Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެޓްރަމްޕް އެމެރިކާގެ ރިޔާސީ އިންތިޚާބަށް

ޓްރަމްޕް އަނެއްކާވެސް ރިޔާސީ އިންތިޚާބުގައި ވާދަކުރައްވާނެ ކަމުގެ އިޝާރާތެއް ދެއްވައިފި

ވަރަށް އަވަހަށް އުފާވެރި ޚަބަރު އާއްމުންނަށް ލިބިގެންދާނެ ކަމަށް ވިދާޅުވި

އިދުހާމް ނަޢީމް
އިދުހާމް ނަޢީމް | 4 ނޮވެމްބަރު 2022 | ހުކުރު 06:28
ރެލީއެއްގައި ޓްރަމްޕް ވާހަކަފުޅުދައްކަވަނީ

ރެލީއެއްގައި ޓްރަމްޕް ވާހަކަފުޅުދައްކަވަނީ

އެމެރިކާގެ ރިޔާސީ އިންތިޚާބުގައި އަނެއްކާވެސް ވާދަ ކުރައްވާނެ ކަމުގެ އިޝާރާތެއް އެ ޤައުމުގެ ކުރީގެ ރައީސް ޑޮނަލްޑް ޓްރަމްޕް ދެއްވައިފިއެވެ.

އެ ޤައުމުގައި މިހާރު ކުރިއަށްދާ މިޑް ޓާމް އިންތިޚާބުގެ ރެލީއެއްގައި އެމެރިކާގެ އައޮވާ އަށް ވަޑައިގެން ދެއްކެވި ވާހަކަފުޅުގައި ޓްރަމްޕް ވިދާޅުވީ އެމެރިކާ އަނެއްކާ ވެސް ކާމިޔާބު އަދި ރައްކާތެރި ޤައުމަކަށް ހެދުމަށް އަދިވެސް އެއް ފަހަރު ވެރިކަމަށް ވަޑައިގަތުމުގެ ފުރުސަތު އެބައޮތް ކަމަށެވެ. މިއީ 2024 ވަނަ އަހަރު އޮންނަ އެ ޤައުމުގެ ރިޔާސީ އިންތިޚާބުގައި ވާދަކުރައްވާނެ ކަމުގެ މިފަދަ ސީދާ އިޝާރާތެއް ޓްރަމްޕް ދެއްވި ފުރަތަމަ ފަހަރެވެ.

އިންތިޚާބުގައި ވާދަކުރައްވާނެ ކަމުގެ އިޝާރާތެއް ދެއްވުމުގެ އިތުރުން ޓްރަމްޕް ވަނީ ވަރަށް އަވަހަށް އުފާވެރި ޚަބަރު އާއްމުންނަށް ލިބިގެންދާނެ ކަމަށް ވެސް ވިދާޅުވެފައެވެ.

ޓްރަމްޕްގެ ކުރިގެ ސީނިއަރ ކައުންސެލަރު ކެލްޔޭން ކޮންވޭ ވެސް ވަނީ ޓްރަމްޕް ރިޔާސީ އިންތިޚާބުގައި ވާދަކުރައްވާނެ ކަމަށް ވިދާޅުވެފައެވެ. ނަމަވެސް އެކަން ރަސްމީކޮށް އިއުލާން ކުރައްވާނީ އަންނަ އަންގާރަ ދުވަހު ބާއްވާ މިޑްޓާމް އިންތިޚާބަށްފަހު ކަމަށް އޭނާ ވިދާޅުވިއެވެ.

މިޑްޓާމް އިންތިޚާބުގައި އެމެރިކާގައި ވޯޓުލުން ކުރިއަށްދަނީ އެ ޤައުމުގެ ހައުސް އޮފް ރެޕްރެޒެންޓެޓިވްސް އަދި ހައުސް އޮފް ސެނެޓްގެ މެމްބަރުން ހޮވުމަށެވެ. މި އިންތިޚާބުގައި ރިޕަބްލިކަން ޕާޓީން ވަދަކުރާ ކެންޑިޑޭޓުން ހޮވައި ކޮންގްރެސްގެ ފުރިހަމަ އަގުލަބިއްޔަތު ހޯދައި ހައުސް އޮފް ރެޕްރެޒެންޓެޓިވްސްގެ މިހާރުގެ ރައީސް، ނޭންސީ ޕެލޯސީގެ ކެރިއަރ އަބަދަށް ނިންމާލުމަށް ޓްރަމްޕް ވަނީ ގޮވާލައްވާފައެވެ.

ޓްރަމްޕް ގެންދަވަނީ އިންތިޚާބުގެ ރެލީތަކުގެ މިހާރުގެ ރައީސް ޖޯ ބައިޑެން އަށް ވެސް ފާޑުވިދާޅުވަމުންނެވެ. އެގޮތުން ބައިޑެންއަކީ މިހާތަނަށް އެމެރިކާ ދުށް އެންމެ ނާގާބިލު ރައީސް ކަމަށާއި އެމަނިކުފާނަކީ ޤައުމު ހިންގޭވަރުގެ ބޭފުޅެއް ނޫންކަމަށް ޓްރަމްޕް ވަނީ ވިދާޅުވެފައެވެ.

ޑޮނަލްޑް ޓްރަމްޕް

އިތުރަށް ކިޔާލަން

11 ޑިސެމްބަރު 2025

ޓްރަމްޕްގެ ގޯލްޑް ކާޑު ހޯދަން އެއް މިލިއަން ޑޮލަރު ބޭނުންވޭ

11 ޑިސެމްބަރު 2025
ޓްރަމްޕްގެ ގޯލްޑް ކާޑު ހޯދަން އެއް މިލިއަން ޑޮލަރު ބޭނުންވޭ
11 ޑިސެމްބަރު 2025

މެކްރޮން، ސްޓާމާ އަދި މާޒް، ޔުކްރެއިންގެ މައްސަލައާ ގުޅޭ ގޮތުން ޓްރަމްޕްއާ މަޝްވަރާ ކުރައްވައިފި

11 ޑިސެމްބަރު 2025
މެކްރޮން، ސްޓާމާ އަދި މާޒް، ޔުކްރެއިންގެ މައްސަލައާ ގުޅޭ ގޮތުން ޓްރަމްޕްއާ މަޝްވަރާ ކުރައްވައިފި
09 ޑިސެމްބަރު 2025

އިސްލާޙު ކޮށްފައިވާ ސުލްޙައިގެ ޕްލޭން، އެމެރިކާއާ ހިއްސާ ކުރާނެ ކަމަށް ޒެެލެންސްކީ ވިދާޅުވެއްޖެ

09 ޑިސެމްބަރު 2025
އިސްލާޙު ކޮށްފައިވާ ސުލްޙައިގެ ޕްލޭން، އެމެރިކާއާ ހިއްސާ ކުރާނެ ކަމަށް ޒެެލެންސްކީ ވިދާޅުވެއްޖެ
09 ޑިސެމްބަރު 2025

ހެގްސެތުގެ ދަތުރުފަތުރު ބަޖެޓުގެ 75 އިންސައްތަ ހިފެހެއްޓުމަށް ކޮންގްރެސް އިން ނިންމަނީ

09 ޑިސެމްބަރު 2025
ހެގްސެތުގެ ދަތުރުފަތުރު ބަޖެޓުގެ 75 އިންސައްތަ ހިފެހެއްޓުމަށް ކޮންގްރެސް އިން ނިންމަނީ
09 ޑިސެމްބަރު 2025

އެމެރިކާގެ ހުށަހެޅުން ޒެލެންސްކީ ވިދާޅުވެފައި ނެތުމުން، ޓްރަމްޕް ހިތްހަމަ ނުޖެހިއްޖެ

09 ޑިސެމްބަރު 2025
އެމެރިކާގެ ހުށަހެޅުން ޒެލެންސްކީ ވިދާޅުވެފައި ނެތުމުން، ޓްރަމްޕް ހިތްހަމަ ނުޖެހިއްޖެ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު