Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
އދ. ދުވަސް

އދ. ދުވަސް ފާހަގަކުރުމުގެ ގޮތުން ޚާއްސަ ހަރަކާތެއް ބާއްވައިފި

މި ހަރަކާތުގައި ރާއްޖޭގައި ހުންނަ އެކި ޤައުމުތަކުގެ އެމްބަސީން ބައިވެރިވެފައިވޭ

ސިމާހާ ނަސީމް
ސިމާހާ ނަސީމް, ރާއްޖެ އެމްވީ | 5 ނޮވެމްބަރު 2022 | ހޮނިހިރު 09:23
އދ. ދުވަސް ފާހަގަކުރުމަށް ބޭއްވި ހަރަކާތުގެ ތެރެއިން

އދ. ދުވަސް ފާހަގަކުރުމަށް ބޭއްވި ހަރަކާތުގެ ތެރެއިން

އދ. ދުވަސް ފާހަގަކުރުމުގެ ގޮތުން އާންމުންނަށް ހުޅުވައިލައިގެން ޚާއްސަ ހަރަކާތެއް ހުކުރު ދުވަހު ބާއްވައިފިއެވެ.

ހުކުރު ދުވަހުގެ ހަވީރު ދަރުބާރުގޭގެ ރަންނަބަނޑޭރި މާލަމުގައި ހަވީރު 16:00ން ރޭގަނޑު 19:00ށް ކުރިއަށް ގެންދިޔަ މި ހަރަކާތުގައި ރާއްޖޭގައި ހުންނަ އެކި ޤައުމުތަކުގެ އެމްބަސީން ވަނީ ބައިވެރިވެފައެވެ.

Advertisement - newsAdvertisement

އޭގެ ތެރޭގައި ބަންގްލަދޭޝް، ޗައިނާ، އިންޑިއާ، ޖަޕާންގެ އިތުރުން ޕާކިސްތާން، ސައުދީ އަރަބިއްޔާ ސްރީލަންކާ އަދި އިނގިރޭސިވިލާތުގެ އެމްބަސީ ހިމެނެއެވެ.

މި ހަރަކާތް ޝަރަފުވެރިކޮށްދެއްވީ ޖެންޑަރ މިނިސްޓަރު އާއިޝަތު މުހައްމަދު ދީދީއެވެ.  މި ހަރަކާތުގައި ވާހަކަފުޅު ދައްކަވަމުން މިނިސްޓަރު ވިދާޅުވީ ރާއްޖެއަކީ ކިތަންމެ ކުޑަ ޤައުމަކަށް ވިޔަސް، އަހަރުމެންގެ "ބަހާއި އަމަލު" މުހިންމުވާކަން މި ސަރުކާރުން ސާބިތުކޮށްދީފައިވާ ކަމަށެވެ. އަދި މިނިސްޓަރު ވިދާޅުވީ ކޮވިޑުގެ ހާލަތުން ލިބިގެންދިޔަ ފިލާވަޅަކީ އެއްބައިވަންތަކަން ކަމަށާއި އެއްވެސް ޤައުމަކުން އެއް ޤައުމު އަނެއް ޤައުމުގެ އެހީތެރިކަމާއި ނުލާ މިފަދަ ބޮޑު ކާރިސާއަކުން އަރައިނުގަނެވޭނެކަން ކަމަށެވެ.

ޔޫއެންޑީޕީގެ ރެސިޑެންސް ކޯޑިނޭޓަރު ކެތްރިން ހޭސްވެލް ވެސް މި ހަރަކާތުގައި ބައިވެރިވެވަޑައިގެންނެވިއެވެ.

މި ހަރަކާތުގައި ވާހަކަ ދައްކަވަމުން ކެތްރިން ވިދާޅުވީ މި ހަރަކާތް ކުރިއަށް ގެންދިޔައީ ރާއްޖޭގެ ފޮރިން މިނިސްޓްރީގެ އެހީތެރިކަމާއެކު ކަމަށެވެ. އަދި ކޮވިޑުގެ ހާލަތުގައި ވެސް އެކި ޤައުމުތަކުން އެމްބަސީން އެހީތެރިކަން ފޯރުކޮށްދީފައިވާ ކަމަށެވެ. އަދި ރާއްޖެ އާއި އޮތް ގުޅުން އިތުރަށް ބަދަހިކުރުމަށް އދ އިން މަސައްކަތް ކުރައްވާނެ ކަމަށް ވެސް ވިދާޅުވިއެވެ.

މި ހަވީރުގައި ކުޑަކުދިންނަށް ޚާއްސަ ގިނަ ގޭމް ސްޓޯލްތަކަކާއި މައުލޫމާތު ހިއްސާކުރުމަށް ހަރަކާތްތަކެއް ކުރިއަށް ގެންގޮސްފައިވާއިރު ގައުމުތަކުގެ ސަގާފަތް ދައްކުވައިދޭ ސްޓޯލްތައް ވަނީ ބަހައްޓާފައެވެ.

އދ. ދުވަހަކީ 1945 ވަނަ އަހަރު އދ. ގެ ޗާޓަރަށް އަމަލުކުރަން ފެށި ދުވަހާ ގުޅުވައިގެން ކޮންމެ އަހަރެއްގެ އޮކްޓޯބަރު 24 ގައި ފާހަގަ ކުރަމުން އަންނަ ދުވަހެކެވެ.

ޔޫއެން މޯލްޑިވްސްޚާރިޖީ ވުޒާރާ

ކޮމެންޓް

އިތުރަށް ކިޔާލަން

ޗުއްޓީއަށްފަހު މަޖިލީހުގެ ޖަލްސާތައް ބުރާސްފަތި ދުވަހު ފަށަނީ

ޗުއްޓީއަށްފަހު މަޖިލީހުގެ ޖަލްސާތައް ބުރާސްފަތި ދުވަހު ފަށަނީ

28 ސެޕްޓެމްބަރު 2025
ޔޫޑަބްލިއުސީ އިން ދިވެހި 3 ދަރިވަރަކަށް ބޭރުގެ ސްކޮލަރޝިޕް އެއް

ޔޫޑަބްލިއުސީ އިން ދިވެހި 3 ދަރިވަރަކަށް ބޭރުގެ ސްކޮލަރޝިޕް އެއް

25 ސެޕްޓެމްބަރު 2025
ކޮންސްޓްރަކްޝަން އިންޑަސްޓްރީ ފޯރަމްގެ 3 ވަނަ އެޑިޝަން ކާމިޔާބުކަމާއެކު ނިންމާލައިފި

ކޮންސްޓްރަކްޝަން އިންޑަސްޓްރީ ފޯރަމްގެ 3 ވަނަ އެޑިޝަން ކާމިޔާބުކަމާއެކު ނިންމާލައިފި

02 ސެޕްޓެމްބަރު 2025
ރައީސް، ގަތަރުގައި ހުންނަ ދިވެހިރާއްޖޭގެ އެމްބަސީ އުފައްދަވައިފި

ރައީސް، ގަތަރުގައި ހުންނަ ދިވެހިރާއްޖޭގެ އެމްބަސީ އުފައްދަވައިފި

29 ޖޫން 2025
ޑިޕްލޮމެސީގެ ސިފައެއް ނެތް ރާއްޖޭގެ ޓޮޕް ޑިޕްލޮމެޓް

ޑިޕްލޮމެސީގެ ސިފައެއް ނެތް ރާއްޖޭގެ ޓޮޕް ޑިޕްލޮމެޓް

29 ޖެނުއަރީ 2025

އަހަރުތަކުން މިއަދު

11 މެއި
އިންޑިއާ އިން ދައްކަން ބޭނުންވި ގަދަފަދަކަން ފެނިގެން ދިޔައީ އޭގެ އިދިކޮޅެވެ!
20251 އަހަރު ކުރިން
ދުނިޔެ

އިންޑިއާ އިން ދައްކަން ބޭނުންވި ގަދަފަދަކަން ފެނިގެން ދިޔައީ އޭގެ އިދިކޮޅެވެ!

ކުޑައިރުގެ އެކުވެރިޔާ، ރައީސް ސާލިހުއާ އޮތް ގާތްގުޅުން ކަނޑާލުންވީ ފަސޭހަ ކަމަކަށް ނޫން: ރައީސް ނަޝީދު
20242 އަހަރު ކުރިން
ރާއްޖެ

ކުޑައިރުގެ އެކުވެރިޔާ، ރައީސް ސާލިހުއާ އޮތް ގާތްގުޅުން ކަނޑާލުންވީ ފަސޭހަ ކަމަކަށް ނޫން: ރައީސް ނަޝީދު

ފައިނަލްގެ ކުރިން އަލީ ވަހީދު: ހަތިޔާރު ހުރީ ތޫނުކޮށް، ތަށި ހޯދޭނެ
20233 އަހަރު ކުރިން
ކުޅިވަރު

ފައިނަލްގެ ކުރިން އަލީ ވަހީދު: ހަތިޔާރު ހުރީ ތޫނުކޮށް، ތަށި ހޯދޭނެ

ކީރިތި ކުރައްވަމުން އާޒިމާ: "މައްސަލައަށް 3 އަހަރުވީ، މިއީ 6 ވަނަ ފަނޑިޔާރު"
20224 އަހަރު ކުރިން
ރާއްޖެ

ކީރިތި ކުރައްވަމުން އާޒިމާ: "މައްސަލައަށް 3 އަހަރުވީ، މިއީ 6 ވަނަ ފަނޑިޔާރު"

ހަމަލާގެ ފަހުން ރައީސް ނަޝީދުގެ ފުރަތަމަ ބަސްފުޅު: ހެޔޮވެރިކަން ހޯދައިދިނުމުގައި ދެމިހުންނާނަން
20215 އަހަރު ކުރިން
ރާއްޖެ

ހަމަލާގެ ފަހުން ރައީސް ނަޝީދުގެ ފުރަތަމަ ބަސްފުޅު: ހެޔޮވެރިކަން ހޯދައިދިނުމުގައި ދެމިހުންނާނަން

ތޮއްޑޫއިން ކަރާގެ ތަފާތު މުޑުވަކެއް: ހުދު ކުލަ!
20197 އަހަރު ކުރިން
ރިޕޯޓު

ތޮއްޑޫއިން ކަރާގެ ތަފާތު މުޑުވަކެއް: ހުދު ކުލަ!

ވެރިމީހާ ގެއްލިގެން ހޯދި ސާމަރާ ދޫނި ފުލުހުން ހޯދައިދީފި
20188 އަހަރު ކުރިން
ރާއްޖެ

ވެރިމީހާ ގެއްލިގެން ހޯދި ސާމަރާ ދޫނި ފުލުހުން ހޯދައިދީފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު