Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެދުވާފަރުގައި ޑެންގީ ފެތުރުން

ދުވާފަރުގައި ޑެންގީ ކޮންޓްރޯލް ކުރުމުގައި ދަތިތަކެއް، ސިއްހީ މަރުކަޒުން އެދެނީ ރައްޔިތުންގެ އެއްބާރުލުން

މިދިޔަ މަހުގައި އެކަނިވެސް ދުވާފަރުންވަނީ 9 އަހަރުގެ ކުޑަކުއްޖަކާއި 21 އަހަރުގެ ޒުވާނެއް ޑެންގީ ޖެހި މަރުވެފައިވޭ

ޙުސައިން މަޚްތޫމް
ޙުސައިން މަޚްތޫމް | 2 ނޮވެމްބަރު 2022 | ބުދަ 12:37
ދުވާފަރުގައި ޑެންގީ ކޮންޓްރޯލް ކުރުމުގައި މުއައްސަސާތަކުން ފެށި ޕްރޮގްރާމުގައި ބައިވެރިވި ފަރާތްތައް

ދުވާފަރުގައި ޑެންގީ ކޮންޓްރޯލް ކުރުމުގައި މުއައްސަސާތަކުން ފެށި ޕްރޮގްރާމުގައި ބައިވެރިވި ފަރާތްތައް

ކޮންމެ އަހަރަކުވެސް ޖޫން ޖުލައިގެ ވިއްސާރައަކީ އޭގެ ސަބަބުން މަދިރި އާލާވެ، މަދިރި އުފެދުން އިތުރުވެ، ވައިރަލްހުންތައް އާންމުވެގެންދާ ދުވަސްވަރެކެވެ. އެހެން އަހަރުތަކެކޭވެސް އެއްފަދައިން މި އަހަރުވެސް މި ދުވަސްވަރުން ފެށިގެން ދުވާފަރުގައި ވައިރަލްހުމުގެ އިތުރުން ޑެންގީ ހުން ހަލުވިކަމާއިއެކު ފެތުރެން މިވަނީ ފަށައިފައެވެ.

ޑެންގީ ހުން ޖެހިގެން މިދިޔަ މަހުގައި އެކަނިވެސް ދުވާފަރުންވަނީ 9 އަހަރުގެ ކުޑަކުއްޖަކާއި 21 އަހަރުގެ ޒުވާނެއް މިދުނިޔެ ދޫކޮށްފައެވެ. އަދި ހާލުދެރަވެގެން އިމަޖެންސީގައި އުނގޫފާރު ރީޖަނަލް ހޮސްޕިޓަލަށާއި މާލެއަށްވެސް އެތައްބަޔަކު ގެންގޮސްފައިވެއެވެ. މި ފަދަ ހާދިސާތަކުގެ ސަބަބުން ދުވާފަރުގެ ރައްޔިރުން މިވަގުތު ތިބީ ވަރަށްބޮޑު ކަންބޮޑުވުމެއްގެ ތެރޭގައިކަމަށް އެރަށުން ބުނެއެވެ.

Advertisement - newsAdvertisement

މިކަމާއި ގުޅިގެން ދުވާފަރު ސިއްޙީ މަރުކަޒުގެ މެނޭޖަރު މުޙައްމަދު ޢަލީ ވިދާޅުވީ ޑެންގީ ކެސްއެއް ފުރަތަމަ ދުވާފަރުގައި ޕޮޒިޓިވްވި ދުވަހުން ފެށިގެން މިއަދާއި ޖެހެންދެންވެސް ޑެންގީ ރެޕިޑް ޓެސްޓް ކިޓް ހުސްނުކޮށް ދުވާފަރު ހެލްތް ސެންޓަރުގައި ހުންނާނެކަމަށާއި މިދިޔަ މަހުގެތެރޭގައި ތިންފަހަރެއްގެ މަތިން ޑެންގީ ރެޕިޑް ޓެސްޓްކިޓް އެއާރ ޕްރައިޓްކޮށް ދާއިރާގެ މެމްބަރުގެ އެހީތެރިކަމާއި އެކު ގެނެސްފައިވާކަމަށެވެ.

އަދި ޑޮކްޓަރަށް ދެއްކުމުގައި ދަތިކަމެއް ދިމާވަނީ ހުރިހާ ރައްޔިތުންހެން ރޭގަނޑާއި ދިމާކޮށް އެއްފަހަރާ ޑޮކްޓަރަށް ދައްކަން އަންނާތީކަމަށާއި ޓެސްތްތައް ހެދުމަށް ދަތިކަމެއް ކުރިމަތިވެފައިވަނީ އެންމެ ލެބް ޓެކްނީޝަނެއް ހުންނާތީ ކަމަށް ހެލްތު މެނޭޖަރު ވިދާޅުވިއެވެ. ނަމަވެސް މިމައްސަލައަށްވެސް ދާއިރާގެ މަޖިލިސް މެމްބަރ އިސްމާއީލް އަޙްމަދުގެ ފުރިހަމަ އެހީތެރިކަމާއި އެކު މިހާރު ހައްލު ކުރެވިފައިވެއެވެ. އެގޮތުން މިވަގުތު ދެ ޓެކްނީޝަނުން މަސައްކަތްކުރަމުންދާ ކަމަށް އޭނާވިދާޅުވިއެވެ.

އަދި ޓެސްޓްތައް ހެދުމަށްވެސް ވަކި އުސޫލެއްކަނޑައަޅައި ކިއު ނަންބަރު ދޫކުރުމަށާއި ޓެސްޓް ނަތީޖަތައް ދެއްކުމަށް ވަކި އުސުލެއް ހެދުމުގެ މަޝްވަރާތައް ކުރިއަށްދާކަމަށް މެނޭޖަރު ވިދާޅުވިއެވެ.

އަދި ޑެންގީ ހުމުގެ އިތުރުން ވައިރަލް ފީވަރތަކަށް ބޭނުންވާނެ ހުރިހާ ވަސީލަތަކާއި ބޭހެއް މިއިން ދުވަހަކުވެސް ސިއްޙީމަރުކަޒުގެ ސްޓޮކަށް ނުލިބޭވަރުގެ ބޮޑުސްޓޮކެއް ލިބިފައި ހުރިކަމަށާއި، އިމަޖެންސީ ހާލަތްތަކަށް ބޭނުންވާނެ އާލާތްތައް މަދުނުވެ ހުންނާނެކަމަށް ސިއްޙީ މަރުކަޒުން މައުލޫމާތުދެއެވެ.

ޑެންގީ ހުން އެ އަތޮޅުތެރެއިން ފުރަތަމަ ފެނުނު ހިސާބުން ފެށިގެން ދުވާފަރު ކައުންސިލާއި އެކު މަޝްވަރާކުރެވި އެޅިފައިވާ ފިޔަވަޅުތަކުގެ ތެރޭގައި ސޯޝަލް މީޑިއާ މެދުވެރިކޮށް މަޢުލޫމާތު ދިނުމާއި، މަދިރި އުފެދި އާލާވާފަދަ ތަކެއްޗާއި ތަންތަން ބަލައި ޗެކްކުރުމުގެގޮތުން ރަށުގެ ސަރަހައްދުތަކުގެ އިންސްޕެކްޝަނެއް އަދި އާއްމުން ހޭލުންތެރިކުރުމުގެ ގޮތުން ޑެންގީ ހުމުން ރައްކާތެރިވާނެގޮތުގެ އިރުޝާދުތައް މެގަފޯނުން ރަށުތެރޭގައި ގޮވައި ހޭލުންތެރިކުރެވިފައިވެއެވެ.

މީގެ އިތުރުން ސްކޫލުތަކުގެ ބެލެނިވެރިންނަށް ޑެންގީ ހުމާއިގުޅޭގޮތުން މަޢުލޫމާތު ދިނުމާއި، ޑެންގީ ހުން ޖެހޭ ބަލިމީހުން ދުވާފަރުން ފެންނަމުން ދާތީ، މުއައްސަސާތަކާއެކު ކައުންސިލުން ބައްދަލުކޮށް، ސެޕްޓެމްބަރ މަހުގެ ތެރޭގައި އާއްމުން މިކަމަށް ސަމާލުވުމަށް ސޯޝަލް މީޑިއާ ގައި މައުލޫމާތު ހިއްސާކުރެވުނެވެ.

ދުވާފަރު ހެލްތު ސެންޓަރުން ބުނީ މި  ދަނޑިވަޅަކީ ހުރިހާ ރައްޔިތުންހެން މި ބަލި މަޑުކަމުގައި ހޭދަކުރަމުންދާ ދުވަސްވަރެއްކަމުން ދަތިތަކާއި ކުރިމަތިލާން ޖެހިދާނެކަން އެންމެންވެސް ދަނެގެން، މިކަމުން އަރައިގަތުމަށް ސިއްޙީ މަރުކަޒުން ކުރާ މަސައްކަތުގައި އެންމެންގެ އެއްބާރުލުމާއި އެހީތެރިކަން ބޭނުންވާ ކަމަށެވެ.

މީގެ އިތުރުންވެސް އާއްމު ފަރުދުންގެ ޒިންމާ ނަންގަވައި ތިމާ ދިރިއުޅޭ ގޭގައި މަދިރި އާލާވާގޮތަށް ހުންނަ ތަންތަނާއި ތަކެތި ނައްތާލައި، ވައިރަލް ފީވަރ އަދި ޑެންގީ ހުން އިތުރުވަމުންދާތީ އެކަމަށް ސަމާލުވުމަށާއި، މޫސުން ގޯސްވެ ވިއްސާރަ ދުވަސްވަރަކަށް ވުމުން ފެން އުފެދޭ ޒާތުގެ އެއްވެސް އެއްޗެއް ފެންހަރުލާ ގޮތަށް ނުބެހެއްޓުމަށް އިލްތިމާސްކޮށްފައިވެއެވެ.

ރ. ދުވާފަރުޑެންގީ ހުންހެލްތު މިނިސްޓްރީ

އިތުރަށް ކިޔާލަން

09 ޑިސެމްބަރު 2025

ދުވާފަރު ގައި ގަވާއިދާ ޚިލާފަށް ދޫކޮށްފައި އޮތް ބިމެއް ގައި ޕީއެންސީ އިން ޖަގަހައެއް ހަދައިފި

09 ޑިސެމްބަރު 2025
ދުވާފަރު ގައި ގަވާއިދާ ޚިލާފަށް ދޫކޮށްފައި އޮތް ބިމެއް ގައި ޕީއެންސީ އިން ޖަގަހައެއް ހަދައިފި
21 ސެޕްޓެމްބަރު 2025

ކުނި މެނޭޖްކުރާ ވެމްކޯ އަށް ސިއްހީ މަރުކަޒު އަޕްގްރޭޑް ކުރުމަަށް ހަވާލުކޮށްފި

21 ސެޕްޓެމްބަރު 2025
ކުނި މެނޭޖްކުރާ ވެމްކޯ އަށް ސިއްހީ މަރުކަޒު އަޕްގްރޭޑް ކުރުމަަށް ހަވާލުކޮށްފި
05 އޯގަސްޓު 2025

ސަރުކާރުން ފައިސާ ނުދޭތީ، ފީއަލީ ޞިއްޙީ މަރުކަޒުގެ މަސައްކަތް ހުއްޓި، ތަން ރޫޅާލަނީ

05 އޯގަސްޓު 2025
ސަރުކާރުން ފައިސާ ނުދޭތީ، ފީއަލީ ޞިއްޙީ މަރުކަޒުގެ މަސައްކަތް ހުއްޓި، ތަން ރޫޅާލަނީ
18 ޖުލައި 2025

"މޯލްޑިވްސް ސްޕެކްސް 2030" އިނީޝިއޭޓިވް އިފްތިތާޙްކޮށްފި

18 ޖުލައި 2025
"މޯލްޑިވްސް ސްޕެކްސް 2030" އިނީޝިއޭޓިވް އިފްތިތާޙްކޮށްފި
09 ޖުލައި 2025

މި ދުވަސްވަރު ބޭރަށް ހިންގުމާއި ހޮޑުލުން އެންމެ ގިނައިން ރިޕޯރޓްކޮށްފައިވަނީ މާލެ ސަރަހައްދުން

09 ޖުލައި 2025
މި ދުވަސްވަރު ބޭރަށް ހިންގުމާއި ހޮޑުލުން އެންމެ ގިނައިން ރިޕޯރޓްކޮށްފައިވަނީ މާލެ ސަރަހައްދުން
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު