Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެއިންކަމް ސަޕޯޓު ހޯދުމުގައި އޮޅުވާލުން

އޮޅުވާލައިގެން ހޯދި އިންކަމް ސަޕޯޓުގެ ޖުމްލަ އަދަދު 5.2 މިލިއަން ރުފިޔާއަށް

މިހާތަނަށް 788،331 ރުފިޔާ ވަނީ އަނބުރާ ހޯދާފައި

އިދުހާމް ނަޢީމް
އިދުހާމް ނަޢީމް | 2 ނޮވެމްބަރު 2022 | ބުދަ 12:26
މާލޭގެ މަގުމަތި

މާލޭގެ މަގުމަތި

ކޮވިޑާ ގުޅިގެން އާމްދަނީ ދަށްވި ފަރާތްތަކާއި ވަޒީފާ ގެއްލުނު ފަރާތްތަކަށް އެހީވުމަށް ކުރިއަށްގެންދިޔަ އިންކަމް ސަޕޯޓް ޕްރޮގްރާމުގެ ދަށުން އޮޅުވާލައިގެން ހޯދި ފައިސާގެ އަދަދު 5.25 މިލިއަން ރުފިޔާއަށް އަރާފައިވާ ކަމަށް އޮޑިޓް ރިޕޯޓުން ދައްކައިފިއެވެ.

އޮޑިޓް އޮފީހުން މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހު ނެރުނު އޮޑިޓް ރިޕޯޓުގައި ބުނެފައިވާ ގޮތުގައި އެކި ފަރާތްތަކުން އޮޅުވާލައިގެން 4.97 މިލިއަން ރުފިޔާ އިންކަމް ސަޕޯޓް އެލަވެންސްގެ ގޮތުގައި ހޯދިއެވެ. ނަމަވެސް މިއަހަރުގެ އޮކްޓޯބަރު މަހުގެ 20 ވަނަ ދުވަހާ ހަމައަށް ބެލި ބެލުމުން އެ އަދަދު 5.38 މިލިއަން ރުފިޔާއަށް ވަނީ އަރައިފައެވެ.

އޮޅުވާލައިގެން ފައިސާ ހޯދި ކަމަށް 485 މީހެއް ފާހަގަކުރެވުނުއިރު އިތުރަށް ކުރި ތަހުގީގުން އޭގެ ތެރެއިން 14 މީހަކު ފައިސާ ރީފަންޑު ކުރަން ނުޖެހޭ ކަމަށް ވަނީ ބުނެފައެވެ. އެހެންވެ މިހާރު އޮޅުވާލައިގެން ހޯދި ފައިސާގެ އަދަދު ހުރީ 5.25 މިލިއަން ރުފިޔާގައި ކަމަށް އޮޑިޓް ރިޕޯޓުގައި ވަނީ ބުނެފައެވެ.

އެ ރިޕޯޓުގައި ބުނެފައިވާ ގޮތުގައި އޮޅުވާލައިގެން ހޯދި ފައިސާ އަނބުރާ ހޯދުމުގެ މަސައްކަތް ދަނީ ކުރަމުންނެވެ. ނަމަވެސް މިހާތަނަށް ހޯދިފައިވަނީ އޭގެ ތެރެއިން 788،331 ރުފިޔާ ކަމަށާއި ބާކީ 4.46 މިލިއަން ރުފިޔާ ހޯދަން ޖެހޭ ކަމަށް ވެސް ވަނީ ފާހަގަކޮށްފައެވެ. ފައިސާ އަނބުރާ ހޯދަން ކުރާ މަސައްކަތްތަކުގެ ތެރެއިން މިހާތަނަށް 428 މީހަކަށް ފޯނުންނާއި އީމެއިލްގެ ޒަރީއާއިން ގުޅައި ރީފަންޑު ކުރުމަށް އަންގާފައި ވާ ކަމަށް ވެސް އޮޑިޓް ރިޕޯޓުގައި ވަނީ ބުނެފައެވެ.

އޮޅުވާލައިގެން ފައިސާ ހޯދާފައިވާ ކަން އެނގިފައިވަނީ ފަހުން ބެލި ބެލުމުން ކަމަށާއި މިއީ ވޯލްޑް ބޭންކުގެ އިންޓަނޭޝަނަލް ޑިވެލޮޕްމަންޓް އެސޯސިއޭޝަން (އައިޑީއޭ) އިން ފަންޑުކޮށްގެން ކުރިއަށްގެންދިޔަ ޕްރޮގްރާމް އަކަށްވާއިރު އެހީ ފޯރުކޮށްދިނުމުގައި އިކޮނޮމިކް މިނިސްޓްރީން އަމަލުކޮށްފައިވަނީ އެއްބަސްވުމާ އެއްގޮތަށް ކަމަށް ވެސް އޮޑިޓް ރިޕޯޓުގައި ވަނީ ފާހަގަކޮށްފައެވެ.

ފިނޭންސް މިނިސްޓްރީގެ އެންމެ ފަހުގެ ތަފާސްހިސާބުތައް ދައްކާ ގޮތުން ކޮވިޑާ ގުޅިގެން އިންކަމް ސަޕޯޓުގެ ގޮތުގައި 2020 ވަނަ އަހަރުގެ ނިޔަލަށް 22،946 މީހަކަށް 421 މިލިއަން ރުފިޔާ ވަނީ ދޫކޮށްފައެވެ.

އިންކަމް ސަޕޯޓް އެލަވަންސްއިކޮނޮމިކް މިނިސްޓްރީއޮޑިޓް ރިޕޯޓްއޮޑިޓަރ ޖެނެރަލްގެ އޮފީސް

އިތުރަށް ކިޔާލަން

05 ޑިސެމްބަރު 2025

ގަވައިދާ ހިލާފަށް ބިދޭސީން ހިންގާ 11 ވިޔަފާރިއެއް ބަންދުކޮށްފި

05 ޑިސެމްބަރު 2025
ގަވައިދާ ހިލާފަށް ބިދޭސީން ހިންގާ 11 ވިޔަފާރިއެއް ބަންދުކޮށްފި
20 ނޮވެމްބަރު 2025

2021ން 2024 ވަނަ އަހަރާ ހަމައަށް ކާރިސާތަކުގައި ގެއްލުންވި މީހުންނަށް 24 މިލިއަނަށްވުރެ ގިނަ ފައިސާގެ އެހީ ފޯރުކޮށްދީފި

20 ނޮވެމްބަރު 2025
2021ން 2024 ވަނަ އަހަރާ ހަމައަށް ކާރިސާތަކުގައި ގެއްލުންވި މީހުންނަށް 24 މިލިއަނަށްވުރެ ގިނަ ފައިސާގެ އެހީ ފޯރުކޮށްދީފި
29 އޮކްޓޯބަރު 2025

ފައިސާ ޗާޕު ނުކުރާނެ ކަމަށްބުނެ އިގުތިސާދީ ވަޒީރު މުހައްމަދު ސައީދު ހެއްދެވީ އިތުރުފުޅު: ޑރ. ޝަމްހީދު

29 އޮކްޓޯބަރު 2025
ފައިސާ ޗާޕު ނުކުރާނެ ކަމަށްބުނެ އިގުތިސާދީ ވަޒީރު މުހައްމަދު ސައީދު ހެއްދެވީ އިތުރުފުޅު: ޑރ. ޝަމްހީދު
27 އޮކްޓޯބަރު 2025

އުސޫލާއި ޚިލާފަށް ބ. ބަތަލާގެ ބައެއް މަސައްކަތްތައް ކުރި މައްސަލަ ބަލާ، ގެއްލުމުގެ ބަދަލު ހޯދަން ލަފާ ދީފި

27 އޮކްޓޯބަރު 2025
އުސޫލާއި ޚިލާފަށް ބ. ބަތަލާގެ ބައެއް މަސައްކަތްތައް ކުރި މައްސަލަ ބަލާ، ގެއްލުމުގެ ބަދަލު ހޯދަން ލަފާ ދީފި
14 އޮކްޓޯބަރު 2025

މިހާތަނަށް އޮޑިޓް އޮފީހަށް ދޭ އެންމެ ބޮޑު ބަޖެޓް އަންނަ އަހަރު

14 އޮކްޓޯބަރު 2025
މިހާތަނަށް އޮޑިޓް އޮފީހަށް ދޭ އެންމެ ބޮޑު ބަޖެޓް އަންނަ އަހަރު
01 އޮކްޓޯބަރު 2025

ބުރާސްފަތި ދުވަހުގެ މަޖިލިސް ޖަލްސާ ގައި ވެސް ފެނަކައިގެ އޮޑިޓް ރިޕޯޓު

01 އޮކްޓޯބަރު 2025
ބުރާސްފަތި ދުވަހުގެ މަޖިލިސް ޖަލްސާ ގައި ވެސް ފެނަކައިގެ އޮޑިޓް ރިޕޯޓު
28 ސެޕްޓެމްބަރު 2025

ފެނަކަ އޮޑިޓު ރިޕޯޓަކީ މުއިއްޒުގެ ސަރުކާރުން މުޅި ދައުލަތް ލޫޓުވަމުންދާ ވާހަކަ އޮއްބާލުމަށް އޮޑިޓަރ ޖެނެރަލް އަށް ބިރު ދައްކައިގެން ނެރުނު ރިޕޯޓެއް: އެމްޑީޕީ

28 ސެޕްޓެމްބަރު 2025
ފެނަކަ އޮޑިޓު ރިޕޯޓަކީ މުއިއްޒުގެ ސަރުކާރުން މުޅި ދައުލަތް ލޫޓުވަމުންދާ ވާހަކަ އޮއްބާލުމަށް އޮޑިޓަރ ޖެނެރަލް އަށް ބިރު ދައްކައިގެން ނެރުނު ރިޕޯޓެއް: އެމްޑީޕީ
03 ސެޕްޓެމްބަރު 2025

އެސްޑީއެފްސީގެ ލޯނުތަކަށް ފައިސާ ނުދައްކާތީ 554 މިލިއަން ރުފިޔާ ނުލިބޭ: އޮޑިޓް

03 ސެޕްޓެމްބަރު 2025
އެސްޑީއެފްސީގެ ލޯނުތަކަށް ފައިސާ ނުދައްކާތީ 554 މިލިއަން ރުފިޔާ ނުލިބޭ: އޮޑިޓް
30 އޯގަސްޓު 2025

ބިޒްނަސް ފޯރަމްތައް ބާއްވާން އެތައް މިލިއަން ރުފިޔާ އެއް ޚަރަދު ކޮށްފި، އައި އިންވެސްޓްމަންޓެއް ނޭނގޭ!

30 އޯގަސްޓު 2025
ބިޒްނަސް ފޯރަމްތައް ބާއްވާން އެތައް މިލިއަން ރުފިޔާ އެއް ޚަރަދު ކޮށްފި، އައި އިންވެސްޓްމަންޓެއް ނޭނގޭ!
07 އޯގަސްޓު 2025

ހިދުމަތާއި ތަކެތި ހަމައަށް ލިބުނުކަން ލިޔެކިޔުމުން ކަށަވަރުނުކޮށް ދަރަވަންދޫ ކައުންސިލުން ފައިސާ ދެއްކި - އޮޑިޓް

07 އޯގަސްޓު 2025
ހިދުމަތާއި ތަކެތި ހަމައަށް ލިބުނުކަން ލިޔެކިޔުމުން ކަށަވަރުނުކޮށް ދަރަވަންދޫ ކައުންސިލުން ފައިސާ ދެއްކި - އޮޑިޓް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު