Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ރައީސް ނަޝީދު މިސްރަށް ކުރައްވާ ދަތުރުފުޅު

މަޖިލީހުގެ ރައީސް މިސްރަށް ކުރައްވާ ދަތުރުފުޅަށް ޚަރަދުކުރަނީ މަޖިލިސް އިދާރާއަކުން ނޫން

ދަތުރަށް ޚަރަދު ކުރަނީ ކްލައިމެޓް ވަލްނަރަބަލް ފޯރަމުން

ސިމާހާ ނަސީމް
ސިމާހާ ނަސީމް, ރާއްޖެ އެމްވީ | 5 ނޮވެމްބަރު 2022 | ހޮނިހިރު 09:56
ކޮޕ27ް ގައި ބައިވެރިވެވަޑައިގެންނެވުމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުޙައްމަދު ނަޝީދު މިސްރަށް ފުރާވަޑައިގަތުން

ކޮޕ27ް ގައި ބައިވެރިވެވަޑައިގެންނެވުމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުޙައްމަދު ނަޝީދު މިސްރަށް ފުރާވަޑައިގަތުން

ކޮޕް ސަމިޓުގައި ސްރީލަންކާ ތަމްސީލް ކުރެއްވުމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުޙައްމަދު ނަޝީދު މިސްރަށް ހުކުރު ދުވަހު ފުރާވަޑައިގެންފައިވާއިރު އެ ދަތުރުފުޅަށް ޚަރަދު ކުރަނީ ރައްޔިތުންގެ މަޖިލީހުން ނޫން ކަމަށް އެ އިދާރާ އިން ބުނެފިއެވެ.

ރާއްޖެއެމްވީއަށް މައުލޫމާތު ދެއްވަމުން ރައްޔިތުންގެ މަޖިލީހުގެ މީޑިއާ އެންޑް ކޮމިއުނިކޭޝަންގެ ޑިރެކްޓަރު ހަސަން ޒިޔާއު ވިދާޅުވީ އެ ދަތުރުފުޅަށް ޚަރަދު ކުރަނީ ކްލައިމެޓް ވަލްނަރަބަލް ފޯރަމް (ސީވީއެފް) އިން ކަމަށެވެ.

Advertisement - newsAdvertisement

ރައީސް ނަޝީދު މިސްރަށް ކުރައްވާ ދަތުރުފުޅަކީ ރަސްމީ ދަތުރުފުޅެއްގެ ގޮތުގައި ބަޔާންކޮށްފައިވަނީ ކްލައިމެޓް ވަލްނަރަބަލް ފޯރަމްގެ ރަސްމީ ދައުވަތަކަށް ރައީސް ނަޝީދު ވަޑައިގަންނަވާތީ ކަމަށާއި ސީވީއެފްގެ ގުޅުންހުރި ބައެއް ކަންތައްތައް ރާއްޖެއިން ބަލަހައްޓަމުންދާތީ ކަމަށް ވެސް ޒިޔާއު ވިދާޅުވިއެވެ.

ރައީސް ނަޝީދަކީ ސީވީއެފްގެ އެމްބެސެޑަރ ފޯ އެމްބިޝަންކަން ފާހަގަކުރައްވާ ޒިޔާއު ވިދާޅުވީ މަޖިލީހުގެ އިދާރާއިން ބަޔާން ނެރުނީ މަޖިލީހުގެ ރައީސް ރާއްޖެއިން ބޭރަށް ދަތުރުފުޅެއް ކުރައްވާނަމަ އެކަން އާންމުންނަށް އެންގުމަށް ކަމަށެވެ.

ރައްޔިތުންގެ މަޖިލީހުގެ އިދާރާއިން ހުކުރު ދުވަހު ނެރުނު ބަޔާނެއްގައި ބުނީ 27 ވަނަ "ކޮންފަރެންސް އޮފް ދަ ޕާޓީސް އޮފް ދަ ޔުނައިޓެޑް ނޭޝަންސް ފްރޭމްވޯރކް ކޮންވެންޝަން އޮން ކްލައިމެޓް ޗޭންޖް" (ކޮޕް 27) ގައި ބައިވެރިވެވަޑައިގެންނެވުމަށް ހުކުރު ދުވަހުގެ ހެނދުނު ރައީސް ނަޝީދު މިސްރުގެ ޝާމް އަލް ޝާއިޚްއަށް ފުރާވަޑައިގެންފައިވާ ކަމަށެވެ. މިއީ އެމަނިކުފާނު ކުރައްވާ ރަސްމީ ދަތުރުފުޅެއް ކަމަށާއި ސަމިޓުގައި ބައިވެރިވެވަޑައިގަންނަވަނީ ސްރީލަންކާގެ ޤައުމީ ވަފުދުގެ މެންބަރެއްގެ ގޮތުގައި ކަމަށް ވެސް އެ އިދާރާއިން ބުނެއެވެ.

ނަޝީދުގެ މި ދަތުރުފުޅަކީ މި މަހުގެ 4 އިން 9 އަށް ކުރައްވާ ދަތުރުފުޅެކެވެ.

މަޖިލީހުގެ އިދާރާއިން ބުނީ ކޮޕް ސަމިޓުގައި 8 ނޮވެމްބަރު ވާ އަންގާރަ ދުވަހު ބާއްވާ ކްލައިމެޓް ޕްރޮޕެރިޓި ޕްލޭންސް ފްލެގްޝިޕް އިވެންޓު ކަމަށްވާ "ޕޭވިންގ ދަ ވޭ ފްރޮމް ވަލްނަރެބިލިޓީ ޓު ޕްރޮސްޕެރިޓީ" ގައި އެމަނިކުފާނު ބައިވެރިވެވަޑައިގަންނަވާނެ ކަމަށެވެ. މިއީ ކްލައިމެޓް ވަލަނަރަބަލް ފޯރަމް (ސީވީއެފް) އާއި ވަލްނަރަބަލް ގްރޫޕް އޮފް 20 (ވީ20) އިން ރާވައި އިންތިޒާމް ކުރާ ބައްދަލުވުމެކެވެ. މި ހަރަކާތުގައި މޫސުމީ ތަނަވަސްކަމުގެ ޤައުމީ ޕްލޭންތައް އެކުލަވައިލުމުގައި ޤައުމުތަކުން ހޯދާފައިވާ ކުރިއެރުންތައް ދައްކާލާނެއެވެ.

މި ދަތުރުފުޅުގައި ސީވީއެފް އާއި ވީ20 ގެ އިސް އޮފިޝަލުންނާ ވެސް ރައީސް ނަޝީދު ބައްދަލުކުރައްވާނެ ކަމަށް މަޖިލީހުން ބުނެއެވެ.

ކޮޕް27 ގައި ނަޝީދު ލަންކާ ތަމްސީލު ކުރައްވާއިރު އެމަނިކުފާނު ގެންދަވަނީ ލަންކާގެ މިހާރުގެ ރައީސް ރަނިލް ވިކްރަމަސިންގހަ އާ އެކު ވަރަށް ގާތުން މަސައްކަތް ކުރައްވަމުންނެވެ. އެގޮތުން، އެ މަނިކުފާނުގެ އެޑްވައިޒަރަކަށް ވެސް މިއަހަރުގެ މެއި މަހުގެ ތެރޭގައި ނަޝީދު އައްޔަން ކުރެއްވިއެވެ. އެއީ ލަންކާއަށް ދިމާވެފައިވާ އިގްތިސާދީ ހާލަތާ ގުޅިގެން ބޭރުގެ އެހީ ހޯދުމަށާއި ލަފާ ހޯދުމަށް އައްޔަން ކުރި މަގާމެކެވެ.

ކޮޕް27 ގައި ރާއްޖެ ތަމްސީލު ކުރައްވާ ވަފުދާ އެކު ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިސަލް ނަސީމް ވެސް ވަނީ ހުކުރު ދުވަހު މިސްރަށް ވަޑައިގެންފައެވެ. މި ކޮންފަރެންސްގައި ޤައުމީ ބަޔާން އިއްވުމަށް ހަމަޖެހިފައިވާއިރު، ކޮޕް27ގެ މަތީ ފަންތީގެ ވަށްމޭޒު މަޝްވަރާތަކުގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބު ބައިވެރިވެވަޑައިގަންނަވާނެއެވެ.

ރައީސް ނަޝީދުރައްޔިތުންގެ މަޖިލިސްކޮޕް-27 ސަމިޓް

ކޮމެންޓް

އިތުރަށް ކިޔާލަން

މިނިސްޓަރު ސައީދަށް އެނގޭ އެކައްޗެއް ވެސް ނެތީތަ؟ ބަންކަރިން އިން ލިބުނު އާމްދަނީ ނޭނގުނުތާ ދެވުނު ވަޒީފާގެ އަދަދު ވެސް ނޭނގުނު!

މިނިސްޓަރު ސައީދަށް އެނގޭ އެކައްޗެއް ވެސް ނެތީތަ؟ ބަންކަރިން އިން ލިބުނު އާމްދަނީ ނޭނގުނުތާ ދެވުނު ވަޒީފާގެ އަދަދު ވެސް ނޭނގުނު!

28 އޮކްޓޯބަރު 2025
ކުރީ ސަރުކާރުން މާލޭ ރައްޔިތުންނަށް ދިން ގޯތިތައް ވެސް މުއިއްޒު ސަރުކާރުން އަތުލަން އުޅޭ ކަމުގެ އިޝާރާތެއް

ކުރީ ސަރުކާރުން މާލޭ ރައްޔިތުންނަށް ދިން ގޯތިތައް ވެސް މުއިއްޒު ސަރުކާރުން އަތުލަން އުޅޭ ކަމުގެ އިޝާރާތެއް

28 އޮކްޓޯބަރު 2025
އިބިލީހުގެ ކައިވެންޏަށް ވީ ޓެކްސީ ލައިނުގެ ޚިދުމަތް، މި ފަހަރު ބަހަނާ އަކީ ރާއްޖެއަށް ލޮނުގެ އަސަރު ކުރާތީ ވެހިކަލް މޮޑިފައި ކުރަން ޖެހުން

އިބިލީހުގެ ކައިވެންޏަށް ވީ ޓެކްސީ ލައިނުގެ ޚިދުމަތް، މި ފަހަރު ބަހަނާ އަކީ ރާއްޖެއަށް ލޮނުގެ އަސަރު ކުރާތީ ވެހިކަލް މޮޑިފައި ކުރަން ޖެހުން

27 އޮކްޓޯބަރު 2025
ނިމިދިޔަ ވެރިކަމުގައި ނުރަނގަޅަށް ކަމެއް ހިނގާފައި އޮތުމަކީ މިވެރިކަމުގައި އެކަން އެގޮތަށް ކުރަން އޮތް ހުއްޖަތެއް ނޫން: ރައީސް ނަޝީދު

ނިމިދިޔަ ވެރިކަމުގައި ނުރަނގަޅަށް ކަމެއް ހިނގާފައި އޮތުމަކީ މިވެރިކަމުގައި އެކަން އެގޮތަށް ކުރަން އޮތް ހުއްޖަތެއް ނޫން: ރައީސް ނަޝީދު

23 އޮކްޓޯބަރު 2025
ދިވެހިންނާ ކައިވެނިކޮށްގެން ރާއްޖޭގައި ދިރިއުޅޭ ބިދޭސީންނަށް އާސަންދަ ދޭން ހުށަހެޅި ގަރާރު ކޮމިޓީއަށް

ދިވެހިންނާ ކައިވެނިކޮށްގެން ރާއްޖޭގައި ދިރިއުޅޭ ބިދޭސީންނަށް އާސަންދަ ދޭން ހުށަހެޅި ގަރާރު ކޮމިޓީއަށް

22 އޮކްޓޯބަރު 2025

އަހަރުތަކުން މިއަދު

19 ޖެނުއަރީ
ބައެއް ވަޒީރުން އިޚްލާސްތެރި އެއް ނޫން: ލަތީފު
20251 އަހަރު ކުރިން
ރާއްޖެ

ބައެއް ވަޒީރުން އިޚްލާސްތެރި އެއް ނޫން: ލަތީފު

ނީޝާމް: އެއް ލަނޑަށް ހަ ވިކެޓް ނެގި، ރެކޯޑް މުގުރާލެވިދާނެތަ؟
20242 އަހަރު ކުރިން
މީހުން

ނީޝާމް: އެއް ލަނޑަށް ހަ ވިކެޓް ނެގި، ރެކޯޑް މުގުރާލެވިދާނެތަ؟

މޮޅުވީ ޕީއެސްޖީ، ވިދާލީ ރޮނަލްޑޯ!
20233 އަހަރު ކުރިން
ކުޅިވަރު

މޮޅުވީ ޕީއެސްޖީ، ވިދާލީ ރޮނަލްޑޯ!

މޭރީގެ މަރު: ލަމްހާގެ ފަރާތުން މާވިންއަށް ކޮށްފައިވާ މެސެޖެއްގައި އަންހެނެއްގެ ގަޔަށް ސިރިންޖު ޖަހާނެ ގޮތުގެ ވާހަކަތަކެއް!
20224 އަހަރު ކުރިން
ރާއްޖެ

މޭރީގެ މަރު: ލަމްހާގެ ފަރާތުން މާވިންއަށް ކޮށްފައިވާ މެސެޖެއްގައި އަންހެނެއްގެ ގަޔަށް ސިރިންޖު ޖަހާނެ ގޮތުގެ ވާހަކަތަކެއް!

މެޑްރިޑް ގޮވުން- މިނިސްޓަރ މައުސޫމުގެ ޙާލުކޮޅު ރަނގަޅު
20215 އަހަރު ކުރިން
ރާއްޖެ

މެޑްރިޑް ގޮވުން- މިނިސްޓަރ މައުސޫމުގެ ޙާލުކޮޅު ރަނގަޅު

ހިންނަވަރުގެ ތަރައްގީއަށް އެޅިފައިވާ ހުރަހަކީ މީހުން ހިޖުރަކުރުން
20197 އަހަރު ކުރިން
ރިޕޯޓު

ހިންނަވަރުގެ ތަރައްގީއަށް އެޅިފައިވާ ހުރަހަކީ މީހުން ހިޖުރަކުރުން

ރައީސް ޔާމީންގެ ރަނިންގމޭޓަކަށް ވާނީ ހަމަބުއްދި ނެތް މީހެއް: ފައިރޫޝް
20188 އަހަރު ކުރިން
ރާއްޖެ

ރައީސް ޔާމީންގެ ރަނިންގމޭޓަކަށް ވާނީ ހަމަބުއްދި ނެތް މީހެއް: ފައިރޫޝް

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު