Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ތަފާތު ޚަބަރުބޮލީވުޑް

ރިތިކް އޭނާގެ އަންނަން އޮތް ފިލްމްގެ ފުރަތަމަ ފޮޓޯ ދައްކާލައިފި

18 އޯގަސްޓު 2018 | ހޮނިހިރު 10:52

މި ފިލްމްގައި ރިތިކް އަދާކުރަނީ ޓައިގާގެ މެންޓާރ އެއްގެ ރޯލް

އަޒްލިފާ އަބްދުﷲ
އަޒްލިފާ އަބްދުﷲ | 18 އޯގަސްޓު 2018 | ހޮނިހިރު 10:52
ރިތިކް ރޯޝަން އަދި ޓައިގަރ ޝްރޮފް

ރިތިކް ރޯޝަން އަދި ޓައިގަރ ޝްރޮފް

ރިތިކް ރޯޝަން އޭނާގެ އަންނަން އޮތް ފިލްމްގެ ފޮޓޯއެއް ފުރަތަމަ ފަހަރަށް ދައްކާލައިފި އެވެ.

ހުކުރު ދުވަހު ރިތިކް އޭނާގެ ޓްވިޓާގައި ޝެއަރ ކޮށްފައިވާ ފޮޓޯގައި ފެނިގެންދަނީ ރިތިކް އާއި ޓައިގާ ޝްރޯފްގެ އިތުރުން ފިލްމްގެ ޑައިރެކްޓަރ ސިދާތް އާނަންދް އެވެ.

މި ފޮޓޯގެ ކެޕްޝަންގައި ރިތިކް ލިޔެފައިވަނީ" އެންޑް ޕީޕަލް ތޮއުޓް އިޓް ވޯޒް އަ 2 ހީރޯ ފިލްމް. ޖާރނީ ބިގިންސް" މިހެންނެވެ.

އާނަންދު ވެސް އޭނާގެ އިންސްޓަގްރާމްގައި ރިތިކް އާއި ޓައިގާ އާއި އެކު ނަގާފައިވާ ފޮޓޯ ވަނީ ޝެއަރ ކޮށްފައެވެ. އަނަންދު ޝެއަރ ކޮށްފައިވާ ފޮޓޯގެ ކެޕްޝަންގައި ވަނީ ލުކިން އަހެޑް.ބިހައިންޑް ނޯ މޯ. އެންޑް އިޓް ބިގިންސް" އެވެ.

މި ފިލްމްގައި ރިތިކް އާއި ޓައިގާގެ އިތުރުން ދެން ފެނިގެން ދަނީ ވާނީ ކަޕޫރެވެ. ރިޕޯޓްތައް ބުނާ ގޮތުން މި ފިލްމްގައި ރިތިކް އަދާކުރަނީ ޓައިގާގެ މެންޓާރ އެއްގެ ރޯލެވެ. މި ފިލްމުގައި ރިތިކް ޓައިގާގެ މެންޓަރ އެއްގެ ރޯލް އަދާކުރާއިރު ކުރިން ޓައިގާ ދީފައިވާ އިންޓްވިއުއެއްގައި އޭނާ ވަނީ އަސްލު ދިރިއުޅުމުގައިވެސް ރިތިކް އަށް ތައުރީފް ކޮށް ވަރަށް އިހްތިރާމް ކުރާ ކަމަށް ބުނެފައެވެ.

ޔާޝް ރާޖް ފިލްމްއިން ޕްރޮޑިއުސް ކުރާ މި ފިލްމް ރިލީޒް ކުރުމަށް ހަމަޖެހިފައިވަނީ 2019 ވަނަ އަހަރުގެ އޮކްޓޯބަރު މަހުގެ 2 ވަނަ ދުވަހު އެވެ.

ރިތިކް ދަނީ މިދުވަސްކޮޅު އޭނާގެ އަންނަން އޮތް ފިލްމް "ސުޕާ 30" ގެ ނުނިމި ހުރި މަސައްކަތްތައް ކުރަމުންނެވެ. ޓާއިގާ ޝްރޯފް އެންމެ ފަހުން ފެނިގެން ގޮސްފައިވަނީ ބޮކްސް އޮފީހުގައި ބޮޑު ކާމިޔާބެއް ހޯދި ފިލްމް " ބާގީ 2" އިންނެވެ. އަދި މިވަގުތު އޭނާ މަސައްކަތް ކުރަމުންދަނީ ކަރަން ޖޯހަރުގެ ފިލްމް "ސްޓޫޑެންޓް އޮފް ދަ އިޔާ 2" ގައެވެ. މި ފިލްމްގައި ޓައިގާ އާއި އެކު ފެނިގެންދާނީ ތާރާ ސުތައިރިއާ އަދި އަނަންޔާ ޕާންޑޭ އެވެ.

އިތުރަށް ކިޔާލަން

13 މާރިޗު 2017

ގޭމް އޮފް ތްރޯންސް: ކުރިޔަށް އޮތް ސީޒަންގައި އެޑް ޝީރާން ފެންނާނެ

13 މާރިޗު 2017
ގޭމް އޮފް ތްރޯންސް: ކުރިޔަށް އޮތް ސީޒަންގައި އެޑް ޝީރާން ފެންނާނެ
08 މާރިޗު 2017

ލަންޑަނުގައި އޮތް ފެޝަން ޝޯއެއްގެ ރޭމްޕަށް އެރުމަށް އެންމެ ފަހު ވަގުތު ބިޕާޝާ ދެކޮޅު ހަދައިފި

08 މާރިޗު 2017
ލަންޑަނުގައި އޮތް ފެޝަން ޝޯއެއްގެ ރޭމްޕަށް އެރުމަށް އެންމެ ފަހު ވަގުތު ބިޕާޝާ ދެކޮޅު ހަދައިފި
03 މާރިޗު 2017

ޔާމީ ގޯތަމްގެ ނުބައި ރޯލެއް ބަލަން ރިތިކް ހުރީ ކެތްމަދުވެފައި

03 މާރިޗު 2017
ޔާމީ ގޯތަމްގެ ނުބައި ރޯލެއް ބަލަން ރިތިކް ހުރީ ކެތްމަދުވެފައި
02 މާރިޗު 2017

އާލިއާ ބަޓާއި އޭނާގެ ބައްޕައަށް މަރުގެ އިންޒާރު

02 މާރިޗު 2017
އާލިއާ ބަޓާއި އޭނާގެ ބައްޕައަށް މަރުގެ އިންޒާރު
01 މާރިޗު 2017

އާލިޔާ ބަޓް އޭނާގެ ބައްޕައަކީ ދޮގު ހަދާ މީހެކޭ ބުނަނީ ކީއްވެ؟

01 މާރިޗު 2017
އާލިޔާ ބަޓް އޭނާގެ ބައްޕައަކީ ދޮގު ހަދާ މީހެކޭ ބުނަނީ ކީއްވެ؟
23 ފެބުރުއަރީ 2017

އަނުޝްކާ އޭނާގެ ފިލްމީ ކެރިއަރާ މެދު ދެކެނީ ކިހިނެއް

23 ފެބުރުއަރީ 2017
އަނުޝްކާ އޭނާގެ ފިލްމީ ކެރިއަރާ މެދު ދެކެނީ ކިހިނެއް
23 ފެބުރުއަރީ 2017

ދުނިޔޭގެ އެންމެ ފަލަ މީހާ ބަރުދަން ލުއިކުރަން ރިތިކްގެ މަންމަ 10 ލައްކަ ރުޕީސް ދީފި

23 ފެބުރުއަރީ 2017
ދުނިޔޭގެ އެންމެ ފަލަ މީހާ ބަރުދަން ލުއިކުރަން ރިތިކްގެ މަންމަ 10 ލައްކަ ރުޕީސް ދީފި
12 ފެބުރުއަރީ 2017

ސީޒަން ޑައިރެކްޓްކުރާ ސިންހަޅަ ފިލްމްގެ 85 ޕަސެންޓް މަސައްކަތް ނިމިއްޖެ

12 ފެބުރުއަރީ 2017
ސީޒަން ޑައިރެކްޓްކުރާ ސިންހަޅަ ފިލްމްގެ 85 ޕަސެންޓް މަސައްކަތް ނިމިއްޖެ
01 ފެބުރުއަރީ 2017

ރިތިކްގެ ލޯ ހަދިޔާކުރަނީ

01 ފެބުރުއަރީ 2017
ރިތިކްގެ ލޯ ހަދިޔާކުރަނީ
23 ޖެނުއަރީ 2017

ވޮޝިންޓަންގައި ކުރިއަށްދިޔަ "ވިމެންސް މާޗް" އަށް ޕްރިޔަންކާގެ ސަޕޯޓު އޮތްކަން ހާމަކޮށްފި

23 ޖެނުއަރީ 2017
ވޮޝިންޓަންގައި ކުރިއަށްދިޔަ "ވިމެންސް މާޗް" އަށް ޕްރިޔަންކާގެ ސަޕޯޓު އޮތްކަން ހާމަކޮށްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް