Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ތަފާތު ޚަބަރު
ކަންބަޅި

އިންސާނެއްގެ ސިފަޔަށް އޮތް ކަންބަޅިއެއް އުފަންވުމާއެކު ދެކުނު އެފްރިކާ މީހުން ބިރުގަނެއްޖެ!

ކަންބަޅި އުފަންވީ ދެކުނު އެފްރިކާގެ ކްރިސް ހާނީ ޑިސްޓްރިކްޓްގެ ވިލެޖަކަށް

ރާއްޖެ އެމްވީ | 23 ޖޫން 2017 | ހުކުރު 19:56
ދެކުނު އެފްރިކާގެ ވިލެޖަކަށް އުފަންވި އިންސާނެއްގެ ސިފަޔަށް އޮތް ކަންބަޅި

ދެކުނު އެފްރިކާގެ ވިލެޖަކަށް އުފަންވި އިންސާނެއްގެ ސިފަޔަށް އޮތް ކަންބަޅި

އިންސާނެއްގެ ސިފަތައް ސޫރަވާ ކަންބަޅިއެއް ދެކުނު އެފްރިކާގެ ވިލެޖަކަށް އުފަންވުމުން އެ ވިލެޖްގެ މީހުން ބިރުން އުޅެން ފަށައިފިއެވެ.

ދެކުނު އެފްރިކާގެ ކްރިސް ހާނީ ޑިސްޓްރިކްޓްގެ މި ވިލެޖުގެ މީހުން ބުނަނީ އެ ކަންބަޅި ވަޅު ނުލަނީސް އެމީހުންގެ ބިރުވެރިކަން ފިލާ ނުދާނެ ކަމަށާއި، ވަޅު ލުމުން ނޫނީ ހިތްހަމަ ވެސް ނުޖެހޭނެ ކަމަށެވެ.

ކަންބަޅި އުފަންވި އިރު މޫނުގައި އިންސާނެއްގެ ސޫރަ ސިފަވާއިރު ހަމުގައި ވަނީ ފިޔާތޮށި ކުލައެވެ.

ބައެއް މީހުން ގަބޫލު ކުރި ގޮތުގައި މިއީ ކަންބަޅިއަކަށް އިންސާނުންގެ ދަރިފަނި ވާސިލްކޮށްގެން ދިމާވި ގޮތެކެވެ.

މައްސަލައިގައި ތަފާތު ގޮތްގޮތައް ވާހަކަތައް ދެކެވި ކަންބޮޑުވުން ފާޅު ކުރުން ވަރަށް މައްޗަށް ދިއުމާއެކު ދެކުނު އެފްރިކާގެ ސަރުކާރުގެ ކަމާބެހޭ އޮފިޝަލުން މިކަމުގެ ތެރެއަށް ވަންނަން ޖެހުނެވެ.

އީސްޓަން ކޭޕް ޑިޕާޓްމަންޓް އޮފް ރޫރަލް ޑިވެލޮޕްމަންޓުގެ ދަނޑުވެރިކަމާބެހޭ އޮފިޝަލުން ބުނެފައިވަނީ ދައުރުވަމުންދާ ކަންބަޅީގެ ފޮޓޯއަކީ ފޭކް އެއް ނޫން ކަމަށާއި ނަމަވެސް، އެއީ އިންސާނުންގެ ދަރިފަނި ކަންބަޅިއަށް ވާސިލް ވެގެން އުފެދުނު ހައިބްރިޑް އެއް ނޫން ކަމަށެވެ.

ޗީފް ޑިރެކްޓަރ އޮފް ވެޓިނަރީ ސަވިސަސް ޑރ. ލުބާބަލޯ ވިދާޅުވީ، ބަލާބެލުމަށް އިންސާނެއްގެ ސިފަ އެ ކަންބަޅިން ސޫރަވި ނަމަވެސް އެއީ އިންސާނުންނާ ގުޅުން ހުރި ޖަނަވާރެއް ނޫން ކަމަށާއި، އެއީ އުފެދުމުގައި ދިމާވި އައިބު ތަކެއްގެ ސަބަބުން ކަންބަޅިއަށް އައި ބަދަލު ތަކެއް ކަމަށެވެ. އެއީ ބަނޑުގައި ކަންބަޅި ގަރުބަ ގަތްއިރު މައި ކަންބަޅިއަށް "ރިފްޓް ވެލީ ފީވަރ" ބަލި ޖެހުމުގެ ސަބަބުން މެދުވެރިވި ގޮތެއް ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ މިކަމާ ކަންބޮޑު ނުވުމަށާއި ބިރުގަންނަން ޖެހޭ ކަމެއް މިކަމުގައި މެދުވެރިވެފައި ނުވާ ކަމަށެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ސަންޖޭ ލީލާ ބަންސާލީގެ ކުރިއަށް އޮތް ފިލްމުގައި ޝާހް އާއި ސަލްމާން އެކީގައި

ސަންޖޭ ލީލާ ބަންސާލީގެ ކުރިއަށް އޮތް ފިލްމުގައި ޝާހް އާއި ސަލްމާން އެކީގައި

05 ނޮވެމްބަރު 2018
ރިތިކް އޭނާގެ އަންނަން އޮތް ފިލްމްގެ ފުރަތަމަ ފޮޓޯ ދައްކާލައިފި

ރިތިކް އޭނާގެ އަންނަން އޮތް ފިލްމްގެ ފުރަތަމަ ފޮޓޯ ދައްކާލައިފި

18 އޯގަސްޓު 2018
ނިދާފައި އޮތް އަންހެނެއްގެ ކަންފަތައް ވަތް ކުރަތްޕެއް 9 ދުވަސް ފަހުން ނަގައިފި

ނިދާފައި އޮތް އަންހެނެއްގެ ކަންފަތައް ވަތް ކުރަތްޕެއް 9 ދުވަސް ފަހުން ނަގައިފި

07 މެއި 2018
ބަންސާލީގެ ކުރިއަށް އޮތް ފިލްމަށް ރިތިކް ރޯޝަން؟

ބަންސާލީގެ ކުރިއަށް އޮތް ފިލްމަށް ރިތިކް ރޯޝަން؟

19 އެޕްރީލު 2018
އައިޝްވަރިޔާގެ ކުރިއަށްއޮތް ފިލްމުން ފެނިގެންދާނީ ޑަބަލް ރޯލުން

އައިޝްވަރިޔާގެ ކުރިއަށްއޮތް ފިލްމުން ފެނިގެންދާނީ ޑަބަލް ރޯލުން

28 ޑިސެމްބަރު 2017

އަހަރުތަކުން މިއަދު

27 މެއި
2023 ވަނަ އަހަރު ޑިފެންސް މިނިސްޓްރީ އިން ހަރަދުކޮށްފައިވަނީ މާލިއްޔާތު ގާނޫނާ އެއްގޮތަށް
20251 އަހަރު ކުރިން
ރާއްޖެ

2023 ވަނަ އަހަރު ޑިފެންސް މިނިސްޓްރީ އިން ހަރަދުކޮށްފައިވަނީ މާލިއްޔާތު ގާނޫނާ އެއްގޮތަށް

ފަލަސްތީނުގައި ޔަހޫދީން ހިންގަމުން ގެންދާ ގަތުލުއާންމަކީ ދެގައުމެއްގެ ދޭތެރޭގައި އޮތް ދާހިލި މައްސަލައެއްގެ ގޮތުގައި ޕީއެންސީން ސިފަކޮށްފި
20242 އަހަރު ކުރިން
ރާއްޖެ

ފަލަސްތީނުގައި ޔަހޫދީން ހިންގަމުން ގެންދާ ގަތުލުއާންމަކީ ދެގައުމެއްގެ ދޭތެރޭގައި އޮތް ދާހިލި މައްސަލައެއްގެ ގޮތުގައި ޕީއެންސީން ސިފަކޮށްފި

"ބޭހެއް ނުކަން، ޖަހާލީ ކުޅަނދުރު ކައްޓެއް. އަނެއް ދުވަހު ހެނދުނު ރަނގަޅުވެއްޖެ"
20233 އަހަރު ކުރިން
ތަފާތު ޚަބަރު

"ބޭހެއް ނުކަން، ޖަހާލީ ކުޅަނދުރު ކައްޓެއް. އަނެއް ދުވަހު ހެނދުނު ރަނގަޅުވެއްޖެ"

އަސޭލާ ލައްވާ ކުރީގެ ރައީސް ޔާމީން ފާލު ބެލިކަން ހާމަވާ އިތުރުވާހަކަތަކެއް
20224 އަހަރު ކުރިން
ރާއްޖެ

އަސޭލާ ލައްވާ ކުރީގެ ރައީސް ޔާމީން ފާލު ބެލިކަން ހާމަވާ އިތުރުވާހަކަތަކެއް

މުއިއްޒުގެ ޢިއްޒަތް
20215 އަހަރު ކުރިން
ކޮލަމް

މުއިއްޒުގެ ޢިއްޒަތް

ނަޝީދު ކުޅުއްވީ ޑްރާމާއެއްތަ؟
20197 އަހަރު ކުރިން
ރިޕޯޓު

ނަޝީދު ކުޅުއްވީ ޑްރާމާއެއްތަ؟

އާރަށުގައި ދިގުކޮށް ކިޔަވާތީ ތިން މުދިމުން ބަދަލުކޮށްފި: މަހްލޫފް
20188 އަހަރު ކުރިން
ރާއްޖެ

އާރަށުގައި ދިގުކޮށް ކިޔަވާތީ ތިން މުދިމުން ބަދަލުކޮށްފި: މަހްލޫފް

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު