Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުއެފްއޭއެމް

އަނެއްކާ ވެސް އެފްއޭއެމްގެ މައްޗަށް ޙުކުމެއް، މިފަހަރު އެއް މަސް ދުވަހުން 1.7 މިލިއަން ރުފިޔާ ދެއްކުމަށް

ސިވިލް ކޯޓުން ކުރި ޙުކުމުގައި ބުނަނީ އެފްއޭއެމުން އޭޑީކޭ އަށް ދައްކަން ޖެހޭ ފައިސާ އެކީ އެއް ފަހަރާ އެއް މަސް ދުވަހުގެ ތެރޭގައި ދެއްކުމަށް

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 3 ނޮވެމްބަރު 2022 | ބުރާސްފަތި 09:44
އެފްއޭއެމްގެ ރައީސް ބައްސާމް އަދީލް ޖަލީލް

އެފްއޭއެމްގެ ރައީސް ބައްސާމް އަދީލް ޖަލީލް

މާލީ މައްސަލަތަކެއް ދިމާވެފައިވާ ފުޓުބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) އަށް އަނެއްކާ ވެސް ސިވިލް ކޯޓުގެ ޙުކުމެއް އަތުވެއްޖެއެވެ.

އޭޑީކޭގެ ފަރާތުން ސިވިލް ކޯޓަށް ދައުވާ ހުށަހެޅީ މިއަހަރުގެ ފެބްރުއަރީ މަހުގެ ފަސް ވަނަ ދުވަހާ ހަމައަށް އެފްއޭއެމުން އެ ހޮސްޕިޓަލަށް ދައްކަން ޖެހޭ ފައިސާ ހޯދުމަށެވެ. މައްސަލައިގައި އޭޑީކޭ އިން ވަނީ އެފްއޭއެމުން އެ ހޮސްޕިޓަލުން ޚިދުމަތް ހޯދާފައިވާ 15 އިންވޮއިސް އެއް ޝަރީއަތަށް ހުށަހަޅާފައެވެ. އެ އިންވޮއިސްތަކުގެ ޖުމުލަ އަދަދަކީ 1،703،084/75 (އެއް މިލިއަން ހަތް ލައްކަ ތިން ހާސް އަށްޑިހަ ހަތަރު ރުފިޔާ ހަތް ދިހަ ފަސް ލާރި)އެވެ. އޭޑީކޭ އިން އެދިފައިވަނީ އެ ފައިސާ އެކީ އެއްފަހަރާ ދެއްކުމަށެވެ.

ދައުވާގެ ޖަވާބުގައި އެފްއޭއެމުން ވަނީ ކޯޓުގައި އެ އަދަދަށް އެއްބަސްވެފައެވެ. ނަމަވެސް އެފްއޭއެމުން ބުނެފައިވަނީ އެ ފައިސާ އެކީ އެއްފަހަރާ ދެއްކުމަކީ ދަތި އެހާމެ އުނދަގޫ ކަމަކަށްވާނެ ކަމަށެވެ. އެހެންކަމުން މިލާދީ 12 މަސް ދުވަހަށް ބަހާލައިގެން ކޮންމެ މަހަކު ވެސް އެ މަހަކަށް ޖެހޭ މިންވަރަށްވުރެ މަދު ނޫން އަދަދަކުން ދައްކަމުން ގޮސް، އެ ދަރަނި ޚަލާސް ކުރުމަށް ސިވިލް ކޯޓުން އަމުރުކޮށްދިނުމަށް ވެސް އެފްއޭއެމުން ވަނީ އެދިފައެވެ. ނަމަވެސް އޭޑީކޭ ހޮސްޕިޓަލުން ވަނީ އެފްއޭއެމްގެ އެދުމަށް ދެކޮޅު ހަދާފައެވެ. އެފްއޭއެމުން މުޅި ދައުވާ އަށް އެއްބަސްވެފައިވާތީ މައްސަލަ އާ ގުޅިގެން ހުށަހަޅާފައިވާ ހެކި ޝަރީއަތުން ވަޒަންކޮށްފަ އެއް ނުވެއެވެ.

މިކަމުގައި ޝަރީއަތުން ބުރަވަނީ ހައްޤުގެ ވެރި ފަރާތުން އެ ހައްޤާ މެދު ލުޔެއް ނުދޭހާ ހިނދަކު، ޝަރުއީ އަދި ޤާނޫނީ އުސޫލުތައް ނިޔާ ކުރަނީ އެ ހައްޤުގެ ވެރި ފަރާތަށް ހައްޤު ލިބެވެން އޮތް އެންމެ އަވަސް މުއްދަތެއްގައި ލިބިދިނުމަށް ކަމަށް މައްސަލަ ބެއްލެވި ޤާޟީ އަޙުމަދު ނިމާލް ޖުނައިދު ކުރެއްވި ޙުކުމުގައި ބަޔާންކޮށްފައިވެއެވެ. ބުދަ ދުވަހު ސިވިލް ކޯޓުން ކުރި ޙުކުމުގައި ބުނަނީ އެފްއޭއެމުން އޭޑީކޭ އަށް ދައްކަން ޖެހޭ ފައިސާ އެކީ އެއް ފަހަރާ އެއް މަސް ދުވަހުގެ ތެރޭގައި ދެއްކުމަށެވެ.

މިދިޔަ ސެޕްޓެމްބަރު މަހުގެ ތެރޭގައި ވެސް ސިވިލް ކޯޓުން ވަނީ އެފްއޭއެމަށް ޙުކުމެއް ކޮށްފައެވެ. އެއީ އެފްއޭއެމުން އެ ހޮސްޕިޓަލަށް ދައްކަން ޖެހޭ 152،082/93 (އެއް ލައްކަ ފަންސާސް ދެ ހާސް ދެ ރުފިޔާ ނުވަދިހަ ތިން ލާރި) ހަތް މަސް ދުވަހުގެ ތެރޭގައި ދެއްކުމަށެވެ. އެ މައްސަލައިގައި ވެސް އެފްއޭއެމުން ވަނީ ދައުވާ އަށް އިއުތިރާފުވެފައެވެ.

މިފަހަކަށް އައިސް އެފްއޭއެމަށް ވަނީ މާލީ ގޮތުން ބޮޑެތި މައްސަލަތަކާ ކުރިމަތިލާން ޖެހިފައެވެ. ޤައުމީ ޓީމުގެ ކުރީގެ ކޯޗުންނާއި، އެސިސްޓެންޓު ކޯޗުންނަށް ބަދަލު ދިނުމަށް ދުނިޔޭގެ ފުޓުބޯޅައިގެ މައި އިދާރާ (ފީފާ) ގެ އެންގުންތަކެއް ވެސް ވަނީ އެފްއޭއެމަށް އައިސްފައެވެ.

ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް)ސިވިލް ކޯޓު

އިތުރަށް ކިޔާލަން

16 ޑިސެމްބަރު 2025

އާރްޑީސީ އިން ބުނީ ކާޓިއުންސް އަށް ދައްކަން ޖެހޭ 7.1 މިލިއަން ރުފިޔާ ނުދެއްކުނީ ކުންފުނީގެ މާލީ ހާލަތުގެ ސަބަބުން ކަމަށް

16 ޑިސެމްބަރު 2025
އާރްޑީސީ އިން ބުނީ ކާޓިއުންސް އަށް ދައްކަން ޖެހޭ 7.1 މިލިއަން ރުފިޔާ ނުދެއްކުނީ ކުންފުނީގެ މާލީ ހާލަތުގެ ސަބަބުން ކަމަށް
10 ޑިސެމްބަރު 2025

ނ. އަތޮޅު ކައުންސިލުން ކޯޓަށް ހާޒިރު ނުވުމުން ކެނދިވަރު އާއި ދޮނައެރިކަނޑޫދޫ މައްސަލަ ބޭރު ކޮށްލައިފި

10 ޑިސެމްބަރު 2025
ނ. އަތޮޅު ކައުންސިލުން ކޯޓަށް ހާޒިރު ނުވުމުން ކެނދިވަރު އާއި ދޮނައެރިކަނޑޫދޫ މައްސަލަ ބޭރު ކޮށްލައިފި
30 ނޮވެމްބަރު 2025

ސިވިލް ކޯޓުގެ ބައެއް މުވައްޒަފުން އެ ކޯޓުގެ ދެ ގާޒީއެއްގެ މައްސަލަ ޖޭއެސްސީ އަށް ހުށަހަޅައިފި

30 ނޮވެމްބަރު 2025
ސިވިލް ކޯޓުގެ ބައެއް މުވައްޒަފުން އެ ކޯޓުގެ ދެ ގާޒީއެއްގެ މައްސަލަ ޖޭއެސްސީ އަށް ހުށަހަޅައިފި
20 ނޮވެމްބަރު 2025

ގޯލްޑް ކްރެޑިޓް ކާޑަށް ބައްސާމް ފައިސާ ނުދައްކައިގެން ކުރި ދައުވާ, ފައިސާ ދެއްކުމުން އަނބުރާ ގެންގޮސްފި

20 ނޮވެމްބަރު 2025
ގޯލްޑް ކްރެޑިޓް ކާޑަށް ބައްސާމް ފައިސާ ނުދައްކައިގެން ކުރި ދައުވާ, ފައިސާ ދެއްކުމުން އަނބުރާ ގެންގޮސްފި
05 ނޮވެމްބަރު 2025

ޑައިމަންޑް ޖުބިލީ ފުޓުބޯޅަ ފެސްޓިވަލްގެ ނަމުގައި ސިލްސިލާ ފެސްޓިވަލް ތަކެއް ބާއްވަނީ

05 ނޮވެމްބަރު 2025
ޑައިމަންޑް ޖުބިލީ ފުޓުބޯޅަ ފެސްޓިވަލްގެ ނަމުގައި ސިލްސިލާ ފެސްޓިވަލް ތަކެއް ބާއްވަނީ
01 ނޮވެމްބަރު 2025

ކޯޓު ހުކުމާއެކު، އެމްއެލްއެސްޑީޕީ ސިޔާސީ ޕާޓީ ތަކުގެ ދަފްތަރުގައި އަލުން ހިމަނައިފި

01 ނޮވެމްބަރު 2025
ކޯޓު ހުކުމާއެކު، އެމްއެލްއެސްޑީޕީ ސިޔާސީ ޕާޓީ ތަކުގެ ދަފްތަރުގައި އަލުން ހިމަނައިފި
30 އޮކްޓޯބަރު 2025

ވަކީލުން ހާޒިރު ނުވެގެން ސާޖިދާ އާއި ދެކޮޅަށް މަންދި ހުށަހެޅި މައްސަލަ ބާތިލުކޮށްފި

30 އޮކްޓޯބަރު 2025
ވަކީލުން ހާޒިރު ނުވެގެން ސާޖިދާ އާއި ދެކޮޅަށް މަންދި ހުށަހެޅި މައްސަލަ ބާތިލުކޮށްފި
28 އޮކްޓޯބަރު 2025

ބޮންޑެޑް ވެއަރހައުސް އިން ގެއްލުވާލި ސިނގިރޭޓަށް 14 ދުވަހުގެ ތެރޭ 47 މިމިއަން ރުފިޔާ ދައްކަން ހުކުމެއް

28 އޮކްޓޯބަރު 2025
ބޮންޑެޑް ވެއަރހައުސް އިން ގެއްލުވާލި ސިނގިރޭޓަށް 14 ދުވަހުގެ ތެރޭ 47 މިމިއަން ރުފިޔާ ދައްކަން ހުކުމެއް
28 އޮކްޓޯބަރު 2025

ބޯޓެއްގެ މިލްކުވެރިކަމާ ބެހޭ ގޮތުން ކައިޒީން އާއި އޭނާގެ ބައްޕައާ ދެމެދު ޖެހިގެން އުޅޭ މައްސަލަ އަލުން ބަލަނީ!

28 އޮކްޓޯބަރު 2025
ބޯޓެއްގެ މިލްކުވެރިކަމާ ބެހޭ ގޮތުން ކައިޒީން އާއި އޭނާގެ ބައްޕައާ ދެމެދު ޖެހިގެން އުޅޭ މައްސަލަ އަލުން ބަލަނީ!
27 އޮކްޓޯބަރު 2025

އެންމެ މުހިންމީ ކުޅިވަރު ދާއިރާ ހިންގާނެ މީހުން އުފެއްދުން: މޯހަން

27 އޮކްޓޯބަރު 2025
އެންމެ މުހިންމީ ކުޅިވަރު ދާއިރާ ހިންގާނެ މީހުން އުފެއްދުން: މޯހަން
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު