Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެނަސްރުގެ ދުވަހުގެ ޕެރޭޑް

މިނިސްޓަރ މާރިޔާ އެދިވަޑައިގެންނެވީ އަސްކަރީ ޚިދުމަތާ ޒުވާނުން ކުރިމަތިލުމަށް

މިއަދު ގައުމަށް ކުރިމަތިލާންޖެހޭ ސަލާމަތީ ގޮންޖެހުންތައް ވަރަށް ގިނަ

ތޯހިރާ އަޒްހާރް
ތޯހިރާ އަޒްހާރް | 5 ނޮވެމްބަރު 2022 | ހޮނިހިރު 08:06
ޑިފެންސް މިނިސްޓަރ މާރިޔާ އަހުމަދު ދީދީ

ޑިފެންސް މިނިސްޓަރ މާރިޔާ އަހުމަދު ދީދީ

އަސްކަރީ ޚިދުމަތަށް ޒުވާނުން ކުރިމަތުލަށް ޑިފެންސް މިނިސްޓަރ މާރިޔާ އަހުމަދު ދީދީ އެދިވަޑައިގެންފިއެވެ.

މިނިސްޓަރ މާރިޔާ މިފަދައިން އެދިވަޑައިގެންނެވީ ނަސްރުގެ ދުވަހުގެ މުނާސަބަތުގައި ހުކުރު ދުވަހު ހދ. ކުޅުދުއްފުށީގައި ބޭއްވި ޕެރޭޑުއާއި ގުޅިގެން ވާހަކަފުޅުދައްކަވަމުންނެވެ. މިނިސްޓަރގެ ވާހަކަފުޅުގައިވަނީ ސިފައިންގެއަށް ތައުލީމީ ޒުވާނުންގެ ބޭނުން ވަރަށް ބޮޑުކަން ފާހަގަކުރައްވާފައެވެ.

Advertisement - newsAdvertisement

03 ނޮވެމްބަރުގެ އުދުވާނަކީ ފަހުގެ ތާރީޚެއްގައި ދިވެހިރާއްޖެއަށް ކުރިމަތިވި އެންމެ ނުރައްކާތެރި ހާދިސާކަމަށާއި، މިއަދު ޤައުމަށް ހުރި ސަލާމަތީ ގޮންޖެހުންތައް ވަރަށްވެސް ގިނަ ކަމަށް މިނިސްޓަރ ވިދާޅުވިއެވެ. އެކަންކަމާއި ކުރިމަތިލުމަށް މިއަދުގެ އަސްކަރިއްޔާ ބިނާކުރަމުންދާއިރު، އެއީ ދިވެހިންގެ ސަލާމަތާ ރައްކާތެރިކަމަށްޓަކައި ޤައުމީ ޚިދުމަތުގައި ތިބޭ ބައެއްކަން އަބަދުވެސް ހަނދާންކުރައްވަން މާރިޔާ ވަނީ ސިފައިންނަށް ނަސޭހަތްތެރިވެވަޑައިގެންފައެވެ.

މިނިސްޓަރ ވިދާޅުވީ ދިވެހި އަސްކަރިއްޔާ ހަރުދަނާކުރުމަށް 1988 ގެ ފަހުން ގިނަ މަސައްކަތްތަކެއް ކުރަން ފެށުނު ކަމަށެވެ. މިއަދުގެ ދިވެހި ސިފައިންނަކީ އެންމެ ޒަމާނީ ތަމްރީންތައް ފުރިހަމަކޮށްފައިވާ ބައެއް ކަމަށާއި، ސިފައިންނަށް ބޭނުންވާ ޒަމާނީ ހަތިޔާރާއި އާލާތްތައް ސަރުކާރުން ދަނީ ހޯދާދެމުން ކަމަށް މާރިޔާ ވިދާޅުވިއެވެ.

މިނިސްޓަރ ވިދާޅުވީ މިއަދު ރާއްޖޭގެ ކޯއްޓޭތަކުގައި ފެއްސާއި ރަތާއި ހުދުމުގެ ގައުމީ ދިދަ ވިހުރެމުން އެދަނީ ޝަހީދު ކޯޕްރަލް ޙުސައިން އާދަމް ފަދަ ބަޠަލުންގެ ޤައުމީ ފިދާގެ ހަނދާންތައް އާކޮށްދެއްމުން ކަމަށެވެ. މިނިސްޓަރގެ ވާހަކަފުޅު ނިންމަވާލައްވާފައިވަނީ ޝަހީދު ހުސެން އާދަމްގެ ފަޚުރުވެރި މައިންބަފައިންނާއި ޢާއިލާއަށް ދިވެހި ރައްޔިތުންގެ ޝުކުރު ރައްދުކުރައްވަމުންނެވެ.

ނަސްރުގެ ދުވަސްމިނިސްޓަރ އޮފް ޑިފެންސް, މާރިޔާ އަހުމަދު ދީދީ

އިތުރަށް ކިޔާލަން

03 ނޮވެމްބަރު 2024

މޫސާ އަލީ ޖަލީލަށް ނިޝާން އަސްކަރީގެ ވެރިކަމުގެ އިއްޒަތް އަރުވައިފި

03 ނޮވެމްބަރު 2024
މޫސާ އަލީ ޖަލީލަށް ނިޝާން އަސްކަރީގެ ވެރިކަމުގެ އިއްޒަތް އަރުވައިފި
03 ނޮވެމްބަރު 2024

ވެރިކަމާ ހަވާލުވީއްސުރެ ކޮންމެ ދުވަހެއްވެސް އަޅުގަނޑު ހޭދަ މިކުރަނީ ގައުމުގެ މިނިވަންކަން ހިމާޔަތް ކުރުމަށްޓަކައި: ރައީސް މުޢިއްޒު

03 ނޮވެމްބަރު 2024
ވެރިކަމާ ހަވާލުވީއްސުރެ ކޮންމެ ދުވަހެއްވެސް އަޅުގަނޑު ހޭދަ މިކުރަނީ ގައުމުގެ މިނިވަންކަން ހިމާޔަތް ކުރުމަށްޓަކައި: ރައީސް މުޢިއްޒު
03 ނޮވެމްބަރު 2024

ސިޔާސީ ކަންކަމަށް ވުރެ ޤައުމީ އުސޫލުތަކަށް އަބަދުވެސް އިސްކަން ދޭން ވާނެ - ރައީސް މައުމޫން

03 ނޮވެމްބަރު 2024
ސިޔާސީ ކަންކަމަށް ވުރެ ޤައުމީ އުސޫލުތަކަށް އަބަދުވެސް އިސްކަން ދޭން ވާނެ - ރައީސް މައުމޫން
03 ނޮވެމްބަރު 2024

ނަޞްރުގެ ދުވަހުގެ އަސްކަރީ ހުށަހެޅުމުގެ ޙަރަކާތް ރައީސްގެ ދެކަނބަލުން ބައްލަވާލައްވައިފި

03 ނޮވެމްބަރު 2024
ނަޞްރުގެ ދުވަހުގެ އަސްކަރީ ހުށަހެޅުމުގެ ޙަރަކާތް ރައީސްގެ ދެކަނބަލުން ބައްލަވާލައްވައިފި
11 މެއި 2024

ފާޑުކިޔުންތަކުން އަޑުކަނޑުވައެއް ނުލެވޭނެ: މާރިޔާ

11 މެއި 2024
ފާޑުކިޔުންތަކުން އަޑުކަނޑުވައެއް ނުލެވޭނެ: މާރިޔާ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު