Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރިޕޯޓު
އިދިކޮޅު ޕީޕީއެމްގެ އެތެރޭގެ އިންތިޚާބު

ރައީސް ޔާމީންގެ ވޯޓު ޓައްޕާއި އުވަގަށާ މެޝިން

ރައީސް ޔާމީންގެ ސަރުކާރުގައި ޚިޔާލު ފާޅުކުރުމުގެ މިނިވަންކަމާއި އިދިކޮޅު ޕާޓީތަކަށް ފުރުސަތުތައް އޮތްކަމަށް ދައުވާ ކުރެއްވިނަމަވެސް އެ ފުރުސަތު ފަހިވެގެނެއްނުދޭ

ސިމާހާ ނަސީމް
ސިމާހާ ނަސީމް, ރާއްޖެ އެމްވީ | 6 ނޮވެމްބަރު 2022 | އާދީއްތަ 11:36
މީހަކު އުވަގަށާ މެޝިނަށް ވޯޓް ކަރުދާސް އަޅަނީ

މީހަކު އުވަގަށާ މެޝިނަށް ވޯޓް ކަރުދާސް އަޅަނީ

އިދިކޮޅު ޕީޕީއެމުން ހޮނިހިރު ދުވަހު އެޕާޓީގެ އެތެރޭގެ އިންތިޚާބެއް ބޭއްވިއެވެ. މި އިންތިޚާބު ހެންވޭރު ދަނޑުގައި ކުރިއަށް ދިޔައީ ވަރަށްވެސް ސުލްހަވެރިކަމާއެކުގައެވެ. އެތަނަށް އެއްވެސް ފުލުހަކު ނުދެއެވެ. ކޯޓު އަމުރެއް ނުދައްކައެވެ. ވޯޓް ފޮށިތައް ގަދަކަމުން ފޭރޭކަށްވެސް ނޫޅެއެވެ. އިދިކޮޅު ޕާޓީއަށް ވިޔަސް އެއްވެސް ހިތްބުރަކަމެއް ނެތި އެމީހުންގެ ހަރަކާތްތައް ކުރިއަށް ގެންދިޔުމުގެ ފުރިހަމަ މިނިވަންކަން އެމީހުންނަށް ތަންމިނަށް ލިބުނެވެ. މިކަން ހެޔޮހިތުން ބަލައިގަނެ ޝުކުރު އަދާކުރުމުގެ ބަދަލުގައި، އެޕާޓީން އިތުރަށް ކިބުރުވެރިވެ، ބޮޑާވެ، ފޮނިވީއެވެ.

އިދިކޮޅުގެ ރިޔާސީ ކެންޑިޑޭޓު އަދި ކުރީގެ ރައީސް، ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް އޭރު ވެރިކަމުގައި ހުންނަވައިގެން ހިންގެވި، ކަންތައްތައް މިއަދު ހަނދުމަފުޅު ނެތުނީކަމަށްވެދާނެއެވެ. މިއަދު އެމަނިކުފާނު އަމިއްލަފުޅަށް ދެއްކެވޭ ވާހަކަފުޅުވެސް ހަނދުމަފުޅެއްނެތެވެ. ވަރަށް ފަޚުރުވެރިކަމާއެކު އެމަނިކުފާނު ވިދާޅުވީ، އެންމެންނަށްވެސް ބަލައިލީމައި ފެންނަ ހުރި ވާހަކަތަކެވެ. ޕީޕީއެމުން ވޯޓް ލީ ޓައްޕަށް އަޅައިގެން ނުވަތަ އުވަގަށާ މެޝިނަށް އަޅައިގެން ނޫންކަމަށް ވިދާޅުވިއެވެ. އިދިކޮޅުގެ ވޯޓް ކަރުދާސްތައް އުވަގަށާ މެޝިނުގައި ނެތްކަމަށްވެސް ވިދާޅުވިއެވެ. އަދި ޓައްޕުތަކާއި ބާލިދީތަކުގައި އެއްޗެހި ނުއުފުލާ ކަމަށްވެސް ވިދާޅުވިއެވެ. އެމްޑީޕީން ޑިމޮކްރަސީގެ ވާހަކަ ނުދައްކައި، ލަދު ހަޔާތުގެ ކަންފުޅެއްވެސް ހުރިނަމަ މިއަދު ގޭގައި ތިބޭނޭކަމަށްވެސް ވިދާޅުވިއެވެ.

ރައީސް ޔާމީނުގެ މި ވާހަކަފުޅުތައް އަޑުއިވުމުން ހިތަށް އެރިއެވެ. އެމަނިކުފާނުގެ ހަނދުމަފުޅު ހާދަހާ ބައްޔެވެ. ލަދުހަޔާތުގެ ކަންފުޅެއް ހުރިނަމަ ޚުދު އެމަނިކުފާނު މިއަދު އެވާހަކަތަކެއް ނުދައްކަވާނެކަން ޔަގީނެވެ. ރައީސް ޔާމީނެވެ. މީގެ ފަސް އަހަރު ކުރިއަށް ޖެހިލަމާ ހިންގަވާށެވެ. އެއީ 2018 ވަނަ އަހަރުގެ މެއި މަހުގެ 30 ވަނަ ދުވަހެވެ. އޭރު އިދިކޮޅުގައި އޮތް އެމްޑީޕީން މިއަދު ރައީސް ޔާމީންގެ ޕާޓީން އެޕާޓީގެ ރިޔާސީ ޕްރައިމަރީ ބޭއްވުމަށް މަސައްކަތްކުރިއެވެ. އެހެންނަމަވެސް އެމަނިކުފާނުގެ ސީދާ އޯޑަރަށް އޭރުގެ ސަރުކާރުން އެކަމަށް ހުރަސްއެޅިއެވެ. ރިޔާސީ ޕްރައިމަރީ ހުއްޓުވަން ފުލުހުންނާއި އިލެކްޝަންސް ކޮމިޝަނުން މަސައްކަތްކޮށް، އެކި ފިއްތުންތައް ކުރިމަތިކުރުވިއެވެ.

ދެ ފަހަރަކަށް ފުލުހުން ފޮނުވައި، ވޯޓް ފޮށިތައް ކިހިލިފަތްދޮށުގައި ޖަހައިގެން ފުލުހުން ފޭރިގެން ގެންދިޔައެވެ. ވޯޓް ފޮއްޓެއް ކީއްކުރަންތޯ، އެތާނގައި ކަރުދާސްކޮޅެއް އޮތަސް ފުލުހުން އެ ގެންދިޔައެވެ. އެމްޑީޕީގެ ވޯޓްލާ މަރުކަޒުތަކަށް ފުލުހުން ވަދެ، އެ ތަންތަނުގައި ހުރި ވޯޓް ފޮށިތަކާއި ވޯޓުލުމަށް ބޭނުންކުރި ކަރުދާސްތައް ގެންދިޔައެވެ. ފުލުހުން ބުނީ އެމީހުން ތަންފީޒުކުރީ ސިވިލް ކޯޓުން ނެރުނު އަމުރެއްކަމަށެވެ. ނަމަވެސް އެ ބޮޑު އަމުރުގައިވެސް އެމްޑީޕީގެ ނަން ނުބައިކޮށް އޮތްކަމަށް އޭރު އެޕާޓީން ބުނަމުން ދިޔައެވެ. ސިވިލް ކޯޓުގެ އަމުރުގައި އެމްޑީޕީގެ ނަން ނުބައިކޮށް އޮތުމުން އެޕާޓީން ބުނީ އެއީ އެޕާޓީއަށް އޮތް އަމުރެއް ނޫން ކަމަށެވެ. އެހެން ކަމުން އެ އަމުރުން އެ ޕްރައިމަރީގެ ވޯޓްލުން ހުއްޓުވިދާނެ ކަމާ މެދު އެމްޑީޕީން އޭރު ދިޔައީ ސުވާލު އުފައްދަމުންނެވެ.

ކަންމިހެން ހުއްޓަސް، އޭރު މަނިކުފާނުގެ ސަރުކާރުން އެމްޑީޕީއަށް އެ ވޯޓުލުން ކުރިއަށް ގެންދާކަށް ފުރުސަތެއް ނުދިނެވެ. އޭރު ވޯޓުލުން ކުރިއަށް ގެންދަން ޖެހުނީ ފުލުހުންގެ ހުރަސް އެޅުންތަކާއެކު، އާދަޔާޚިލާފު ގޮތަކަށެވެ. ބޮޑެތި ކަޅުހަމާއި ޑަބިޔާ އަދި ސިމެންތި ގަށާ މެޝިންވެސް ވޯޓު ފޮށިތަކުގެ ގޮތުގައި ބައެއް ރަށްރަށުގައި އެންމެ ފަހު ވަގުތު ބޭނުންކުރިއެވެ. އެއަށް މީހުން ވޯޓުލިއެވެ. އަދި ބައެއް ރަށްރަށުގައި ވޯޓުފޮށި ހިފައިގެން މީހުންގެ ގާތަށް ގޭގެއަށްވެސް ދިޔައެވެ. އޭރު އޮތް އިދިކޮޅު ޕާޓީތަކަށް މިނިވަންކަން އޮތީ މި މިންވަރަށެވެ.

އިދިކޮޅުން ހަރަކާތެއް ބޭއްވިޔަސް އެތަނަކަށް ފުލުހުން ފޮނުވައި، އެތަނުގައި ހުންނަ ތަކެއްޗާއެކު ހެދިކާތައްވެސް ފުލުހުން ގެންދިޔަކަން މަނިކުފާނު ހަމަ ހަނދުމަފުޅު ނެތީތޯއެވެ. މަނިކުފާނުގެ ސަރުކާރުގައި ޚިޔާލު ފާޅުކުރުމުގެ މިނިވަންކަމާއި އިދިކޮޅު ޕާޓީތަކަށް ފުރުސަތުތައް އޮތްކަމަށް ދައުވާކުރައްވާއިރު، އެ ފުރުސަތުތަކެއް މަނިކުފާނުގެ ސަރުކާރުގައި ފަހިވެގެނެއް ނުދެއެވެ. ޑިމޮކްރަސީގެ ހަގީގީ މާނަ އޮޅިވަޑައިގެންނެވީ ޚުދު މަނިކުފާނަށެވެ. މިއަދު އުފާ ފާޅުކުރައްވަމުން "ތިމަންނާމެން ވޯޓްލީ ވޯޓް ފޮއްޓަށޭ" ބުނުއްވާއިރު އެކަން އެހެން ކުރެވުނީ މި ސަރުކާރުން މަނިކުފާނު ފަދައިން ޚުދުމުހުތާރުކަން އިސް ނުކުރެއްވުމުންނެވެ.

ރައީސް ޔާމީންގެ ސަރުކާރުން ކޮންމެ ގޮތަކަށް އޭރު ކަންތައް ކުރެއްވިނަމަވެސް އެމްޑީޕީގެ ޗެއާޕަރސަން ފައްޔާޒު އިސްމާއީލް ވަނީ މީގެ ފަސް އަހަރު ކުރިން އެމްޑީޕީގެ ދާއިރާތަކުގެ އިންތިހާބަށް ސަރުކާރުން ހުރަސް އެޅި ހަނދާންތައް ހިއްސާ ކުރައްވާފައެވެ. ޕީޕީއެމްގެ ދާއިރާތަކުގެ އިންތިހާބު ހެންވޭރު ދަނޑުގައި ކުރިއަށް ގެންދިޔުމުން އެކަމަށް މަރުހަބާ ވިދާޅުވެ، މިނިސްޓަރު ފައްޔާޒް ކުރެއްވި ޓްވީޓެއްގައި ވަނީ އެފަދަ ސިޔާސީ ހަރަކާތްތައް މި ސަރުކާރުން ނުހުއްޓުވުމުން އެނގެނީ ސިޔާސީ މިނިވަންކަން ރާއްޖޭގައި ލިބިފައިވާކަން ކަމަށެވެ. އެ ޓްވީޓްގައި ފައްޔާޒް ދެން ފާހަގަ ކުރެއްވީ މީގެ ފަސް އަހަރު ކުރިން، 2018 ވަނަ އަހަރު އޭރުގެ އިދިކޮޅު އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގެ އިންތިހާބު ކުރިއަށް ދަނިކޮށް އެކަމަށް ފުލުހުން ހުރަސް އަޅައި، ވޯޓު ފޮށިތައް ގެންދިޔަ ހާދިސާއެވެ. އޭރު ރައީސް ޔާމީން އެހެންކަންތައް ކުރެއްވި ނަމަވެސް މިއަދު އެމްޑޕީގެ ޗެއާޕާސަން އެވަނީ ޑިމޮކްރޮސީގެ ރީތި ނަމޫނާ ދައްކަވާފައެވެ.

ސިޔާސީ މިފަދަ ހަރަކާތްތަކަށް މިއަދުގެ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސާލިހު ފުލުހުން ފޮނުވައިގެން ނުހުއްޓުވާކަމީ މިހާރުއޮތް ސިޔާސީ މިނިވަންކަމުގެ ހެތްކެކެވެ. މިއަދު ހާލަތު ތަފާތެވެ. މިއަދު ވެރިކަމުގައި ހުންނެވީ މަޑުމޮޅި، އެހެން މީހުންގެ އިހުސާސްތައް ދަންނަ، ޑިމޮކްރަސީގެ ހަގީގީ މާނަ އެނގިވަޑައިގަންނަވާ ވެރިއެކެވެ.

ޕީޕީއެމްމޯލްޑިވިއަން ޑިމޮކްރެޓިކް ޕާރޓީ (އެމް.ޑީ.ޕީ)

ކޮމެންޓް

Like & Win

Giveaway
Powered by: Radient Heat Waters
Kent Grand Plus

Kent Grand Plus

Tap

އިތުރަށް ކިޔާލަން

މޭޔަރުކަމުގައި ހުންނެވި އިރުއްސުރެ މުޢިއްޒުއަށް އެންމެ ވަފާތެރި ސަނާހު ޕީއެންސީން ވަކިވެއްޖެ

މޭޔަރުކަމުގައި ހުންނެވި އިރުއްސުރެ މުޢިއްޒުއަށް އެންމެ ވަފާތެރި ސަނާހު ޕީއެންސީން ވަކިވެއްޖެ

17 ނޮވެމްބަރު 2025
އިންތިޚާބުތަކާއި ދިމާކޮށް ރައީސް މުއިއްޒު ރަށްރަށް ގޮސް ކަންކަން ކޮށްދެނީ "ދީފަ އަތުލާ ފީފާ ބުރިއެއް" ގެ އުސޫލުން: ތޯރިގް

އިންތިޚާބުތަކާއި ދިމާކޮށް ރައީސް މުއިއްޒު ރަށްރަށް ގޮސް ކަންކަން ކޮށްދެނީ "ދީފަ އަތުލާ ފީފާ ބުރިއެއް" ގެ އުސޫލުން: ތޯރިގް

18 އޮކްޓޯބަރު 2025
ކުރީގެ ބަންޑާރަ ނައިބު ރިފްއަތު އޭސީސީ އަށް ހާޒިރު ކޮށްފި

ކުރީގެ ބަންޑާރަ ނައިބު ރިފްއަތު އޭސީސީ އަށް ހާޒިރު ކޮށްފި

16 އޮކްޓޯބަރު 2025
ކުރީގެ އެޑިއުކޭޝަން މިނިސްޓަރު އޭސީސީ އަށް ހާޒިރު ކޮށްގެން ބަލަމުން ދާ މައްސަލަ އިންވެސްޓިގޭޓަރުންނަށް ސާފެއް ނުވޭ: މައުރޫފް

ކުރީގެ އެޑިއުކޭޝަން މިނިސްޓަރު އޭސީސީ އަށް ހާޒިރު ކޮށްގެން ބަލަމުން ދާ މައްސަލަ އިންވެސްޓިގޭޓަރުންނަށް ސާފެއް ނުވޭ: މައުރޫފް

15 އޮކްޓޯބަރު 2025
ކުރީގެ މިނިސްޓަރު އައިޝަތު އަލީ އޭސީސީ އަށް ޙާޒިރު ކޮށްފި

ކުރީގެ މިނިސްޓަރު އައިޝަތު އަލީ އޭސީސީ އަށް ޙާޒިރު ކޮށްފި

15 އޮކްޓޯބަރު 2025

އަހަރުތަކުން މިއަދު

9 މާރިޗު
ކްރީމީ މެންގޯ ކޮކްޓެއިލް
20251 އަހަރު ކުރިން
ލައިފް ސްޓައިލް

ކްރީމީ މެންގޯ ކޮކްޓެއިލް

ރޯދަމަސް ފެށެން އެއްދުވަސް، ފެނަކަ ކުންފުނީގައި 8 އަހަރު އުޅުނު މުވައްޒަފަކު ކަނޑާލައިފި
20242 އަހަރު ކުރިން
ރާއްޖެ

ރޯދަމަސް ފެށެން އެއްދުވަސް، ފެނަކަ ކުންފުނީގައި 8 އަހަރު އުޅުނު މުވައްޒަފަކު ކަނޑާލައިފި

ޔުނައިޓެޑް މާމޮޅު، ދެ ވަނަ ގޯލާއެކު މެޗު ނިމިއްޖެ: ޕެލެގްރީނީ
20233 އަހަރު ކުރިން
ކުޅިވަރު

ޔުނައިޓެޑް މާމޮޅު، ދެ ވަނަ ގޯލާއެކު މެޗު ނިމިއްޖެ: ޕެލެގްރީނީ

ރަށް ދެކެ ލޯބިވާ ޑޮކްޓަރު
20224 އަހަރު ކުރިން
މީހުން

ރަށް ދެކެ ލޯބިވާ ޑޮކްޓަރު

ކުރީގެ ރައީސް މައުމޫނު އިދިކޮޅާ ގުޅެން ނިންމެވިކަމުގެ އަޑުތަކެއް!
20215 އަހަރު ކުރިން
ރާއްޖެ

ކުރީގެ ރައީސް މައުމޫނު އިދިކޮޅާ ގުޅެން ނިންމެވިކަމުގެ އަޑުތަކެއް!

ސަރުކާރު ކޯލިޝަން އެބަ އޮތް، އެކަމަކު ތާއިދު ކުރަނީ ޕީޕީއެމް/ޕީއެންސީއަށް: ގާސިމް
20197 އަހަރު ކުރިން
ރާއްޖެ

ސަރުކާރު ކޯލިޝަން އެބަ އޮތް، އެކަމަކު ތާއިދު ކުރަނީ ޕީޕީއެމް/ޕީއެންސީއަށް: ގާސިމް

ޖެނަރަލް ޝިޔާމްގެ ގެކޮޅުގެ އޭސީ ހަދަން ދެކޮޅު ހެދި ދެ އޮފިސަރަކަށް ފިޔަވަޅު އަޅައިފި
20188 އަހަރު ކުރިން
ރާއްޖެ

ޖެނަރަލް ޝިޔާމްގެ ގެކޮޅުގެ އޭސީ ހަދަން ދެކޮޅު ހެދި ދެ އޮފިސަރަކަށް ފިޔަވަޅު އަޅައިފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު