Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ރައުޝަން ޖިއާންގެ މަރު

ޖިއާންގެ މަރުގެ ބަދަލަށް 4.5 މިލިއަން ރުފިޔާ ދޭން ކުރި ޙުކުމް: ކުންފުނީގެ ފަރާތުން 16 އިސްތިއުނާފީ ނުކުތާއެއް

ނަފްސާނީ ގެއްލުމާއި ގުޅިގެން ކޮށްފައިވާ ޚަރަދުތައް ދައްކުވައިދޭ އެއްވެސް ލިޔެކިޔުމެއް ހުށަހަޅާފައި ނުވާކަމަށް ބުނެފައިވޭ

ލައިޝާ އަހްމަދު
ލައިޝާ އަހްމަދު, ރާއްޖެ އެމްވީ | 2 ނޮވެމްބަރު 2022 | ބުދަ 05:02
އިމާރާތަކުން ވެއްޓުނު ސިމެންތި ބަސްތާއަކުން ޖެހުމުގެ ސަބަބުން މަރުވި ރައުޝަން ޖިއާންގެ މަރުގެ މައްސަލަ

އިމާރާތަކުން ވެއްޓުނު ސިމެންތި ބަސްތާއަކުން ޖެހުމުގެ ސަބަބުން މަރުވި ރައުޝަން ޖިއާންގެ މަރުގެ މައްސަލަ

އިމާރާތަކުން ވެއްޓުނު ސިމެންތި ބަސްތާއަކުން ޖެހުމުގެ ސަބަބުން މަރުވި ރައުޝަން ޖިއާންގެ މަރުގެ މައްސަލައިގައި ދައުވާ ލިބޭ ޑަބްލިއު ކޮންސްޓްރަކްޝަންގެ ފަރާތުން 16 އިސްތިއުނާފީ ނުކުތާއެއް ހައިކޯޓަށް ހުށަހަޅައިފިއެވެ.

ހައިކޯޓުގައި މި މައްސަލަ ބައްލަވާ ބެންޗުގައި ހިމެނިވަޑައިގަންނަވަނީ ފަނޑިޔާރު މުހައްމަދު ފައިސަލް އާއި ފަނޑިޔާރު ހުޒައިފާ މުޙައްމަދުގެ އިތުރުން ފަނޑިޔާރު މުޙައްމަދު ނިޔާޒެވެ.  

މި މައްސަލަ އާ ގުޅޭ 2 ގަޒިއްޔާ އެއް ހައިކޯޓުގައި ކުރިއަށްދާއިރު، އޭގެ ތެރެއިން އެއް ގަޒިއްޔާއަކީ ޑަބްލިއު ކޮންސްޓްރަކްޝަންގެ ފަރާތުން ހައިކޯޓަށް ހުށަހެޅުމުން ބަލާ މައްސަލައެކެވެ. އަނެއް މައްސަލައަކީ ޖިއާންގެ އާއިލާގެ ފަރާތުން ހުށަހަޅާފައިވާ މައްސަލައެކެވެ.

ޑަބްލިއު ކޮންސްޓްރަކްޝަންގެ ފަރާތުން އިސްތިއުނާފު ކޮށްފައިވާ މައްސަލައަކީ ރައުޝަން ޖިއާންގެ މަރުގެ މައްސަލައިގައި ބަދަލެއްގެ ގޮތުން 4.5 މިލިއަން ރުފިޔާ ދޭން އެ ކުންފުނީގެ މައްޗަށް ސިވިލް ކޯޓުން ކުރި ޙުކުމެވެ. އެގޮތުން މަދަނީ ބަދަލު ނަގައިދިނުމަށް ހުށަހަޅާފައިވާއިރު، ދައުވާކުރި ފަރާތަށް ލިބިފައިވާ ނަފްސާނީ ގެއްލުމާއި ގުޅިގެން ކޮށްފައިވާ ޚަރަދުތައް ދައްކުވައިދޭ އެއްވެސް ލިޔެކިޔުމެއް ހުށަހަޅާފައި ނުވާކަމަށް ކުންފުނީގެ ފަރާތުން ބުނެއެވެ.

އޭގެ އިތުރުން، ކުންފުނީގެ ފަރާތުން ބަހައްޓަން ޖެހޭ އިންޒާރުގެ ބޯޑު ބަހައްޓާފައިވާނެ ކަމަށާއި، ރައުޝަން ޖިއާން އެ މަގުން ލާފައި ދިޔައިރު އޭނާ ހުއްޓުވުމަށް އޭނާގެ މަންމަ ފަރުޒާނާ ހުސައިން އެކަށީގެންވާ ގޮތެއްގައި މަސައްކަތް ކުރެވިފައި ނުވާކަން ޑަބްލިއު ކޮންސްޓްރަކްޝަން އިން ފާހަގަކޮށްފައިވެއެވެ.

ހަމައެއާއެކު، ޖިއާންގެ ބޭސްފަރުވާ ކޮށްފައިވަނީ ފަރުޒާނާ ހުސައިން އާއި އޭނާގެ ފިރިމީހާ ޖާވިދު ކަމާލްގެ ޚަރަދުގައިކަން އެނގޭނެ ލިޔުމެއް ހުށަހަޅާފައި ނުވާކަން ވެސް އިސްތިއުނާފީ ނުކުތާއެއްގެ ގޮތުން ހުށަހަޅާފައިވެއެވެ.

ބައެއް ބަދަލުތައް ނަގައިދިނުމުގައި ބަލަންޖެހޭ ޝަރުއީ އަދި ޤާނޫނީ އުސޫލުތަކަށް ރިއާޔަތް ކޮށްފައި ނުވާކަން ވެސް ކުންފުނީގެ ފަރާތުން ފާހަގަކޮށްފައިވެއެވެ.

ސިވިލް ކޯޓުގައި ހުށަހަޅާފައިވާ ދައުވާއަކީ ޑަބްލިއު ކޮންސްޓްރަކްޝަންގެ މައްޗަށް ހުށަހެޅޭނެ ދައުވާ އެއް ވެސް ނޫން ކަމަށާއި، މި މައްސަލައިގެ "ޕްރައިމަރީ ވިކްޓިމް" އަކީ ކޮބައިކަން ސާފު ނުވާކަމަށް ވެސް ކުންފުނިން ހުށަހެޅި އިސްތިއުނާފުގައި ބަޔާންކޮށްފައިވެއެވެ.

ޖުމުލަ 16 އިސްތިއުނާފީ ނުކުތާއެއް ކުންފުނީގެ ފަރާތުން ހުށަހަޅާފައިވާއިރު، ދެން އޮންނަ އަޑުއެހުމެއްގައި އޮންނާނީ އެ ނުކުތާތަކާއި ގުޅޭގޮތުން ތަފްސީލީ ގޮތެއްގައި ވާހަކަ ދެއްކުމެވެ.

އުމުރުން ހަތް އަހަރުގެ ރައުޝަން ޖިއާން މަރުވި މައްސަލައިގައި ދައުލަތުން ދައުވާކުރި ހަ މީހުންގެ ތެރެއިން ފަސް މީހުންގެ މައްޗަށް ކުށް ސާބިތުވާ ކަމަށް ކުރިމިނަލް ކޯޓުން ހުކުމް ކޮށްފައިވާއިރު، ޖަލަށްލާން ހުކުމްކުރީ ދެ ބިދޭސީއެއްގެ މައްޗަށެވެ. އޭގެ ތެރެއިން އެކަކަށް ހަ އަހަރުގެ ދުވަހުގެ ޖަލު ހުކުމެއް އިއްވާފައިވާއިރު، އަނެކަކުގެ މައްޗަށް އިއްވީ ތިން އަހަރު ދުވަހުގެ ޖަލު ހުކުމެކެވެ. އަދި އިތުރު ދެ ބިދޭސީއަކު 7،200 ރުފިޔާ އިން ޖޫރިމަނާ ކުރަން ހުކުމްކުރިއެވެ.

މީގެ އިތުރުން ޑަބްލިއު ކޮންސްޓްރަކްޝަންގެ ސީނިއަރ ސައިޓް ސުޕަވައިޒަރު ހަސަންގެ މައްޗަށް ސާބިތުވީ، މީހަކު މަރުވެ ދިޔުމުގެ އިހުމާލެއް ކުރުމުގެ ދައުވާއެވެ. އެ ދައުވާ ސާބިތުވެ އޭނާގެ މައްޗަށް 115،000 ރުފިޔާގެ ޖޫރިމަނާއެއް ވަނީ ކޮށްފައެވެ.

ސިވިލް ކޯޓުގައި ކުރިއަށް ގެންގޮސްފައިވަނީ މި މައްސަލައިގައި ގެއްލުމުގެ ބަދަލު ނަގައިދިނުން އެދި އާއިލާގެ ފަރާތުން ހުށަހެޅި މައްސަލައެވެ. އެގޮތުން މި ޙާދިސާގެ ސަބަބުން ޖިއާންގެ މައިންބަފައިންނަށް ލިބުނު މާލީ އަދި ނަފްސާނީ ގެއްލުމުގެ ބަދަލު ނަގައިދިނުން ވަނީ އެދިފައެވެ.

މި މައްސަލަ އާ ގުޅިގެން ސިވިލް ކޯޓުން ކުރި ޙުކުމުގައި ވަނީ ޖިއާންގެ އާއިލާ އަށް ލިބުނު ގެއްލުމުގެ ބަދަލުގެ ގޮތުގައި ލިބެންޖެހޭ 4،557،040.86 (ހަތަރު މިލިއަން ފަސް ލައްކަ ފަންސާސް ހަތްހާސް ސާޅީސް ރުފިޔުާ އަށްޑިހަ ހަ ލާރި) 31 އޯގަސްޓުން ފެށިގެން ދެ މަސް ދުވަހުގެ ތެރޭގައި ދެއްކުމަށް ޙުކުމް ކޮށްފައެވެ.

ރައުޝަން ޖިއާންހައި ކޯޓު

ކޮމެންޓް

Like & Win

Giveaway
Powered by: Radient Heat Waters
Kent Grand Plus

Kent Grand Plus

Tap

އިތުރަށް ކިޔާލަން

ދިފާޢީ ވަކީލުންގެ ގޮތުގައި މަސައްކަތް ކުރާ ފަރާތްތަކަށް ނިސްބަތް ކޮށް އަސާސެއް ނެތް ތުހުމަތުތައް ނުކުރުމަށް ބާރ ކައުންސިލުން އިލްތިމާސްކޮށްފި

ދިފާޢީ ވަކީލުންގެ ގޮތުގައި މަސައްކަތް ކުރާ ފަރާތްތަކަށް ނިސްބަތް ކޮށް އަސާސެއް ނެތް ތުހުމަތުތައް ނުކުރުމަށް ބާރ ކައުންސިލުން އިލްތިމާސްކޮށްފި

12 ޑިސެމްބަރު 2025
23 އަހަރު ގެ ޚިދުމަތަށްފަހު ފަނޑިޔާރު ނިޔާޒް ރިޓަޔާ ކުރައްވައިފި

23 އަހަރު ގެ ޚިދުމަތަށްފަހު ފަނޑިޔާރު ނިޔާޒް ރިޓަޔާ ކުރައްވައިފި

10 ޑިސެމްބަރު 2025
ފީފާގެ ބަހެއް ނެތި މައްސަލަ ނުބެލޭނެކަމަށް ބުނެ ބައްސާމް ހުށަހެޅި މައްސަލަ ހައިކޯޓުން ބަލައި ނުގަތް

ފީފާގެ ބަހެއް ނެތި މައްސަލަ ނުބެލޭނެކަމަށް ބުނެ ބައްސާމް ހުށަހެޅި މައްސަލަ ހައިކޯޓުން ބަލައި ނުގަތް

07 ޑިސެމްބަރު 2025
އަމުރު ނެރުއްވި ފަނޑިޔާރު، އިސްތިއުނާފް މައްސަލަ ބަލަން އިންނެވުމުން ޝަރީއަތް މެދުކަނޑާލައިފި

އަމުރު ނެރުއްވި ފަނޑިޔާރު، އިސްތިއުނާފް މައްސަލަ ބަލަން އިންނެވުމުން ޝަރީއަތް މެދުކަނޑާލައިފި

27 ނޮވެމްބަރު 2025
 ހައިކޯޓުގެ ފަނޑިޔާރު މުހައްމަދު ފައިސަލް ފަނޑިޔާރުކަމުން އިސްތިއުފާ ދެއްވައިފި

ހައިކޯޓުގެ ފަނޑިޔާރު މުހައްމަދު ފައިސަލް ފަނޑިޔާރުކަމުން އިސްތިއުފާ ދެއްވައިފި

23 ނޮވެމްބަރު 2025

އަހަރުތަކުން މިއަދު

12 މާރިޗު
ސްވީޓް ޕޮޓޭޓޯ ކެސެރޯލް ވިތް މާޝްމެލޯސް
20251 އަހަރު ކުރިން
ލައިފް ސްޓައިލް

ސްވީޓް ޕޮޓޭޓޯ ކެސެރޯލް ވިތް މާޝްމެލޯސް

އަންހެނުންގެ ދުވަސް ނިމި މުއާލާތް ކެނޑުނުއިރުވެސް އެ ވާހަކަދައްކަވަން އެމަނިކުފާނަށް ކެރިވަޑައިނުގަތެވެ.
20242 އަހަރު ކުރިން
ރިޕޯޓު

އަންހެނުންގެ ދުވަސް ނިމި މުއާލާތް ކެނޑުނުއިރުވެސް އެ ވާހަކަދައްކަވަން އެމަނިކުފާނަށް ކެރިވަޑައިނުގަތެވެ.

އިވުނީ މީހެއް ހަޅޭކުގެ އަޑު، ދެން ފެނުނީ ވެއްޓިފައި އޮއްވާ!
20233 އަހަރު ކުރިން
ރިޕޯޓު

އިވުނީ މީހެއް ހަޅޭކުގެ އަޑު، ދެން ފެނުނީ ވެއްޓިފައި އޮއްވާ!

ރާފިލްގެ ފަހު މެސެޖް ''އައްސަލާމް އަލައިކުމް ސަރ، އަޅުގަނޑު ވަރަށް ގަދައަށް ހުން އައިސްގެން މިއުޅެނީ''
20224 އަހަރު ކުރިން
ރިޕޯޓު

ރާފިލްގެ ފަހު މެސެޖް ''އައްސަލާމް އަލައިކުމް ސަރ، އަޅުގަނޑު ވަރަށް ގަދައަށް ހުން އައިސްގެން މިއުޅެނީ''

ކަސްރަތުކޮށް ނިމިގެން ދާއިރު މާސްކް އަޅައިގެން ދިއުމަށް ފުލުހުން އިލްތިމާސްކޮށްފި
20215 އަހަރު ކުރިން
ރާއްޖެ

ކަސްރަތުކޮށް ނިމިގެން ދާއިރު މާސްކް އަޅައިގެން ދިއުމަށް ފުލުހުން އިލްތިމާސްކޮށްފި

ޔާމީންގެ އެއްވެސް ކެންޑިޑޭޓަކަށް ތާއީދެއް ނުކުރާނަން: މިނިސްޓަރު އައިޝާ
20197 އަހަރު ކުރިން
ރާއްޖެ

ޔާމީންގެ އެއްވެސް ކެންޑިޑޭޓަކަށް ތާއީދެއް ނުކުރާނަން: މިނިސްޓަރު އައިޝާ

ޖެނެރަލް ޝިޔާމް މާފަށް އެދި ތައުބާވުމަށް ރުކުމާ ގޮވާލައްވައިފި
20188 އަހަރު ކުރިން
ރާއްޖެ

ޖެނެރަލް ޝިޔާމް މާފަށް އެދި ތައުބާވުމަށް ރުކުމާ ގޮވާލައްވައިފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު