Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެ2023 ވަނަ އަހަރަށް ލަފާކުރާ ބަޖެޓު

2023 ވަނަ އަހަރަށް ލަފާކުރާ ބަޖެޓުގައި އާމްދަނީ ލިބޭނެކަމަށް އޮތް މިންވަރަށް އާމްދަނީ ލިބޭނެ: ފިނޭންސް މިނިސްޓްރީ

އާމްދަނީ އާއި ހިލޭ އެހީގެ ގޮތުގައި ދައުލަތަށް 32،098.3 މިލިއަން ރުފިޔާ ލިބޭނެކަމަށް ލަފާކުރެވޭ

ނަޒާހަތު އިބްރާހިމް ރަޝީދު
ނަޒާހަތު އިބްރާހިމް ރަޝީދު | 2 ނޮވެމްބަރު 2022 | ބުދަ 02:38
ޗީފް ފައިނޭންޝިއަލް ބަޖެޓް އެގްޒެކެޓިވް، އަހުމަދު ސަރުވަޝް

ޗީފް ފައިނޭންޝިއަލް ބަޖެޓް އެގްޒެކެޓިވް، އަހުމަދު ސަރުވަޝް

2023 ވަނަ އަހަރަށް ލަފާކުރާ ބަޖެޓުގައި އާމްދަނީ ލިބޭނެކަމަށް އޮތް މިންވަރަށް އާމްދަނީ ލިބޭނެ ކަމަށް ފިނޭންސް މިނިސްޓްރީއިން ބުނެފިއެވެ.

ރާއްޖެ ޓީވީގެ ފަލަ ސުރުޚީ ޕްރޮގްރާމްގައި ވާހަކަދައްކަވަމުން އެ މިނިސްޓްރީގެ ޗީފް ފައިނޭންޝިއަލް ބަޖެޓް އެގްޒެކެޓިވް، އަހުމަދު ސަރުވަޝް އާދަމް ވިދާޅުވީ އަންނަ އަހަރު ލިބޭނެ ކަމަށް ބެލެވޭ މިންގަނޑު އެކުލަވާލީ ރާއްޖޭގެ އިގްތިސާދުގެ އެންމެ ރަނގަޅު ހާލަތާއި އެންމެ ގޯސް ހާލަތުގައި ކަންކަން ހިނގާފާނެ ގޮތަށް ބަލައިގެން ކަަމަށެވެ. އެއީ ވަރަށް ބޮޑަށް ބަލައިގެން މޮނީޓަރު ކޮށްގެން އެކުލަވާލާފައިވާ އަދަދެއް ކަަމަށް އޭނާ ވިދާޅުވިއެވެ. އާމްދަނީގެ ތެރޭގައި ބައެއް ކަންކަން ބަދަލުކޮށްގެން ތަންފީޒުކުރެވެން ހުރި ކަންކަން ހުރި އިރު، އެކަން އެގޮތަށް ނުވެއްޖެ ކަމަށް ވާނަމަ އެ އަދަދަށް އާމްދަނީ ލިބޭނެ ކަމުގެ އުންމީދު އެބައޮތް ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

2023 ވަނަ އަހަރު އާމްދަނީ އާއި ހިލޭ އެހީގެ ގޮތުގައި ދައުލަތަށް 32،098.3 މިލިއަން ރުފިޔާ ލިބޭނެކަމަށް ލަފާކޮށްފައިވެއެވެ. މިއީ 2022 ވަނަ އަހަރުގެ ނިޔަލަށް ދައުލަތަށް ލިބޭނެކަމަށް މިހާރު ލަފާކުރާ ޖުމުލަ އާމްދަނީ އާއި ހިލޭ އެހީ އާ އަޅައިބަލާއިރު 21.8 އިންސައްތަ އިތުރު އަދަދެކެވެ.

2023 ވަނަ އަހަރު ދައުލަތަށް ލިބޭނެކަމަށް އަންދާޒާކުރާ އާމްދަނީ އިތުރުވާ މައިގަނޑު ސަބަބަކީ، ޖީއެސްޓީ ރޭޓުތައް މަތިކުރުން ކަމަށް ވާއިރު، ޖުމުލަ އާމްދަނީ އާއި ހިލޭ އެހީގެ 28.3 އިންސައްތަ ޓީޖީއެސްޓީގެ ގޮތުގައި ލިބޭނެކަމަށް ލަފާކުރެވެއެވެ. އަދި ޖުމުލަ އާމްދަނީ އާއި ހިލޭ އެހީގެ 13.1 އިންސައްތަ ޓީޖީއެސްޓީގެ ގޮތުގައި ލިބޭނެކަމަށް ވަނީ އަންދާޒާކޮށްފައެވެ. 2023 ވަނަ އަހަރު ޓީޖީއެސްޓީގެ ގޮތުގައި ދައުލަތަށް ލިބޭނެކަމަށް އަންދާޒާކުރެވެނީ 9،096.0 މިލިއަން ރުފިޔާއެވެ. އެގޮތުން، 2023 ވަނަ އަހަރުގެ ތެރޭގައި ޓީޖީއެސްޓީގެ ގޮތުގައި ދައުލަތަށް ލިބޭނެ އާމްދަނީގެ މިންވަރު އަންދާޒާކޮށްފައިވަނީ 2023 ވަނަ އަހަރުގެ ޖަނަވަރީ މަހުން ފެށިގެން ޓީޖީއެސްޓީ ރޭޓު 16 އިންސައްތައަށް މަތިވާނެކަމަށް ބަލައިގެންނެވެ. މިކަމުގެ ސަބަބުން އެ އަހަރު މި ބަޔަށް ލިބޭ އާމްދަނީ 2680.8 މިލިއަން ރުފިޔާ އިން އިތުރުވާނެކަމަށް އަންދާޒާކޮށްފައިވެއެވެ. ޓީޖީއެސްޓީ ރޭޓު މިފަދައިން ބަދަލުކުރުމަށް މުދަލާއި ހިދުމަތުގެ އަގުން ޓެކްސް ނެގުމުގެ ގާނޫނަށް ގެންނަންޖެހޭ އިސްލާހު މިހާރުވަނީ ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައެވެ.

ހަމައެހެންމެ، 2022 ވަނަ އަހަރާ އަޅައިބަލާއިރު ކުރިއަށް އޮތް އަހަރުގެ ތެރޭގައި ދިވެހިރާއްޖެ އަށް ޒިޔާރަތްކުރާ ފަތުރުވެރިންގެ އަދަދު އިތުރުވާނެކަމަށް އަންދާޒާކުރެވޭތީ، ފަތުރުވެރިކަމުގެ ސިނާއަތާ ސީދާ ގުޅިފައިވާ އާމްދަނީތައް އިތުރުވާނެކަމަށް ވެސް ވަނީ ލަފާކޮށްފައެވެ.

ދައުލަތުގެ ބަޖެޓު 2023ބަޖެޓް 2023

އިތުރަށް ކިޔާލަން

22 ނޮވެމްބަރު 2023

މި ސަރުކާރުން އުފެއްދި އައު ވުޒާރާތައް ހިންގުމަށް ބޭނުންވާ ބަޖެޓް އަންނަ ހޯމަ ދުވަހު މަޖިލީހަށް ހުށަހަޅަނީ

22 ނޮވެމްބަރު 2023
މި ސަރުކާރުން އުފެއްދި އައު ވުޒާރާތައް ހިންގުމަށް ބޭނުންވާ ބަޖެޓް އަންނަ ހޯމަ ދުވަހު މަޖިލީހަށް ހުށަހަޅަނީ
26 އޮކްޓޯބަރު 2023

މާލިއްޔަތު ގާނޫނުގައި ބުނާ ކަންކަން ފުރިހަމަކުރުމަށްފަހު ސަޕްލިމެންޓްރީ ބަޖެޓް އަލުން ހުށަހަޅައިފި

26 އޮކްޓޯބަރު 2023
މާލިއްޔަތު ގާނޫނުގައި ބުނާ ކަންކަން ފުރިހަމަކުރުމަށްފަހު ސަޕްލިމެންޓްރީ ބަޖެޓް އަލުން ހުށަހަޅައިފި
25 އޮކްޓޯބަރު 2023

ސަޕްލިމެންޓްރީ ބަޖެޓް އަނބުރާ ފޮނުވާލައިފި

25 އޮކްޓޯބަރު 2023
ސަޕްލިމެންޓްރީ ބަޖެޓް އަނބުރާ ފޮނުވާލައިފި
23 މާރިޗު 2023

ބަޖެޓުގެ ބޭރުން މަސައްކަތް ކުރިއަށް ނުގެންދަން - އަމީރު

23 މާރިޗު 2023
ބަޖެޓުގެ ބޭރުން މަސައްކަތް ކުރިއަށް ނުގެންދަން - އަމީރު
23 ފެބުރުއަރީ 2023

ސިޔާސީ ޕާޓީތަކަށް ދޭން ފާސްކުރި ބަޖެޓުން ފައިސާ ލިބުނީ 6 ޕާޓީއަކަށް

23 ފެބުރުއަރީ 2023
ސިޔާސީ ޕާޓީތަކަށް ދޭން ފާސްކުރި ބަޖެޓުން ފައިސާ ލިބުނީ 6 ޕާޓީއަކަށް
22 ނޮވެމްބަރު 2022

ސަޕްލިމެންޓްރީ ބަޖެޓާއި ގުޅޭގޮތުން އިންކުއަރީ ހެދުމަށް ސައީދު ހުށަހެޅުއްވި މައްސަލަ މާލިއްޔަތު ކޮމިޓީއަށް

22 ނޮވެމްބަރު 2022
ސަޕްލިމެންޓްރީ ބަޖެޓާއި ގުޅޭގޮތުން އިންކުއަރީ ހެދުމަށް ސައީދު ހުށަހެޅުއްވި މައްސަލަ މާލިއްޔަތު ކޮމިޓީއަށް
21 ނޮވެމްބަރު 2022

ދުނިޔެއަށް ދިމާވެފައިވާ އިގްތިސާދީ ކާރިސާއިން އަރައިގަތުމަށް ބަޖެޓުން ލިބެނީ އުންމީދު: ޝަރީފް

21 ނޮވެމްބަރު 2022
ދުނިޔެއަށް ދިމާވެފައިވާ އިގްތިސާދީ ކާރިސާއިން އަރައިގަތުމަށް ބަޖެޓުން ލިބެނީ އުންމީދު: ޝަރީފް
21 ނޮވެމްބަރު 2022

އާޒިމް އާއި ބޮންޑެެގެ ބޮޑެތި ތުހުމަތުތަކެއް ސަރުކާރަށް

21 ނޮވެމްބަރު 2022
އާޒިމް އާއި ބޮންޑެެގެ ބޮޑެތި ތުހުމަތުތަކެއް ސަރުކާރަށް
09 ނޮވެމްބަރު 2022

ބަޖެޓަކީ ފޭކް ބަޖެޓެއް ކަަމަށް ބޮންޑެ ބުނުމުން ފަލާހު - "ތިއީ ސިޔާސީ ވާހަކަ، ތިވާހަކަ ދައްކަނީ އޮޅުވާލަން"

09 ނޮވެމްބަރު 2022
ބަޖެޓަކީ ފޭކް ބަޖެޓެއް ކަަމަށް ބޮންޑެ ބުނުމުން ފަލާހު - "ތިއީ ސިޔާސީ ވާހަކަ، ތިވާހަކަ ދައްކަނީ އޮޅުވާލަން"
09 ނޮވެމްބަރު 2022

2023ގެ ބަޖެޓްގެ އެންމެ ބޮޑު އަމާޒަކީ ދިމާވެފައިވާ ހިރާސްތައް ބަލައިގަނެ، އެކަންކަން ގިރާކުރުން: އަމީރު

09 ނޮވެމްބަރު 2022
2023ގެ ބަޖެޓްގެ އެންމެ ބޮޑު އަމާޒަކީ ދިމާވެފައިވާ ހިރާސްތައް ބަލައިގަނެ، އެކަންކަން ގިރާކުރުން: އަމީރު
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު