Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ތަފާތު ޚަބަރުއައިޝްވަރިޔާ ރާއި

އައިޝްވަރިޔާގެ ކުރިއަށްއޮތް ފިލްމުން ފެނިގެންދާނީ ޑަބަލް ރޯލުން

އައިޝްވަރިޔާ ގެ އާފިލްމުގެ ޝޫޓިން ފަށާނީ އަންނަ އަހަރުގެ މާޗް ނުވަތަ އެޕްރީލް މަހުގައި

ތަހާރަތު މުހައްމަދު ވަހީދު
ތަހާރަތު މުހައްމަދު ވަހީދު | 28 ޑިސެމްބަރު 2017 | ބުރާސްފަތި 03:56
އައިޝްވަރިޔާ ރާއި

އައިޝްވަރިޔާ ރާއި

ބޮލީވުޑްގެތަރި އައިޝްވަރިޔާ ރާއީގެ ކުރިއަށް އޮތް ފިލްމުން ފެނިގެން ދާނީ ޑަބަލް ރޯލުން ކަމަށް ޚަބަރުތައް ބުނެފިއެވެ.

އައިޝްވަރިޔާ މިހާރު ދަނީ އަހަރެއްހާ ދުވަސް ފަހުން ކުޅޭ ފިލްމު "ފަންނޭ ޚާން" ގެ ޝޫޓިން ފަށައިގެން ކުރިއަށް ގެންދަމުންނެވެ. ފަންނޭ ޚާން ގައި އައިޝްވާރިޔާ އާއެކު ލީޑްރޯލުން ފެނިގެން ދަނީ އަނިލް ކަޕޫރާއި ރާޖްކުމާރު ރާއީއެވެ. އަންނަ އެޕްރީލް 13 ވަނަ ދުވަހު ރިލީޒްކުރާ "ފަންނޭ ޚާން" އަކީ އޮސްކާއަށް ނޮމިނޭޓްވި ޑަޗް ފިލްމު "އެވްރީބޮޑީ އިޒް ފޭމަސް" ގެ އަސްލަކަށް އުފައްދާ ފިލްމެކެވެ.

އެންމެ ފަހުގެ ޚަބަރުތައް ބުނާ ގޮތުގައި ފަންނޭ ޚާނަށް ފަހު އައިޝްވަރިޔާ ގެ އާފިލްމުގެ ޝޫޓިން ފަށާނީ އަންނަ އަހަރުގެ މާޗް ނުވަތަ އެޕްރީލް މަހުގައެވެ. މި ފިލްމުގެ ޝޫޓިން ކުރިއަށް ގެންދަން ހަމަޖެހިފައިވަނީ ޔޫރަޕް ސަރަހައްދުގައި ކަމަށް ވެސް ޚަބަރުތައް ބުނެއެވެ.

ފަންނޭ ޚާންގެ ޑައިރެކްޓަރަކީ އޯމްޕަރަކާޝް މެހެރާއެވެ. ފިލްމަށް ކޮސްޓިއުމް ޑިޒައިން ކުރަނީ މަނީޝް މަލޯތުރާއެވެ. ފަންނޭ ޚާން އަކީ މިއުޒިކަލް ކޮމެޑީ ފިލްމެކެވެ. އައިޝްވާރިޔާއާއިއެކު މި ފިލްމުގައި ބަތަލެއްގެ ރޯލުން ފެނިގެންދާނީ އަނިލް ކަޕޫރެވެ.

އިތުރަށް ކިޔާލަން

25 ޑިސެމްބަރު 2017

އަޖޭގެ ފިލްމުގައި ކާޖޮލް ފެނިގެންދާނީ ލަވަކިޔުންތެރިއެއްގެ ރޯލުން

25 ޑިސެމްބަރު 2017
އަޖޭގެ ފިލްމުގައި ކާޖޮލް ފެނިގެންދާނީ ލަވަކިޔުންތެރިއެއްގެ ރޯލުން
14 ޑިސެމްބަރު 2017

ޝާހުރުކް ޚާންއާއެކު "ޑޯން 3" އިން ފެނިގެންދާނީ ދިޕިކާތަ؟ ނޫނީ ޕްރިޔާންކާތަ؟

14 ޑިސެމްބަރު 2017
ޝާހުރުކް ޚާންއާއެކު "ޑޯން 3" އިން ފެނިގެންދާނީ ދިޕިކާތަ؟ ނޫނީ ޕްރިޔާންކާތަ؟
11 ޑިސެމްބަރު 2017

ރޭސް 3 ގައި ސަލްމާންގެ ބައްޕަގެ ރޯލުން ފެނިގެންދާނީ އަނިލް ކަޕޫރު

11 ޑިސެމްބަރު 2017
ރޭސް 3 ގައި ސަލްމާންގެ ބައްޕަގެ ރޯލުން ފެނިގެންދާނީ އަނިލް ކަޕޫރު
17 ސެޕްޓެމްބަރު 2017

"ސާހޯ" ގައި ޝްރަދާ ޑަބަލް ރޯލުން ނުފެންނާނެ

17 ސެޕްޓެމްބަރު 2017
"ސާހޯ" ގައި ޝްރަދާ ޑަބަލް ރޯލުން ނުފެންނާނެ
04 ޖުލައި 2017

ޑަބަލް ޓެކްސް ނަގާތީ ޓެމިލް ނާޑޫގެ ހުރިހާ ސިނަމާތަކެއް ބަންދު

04 ޖުލައި 2017
ޑަބަލް ޓެކްސް ނަގާތީ ޓެމިލް ނާޑޫގެ ހުރިހާ ސިނަމާތަކެއް ބަންދު
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު