Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުފީފާ ވޯލްޑް ކަޕް

ކްރޮއޭޝިޔާގެ އަމާޒަކީ ވޯލްޑް ކަޕްގައި އިތުރު ކާމިޔާބީތަކެއް ހޯދުން: ކްރަމަރިޗް

2 ނޮވެމްބަރު 2022 | ބުދަ 15:43

ކްރޮއޭޝިޔާގެ ފުރަތަމަ މެޗު އޮތީ ނޮވެމްބަރު 23 ވަނަ ދުވަހު

މުހައްމަދު ޔާސިރު މޫސާ
މުހައްމަދު ޔާސިރު މޫސާ | 2 ނޮވެމްބަރު 2022 | ބުދަ 15:43
ކްރޮއޭޝިޔާގެ ފޯވާޑް އަންދްރޭ ކްރަމަރިޗް

ކްރޮއޭޝިޔާގެ ފޯވާޑް އަންދްރޭ ކްރަމަރިޗް

މިފަހަރުގެ ވޯލްޑް ކަޕާއި ކުރިމަތިލާއިރު ކްރޮއޭޝިޔާގެ އަމާޒަކީ މުބާރާތުގައި އިތުރު ކާމިޔާބީތަކެއް ހޯދުން ކަމަށް އެޓީމުގެ ފޯވާޑް އަންދްރޭ ކްރަމަރިޗް ބުނެފިއެވެ.

ކްރޮއޭޝިޔާ ވަނީ އެންމެ ފަހުން ބޭއްވި ވޯލްޑް ކަޕްގައި މުބާރާތުގެ ދެވަނަ ހާސިލްކޮށްފައެވެ. އެއީ ލިބުނު ވަރަށް ބޮޑު ކާމިޔާބީއެއްކަން ފާހަގަކޮށް ކްރަމަރިޗް ބުނީ މިފަހަރުގެ ވޯލްޑް ކަޕްގައި އަމާޒަކީ އެއަށްވުރެ އިތުރު ކާމިޔާބީތަކެއް ހޯދުން ކަމަށެވެ.

ކްރަމަރިޗް ބުނީ ފާއިތުވި ދެތިން މަސްދުވަހު އެޓީމުން ތަފާތު މޮޅު ކުޅުމެއް ދައްކާފައިވާ ކަމަށެވެ. އަދި މިފަހަރުގެ މުބާރާތަށް ޓީމު އެކުލަވާލާފައި އޮތީ ޒުވާން ކުޅުންތެރިންނާއި ތަޖުރިބާކާރު ކުޅުންތެރިން ހިމަނައިގެންކަން އޭނާ ފާހަގަކުރިއެވެ. އަދި މިއީ އިތުރު ކާމިޔާބީތަކެއް ހޯދުމަށް ފުރުސަތު ބޮޑުވާ ސަބަބެއް ކަމަށްވެސް ކްރަމަރިޗް ބުންޏެވެ.

އޭނާ ވަނީ ޓީމުގެ ތަރި ލުކަ މޮޑްރިޗްއަކީ ނަމޫނާއެއް ކަމަށް ބެލުމަށް ޓީމުގެ ކުޅުންތެރިންގެ ފަރާތުން އެދިފައެވެ. އުމުރުން 37 އަހަރުގައި މޮޑްރިޗް ދައްކަމުން އަންނަ މޮޅު ކުޅުން ފާހަގަކޮށް އޭނާ ބުނީ އެއީ ޓީމުގެ ކުޅުންތެރިންނަށް އޮތް ވަރަށް ބޮޑު ހިތްވަރެއް ކަމަށެވެ. އަދި ޓީމު އޮތީ މުބާރާތަށް ވަރަށް ތައްޔާރުވެފައިކަން އޭނާ ފާހަގަކުރިއެވެ.

މިފަހަރުގެ މުބާރާތުގައި ކްރޮއޭޝިޔާ ލައްވާލާފައި އޮތީ ބެލްޖިއަމް، ކެނަޑާ އަދި މޮރޯކޯއާއެކު ގްރޫޕް އެފްގައެވެ. މި މަހުގެ 20 ވަނަ ދުވަހު މުބާރާތް ފަށާއިރު، ކްރޮއޭޝިޔާގެ ފުރަތަމަ މެޗު އޮތީ ނޮވެމްބަރު 23 ވަނަ ދުވަހުއެވެ. ފުރަތަމަ މެޗުގައި ކްރޮއޭޝިޔާ ބައްދަލުކުރަން ޖެހޭނީ މޮރޯކޯއާއެވެ.

ކްރޮއޭޝިއާފީފާ ވޯލްޑް ކަޕްޤަތަރު ފީފާ ވޯލްޑް ކަޕް 2022

އެންމެ ހިނގާ

1

އާރްޑީސީން މަގު ކޮނުމުގެ ތެރޭގައި ފާރެއް ވެއްޓި އުމުރުން ދުވަސްވީ މީހަކު "ވަޅުލެވިއްޖެ"

2

ޓްރަމްޕް ފަދަ ރައީސްއަކާ އީރާން އަށް ކުރިމަތިލާާން ޖެހިފައި ނުވޭ، އީރާންގެ ވެރިކަން ބަދަލުވާން ޖެހޭ: ރޫބިއޯ

3

ޚާމަނާއީ އަވަހާރަކޮށްލި ހާދިސާއަށްފަހު ފުރަތަމަ ހިނގި ކަންތައްތަކުގެ ތަފުސީލު ޣާލީބާފް ހާމަކުރައްވައިފި

4

އިދިކޮޅުން ދޭ އިންޒާރުތަކަކީ ހަގީގީ ނުރައްކަލުގެ ގޮތުގައި ބަލާނަން: އީރާންގެ ވަގުތީ ޑިފެންސް މިނިސްޓަރު

5

އީރާނުގެ ހަމަލާތަކުން އިސްރާއީލު ދިފާއުކުރެވޭނެ ގާބިލުކަމެއް އެމެރިކާ އަކު ނެތް ކަމަށް އެމެރިކާގެ އިސް ކޮމާންޑަރަކު ވިދާޅުވެއްޖެ

އިތުރަށް ކިޔާލަން

21 ނޮވެމްބަރު 2025

އެެންމެ ފަހުގެ 2 ވޯލްޑްކަޕަށް ވެސް ކޮލިފައި ނުވި އިޓަލީ، ޕްލޭ އޮފް ގައި މިފަހަރު ނޮދަން އަޔަލެންޑާ ދެކޮޅަށް

21 ނޮވެމްބަރު 2025
އެެންމެ ފަހުގެ 2 ވޯލްޑްކަޕަށް ވެސް ކޮލިފައި ނުވި އިޓަލީ، ޕްލޭ އޮފް ގައި މިފަހަރު ނޮދަން އަޔަލެންޑާ ދެކޮޅަށް
18 ނޮވެމްބަރު 2025

ހަތަރު ފަހަރު މުބާރާތް ކާމިޔާބު ކޮށްފައިވާ ޖަރުމަނު އަންނަ އަހަރުގެ ވޯލްޑްކަޕަށް

18 ނޮވެމްބަރު 2025
ހަތަރު ފަހަރު މުބާރާތް ކާމިޔާބު ކޮށްފައިވާ ޖަރުމަނު އަންނަ އަހަރުގެ ވޯލްޑްކަޕަށް
18 ނޮވެމްބަރު 2025

މެޗަކުން ބަލިނުވެ ނެދަލޭންޑްސް ވޯލްޑްކަޕަށް

18 ނޮވެމްބަރު 2025
މެޗަކުން ބަލިނުވެ ނެދަލޭންޑްސް ވޯލްޑްކަޕަށް
17 ނޮވެމްބަރު 2025

28 އަހަރަށްފަހު ނޯވޭ ވޯލްޑްކަޕަށް ކޮލިފައިވެއްޖެ

17 ނޮވެމްބަރު 2025
28 އަހަރަށްފަހު ނޯވޭ ވޯލްޑްކަޕަށް ކޮލިފައިވެއްޖެ
17 ނޮވެމްބަރު 2025

ރޮނާލްޑޯ ނެތި ޕޯޗުގަލް، 9-1 އިން މޮޅުވެ ވޯލްޑްކަޕަށް ކޮލިފައިވެއްޖެ

17 ނޮވެމްބަރު 2025
ރޮނާލްޑޯ ނެތި ޕޯޗުގަލް، 9-1 އިން މޮޅުވެ ވޯލްޑްކަޕަށް ކޮލިފައިވެއްޖެ
15 ނޮވެމްބަރު 2025

ކްރޮއޭޝިއާ 2026 ގެ ވޯލްޑް ކަޕަށް ކޮލިފައިވެއްޖެ

15 ނޮވެމްބަރު 2025
 ކްރޮއޭޝިއާ 2026 ގެ ވޯލްޑް ކަޕަށް ކޮލިފައިވެއްޖެ
13 އޮކްޓޯބަރު 2025

ގިބްރޯލްޓާ އަތުން މޮޅުވެ ކްރޮއޭޝިއާ އެއް ވަނަ އަށް

13 އޮކްޓޯބަރު 2025
ގިބްރޯލްޓާ އަތުން މޮޅުވެ ކްރޮއޭޝިއާ އެއް ވަނަ އަށް
19 ނޮވެމްބަރު 2024

ޕޯޗުގަލްއާ އެއްވަރުކޮށް، ކްރޮއޭޝިއާ ކުއާޓާ ފައިނަލަށް

19 ނޮވެމްބަރު 2024
ޕޯޗުގަލްއާ އެއްވަރުކޮށް، ކްރޮއޭޝިއާ ކުއާޓާ ފައިނަލަށް
13 އޮކްޓޯބަރު 2024

ފަހަތުން އަރައި ކްރޮއޭޝިއާ އިން ސްކޮޓްލެންޑު ބަލިކޮށްފި

13 އޮކްޓޯބަރު 2024
ފަހަތުން އަރައި ކްރޮއޭޝިއާ އިން ސްކޮޓްލެންޑު ބަލިކޮށްފި
18 ސެޕްޓެމްބަރު 2024

90ގެ ވޯލްޑްކަޕުގެ ބަތަލު އިޓަލީގެ ޝިލާޗީ މަރުވެއްޖެ

18 ސެޕްޓެމްބަރު 2024
90ގެ ވޯލްޑްކަޕުގެ ބަތަލު އިޓަލީގެ ޝިލާޗީ މަރުވެއްޖެ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް