Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ޝިހާބު މަރާލި މައްސަލަ

ރަހުމްކުޑަގޮތަކަށް މުހައްމަދު ޝިހާބު މަރާލި މައްސަލަ ކްރިމިނަލް ކޯޓުން އަލުން ބެލުމަށް ހައިކޯޓުން ހުކުމްކޮށްފި

ޖިނާއީ ކޯޓުން 2006 ވަނަ އަހަރު ޙުކުމްކޮށްފައިވަނީ، ޤަސްދުގައި މީހަކު މަރާލުމުގެ ކުށް މި 4 މީހުންގެ މައްޗަށް ސާބިތުވާކަމަށް ކަނޑައަޅައި މި 4 މީހުން މެރުމަށް

ޙުސައިން މަޚްތޫމް
ޙުސައިން މަޚްތޫމް, ރާއްޖެ އެމްވީ | 4 ނޮވެމްބަރު 2022 | ހުކުރު 09:08
ހައި ކޯޓުން ވަނީ މުހައްމަދު ޝިހާބު މަރާލި މައްސަލަ އަލުން ބެލުމަށް ހުކުމްކޮށްފައި

ހައި ކޯޓުން ވަނީ މުހައްމަދު ޝިހާބު މަރާލި މައްސަލަ އަލުން ބެލުމަށް ހުކުމްކޮށްފައި

ގއ. ވިލިނގިލި ކަނޑުއޮޅި މުހައްމަދު ޝިހާބު 2006 ވަނަ އަހަރުގެ ޖުލައި މަހުގެ 14 ވަނަ ދުވަހު ރަހުމުކުޑަގޮތަކަށް މަރާލި މައްސަލައިގައި ހައިކޯޓުން އެ މައްސަލައިގައި ހިމެނޭ މީހުންގެ މައްސަލަ އަލުން ބެލުމަށް ކްރިމިނަލް ކޯޓަށް އެންގުމުން އެ މައްސަލަ ކުރިއަށްގެންދާނެ ތަނެއް ނެތްކަމަށް ކަނޑައެޅި މައްސަލަ އަލުން ބެލުމަށް ހައިކޯޓުން ކްރިމިނަލް ކޯޓުގެ މައްޗަށް ހުކުމްކޮށްފިއެވެ.

މި މައްސަލައަކީ ގއ. ވިލިނގިލި ކަނޑުއޮޅި މުހައްމަދު ޝިހާބު 2006 ވަނަ އަހަރުގެ ޖުލައި މަހުގެ 14 ވަނަ ދުވަހު ގއ. މާމެންދޫއަށް ގޮސް އެރަށު އެރަށު އަތިރިފިނިވާގޭގައި ހުއްޓާ، އެގެއަށް ވަދެ، މުޙައްމަދު ޝިހާބުގެ ގައިގައި ލަކުޑި ފަތިބުރިތަކަކުންނާއި، އެމީހުންގެ އަތުންނާއި ފައިން ތަޅާ މާރާމާރީ ހިންގާފައިވާތީއާއި، މިމާރާމާރީގައި ލިބުނު ގެއްލުމަށް ފަރުވާ ކުރަމުންދަނިކޮށް، 17 ޖުލައި 2006 ވަނަ ދުވަހު މުޙައްމަދު ޝިހާބު ނިޔާވެފައިވާތީ، މި މައްސަލައިގައި ދައުވާ އުފުލި ގއ. މާމެންދޫ، ތަރިވިދާގެ، މުޙައްމަދު ޤާސިމް އާއި ގއ. މާމެންދޫ، ޖަވާހިރުވާދީ، ފަރިޔާޝް އަޙްމަދު އާއި މިޤަޟިއްޔާގައި އިސްތިއުނާފު ރައްދުވާ ޢަލީ މަސްޢޫދު ސަޢީދުއާއި، މުޙައްމަދު ޝަފްރާޒް، މި 4 މީހުންގެ މައްޗަށް ދައުލަތުގެ ޕްރޮސިކިއުޓަރ ޖެނެރަލްގެ ފަރާތުން ޤަސްދުގައި މީހަކު މަރާލުމުގެ ކުށުގެ ދަޢުވާ ިނާއި ކޯޓުގައި އުފުލާފައިވާ މައްސަލައެކެވެ.

Advertisement - newsAdvertisement

ޖިނާއީ ކޯޓުން 2006 ވަނަ އަހަރު ޙުކުމްކޮށްފައިވަނީ، ޤަސްދުގައި މީހަކު މަރާލުމުގެ ކުށް މި 4 މީހުންގެ މައްޗަށް ސާބިތުވާކަމަށް ކަނޑައަޅައި މި 4 މީހުން މެރުމަށެވެ.

ނަމަވެސް މި ޤަޟިއްޔާ މި 4 މީހުންގެ ފަރާތުންވެސް ދިވެހިރާއްޖޭގެ ހައިކޯޓުގައި އިސްތިއުނާފުކުރިއެވެ. އެންމެ ފުރަތަމަ ހުށަހެޅުނު އިސްތިއުނާފަކީ މުޙައްމަދު ޤާސިމްގެ ފަރާތުން ޖިނާއީ ކޯޓުގެ ޤަޟިއްޔާ އިސްތިއުނާފުކުރުމަށް ހުށަހެޅިއެވެ. އެ ޤަޟިއްޔާގައި ޙުކުމްކޮށްފައިވަނީ ޖިނާއީ ކޯޓުގެ ޤަޟިއްޔާގެ ޙުކުމް ބާޠިލްކޮށް ހައިކޯޓުގެ ޤަޟިއްޔާގައި ކަނޑައެޅުނު އުސޫލުތަކާ އެއްގޮތަށް މުޙައްމަދު ޤާސިމްގެ ބައި އަލުން ބެލުމަށް ކްރިމިނަލް ކޯޓަށް ތަޙްވީލުކުރުމަށެވެ.

އެއަށްފަހު ފަރިޔާޝް އަޙްމަދުގެ ފަރާތުން ވެސް ޖިނާއީ ކޯޓުގެ ޤަޟިއްޔާ އިސްތިއުނާފުކުރުމަށް ދިވެހިރާއްޖޭގެ ހައިކޯޓަށް މައްސަލަ ހުށަހެޅިއެވެ. އެ ހައިކޯޓުގެ އެ ޤަޟިއްޔާގައި ޙުކުމްކޮށްފައިވަނީ ޖިނާއީ ކޯޓުގެ ޤަޟިއްޔާގެ ޙުކުމުގައި ފަރިޔާޝް އަޙްމަދުގެ މައްޗަށް ކުށް ސާބިތުވާކަމަށް ކަނޑައަޅާ އަދަބު ކަނޑައަޅާފައިވާ ބައި ބާޠިލްކުރުމަށެވެ.

އަދި އޭގެފަހުން ޢަލީ މަސްޢޫދު ސަޢީދު އާއި މުޙައްމަދު ޝިފްރާޒްގެ ފަރާތުން ޖިނާއީ ކޯޓުގެ 2006 ވަނަ އަހަރުގެ ޤަޟިއްޔާ އިސްތިއުނާފުކުރުމަށް ދިވެހިރާއްޖޭގެ ހައިކޯޓަށް 2019 ވަނަ އަހަރު ޤަޟިއްޔާގައި ހުށަހެޅުމުން ޖިނާއީ ކޯޓުގެ 2006 ވަނަ އަހަރުގެ ޤަޟިއްޔާގައި ޢަލީ މަސްޢޫދު ސަޢީދު އާއި މުޙައްމަދު ޝިފްރާޒްގެ މައްޗަށް ކަނޑައަޅާފައިވާ ޙުކުމް ބާޠިލްކޮށް، އެ ޤަޟިއްޔާގައި ކަނޑައެޅިފައިވާ އުސޫލުތަކަށް ރިޢާޔަތްކޮށް މިދެފަރާތުގެ މައްޗަށް ހުށަހެޅުނު ދަޢުވާ އަލުން ބެލުމަށް ކްރިމިނަލް ކޯޓަށް ތަޙްވީލުކުރެވުނެވެ.

2006 ވަނަ އަހަރުގެ ޤަޟިއްޔާ އަލުން ބެލުމަށް ކްރިމިނަލް ކޯޓުގެ މައްޗަށް ހުކުމް ކުރުމުން، އެ ކޯޓުން 2019 ވަނަ އަހަރު ބެލި ޤަޟިއްޔާއިން ނިންމާފައިވަނީ ޝަރީޢަތަށް ހުށަހެޅިފައިވާ 5 ހެކީންގެ ހެކިބަސް ވަޒަންކޮށް އެހެކިބަހުގެ މައްޗަށް ރިޢާޔަތްކުރިއިރު، އެމީހުންގެ ހެކިބަހުގެ ބަޔާންތަކުގައި ބޮޑެތި ފުށުއެރުންތަކެއް ހުރިކަން އެއްވެސް އޮޅުމެއްނެތް މިންވަރަށް އެނގޭތީ، މިދަޢުވާ ޔަޤީނާ ގާތްކުރާ މިންވަރަށް އެއްވެސް ޝުބުހާއެއްނެތި ޝަރީޢަތަށް ސާބިތުވާވަރުގެ ކާފީ ހެކި ލިބިފައިނުވާތީ، ދައުލަތުން ގއ.މާމެންދޫ / ޕިންކްލައިޓު މުޙައްމަދު ޝިފްރާޒްއާއި، ގއ.މާމެންދޫ / މާސް ގުލިސްތާނުގެ ޢަލީ މަސްޢޫދު ސަޢީދުގެ މައްޗަށްކުޅަ ޤަޞްދުގައި މީހަކު މަރާލުމުގެ ކުށުގެ މިދަޢުވާ އިތުރަށް ކުރިޔަށް ގެންދާނެ ތަނެއް ނެތްކަމަށް ކަނޑައަޅައި، ޙުކުމްކޮށް، މިޤަޟިއްޔާ ނިންމީ ކަމަށެވެ.

ކްރިމިނަލް ކޯޓުގެ 2019 ވަނަ އަހަރުގެ ޤަޟިއްޔާ އިސްތިއުނާފުކުރަމުން ޕްރޮސިކިއުޓަރ ޖެނެރަލްގެ ފަރާތުން އަންނަނިވި 4 ނުކުތާއެއް އަލުން ހައިކޯޓަށް ހުށަހަޅާފައި ވެއެވެ.

ފުރަތަމަ ނުކުތާ އަކީ: ޖިނާއީ އިޖުރާއަތުގެ ޤާނޫނުގެ 351 ވަނަ މާއްދާއާ ޚިލާފަށް ކްރިމިނަލް ކޯޓުގެ 2019 ވަނަ އަހަރުގެ ޤަޟިއްޔާ ނިންމާފައިވާ ކަމަށް ބުނެ ފާހަގަކުރި ނުކުތާއެވެ.

ދެވަނަ ނުކުތާ އަކީ: ޖިނާއީ އިޖުރާއަތުގެ ޤާނޫނުގެ 83 ވަނަ މާއްދާއާ ޚިލާފަށް ކްރިމިނަލް ކޯޓުގެ 2019 ވަނަ އަހަރުގެ ޤަޟިއްޔާ ނިންމާފައިވާ ކަމަށް ބުނެ ފާހަގަކުރި ނުކުތާއެވެ. 

ތިންވަނަ ނުކުތާ އަކީ: ކުށުގެ މާއްދީ ރުކުން ސާބިތުވާކަމަށް ނިން މާފައިވާއިރު، ކުށުގެ ނިޔަތް ސާބިތުނުވާކަމަށް ކްރިމިނަލް ކޯޓުގެ 2019 ވަނަ އަހަރުގެ ޤަޟިއްޔާ ނިންމާފައިވާ ކަމަށް ބުނެ ފާހަގަކުރި ނުކުތާއެވެ. 

ހަތަރުވަނަ ނުކުތާ އަކީ: މައްސަލަ ސާބިތުކުރުމަށް ދައުލަތުން ހުށަހަޅާފައިވާ ޤަރީނާތަކަށް ރިޢާޔަތް ނުކޮށް ކްރިމިނަލް ކޯޓުގެ 2019 ވަނަ އަހަރުގެ ޤަޟިއްޔާ ނިންމާފައިވާ ކަމަށް ބުނެ ފާހަގަކުރި ނުކުތާއެވެ.

މި މައްސަލައިގައި ޖިނާއީ ކޯޓުގެ 2006 ވަނަ އަހަރުގެ ޤަޟިއްޔާ ދިވެހިރާއްޖޭގެ ހައިކޯޓުގައި މުޙައްމަދު ޝިފްރާޒް އާއި ޢަލީ މަސްޢޫދު ސަޢީދުގެ ފަރާތުން އިސްތިއުނާފުކުރުމުން 2019 ވަނަ އަހަރު ހައިކޯޓުގެ ޤަޟިއްޔާއިން މައްސަލަ ބަލައި، އެމައްސަލައިގެ ޙުކުމް ބާޠިލްކޮށް، ކްރިމިނަލް ކޯޓަށް މައްސަލަ ތަޙްވީލުކުރެވުނެވެ. އެފަދައިން މައްސަލަ ތަޙްވީލުކުރެވުނީ މައިގަނޑު 2 އަސާސްގެ މައްޗަށް ބިނާކޮށެވެ.

އެއީ ދައުލަތުން ހުށަހެޅި ހެކިންގެ ތެރެއިން އިބްރާހީމް ނާޒިމް، މުޙައްމަދު ޖިހާދު އަދި ޙުސައިން ސަޢީދު އާ ދިފާޢުން ސުވާލުކުރުމުގެ ފުރުޞަތުދިނުން އަދި ދިފާއީ ހެކި ހުށަހަޅަން ބޭނުންވާނަމަ އެފަދައިން ހެކި ހުށަހެޅުމުގެ ފުރުޞަތު ދިނުމަށެވެ.

ހައިކޯޓަށް އިސްތިއުނާފަށް ހުށަހެޅި މައްސަލައިގައި ނިންމަން ފެންނަ ގޮތުގައި ބުނެފައިވަނީ މި މައްސަލައިގައި ފާހަގަކުރެވުނު ކަންކަން އެހެން ހުރުމުން، ކްރިމިނަލް ކޯޓުގެ 2019 ވަނަ އަހަރުގެ ޤަޟިއްޔާގެ ޙުކުމް ބާޠިލްކޮށް، ޖިނާއީ ކޯޓުގެ 2006 ވަނަ އަހަރުގެ ޤަޟިއްޔާ އިސްތިއުނާފުކުރުމަށް ހުށަހެޅުމުން ބެލި ދިވެހިރާއްޖޭގެ ހައިކޯޓުގެ 2019 ވަނަ އަހަރުގެ ޤަޟިއްޔާގައި ކަނޑައެޅުނު ތަރަހައިގެ ތެރެއިން މައްސަލަ އަލުން ބެލުމަށް ޤާނޫނު ނަންބަރު ދިވެހިރާއްޖޭގެ ކޯޓުތަކުގެ ޤާނޫނުގެ 16 ވަނަ މާއްދާގެ (ށ) ގެ ދަށުން ކްރިމިނަލް ކޯޓަށް މި މައްސަލަ ތަޙްވީލުކުރުމަށް ފެންނަ ކަމަށެވެ.

މި މައްސަލައިގެ ހުކުމްގައި ބުނެފައިވަނީ ފާހަގަކުރެވުނު ނުކުތާތަކުގައި ބަޔާންކުރެވުނު ކަންކަން އެގޮތުގެ މަތިން ހުރުމުން، ކްރިމިނަލް ކޯޓުގެ 2019 ވަނަ އަހަރުގެ ޤަޟިއްޔާގެ ހުކުމް މި މައްސަލަ ދިވެހިރާއްޖޭގެ ހައިކޯޓުގައި ބެލި ފަނޑިޔާރުންގެ މަޖިލީހުގެ އިއްތިފާގުން ބާތިލްކޮށް، ޖިނާއީ ކޯޓުގެ 2006 ވަނަ އަހަރުގެ ޤަޟިއްޔާ އިސްތިއުނާފުކުރުމަށް ހުށަހެޅުމުން ބެލި ދިވެހިރާއްޖޭގެ ހައިކޯޓުގެ 2019 ވަނަ އަހަރުގެ ޤަޟިއްޔާގައި ކަނޑައެޅުނު ތަރަހައިގެ ތެރެއިން މައްސަލަ އަލުން ބެލުމަށް ދިވެހިރާއްޖޭގެ ކޯޓުތަކުގެ ގާނޫނުގެ 46 ވަނަ މައްދާގެ (ށ) ގެ ދަށުން ކްރިމިނަލް ކޯޓަށް މި މައްސަލަ ތަޙްވީލްކޮށް، މިގޮތުގެ މަތިން ހުކުމް ކުރާ ކަމަށެވެ.

ހައި ކޯޓުކްރިމިނަލް ކޯޓްގއ. ވިލިނގިލިގއ. މާމެންދޫ

ކޮމެންޓް

އިތުރަށް ކިޔާލަން

މަސްވެރިންގެ ސުލްހަވެރި އިހްތިޖާޖުން ހައްޔަރު ކުރި ފަރާތްތަކުގެ ބަންދުގެ މުއްދަތު އިތުރުކުރީ ސަރުކާރުގެ ނުފޫޒުން: އެމްޑީޕީ

މަސްވެރިންގެ ސުލްހަވެރި އިހްތިޖާޖުން ހައްޔަރު ކުރި ފަރާތްތަކުގެ ބަންދުގެ މުއްދަތު އިތުރުކުރީ ސަރުކާރުގެ ނުފޫޒުން: އެމްޑީޕީ

13 ޑިސެމްބަރު 2025
މެންބަރު މައުރޫފް ގެ ބަންދަށް 5 ދުވަސް ޖަހައިފި

މެންބަރު މައުރޫފް ގެ ބަންދަށް 5 ދުވަސް ޖަހައިފި

12 ޑިސެމްބަރު 2025
މަސްވެރިކަމުގެ ވަޒީރު ޝިޔާމް އިސްތިއުފާ އަށް ގޮވާލައިފި

މަސްވެރިކަމުގެ ވަޒީރު ޝިޔާމް އިސްތިއުފާ އަށް ގޮވާލައިފި

12 ޑިސެމްބަރު 2025
ދިފާޢީ ވަކީލުންގެ ގޮތުގައި މަސައްކަތް ކުރާ ފަރާތްތަކަށް ނިސްބަތް ކޮށް އަސާސެއް ނެތް ތުހުމަތުތައް ނުކުރުމަށް ބާރ ކައުންސިލުން އިލްތިމާސްކޮށްފި

ދިފާޢީ ވަކީލުންގެ ގޮތުގައި މަސައްކަތް ކުރާ ފަރާތްތަކަށް ނިސްބަތް ކޮށް އަސާސެއް ނެތް ތުހުމަތުތައް ނުކުރުމަށް ބާރ ކައުންސިލުން އިލްތިމާސްކޮށްފި

12 ޑިސެމްބަރު 2025
ދިގަލި އާއި އާއްޓެ، ސިނގިރެޓް ވަގަށް ނެގުމުގައި އަމަލީ ގޮތުން ބައިވެރިވެފައި ނުވާ ކަމަށް ބުނެ ޝަރުތުކޮށްފައި ބަންދުން ދޫކޮށްލައިފި

ދިގަލި އާއި އާއްޓެ، ސިނގިރެޓް ވަގަށް ނެގުމުގައި އަމަލީ ގޮތުން ބައިވެރިވެފައި ނުވާ ކަމަށް ބުނެ ޝަރުތުކޮށްފައި ބަންދުން ދޫކޮށްލައިފި

11 ޑިސެމްބަރު 2025

އަހަރުތަކުން މިއަދު

22 ޖެނުއަރީ
ސަރުކާރުގެ ސުޕަރމެޖޯރިޓީ އޮތް މަޖިލިސް ދެފަޅިވެ، ދެ ފެކްޝަނަކަށް ބެހިގެން ދަނީއެވެ.
20251 އަހަރު ކުރިން
ރާއްޖެ

ސަރުކާރުގެ ސުޕަރމެޖޯރިޓީ އޮތް މަޖިލިސް ދެފަޅިވެ، ދެ ފެކްޝަނަކަށް ބެހިގެން ދަނީއެވެ.

ރޯދަ މަހު އިންތިޚާބުތައް ނުބޭއްވޭގޮތަށް ގާނޫނަށް އިސްލާހު ހުށަހަޅައިފި
20242 އަހަރު ކުރިން
ރާއްޖެ

ރޯދަ މަހު އިންތިޚާބުތައް ނުބޭއްވޭގޮތަށް ގާނޫނަށް އިސްލާހު ހުށަހަޅައިފި

އަމާޒަށް ދުނި ޖެހުމުގައި އަތީރުގެ ސާބިތުކަން ކަސިޔާރުވުމެއް ނެތް
20233 އަހަރު ކުރިން
ތަފާތު ޚަބަރު

އަމާޒަށް ދުނި ޖެހުމުގައި އަތީރުގެ ސާބިތުކަން ކަސިޔާރުވުމެއް ނެތް

އަދާލަތު ޕާޓީގެ އިސްސަފުގައި، އިޔާޒާއި ޒައިދުގެ ބަހެއް ނުވިކުނު
20224 އަހަރު ކުރިން
ރާއްޖެ

އަދާލަތު ޕާޓީގެ އިސްސަފުގައި، އިޔާޒާއި ޒައިދުގެ ބަހެއް ނުވިކުނު

ފައިސާއަށް ފާރިޝް ހިޔާނާތްތެރިވީ ކަމަށް ވިދާޅުވެ ދިޔާނާ ފުލުހަށް
20215 އަހަރު ކުރިން
ރާއްޖެ

ފައިސާއަށް ފާރިޝް ހިޔާނާތްތެރިވީ ކަމަށް ވިދާޅުވެ ދިޔާނާ ފުލުހަށް

އީސީގެ މެމްބަރުންގެ އިތުބާރު ނެތް ކަމުގެ މައްސަލައެއް މަޖިލީހަށް ވައްދަނީ!
20197 އަހަރު ކުރިން
ރާއްޖެ

އީސީގެ މެމްބަރުންގެ އިތުބާރު ނެތް ކަމުގެ މައްސަލައެއް މަޖިލީހަށް ވައްދަނީ!

ޓެކްސީ ޑްރައިވަރުންނަށް ކޮމާންޑު ކުރުމުގައި ފުރާވަރު އަންހެން ކުއްޖެއް!
20188 އަހަރު ކުރިން
ރިޕޯޓު

ޓެކްސީ ޑްރައިވަރުންނަށް ކޮމާންޑު ކުރުމުގައި ފުރާވަރު އަންހެން ކުއްޖެއް!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު