Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުލައިޕްޒިގް

ޓިމޯ ވާނާއަށް އަނިޔާވެ ކުޅުމާ ދުރަށް

މެޑިކަލް ޓެސްޓުތަކުން ދައްކާގޮތުގައި ވާނާގެ ވާއަތު ފައިގެ ކަކުލުގެ ލިގަމެންޓަށް ވަނީ އަނިޔާވެފައި

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 3 ނޮވެމްބަރު 2022 | ބުރާސްފަތި 15:43
ޓިމޯ ވާނާއަށް އަނިޔާވުން

ޓިމޯ ވާނާއަށް އަނިޔާވުން

އާރްބީ ލައިޕްޒިގަށް ކުޅެމުން އަންނަ ޖަރުމަނުގެ ފޯވާޑް ޓިމޯ ވާނާއަށް އަނިޔާވެ ކުޅުމާ ދުރަށް ދާން ޖެހިއްޖެއެވެ.

ވާނާއަށް އަނިޔާވެފައިވަނީ ޔުއެފާ ޗެމްޕިއަންސް ލީގުގައި ލައިޕްޒިގުން ޝަޚްތަރު ޑޮނެސްކާ ދެކޮޅަށް ކުޅުނު މެޗުގައެވެ. މެޗުގައި ވާނާއަށް ލިބުނު އަނިޔާއާ ގުޅިގެން ބުރާސްފަތި ދުވަހު ވަނީ އިތުރު މެޑިކަލް ޓެސްޓުތައް ކުރިއަށް ގެންގޮސްފައެވެ. މެޑިކަލް ޓެސްޓުތަކުން ދައްކާގޮތުގައި ވާނާގެ ވާއަތު ފައިގެ ކަކުލުގެ ލިގަމެންޓަށް ވަނީ އަނިޔާވެފައެވެ. އަނިޔާގެ ސަބަބުން އަހަރުގެ ބާކީ ބައި އެއްކޮށް ވާނާ ހުންނަން ޖެހޭނީ ކުޅުމާ ދުރުގައެވެ. އެހެންކަމުން މި މަހުގެ 20 ވަނަ ދުވަހު ފަށާ ވޯލްޑް ކަޕުންވެސް ވާނާ ނުފެންނާނެއެވެ. ވާނާއަކީ ޖަރުމަނުގެ ގައުމީ ޓީމުގައި ހިމެނޭ މުހިންމު ކުޅުންތެރިޔެކެވެ.

ޕްރިމިއަރ ލީގުގެ ޗެލްސީ ދޫކޮށް ވާނާ ލައިޕްޒިގަށް ބަދަލުވީ މި ސީޒަންގައެވެ. ޗެލްސީގައިވެސް އޭނާ މޮޅު ކުޅުމެއް ދެއްކިއިރު، ލައިޕްޒިގުގައިވެސް އަންނަނީ އެ ކުޅުން ތަކުރާރު ކުރަމުންނެވެ. ވާނާ ވަނީ މިހާތަނަށް ލައިޕްޒިގަށް ކުޅެދިން 16 މެޗުގައި ނުވަ ލަނޑު ޖަހާފައެވެ. މި ސީޒަނުގެ ޖަރުމަނު ލީގުގައި ލައިޕްޒިގުން ހޯދަމުން އަންނަ މޮޅުވުންތަކުގައި ވާނާގެ ދައުރު ބޮޑެވެ. ދެ ވަނަ ފަހަރަށް ވާނާ ލައިޕްޒިގަށް ބަދަލުވީ ހަތަރު އަހަރުގެ އެއްބަސްވުމެއްގެ ދަށުންނެވެ.

ޖަރުމަނުގެ ގައުމީ ޓީމަށް ވާނާ ކުޅެން ފެށީ 2017 ވަނަ އަހަރުއެވެ. އޭގެ ފަހުން އޭނާ ވަނީ ގައުމީ ޓީމަށް ކުޅެދިން 55 މެޗުގައި 14 ލަނޑު ޖަހާފައެވެ.

ޓިމޯ ވާނާއާރްބީ ލައިޕްޒީގްޖަރުމަނު

އިތުރަށް ކިޔާލަން

18 ނޮވެމްބަރު 2025

ހަތަރު ފަހަރު މުބާރާތް ކާމިޔާބު ކޮށްފައިވާ ޖަރުމަނު އަންނަ އަހަރުގެ ވޯލްޑްކަޕަށް

18 ނޮވެމްބަރު 2025
ހަތަރު ފަހަރު މުބާރާތް ކާމިޔާބު ކޮށްފައިވާ ޖަރުމަނު އަންނަ އަހަރުގެ ވޯލްޑްކަޕަށް
06 ނޮވެމްބަރު 2025

މަސައްކަތް ލުއި ކުރަން ގިނަ އަދަދެއްގެ ބަލިމީހުން މެރި ނަރުހަކު އުމުރަށް ޖަލަށް ލާން ހުކުމް ކޮށްފި

06 ނޮވެމްބަރު 2025
މަސައްކަތް ލުއި ކުރަން ގިނަ އަދަދެއްގެ ބަލިމީހުން މެރި ނަރުހަކު އުމުރަށް ޖަލަށް ލާން ހުކުމް ކޮށްފި
06 އޮކްޓޯބަރު 2025

ޓްރަމްޕްގެ ޕްލޭން އަކީ ޣައްޒާ އަށް ލިބިގެން ދާނެ ތާރީޚީ ފުރުސަތެއް: ވަޑެފުލް

06 އޮކްޓޯބަރު 2025
ޓްރަމްޕްގެ ޕްލޭން އަކީ ޣައްޒާ އަށް ލިބިގެން ދާނެ ތާރީޚީ ފުރުސަތެއް: ވަޑެފުލް
14 ސެޕްޓެމްބަރު 2025

ފަލަސްޠީނަށް ތާއީދުކޮށް ބާލިންގައި ކުރި މުޒާހަރާގައި 12،000 އަށް ވުރެ ގިނަ މީހުން

14 ސެޕްޓެމްބަރު 2025
ފަލަސްޠީނަށް ތާއީދުކޮށް ބާލިންގައި ކުރި މުޒާހަރާގައި 12،000 އަށް ވުރެ ގިނަ މީހުން
14 ސެޕްޓެމްބަރު 2025

ޣައްޒާ ރައްޔިތުންނާ އެއްބައިވަންތަކަން ހާމަ ކުރުމަށް އެތައް ހާސް ޖަރުމަނު މީހުން މަގު މައްޗަށް

14 ސެޕްޓެމްބަރު 2025
ޣައްޒާ ރައްޔިތުންނާ އެއްބައިވަންތަކަން ހާމަ ކުރުމަށް އެތައް ހާސް ޖަރުމަނު މީހުން މަގު މައްޗަށް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު