Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެބްރެޒިލްގެ ރައީސް ޖަޔަރ ބޮލްސޮނާރޯ

ބޮލްސޮނާރޯ ބަލި ގަބޫލެއް ނުކުރެއްވި، ނަމަވެސް ބާރުތައް ބަދަލުކުރަން ދެކޮޅެއް ނުހައްދަވާ

ބޮލްސޮނާރޯ ވަނީ ނޫސްވެރިން އެމަނިކުފާނު "މިސް ވާނެ" ކަމަށް ވިދާޅުވެފައި

ފާތިމަތު އުދުމާ
ފާތިމަތު އުދުމާ | 2 ނޮވެމްބަރު 2022 | ބުދަ 08:25
ބްރެޒިލްގެ ރައީސް ޖަޔަރ ބޮލްސޮނާރޯ

ބްރެޒިލްގެ ރައީސް ޖަޔަރ ބޮލްސޮނާރޯ

ބްރެޒިލްގެ ރިޔާސީ އިންތިހާބުން ނާކާމިޔާބުވިކަން ގަބޫލުފުޅުކުރައްވަން އެގައުމުގެ މިހާރުގެ ރައީސް ޖަޔަރ ބޮލްސޮނާރޯ ދެކޮޅުހައްދަވައިފިއެވެ.

އަންގާރަ ދުވަހު ބޮލްސޮނާރޯ ވަނީ މީޑިއާ އާ ބައްދަލުކުރައްވާ އިންތިހާބުން ނާކާމިޔާބުވެވަޑައިގެންނެވިކަން ގަބޫލުނުކުރައްވާކަމަށް ވިދާޅުވެފައެވެ. އަދި އެމަނިކުފާނުގެ ސަޕޯޓަރުން ކުރަމުންދާ މުޒާހަރާތަކަކީ އެކަމުގެ ހެތްކެތް ކަމަށް ބޮލްސޮނާރޯ ވަނީ ވިދާޅުވެފައެވެ.

އެހެންނަމުން ސަރުކާރު ބަދަލުކުރުމަށް ކުރަމުންދާ މަސައްކަތްތަކަށް ބޮލްސޮނާރޯ ހުުރަސްއަޅުއްވާ މަންޒަރެއް ނުފެނެއެވެ. އިންތިހާބުގެ ނަތީޖާއާ ގުޅިގެން މައްސަލަ ހުށަހެޅުއްވުމުގެ ބަދަލުގައި އެމަނިކުފާނުގެ ޗީފް އޮފް ސްޓާފަށް ވަނީ ސަރުކާރު ބަދަލުކުރުމަށް ކުރަންޖެހޭ ކަންތައްތައް ކުރުމަށް އަންގަވާފައެވެ.

ބޮލްސޮނާރޯ ވަނީ ސަރުކާރު ބަދަލުކުރުމުގައި އެމަނިކުފާނުގެ އެއްބާރުލުން ލިބިވަޑައިގަންނަވާނެ ކަމަށް ވިދާޅުވެފައެވެ.

މީޑިއާ އާ ބައްދަލުކުރައްވާ ބޮލްސޮނާރޯ ވާހަކަދައްކަވާފައި މިވަނީ އިންތިހާބުގެ ނަތިޖާ ލިބުނުތާ 44 ގަޑިއިރު ފަހުންނެވެ. އިންތިހާބުގެ ނަތީޖާ ބޮލްސޮނާރޯ ބައިލައިނުގައްނަވާނެ ކަމުގެ ވާހަކަތައް އޭރު ވެސް ދިޔައީ ދެކެވެމުންނެވެ. އަދި އެމަނިކުފާނުގެ ސަޕޯޓަރުން ވަނީ މަގުތަކަށް ނުކުމެ ނަތީޖާ އާ ދެކޮޅަށް އަޑުއުފުލަން ފަށާފައެވެ.

އެގޮތުން ބޮލްސޮނާރޯގެ ސަޕޯޓަރުން ވަނީ ހައިވޭތައް ބަންދުކޮށް، އިދިކޮޅު ކެނޑިޑޭޓް ވެރިކަމަށް އައުން ހުއްޓުވުމަށް އަސްކަރީ ބަގާވާތަކަށް ދިއުމަށް ވެސް ގޮވާލާފައެވެ.

މީޑިއާ ބައްދަލުކުރައްވާ ދެއްކެވި ވާހަކަތަކުގައި ބޮލްސޮނާރޯ ވަނީ ނޫސްވެރިން އެމަނިކުފާނު "މިސް ވާނެ" ކަމަށް ވިދާޅުވެފައެވެ. އަދި އެމަނިކުފާނަށް ތާއިދުކުރައްވާ ވޯޓުދެއްވި ފަރާތްތަކަށް ބޮލްސޮނާރޯ ވަނީ ޝުކުރު އަދާކުރައްވާފައެވެ.

ބްރެޒިލްގެ ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުން ކާމިޔާބުހޯއްދަވާފައި ވަނީ ވޯކާސް ޕާޓީގެ ކެނޑިޑޭޓް ލުއިޒް އިނާޝިއޯ ލޫލާ ޑަ ސިލްވާއެވެ.

މީގެ ކުރިން ވެސް ބްރެޒިލްގެ ރައީސްކަން ކުރައްވާފައިވާ ލޫލާ އެގައުމުގެ މިހާރުގެ ރައީސް ޖަޔާ ބޮލްސޮނާރޯ އާ ވާދަކުރައްވާ ކާމިޔާބުކުރައްވާފައިވަނީ ކުޑަ ތަފާތަކުންނެވެ.

އާދިއްތަ ދުވަހު ބްރެޒިލްގެ ސުޕީރިއަރ އިލެކްޓޯރަލް ޓްރައިބިއުނަލް އިން އާންމުކޮށްފައިވާގޮތުން ލޫލާ އަށް އިންތިހާބުގައި ލިބިވަޑައިގަންނަވާފައި ވަނީ 50.88 އިންސައްތަ ވޯޓެވެ. އަދި ބޮލްސޮނާރޯ އަށް 49.12 އިންސައްތަ ވޯޓު ވަނީ ލިބިވަޑައިގަންނަވާފައެވެ.

މިއީ ބްރެޒިލްގެ ތާރީހުގައި ވެސް މިހާ ކުޑަ ފަރަގެއްގެ ތަފާތުން ރިޔާސީ އިންތިހާބުގެ ދެ ވަނަ ބުރު ކެންޑިޑޭޓަކު ކާމިޔާބުކުރެއްވި ފުރަތަމަ ފަހަރެވެ.

އޮކްޓޫބަރު މަހުގެ ދެ ވަނަ ދުވަހު ކުރިއަށްދިޔަ އިންތިހާބުގެ ފުރަތަމަ ބުރުގައި ލޫލާއަށް ލިބިވަޑައިގަތީ 48.3 އިންސައްތަ ވޯޓެވެ. އަދި ބޮލްސޮނާރޯއަށް ލިބިވަޑައިގަތީ 43.2 އިންސައްތަ ވޯޓެވެ.

ވޯކާސް ޕާޓީގެ ބާނީ، ލޫލާ، އެމަނިކުފާނުގެ ކެމްޕެއިން ހާއްސަކޮށްފައިވަނީ އިޖުތިމާއީ މައްސަލަތަކުގެ މައްޗަށެވެ. އެގޮތުން އެންމެ ކުޑަ އުޖޫރަ އިތުރުކުރުމަށާއި ސަރުކާރު ކުންފުނިތައް ބާރުވެރިކުރުމަށް ލޫލާ ވައުދުވެވަޑައިގަތެވެ. އޭގެ އިތުރުން ބަނޑުހައިހޫނުކަމާއި ފަގީރުކަމާ ދެކޮޅަށް މަސައްކަތްކުރައްވާނެ ކަމަށް ވެސް ލޫލާ ވައުދުވެވަޑައިގަތެވެ.

ލޫލާ ވަނީ 2003 ވަނަ އަހަރުން 2010 ވަނަ އަހަރަށް ބްރެޒިލްގެ ރައީސްކަން ކުރައްވާފައެވެ. 2018 ވަނަ އަހަރު ލޫލާގެ މައްޗަށް ކޮރަޕްޝަންގެ މައްސަލަ އެއް ސާބިތުވެ 18 މަސް ޖަލުގައި ހޭދަކުރައްވާފައިވެއެވެ. އެހެންނަމަވެސް 2021 ވަނަ އަހަރު ބްރެޒިލްގެ ސުޕްރީމް ކޯޓެއްގެ ޖަޖެއް ވަނީ އެ މައްސަލަ އޭނާގެ މައްޗަށް ސާބިތުނުވާކަމަށް ނިންމާފައެވެ. މިއާ އެކު 2022 ވަަނަ އަހަރުގެ ރިޔާސީ އިންތިހާބުގައި ވާދަކުރެއްވުމުގެ ފުރުސަތު ލޫލާ އަށް ލިބިވަޑައިގަތެވެ.

ޖައިރް ބޮލްސޮނާރޯބްރެޒިލްލޫލާ ޑަ ސިލްވާ

އިތުރަށް ކިޔާލަން

20 ޑިސެމްބަރު 2025

ބޮލްސޮނާރޯގެ އައު އިސްތިއުނާފު ބްރެޒިލްގެ ސުޕްރީމް ކޯޓުން ބަލައި ނުގަތް

20 ޑިސެމްބަރު 2025
ބޮލްސޮނާރޯގެ އައު އިސްތިއުނާފު ބްރެޒިލްގެ ސުޕްރީމް ކޯޓުން ބަލައި ނުގަތް
26 ނޮވެމްބަރު 2025

27 އަހަރުގެ ޖަލު ޙުކުމް ތަންފީޒު ކުރުމަށް ބޮލްސޮނާރޯ ޖަލަށް ގެންދިޔުމަށް ސުޕްރީމް ކޯޓުން އަމުރު ކޮށްފި

26 ނޮވެމްބަރު 2025
27 އަހަރުގެ ޖަލު ޙުކުމް ތަންފީޒު ކުރުމަށް ބޮލްސޮނާރޯ ޖަލަށް ގެންދިޔުމަށް ސުޕްރީމް ކޯޓުން އަމުރު ކޮށްފި
24 ނޮވެމްބަރު 2025

ބްރެޒިލްގެ ކުރީގެ ރައީސް ފައިގައި ހަރުކޮށްފައިވާ މޮނިޓަރަށް ގެއްލުންދީފައިވާތީ، އޭނާ ފުލުހުންގެ ބެލުމުގެ ދަށުގައި ބަހައްޓަން ކޯޓުން އަމުރު ކޮށްފި

24 ނޮވެމްބަރު 2025
ބްރެޒިލްގެ ކުރީގެ ރައީސް ފައިގައި ހަރުކޮށްފައިވާ މޮނިޓަރަށް ގެއްލުންދީފައިވާތީ، އޭނާ ފުލުހުންގެ ބެލުމުގެ ދަށުގައި ބަހައްޓަން ކޯޓުން އަމުރު ކޮށްފި
25 އޮކްޓޯބަރު 2025

ނަސްލު ނައްތާލުމާ ދެކޮޅަށް މަސައްކަތް ނުކުރާ ކަމަށް ވިދާޅުވެ، ލޫލާގެ ނުރުހުން އދ އަށް

25 އޮކްޓޯބަރު 2025
ނަސްލު ނައްތާލުމާ ދެކޮޅަށް މަސައްކަތް ނުކުރާ ކަމަށް ވިދާޅުވެ، ލޫލާގެ ނުރުހުން އދ އަށް
23 އޮކްޓޯބަރު 2025

ނިންމުން ބަދަލު ކުރައްވައި، ކޮޕް30 ސަމިޓުގައި ސްޓާމަރ ބައިވެރިވާނެ ކަމަށް ހާމަ ކޮށްފި

23 އޮކްޓޯބަރު 2025
ނިންމުން ބަދަލު ކުރައްވައި، ކޮޕް30 ސަމިޓުގައި ސްޓާމަރ ބައިވެރިވާނެ ކަމަށް ހާމަ ކޮށްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު