Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ޕީޖީ އޮފީހުގެ ތަފާސްހިސާބު

ހެކިންގެ ހެކިބަސް ނުލިބުމާ، މައްސަލަތައް ގިނަ ދުވަސްވުމާ ގުޅުމެއްވާކަން، ތަފާސް ހިސާބުތަކުން ސާފުކޮށް ދައްކާ: ޕީޖީ

އޮކްޓޯބަރު މަހު، ޑްރަގް ކޯޓު ފިޔަވައި، އެންމެ ގިނަ މައްސަލަ ނިންމެވީ ކްރިމިނަލް ކޯޓުން

ލައިޝާ އަހްމަދު
ލައިޝާ އަހްމަދު, ރާއްޖެ އެމްވީ | 5 ނޮވެމްބަރު 2022 | ހޮނިހިރު 09:48
ޕީޖީ ހުސައިން ޝަމީމް ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަ ދައްކަވަނީ

ޕީޖީ ހުސައިން ޝަމީމް ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަ ދައްކަވަނީ

ހެކިންގެ ހެކިބަސް ނުލިބުމާ، މައްސަލަތައް ގިނަ ދުވަސްވުމާ ގުޅުމެއްވާކަން، ތަފާސް ހިސާބުތަކުން ސާފުކޮށް ދައްކާކަމަށް ޕްރޮސެކިއުޓަރ ޖެނެރަލް ހުސައިން ޝަމީމް ވިދާޅުވެއްޖެއެވެ.

ޝަމީމް އެހެން ވިދާޅުވީ، "އޮކްޓޯބަރު މަހުގެ މަސްރިޕޯޓު ދިރާސާކުރުން" މި ސުރުޙީގެ ދަށުން އޭނާގެ ބްލޮގްގައި ޝާއިއު ކުރައްވާފައިވާ ލިއުމެއްގައެވެ.

Advertisement - newsAdvertisement

މިއަހަރުގެ ޖަނަވަރީ މަހުން ފެށިގެން، ކޮންމެ މަހެއްގެ މަސްރިޕޯޓު، ޕީޖީ އޮފީހުގެ ވެބްސައިޓުގައި ޝާއިއު ކުރަމުންދާއިރު، ޝަމީމް ވަނީ އޮކްޓޯބަރު މަހުގެ ރިޕޯޓާއި ގުޅިގެން ފާހަގަވި ބައެއް ކަންކަން ބްލޮގްގައި ހިއްސާ ކުރައްވާފައެވެ. އެގޮތުން ކޮންމެ މަހެއްގެ ރިޕޯޓު ފުންކޮށް ދިރާސާކުރުމުން، ރަނގަޅުކުރަންޖެހޭ ކަންކަމާއި، އިތުރަށް މަސައްކަތްކުރަންޖެހޭ ދާއިރާތައް ސާފުވާ ކަމަށާއި، މިހާރު ރަނގަޅަށް ކުރެވޭ ކަންކަމާއި، އިތުރު ބަދަލުތައް ގެންނަންޖެހޭ ދާއިރާތައް އެނގިގެންދާކަން ޝަމީމް ފާހަގަ ކުރެއްވިއެވެ.

ޝަމީމް ވިދާޅުވީ، އޮކްޓޯބަރު މަހު، ޑްރަގް ކޯޓު ފިޔަވައި، އެންމެ ގިނަ މައްސަލަ ނިންމެވީ ކްރިމިނަލް ކޯޓުންނާއި މާލެ އަތޮޅުގެ ކޯޓުތަކުން ކަމަށެވެ. އެއީ 48 މީހެއްގެ މައްސަލައެވެ. އޭގެ ތެރެއިން 43 މީހެއްގެ މައްޗަށް ކުށް ސާބިތުވެފައިވާއިރު، 3 މީހެއްގެ މައްޗަށް ކުށް ސާބިތުވެފައެއް ނުވެއެވެ. މި މައްސަލަތަކަށް ބަލާއިރު މައްސަލަތައް ކާމިޔާބު ކުރެވުނު ރޭޓު 90 އިންސައްތައިގައި ހިފެހެއްޓިފައިވާކަން ޝަމީމް ފާހަގަ ކުރެއްވިއެވެ.

ދެން އެންމެ ގިނަ މައްސަލަ ނިންމެވީ ހދ އަތޮޅުންކަން ފާހަގަ ކުރައްވައި ޝަމީމް ވިދާޅުވީ، އެ އަތޮޅުން ނިންމެވި 15 މައްސަލައިގެ ތެރެއިން 9 މީހެއްގެ މައްސަލަ ސާބިތުވި ކަމަށެވެ.

ޝަމީމް ވަނީ އޭގެ ތެރެއިން ސާބިތުނުވާކަމަށް ނިމިފައިވާ މައްސަލަތަކަށްވެސް އަލިއަޅުވާލައްވާފައެވެ. އެގޮތުން ސާބިތުނުވި މައްސަލަތަކުގެ ދައުވާ ކޯޓަށް ހުށަހެޅިފައިވާ އަހަރުތަކަށް ބެލިއިރު އޮތީ، 2009، 2012، 2018 އަދި 2019 ގެ އެއް މައްސަލައާއި، 2020 ގެ ދެ މައްސަލައާއި 2021 ގެ އެއް މައްސަލަކަން ފާހަގަ ކުރައްވައި ޝަމީމް ވިދާޅުވީ، މިހުރިހާ މައްސަލައެއްވެސް ސާބިތުނުވެފައި އޮތީ ހެކިންގެ ހެކިބަސް ނުލިބިގެން ކަމަށެވެ.

ޝަމީމް ވިދާޅުވީ، ހެކިންގެ ހެކިބަސް ނުލިބުމާ، މައްސަލަ ނުނިމި ގިނަ ދުވަސްވުމާ ގުޅުމެއްވާކަން، މި ތަފާސް ހިސާބުތަކުން ސާފުކޮށް ދައްކާ ކަމަށެވެ.

އޭގެ އިތުރުން، ދެ މައްސަލައެއްގައި މަދަނީ މިންގަނޑުން ކުރިއަށް ނުގެންދެވޭނެކަމަށް ނިންމާފައިވާއިރު، އެ ދެ މައްސަލަވެސް ޕްރޮސެކިއުުޓަރ ޖެނެރަލް އޮފީހުން މިހާރު ވަނީ ދިވެހިރާއްޖޭގެ ހައިކޯޓުގައި އިސްތިއުނާފު ކޮށްފައެވެ.

ޝަމީމްގެ ބްލޮގްގައި ބަޔާން ކުރައްވާފައިވާ ގޮތުގައި އޮކްޓޯބަރު މަހު ސާބިތުވާކަމަށް ނިންމެވި މައްސަލަތައް ނިންމަވަން، އެވްރެޖްކޮށް 553 ދުވަސް ނެގިއެވެ. އަދި ސާބިތުނުވާކަމަށް ނިންމެވި މައްސަލަތައް ނިންމަވަން ނެގީ 870 ދުވަހެވެ.

ޝަމީމް ވަނީ ޕީޖީ އޮފީހުން ކޯޓުތަކަށް ހުށައެޅި މައްސަލަތަކަށްވެސް އަލިއަޅުވާލައްވާފައެވެ. އެގޮތުން އޮކްޓޯބަރު މަހު، 167 މައްސަލައެއްގައި، 225 މީހެއްގެ މައްޗަށް، 16 އަތޮޅެއްގެ ކޯޓުތަކަށް ދައުވާތައް ހުށަހަޅާފައިވާކަމަށް ޝަމީމް ވިދާޅުވިއެވެ. އޭގެ ތެރެއިންވެސް އެންމެ ގިނަ މައްސަލަ ހުށަހެޅިފައި އޮތް ފަސް ކޯޓަކީ، ކްރިމިނަލް ކޯޓު، ޑްރަގް ކޯޓު، ހުޅުމާލޭ މެޖިސްޓްރޭޓް ކޯޓު، އައްޑޫ ސިޓީ ހިތަދޫ މެޖިސްޓްރޭޓް ކޯޓު، އަދި އައްޑޫ ސިޓީ މީދޫ މެޖިސްޓްރޭޓް ކޯޓެވެ.

ޝަމީމް ވިދާޅުވާ ގޮތުގައި ހަމައެކަނި އޮކްޓޯބަރު މަހު ޕީޖީ އޮފީހަށް ބަލައިގަތް މައްސަލަތައް، ކޯޓަށް ހުށަހެޅުމުގެ ހުރިހާ މަރްޙަލާއެއްގައި ހޭދަވެފައިވަނީ 7  ދުވަހެވެ.

އޭގެ އިތުރުން، މިމަހު ކޯޓަށް ހުށަހެޅިފައިވާ މައްސަލަތަކުގެ ތެރެއިން 252 ދަޢުވާ އަކީ މިއަހަރުގެ ހާދިސާތަކާ ގުޅޭ ދައުވާތަކެއްކަމަށް ޝަމީމް ވިދާޅުވިއެވެ. 2021 ވަނަ އަހަރުގެ 34 ޙާދިސާ އަކާއި، 2020 ވަނަ އަހަރުގެ 12 ޙާދިސާވެސް މި މަހު ހުށައެޅިފައިވާ މައްސަލަތަކުގެ ތެރޭގައި ހިމެނެއެވެ.

ޝަމީމްގެ ބްލޮގްގައި ވިދާޅުވެފައިވާ ގޮތުގައި އޮކްޓޯބަރު މަހު އެންމެ ގިނައިން ހުށަހެޅިފައިވާ ފަސް ބާވަތުގެ މައްސަލަތަކަކީ، މަސްތުވާތަކެއްޗާގުޅޭ އެކިއެކި ދައުވާތަކާއި، ޓެރަރިޒަމާ ގުޅޭ ދައުވާތަކާއި، އެންޓި ޓޯޗަރގެ ޢަމަލުތަކާ ގުޅުންހުރި ދައުވާގެ އިތުރުން، ފުލުހުން ދައުރު އަދާކުރުމަށް ހުރަސްއެޅުމުގެ ދައުވާއެވެ. މި މައުލޫމާތުތަކަކީ ކުށް މަދުކުރަން ކުރާ މަސައްކަތާއި ޕޮލިސީ ހެދުމުގެ މަސައްކަތުގައި މުހިއްމު މައުލޫމާތުތަކަަކަށް ވާނެކަން ޝަމީމް ފާހަގަ ކުރެއްވިއެވެ.

ޕްރޮސެކިއުޓަރ ޖެނެރަލްޕީޖީ އޮފީސް

ކޮމެންޓް

އިތުރަށް ކިޔާލަން

ދިގަލި އާއި އާއްޓެ، ސިނގިރެޓް ވަގަށް ނެގުމުގައި އަމަލީ ގޮތުން ބައިވެރިވެފައި ނުވާ ކަމަށް ބުނެ ޝަރުތުކޮށްފައި ބަންދުން ދޫކޮށްލައިފި

ދިގަލި އާއި އާއްޓެ، ސިނގިރެޓް ވަގަށް ނެގުމުގައި އަމަލީ ގޮތުން ބައިވެރިވެފައި ނުވާ ކަމަށް ބުނެ ޝަރުތުކޮށްފައި ބަންދުން ދޫކޮށްލައިފި

11 ޑިސެމްބަރު 2025
ފަޒުލް ލިޔެކިޔުންތައް ނައްތާލާފައިވާ މައްސަލަ ހެކި ނެތިގެން ދައުވާ ނުކުރަން ނިންމައިފި

ފަޒުލް ލިޔެކިޔުންތައް ނައްތާލާފައިވާ މައްސަލަ ހެކި ނެތިގެން ދައުވާ ނުކުރަން ނިންމައިފި

08 ޑިސެމްބަރު 2025
ހިތަދޫ ކަސްޓޯޑިއަލް އަށް މަސްތުވާތަކެތި ވައްދަން އުޅުމުގެ ތުހުމަތުގައި ފުލުހަކަށް ދައުވާ ކުރުމަށް ފޮނުވައިފި

ހިތަދޫ ކަސްޓޯޑިއަލް އަށް މަސްތުވާތަކެތި ވައްދަން އުޅުމުގެ ތުހުމަތުގައި ފުލުހަކަށް ދައުވާ ކުރުމަށް ފޮނުވައިފި

02 ނޮވެމްބަރު 2025
ފުލެޓުގެ މައުލޫމާތު ނުދީގެން ގާނޫނާ ޚިލާފުވި ކަމަށް ނިންމާ ހައުސިންގ މިނިސްޓްރީގެ މުވައްޒަފުންތަކެއް ގެ މައްޗަށް އަމުރަށް ނުކިޔަމަންތެރިވުމުގެ ދައުވާ ކުރަން އައިކޮމުން ނިންމައިފި

ފުލެޓުގެ މައުލޫމާތު ނުދީގެން ގާނޫނާ ޚިލާފުވި ކަމަށް ނިންމާ ހައުސިންގ މިނިސްޓްރީގެ މުވައްޒަފުންތަކެއް ގެ މައްޗަށް އަމުރަށް ނުކިޔަމަންތެރިވުމުގެ ދައުވާ ކުރަން އައިކޮމުން ނިންމައިފި

27 އޮކްޓޯބަރު 2025
ދައުވާ ނުކުރުމަށް ނިންމާ މައްސަލަތަކުގެ ލިޔުންތައް ޕީޖީގެ ލަފާ ހޯދައިގެން މެނުވީ ނައްތާ ނުލުމަށް އަންގައިފި

ދައުވާ ނުކުރުމަށް ނިންމާ މައްސަލަތަކުގެ ލިޔުންތައް ޕީޖީގެ ލަފާ ހޯދައިގެން މެނުވީ ނައްތާ ނުލުމަށް އަންގައިފި

26 އޮކްޓޯބަރު 2025

އަހަރުތަކުން މިއަދު

6 ފެބުރުއަރީ
އައްޑޫ ރައްޔިތުންނަށް ނިސްބަތްކޮށް ދެއްކެވި ވާހަކަ އާ ގުޅިގެން ޣައްސާން މަޖިލިހަށް ހާޒިރު ކުރަނީ
20251 އަހަރު ކުރިން
ރާއްޖެ

އައްޑޫ ރައްޔިތުންނަށް ނިސްބަތްކޮށް ދެއްކެވި ވާހަކަ އާ ގުޅިގެން ޣައްސާން މަޖިލިހަށް ހާޒިރު ކުރަނީ

އޭއެފްސީގެ ބައްދަލުވުމަކަށް ޤަތަރަށް ދިއުމަށް ބައްސާމްގެ ޕާސްޕޯޓު ދޫކޮށްނުދިން
20242 އަހަރު ކުރިން
ރާއްޖެ

އޭއެފްސީގެ ބައްދަލުވުމަކަށް ޤަތަރަށް ދިއުމަށް ބައްސާމްގެ ޕާސްޕޯޓު ދޫކޮށްނުދިން

މުޅި ދުނިޔޭން ހޮވުނު އެންމެ ވިސްނުން ރަނގަޅު ކުއްޖަކަށް، އިންޑިޔާ ދަރިކޮޅުގެ ނަތާޝާ
20233 އަހަރު ކުރިން
ދުނިޔެ

މުޅި ދުނިޔޭން ހޮވުނު އެންމެ ވިސްނުން ރަނގަޅު ކުއްޖަކަށް، އިންޑިޔާ ދަރިކޮޅުގެ ނަތާޝާ

ފެބްރުއަރީ 7، ދިވެހި ތާރީޚުގައި ފާހަގަކޮށްލެވޭ ދުވަހެއް
20224 އަހަރު ކުރިން
ރިޕޯޓު

ފެބްރުއަރީ 7، ދިވެހި ތާރީޚުގައި ފާހަގަކޮށްލެވޭ ދުވަހެއް

ކޮވިޑް ޖެހި ފަރުވާދެމުން ދިޔަ ދިވެއްސަކު ދުބާއީގައި ނިޔާވެއްޖެ
20215 އަހަރު ކުރިން
ރާއްޖެ

ކޮވިޑް ޖެހި ފަރުވާދެމުން ދިޔަ ދިވެއްސަކު ދުބާއީގައި ނިޔާވެއްޖެ

ރައީސް ސޯލިހްގެ ރިޔާސީ ބަޔާނުގެ އުސްއަލިތައް
20197 އަހަރު ކުރިން
ރާއްޖެ

ރައީސް ސޯލިހްގެ ރިޔާސީ ބަޔާނުގެ އުސްއަލިތައް

ޢަލީ ހަމީދުގެ އަނބި ކަނބަލުން ހައްޔަރު ކޮށްފި
20188 އަހަރު ކުރިން
ރާއްޖެ

ޢަލީ ހަމީދުގެ އަނބި ކަނބަލުން ހައްޔަރު ކޮށްފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު