Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެދައުލަތުގެ ބަޖެޓު 2023

ނިމިދިޔަ 5 އަހަރު އަލިފާނުގެ އެކި ޙާދިސާތަކަށް އެވްރެޖްކޮށް އަހަރަކު 5.7 މިލިއަން ރުފިޔާ ޚަރަދު ކުރަން ޖެހުނު

2 ނޮވެމްބަރު 2022 | ބުދަ 02:51

ޤުދުރަތީ ކާރިސާތަކާއި ދިމާވާ ކުއްލި ނުރައްކަލުގެ ހާދިސާތަކުގެ ސަބަބުން ބަޖެޓަށާއި ދައުލަތުގެ މާލިއްޔަތަށްކުރާ އަސަރު ބޮޑު

ލައިޝާ އަހްމަދު
ލައިޝާ އަހްމަދު | 2 ނޮވެމްބަރު 2022 | ބުދަ 02:51
ޖަނަވަރީ މަގުގައި ހުރި ފިހާރަގައި އަލިފާން ރޯވުން

ޖަނަވަރީ މަގުގައި ހުރި ފިހާރަގައި އަލިފާން ރޯވުން

2016 ވަނަ އަހަރުން ފެށިގެން، 2021 ވަނަ އަހަރާއި ހަމައަށް އަލިފާނުގެ އެކި ހާދިސާތަކަށް އެވްރެޖް ގޮތެއްގައި ކޮންމެ އަހަރަކުވެސް 5.7 މިލިއަން ރުފިޔާ ޚަރަދުކުރަން ޖެހިފައިވާކަމަށް ފިނޭންސް މިނިސްޓްރީން ބުނެފިއެވެ.

ފިނޭންސް މިނިސްޓްރީން އެކަން ބަޔާން ކޮށްފައިވަނީ އަންނަ އަހަރަށް ލަފާކޮށް ނެރެފައިވާ ދައުލަތުގެ ބަޖެޓުގައެވެ. އެގޮތުން ޤުދުރަތީ ކާރިސާތަކާއި ދިމާވާ ކުއްލި ނުރައްކަލުގެ ހާދިސާތަކުގެ ސަބަބުން ބަޖެޓަށާއި ދައުލަތުގެ މާލިއްޔަތަށްކުރާ އަސަރު ބޮޑުވަމުން އަންނަކަމަށް މިނިސްޓްރީން ބުނެއެވެ.

Advertisement - newsAdvertisement

އޭގެ މިސާލެއްގެ ގޮތުން 2020 ވަނަ އަހަރު ކުރިމަތިވި ކޮވިޑް-19 ގެ ބަލިމަޑުކަމާއި، 2014 ގައި ހިނގި މާލެއިން ފެން ކެނޑުމުގެ ހާދިސާ އާއި 2019 ގައި މާލޭގައި ހުރި ކެމިކަލް ގުދަނެއްގައި ހިނގި އަލިފާނުގެ ހާދިސާ ވަނީ ފާހަގަކޮށްފައެވެ. އޭގެ އިތުރުން، ރަށްރަށުގައި ފެން ބޮޑުވުމާއި، އުދައެރުމާއި، ހޫނު މޫސުމުގައި ފެނަށް ޖެހުމުގެ މައްސަލަތަކަކީ ކުރިއާލާ އެފަދަ ކާރިސާތަކުގެ އަސަރު އަންދާޒާކުރަން އުދަނގޫ ކަންކަން ކަމުގައި ވެސް ބަޖެޓުގައި ވަނީ ފާހަގަކޮށްފައެވެ.

2016 ވަނަ އަހަރުން ފެށިގެން، 2021 ވަނަ އަހަރާއި ހަމައަށް އަލިފާނުގެ އެކި ހާދިސާތަކަށް އެވްރެޖް ގޮތެއްގައި ކޮންމެ އަހަރަކު ވެސް 5.7 މިލިއަން ރުފިޔާ ޚަރަދުކުރަން ޖެހިފައިވާއިރު، މި ހަރަދުތަކަކީ އަންދާޒާކުރަން ދަތި ޚަރަދުތަކެއް ކަމުގައިވުމުން، ބަޖެޓުގެ އަންދާޒާތަކުގައި ކުރިއާލާ ހިމަނާ އަދަދުތަކެއް ނޫންކަން މިނިސްޓްރީން ފާހަގަކުރެއެވެ. އެގޮތުން ނިމިގެންދިޔަ އަހަރުތަކުގެ ޚަރަދަށް ބަލައިލާއިރު، މުޅި ރާއްޖޭގައި، އަދި ވަކިން ހާއްސަކޮށް މާލޭގައި ހިނގާ އަލިފާނުގެ ހާދިސާތަކުގެ އަދަދު އަހަރުން އަހަރަށް ޖުމްލަގޮތެއްގައި އިތުރުވަމުންދާކަން މިނިސްޓްރީން ނެރެފައިވާ ބަޖެޓު ފޮތުގައި ބަޔާން ކޮށްފައިވެއެވެ.

އަލިފާނުގެ ހާދިސާއަށް ކުރާ ޚަރަދު ބިނާވަނީ ހާދިސާގެ ބޮޑުކުޑަމިނަށްކަން ފާހަގަކޮށް މިނިސްޓްރީން ބުނީ، 2019 ވަނަ އަހަރު މާލޭގައި ހިނގި އަލިފާނުގެ ބޮޑު ހާދިސާއަކީ ބަޖެޓުކޮށްފައިވާ މިންވަރަށްވުރެ ބޮޑުތަނުން އިތުރަށް ޚަރަދުވި ހާދިސާއެއް ކަމަށެވެ.

އޭގެ އިތުރުން، އަލިފާނުގެ ހާދިސާތަކުން ރައްކާތެރިވުމުގެ ގޮތުން، ބިލްޑިންގ ކޯޑާ އެއްގޮތަށް އިމާރާތްތައް ބިނާކުރުމަކީ ކުރުން މުހިންމު ކަމެއްކަން ވެސް މިނިސްޓްރީން ފާހަގަކޮށްފައިވެއެވެ. އެގޮތުން ސިނާއީ ސަރަހައްދުތައް އާންމުން ދިރިއުޅޭ ހިސާބުތަކާ ދުރުގައި ކަނޑައެޅުމާއި، ކެމިކަލް ގުދަންފަދަ ތަންތަން ރައްކާތެރި، އާންމުން ދިރިނޫޅޭ ހިސާބުތަކުގައި ގާއިމުކުރުމަކީ ވަރަށް މުހިންމު ކަމެއްކަމަށް މިނިސްޓްރީން ބުނެއެވެ.

2019 ވަނަ އަހަރުގެ ސެޕްޓެންބަރު މަހުގެ 20 ވަނަ ދުވަހު ހ. ތިލަފުށީ ގޭގައި ހުރި ހަތަރު ކެމިކަލް ގުދަނެއްގައި އަލިފާން ރޯވެ ހަ ގެއެއް ވަނީ އަނދައި އަޅިއަށް ވެފައެވެ. އެ ހާދިސާގައި އެކަކު ނިޔާވެ، 400 އަށްވުރެ ގިނަ މީހުން ގެދޮރު ގެއްލުނެވެ.

އެ ހާދިސާ އާ ގުޅިގެން ރާއްޖެއަށް ކެމިކަލް އެތެރެކުރުމާއި ގުދަންކޮށް ވިއްކުމާ ބެހޭ ގަވާއިދެއް ފުރަތަމަ ފަހަރަށް ވަނީ ހަދާފައެވެ.

އެ ގަވާއިދުގައި ބުނާ ގޮތުން ކެމިކަލް ގުދަން ހުންނަން ޖެހެނީ މީހުން ދިރިއުޅޭ ތަންތަނާ ވަކިން ކަމަށާއި ކެމިކަލް ރައްކާކުރާ ގުދަން ތިން ބުރިއަށް ވުރެ އުސްކޮށް ނުހެދޭނެ ކަމަށް ވަނީ ބުނެފައެވެ. ގުދަންތަކުގެ ދޮރުތަކަކީ ފަޔަރ ރެސިސްޓަންޓް ދޮރުތަކަކަށް ވާންޖެހޭ ކަމަށް އެ ގަވާއިދުގައި ވަނީ ބުނެފައެވެ.

ބަޖެޓް 2023ދައުލަތުގެ ބަޖެޓު 2023

އެންމެ ހިނގާ

1

އާރްޑީސީން މަގު ކޮނުމުގެ ތެރޭގައި ފާރެއް ވެއްޓި އުމުރުން ދުވަސްވީ މީހަކު "ވަޅުލެވިއްޖެ"

2

ތުރުކީގެ އަޝްޓާޝް އިން 300 މިލިއަން ޑޮލަރުގެ ލަގްޒަރީ ރިސޯޓެއް ރާއްޖޭގައި ތަރައްގީކުރަނީ

3

އުތުރު ކޮރެއާއިން ޖަޕާނަށް އަސްކަރީ ފިޔަވަޅުއަޅާނެ ކަމުގެ އިންޒާރުދީފި

4

އީރާން ބަލިވެފައިވާކަމަށް 106 ފަހަރު އަދި އެއްބަސްވުމަކަށް އާދެވިފައިވާ ކަމަށް 80 ފަހަރު ޓްރަމްޕް ވިދާޅުވެފައިވާތީ، އީރާންގެ ޤައުމީ ސަލާމަތާ ބެހޭ ކޮމެޓީގެ މެންބަރެއްގެ މަލާމާތް ޓްރަމްޕް އަށް!

5

ޓްރަމްޕްގެ "ތިންވަނަ ހަނގުރާމަ" ވެސް ނާކާމިޔާބުވެ އެމެރިކާ ބަލިވެއްޖެ: އީރާނުގެ ލީޑަރުގެ އެޑްވައިޒަރ

އިތުރަށް ކިޔާލަން

22 ނޮވެމްބަރު 2023

މި ސަރުކާރުން އުފެއްދި އައު ވުޒާރާތައް ހިންގުމަށް ބޭނުންވާ ބަޖެޓް އަންނަ ހޯމަ ދުވަހު މަޖިލީހަށް ހުށަހަޅަނީ

22 ނޮވެމްބަރު 2023
މި ސަރުކާރުން އުފެއްދި އައު ވުޒާރާތައް ހިންގުމަށް ބޭނުންވާ ބަޖެޓް އަންނަ ހޯމަ ދުވަހު މަޖިލީހަށް ހުށަހަޅަނީ
26 އޮކްޓޯބަރު 2023

މާލިއްޔަތު ގާނޫނުގައި ބުނާ ކަންކަން ފުރިހަމަކުރުމަށްފަހު ސަޕްލިމެންޓްރީ ބަޖެޓް އަލުން ހުށަހަޅައިފި

26 އޮކްޓޯބަރު 2023
މާލިއްޔަތު ގާނޫނުގައި ބުނާ ކަންކަން ފުރިހަމަކުރުމަށްފަހު ސަޕްލިމެންޓްރީ ބަޖެޓް އަލުން ހުށަހަޅައިފި
25 އޮކްޓޯބަރު 2023

ސަޕްލިމެންޓްރީ ބަޖެޓް އަނބުރާ ފޮނުވާލައިފި

25 އޮކްޓޯބަރު 2023
ސަޕްލިމެންޓްރީ ބަޖެޓް އަނބުރާ ފޮނުވާލައިފި
23 މާރިޗު 2023

ބަޖެޓުގެ ބޭރުން މަސައްކަތް ކުރިއަށް ނުގެންދަން - އަމީރު

23 މާރިޗު 2023
ބަޖެޓުގެ ބޭރުން މަސައްކަތް ކުރިއަށް ނުގެންދަން - އަމީރު
23 ފެބުރުއަރީ 2023

ސިޔާސީ ޕާޓީތަކަށް ދޭން ފާސްކުރި ބަޖެޓުން ފައިސާ ލިބުނީ 6 ޕާޓީއަކަށް

23 ފެބުރުއަރީ 2023
ސިޔާސީ ޕާޓީތަކަށް ދޭން ފާސްކުރި ބަޖެޓުން ފައިސާ ލިބުނީ 6 ޕާޓީއަކަށް
22 ނޮވެމްބަރު 2022

ސަޕްލިމެންޓްރީ ބަޖެޓާއި ގުޅޭގޮތުން އިންކުއަރީ ހެދުމަށް ސައީދު ހުށަހެޅުއްވި މައްސަލަ މާލިއްޔަތު ކޮމިޓީއަށް

22 ނޮވެމްބަރު 2022
ސަޕްލިމެންޓްރީ ބަޖެޓާއި ގުޅޭގޮތުން އިންކުއަރީ ހެދުމަށް ސައީދު ހުށަހެޅުއްވި މައްސަލަ މާލިއްޔަތު ކޮމިޓީއަށް
21 ނޮވެމްބަރު 2022

ދުނިޔެއަށް ދިމާވެފައިވާ އިގްތިސާދީ ކާރިސާއިން އަރައިގަތުމަށް ބަޖެޓުން ލިބެނީ އުންމީދު: ޝަރީފް

21 ނޮވެމްބަރު 2022
ދުނިޔެއަށް ދިމާވެފައިވާ އިގްތިސާދީ ކާރިސާއިން އަރައިގަތުމަށް ބަޖެޓުން ލިބެނީ އުންމީދު: ޝަރީފް
21 ނޮވެމްބަރު 2022

އާޒިމް އާއި ބޮންޑެެގެ ބޮޑެތި ތުހުމަތުތަކެއް ސަރުކާރަށް

21 ނޮވެމްބަރު 2022
އާޒިމް އާއި ބޮންޑެެގެ ބޮޑެތި ތުހުމަތުތަކެއް ސަރުކާރަށް
09 ނޮވެމްބަރު 2022

ބަޖެޓަކީ ފޭކް ބަޖެޓެއް ކަަމަށް ބޮންޑެ ބުނުމުން ފަލާހު - "ތިއީ ސިޔާސީ ވާހަކަ، ތިވާހަކަ ދައްކަނީ އޮޅުވާލަން"

09 ނޮވެމްބަރު 2022
ބަޖެޓަކީ ފޭކް ބަޖެޓެއް ކަަމަށް ބޮންޑެ ބުނުމުން ފަލާހު - "ތިއީ ސިޔާސީ ވާހަކަ، ތިވާހަކަ ދައްކަނީ އޮޅުވާލަން"
09 ނޮވެމްބަރު 2022

2023ގެ ބަޖެޓްގެ އެންމެ ބޮޑު އަމާޒަކީ ދިމާވެފައިވާ ހިރާސްތައް ބަލައިގަނެ، އެކަންކަން ގިރާކުރުން: އަމީރު

09 ނޮވެމްބަރު 2022
2023ގެ ބަޖެޓްގެ އެންމެ ބޮޑު އަމާޒަކީ ދިމާވެފައިވާ ހިރާސްތައް ބަލައިގަނެ، އެކަންކަން ގިރާކުރުން: އަމީރު
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް