެއް: އަމީރު

އަންނަ އަހަރުގެ ބަޖެޓަކީ ދަރަނި ނަގަން ޖެހޭ މިންވަރު އިތުރުވާ ބަޖެޓެއް: އަމީރު

06 ނޮވެމްބަރު 2025
މިނިސްޓަރު ސައީދަށް އެނގޭ އެކައްޗެއް ވެސް ނެތީތަ؟ ބަންކަރިން އިން ލިބުނު އާމްދަނީ ނޭނގުނުތާ ދެވުނު ވަޒީފާގެ އަދަދު ވެސް ނޭނގުނު!

މިނިސްޓަރު ސައީދަށް އެނގޭ އެކައްޗެއް ވެސް ނެތީތަ؟ ބަންކަރިން އިން ލިބުނު އާމްދަނީ ނޭނގުނުތާ ދެވުނު ވަޒީފާގެ އަދަދު ވެސް ނޭނގުނު!

28 އޮކްޓޯބަރު 2025
ކުރީ ސަރުކާރުން މާލޭ ރައްޔިތުންނަށް ދިން ގޯތިތައް ވެސް މުއިއްޒު ސަރުކާރުން އަތުލަން އުޅޭ ކަމުގެ އިޝާރާތެއް

ކުރީ ސަރުކާރުން މާލޭ ރައްޔިތުންނަށް ދިން ގޯތިތައް ވެސް މުއިއްޒު ސަރުކާރުން އަތުލަން އުޅޭ ކަމުގެ އިޝާރާތެއް

28 އޮކްޓޯބަރު 2025
އިބިލީހުގެ ކައިވެންޏަށް ވީ ޓެކްސީ ލައިނުގެ ޚިދުމަތް، މި ފަހަރު ބަހަނާ އަކީ ރާއްޖެއަށް ލޮނުގެ އަސަރު ކުރާތީ ވެހިކަލް މޮޑިފައި ކުރަން ޖެހުން

އިބިލީހުގެ ކައިވެންޏަށް ވީ ޓެކްސީ ލައިނުގެ ޚިދުމަތް، މި ފަހަރު ބަހަނާ އަކީ ރާއްޖެއަށް ލޮނުގެ އަސަރު ކުރާތީ ވެހިކަލް މޮޑިފައި ކުރަން ޖެހުން

27 އޮކްޓޯބަރު 2025

އަހަރުތަކުން މިއަދު

6 ޖެނުއަރީ
އެޗްއެމްޕީވީ އާ ބެހޭގޮތުން އެނގެން ޖެހޭ ކަންތައްތައް
20251 އަހަރު ކުރިން
ސިއްހަތު

އެޗްއެމްޕީވީ އާ ބެހޭގޮތުން އެނގެން ޖެހޭ ކަންތައްތައް

ބޮޑުވަޒީރު މޯދީއަށް ފާޑުކި ސަރުކާރުގެ ތިން ނައިބު ވަޒީރަކު ސަސްޕެންޑް ކޮށްފި
20242 އަހަރު ކުރިން
ރާއްޖެ

ބޮޑުވަޒީރު މޯދީއަށް ފާޑުކި ސަރުކާރުގެ ތިން ނައިބު ވަޒީރަކު ސަސްޕެންޑް ކޮށްފި

މަސްތުވާތަކެތީގެ ވިޔަފާރީގެ ބޮޑެއް ކަމަށްވާ އެލް ޗެޕޯގެ ދަރިފުޅު ހައްޔަރުކޮށްފި
20233 އަހަރު ކުރިން
ދުނިޔެ

މަސްތުވާތަކެތީގެ ވިޔަފާރީގެ ބޮޑެއް ކަމަށްވާ އެލް ޗެޕޯގެ ދަރިފުޅު ހައްޔަރުކޮށްފި

ރަނުގެ ލާރި ދިނީ ދިވެހިންގެ ޖީބުން ނަގާފައެއް ނޫން
20224 އަހަރު ކުރިން
ރިޕޯޓު

ރަނުގެ ލާރި ދިނީ ދިވެހިންގެ ޖީބުން ނަގާފައެއް ނޫން

އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް މަގާމުން ވަކި ކުރުމުގެ މަސައްކަތް ފަށައިފި
20215 އަހަރު ކުރިން
ދުނިޔެ

އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް މަގާމުން ވަކި ކުރުމުގެ މަސައްކަތް ފަށައިފި

ހަކުރުބަލި ހުންނަ މީހުން ކުކުޅު ބިސް ކެއުމަކީ ރަނގަޅު ކަމެއްތަ؟
20197 އަހަރު ކުރިން
ސިއްހަތު

ހަކުރުބަލި ހުންނަ މީހުން ކުކުޅު ބިސް ކެއުމަކީ ރަނގަޅު ކަމެއްތަ؟

ނިހާންގެ ކޮއްކޮގެ ދެކޮޅު ނުޖެހޭ ވާހަކަތަކުން ފަޅާއެރި ހަގީގަތް!
20188 އަހަރު ކުރިން
ރިޕޯޓު

ނިހާންގެ ކޮއްކޮގެ ދެކޮޅު ނުޖެހޭ ވާހަކަތަކުން ފަޅާއެރި ހަގީގަތް!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު