Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެމުފްތީ މެންކުގެ ދަރުސް

ދަރިން ގެވެށި އަނިޔާއިން ސަލާމަތްކުރަން މައިންބަފައިން މަސައްކަތްކުރަންޖެހޭ: މުފްތީ މެންކް

1 ނޮވެމްބަރު 2022 | އަންގާރަ 02:12

ދިރިއުޅުމުގައި ޖެހޭ މައްސަލަތައް މުޅި ދުނިޔެއަށް އިއުލާނުކުރުމުގެ މާނައެއް ނެތް

ތޯހިރާ އަޒްހާރް
ތޯހިރާ އަޒްހާރް | 1 ނޮވެމްބަރު 2022 | އަންގާރަ 02:12
މުފްތީ މެންކް ހުޅުމާލޭގައި ދެއްވި ދަރުހުގެ ތެރެއިން

މުފްތީ މެންކް ހުޅުމާލޭގައި ދެއްވި ދަރުހުގެ ތެރެއިން

ގެވެށި އަނިޔާ އާއި އަނިޔާވެރި ދިރިއުޅުމެއްގައި ދަރިން އުޅޭ ނަމަ އެފަދަ ދިރިއުޅުމަކުން ސަލާމަތްކުރުމަށް މައިންބަފައިން މަސައްކަތް ކުރަންޖެހޭކަމަށް ދީނީ ޢިލްމުވެރިޔާ މުފްތީ މެންކް ވިދާޅުވެއްޖެއެވެ.

ހޯމަ ދުވަހުގެރޭ ހުޅުމާލެ ސިންތެޓިކް ޓްރެކްގައި އޮތް މި ދަރުސްގައި ތަޤްރީރުކުރައްވާފައިވަނީ ’އާއިލީ މައްސަލަތަކާއި ކުރިމަތިލާނެ ގޮތް‘ މި މައުޟޫއަށެވެ.

Advertisement - newsAdvertisement

މާތް ﷲ އިންސާނާއަށް އަންގަވާފައިވަނީ އެކަލާނގެއަށް އަޅުކަންކުރުމާއި، މައިންބަފައިންނަށް ހެޔޮކޮށް ހިތުމާ އެކު ގާތްތިމާގެ މީހުންނަށް އަޅާލާ ހެޔޮކޮށް ހިތުމަށްކަމަށް ވިދާޅުވަމުން، ހަޤީޤީ ލޯތްބަކީ އެތައް ކަމެއް ޤުރުބާން ކޮށްފައި ވެސް އެމީހުންނާ އެކު އޮންނަ ގުޅުން ބަދަހިކޮށް އެކީގައި އުޅުންކަމަށް މުފްތީ މެންކް ވިދާޅުވިއެވެ. ލޯތްބަކީ އެކަކު އަނެކަކަށް ބަހައްޓާ ގާތްކަމާއި ކުލުނަށްވާއިރު ހަމަ އެ ލޯތްބަކީ ވޭނަކަށް ވެސް ބައެއް ފަހަރު ވާކަމުގައި ވިދާޅުވިއެވެ.

އާއިލީ މައްސަލަތަކާއި ކުރިމަތިލާނެ ގޮތަށް ބައްލަވަމުން މުފްތީ މެންކް ވިދާޅުވީ ދިރިއުޅުމުގައި މައްސަލައެއް ދިމާވާއިރަށް މުޅި ދުނިޔެއަށް އެވާހަކަ އިޢުލާންކޮށް، އާއިލާއި ރައްޓެހިންނާ ހަމައަށް އެވާހަކަތައް ގެންދިއުމުގެ މާނައެއް ނެތްކަމަށެވެ. ދިރިއުޅުމުގައި މައްސަލައެއް ޖެހޭއިރަށް އެކަކު އަނެކަކު ކުށްވެރިނުކޮށް މައްސަލަ ހައްލުކުރުމަށް ދެފަރާތުން ވެސް މަސައްކަތްކުރަން ޖެހެނީ އިހުތިރާމާ އެކު ކަމަށް ވިދާޅުވިއެވެ. އަދި އެއީ ގާތް ތިމާގެ މީހުންގެ މެދުގައި ދިމާވި މައްސަލައެއް ނަމަވެސް އެ މައްސަލައެއްގެ ދެކޮޅު ހޯދައި، ހައްލުކޮށް އަލުން އެފަދަ މައްސަލައެއް ތަކުރާރުވިޔަ ނުދިނުމަށް އަޒުމު ކަނޑައަޅަން އެދިވަޑައިގެންނެވިއެވެ.

ކައިވެނީގައި ދިމާވާ މައްސަލަތަކަކީ އާއިލާ އާއި ރައްޓެހިންނާއި ދުނިޔެއަށް އަންގަން ޖެހޭ ކަންކަން ނޫންކަމަށާއި ކަމަކާ ނުލާ ކުރެވޭ އެފަދަ ކަންކަމުގެ ސަބަބުން އިތުރު މައްސަލަތައް ހިލުން ނޫންކަމެއް ނުވާނެކަމަށް ވިދާޅުވިއެވެ. ދެމަފިރިންގެ ދެމެދުގައި މައްސަލަ އެއް ހައްލުނުކުރެވޭ ފަދަ ހާލަތަކަށް ހިނގައްޖެ ނަމަ އާއިލާގެ މަޝްވަރާ ހޯދާ އެކަމަށް ފިޔަވަޅު އަޅަންޖެހޭކަމަށް ވިދާޅުވިއެވެ. އެހެންނަމަވެސް އެއްވެސް ކަހަލަ އަނިޔާވެރިކަމެއް ނުވަތަ ގެވެށިއަނިޔާގައި ތިމާގެ ދަރިފުޅު، އާއިލާގެ މީހަކު ނުވަތަ ގާތްބަޔަކު އުޅޭކަން އެނގޭ ނަމަ އެކަމުން އެ މީހަކު ސަލާމަތްކުރުމަށް މަސައްކަތްކުރަންޖެހޭކަމަށް ވިދާޅުވިއެވެ. ޚާއްސަކޮށް ތިމާގެ ދަރިއަކު އެފަދަ ހިތްދަތި ދިރިއުޅުމެއްގައި އުޅޭކަން އެނގޭ ނަމަ އެ ދަރިފުޅު ގެއަށް އައުމަކީ މައްސަލައެއް ނޫންކަން ޚުދު މައިންބަފައިން އެ ދަރިފުޅަށް ވިސްނުވައިދޭންޖެހޭކަމަށް ވިދާޅުވިއެވެ. އެއީ އަނިޔާއަކީ އެއްވެސް ޙާލެއްގައި ބަލައިގަނެވޭނެ ކަމަކަށް ނުވާތީ ކަމުގައި ވިދާޅުވިއެވެ.

މުފްތީ މެންކް ވިދާޅުވީ ވަރިވުމަށްފަހު ވަރަށް ގިނައިން ދަރިން އެކަކު އަނެކަކަށް ނުދައްކާ އެފަދައިން ކަންތައް ކުރާތަން މުޖުތަމަޢުތަކުން ފެންނަކަމަށާއި އެހެންނަމަވެސް ދަރިން ހަތިޔާރެއްގެ ގޮތުގައި ބޭނުން ކޮށްގެން ނުވާނެކަމަށް ވިދާޅުވިއެވެ.

އަދި ހަމަ އެހެންމެ ކުދި ކުދި ކަންތަކާ ވަރިކުރުމަށް އިންޒާރު ދިނުމާއި ނޫނީ ވަރިކުރުމާއި، ވަރިއަށް ކިޔުމަކީ ވަރަށް ގިނައިން ކުރެވޭކަމެއްކަން ފާހަގަކުރައްވާ މި ނުބައި އާދައިން ދުލުހެލިވުމަށް ގޮވައިލެއްވިއެވެ.

ހުޅުމާލޭގައި ބޭއްވި މި ދަރުހަކީ މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒްގެ ދަޢުވަތަކަށް ރާއްޖެއަށް ކުރެއްވި މި ދަތުރުފުޅުގެ އެންމެ ފަހު ދަރުހެވެ.

އެންމެ ހިނގާ

1

"އަދަބުވެރިކަން ނެތުމުގެ" ސަބަބުން ދަނބިދަރިފުޅުގެ ޝާހީ ލަގަބުތައް ބުރޫނާއީގެ ރަސްގެފާނު އަތުލައްވައިފި

2

އެމެރިކާއާއި އީރާނުގެ މަޝްވަރާތައް މަރުތަޅުއެޅިފައި - އެންމެ ފަހުގެ ތަފުސީލު

3

ނައިބު ރައީސް ހުސައިން މުހައްމަދު ލަތީފް ދިރިއުޅުއްވާ ހިލާލީ ގެޔަށް މަހަކު 3 ލައްކައަށް ވުރެ ގިނަ ރުފިޔާ ހަރަދުވާކަން ހާމަވެއްޖެ!

4

އީރާނުގެ އަސްކަރީ ގާބިލިއްޔަތު އިއާދަކުރަމުންދާ ހަލުވި މިނުގެ ސަބަބުން އިސްރާއީލަށް ސިހުން: ޖެރޫސަލަމް ޕޯސްޓް

5

ޓްރަމްޕަށް އީރާން ހަނގުރާމައިގައި ނާކާމިޔާބީތައް ފުނިޖެހެނީ

އިތުރަށް ކިޔާލަން

12 ޖެނުއަރީ 2018

ދަރިން ތަރުބިއްޔަތު ކުރުމަކީ ގައުމުގެ ބިންގާ ހަރުދަނާ ކުރުމަށް އެޅޭ ބާރެއް: ޚުތުބާ

12 ޖެނުއަރީ 2018
ދަރިން ތަރުބިއްޔަތު ކުރުމަކީ ގައުމުގެ ބިންގާ ހަރުދަނާ ކުރުމަށް އެޅޭ ބާރެއް: ޚުތުބާ
15 ޑިސެމްބަރު 2017

ގާސިމްގެ އާދޭސް: މި އަނިޔާއިން ސަލާމަތްވުމަށް ހުރިހާ ބޭފުޅުން ދުއާ ކޮށްދެއްވާ

15 ޑިސެމްބަރު 2017
ގާސިމްގެ އާދޭސް: މި އަނިޔާއިން ސަލާމަތްވުމަށް ހުރިހާ ބޭފުޅުން ދުއާ ކޮށްދެއްވާ
22 އޯގަސްޓު 2017

ދަރިން ނުބަލައި ދައުލަތުގެ ވަޒީފާގައި އުޅޭނަމަ ފިޔަވަޅު އަޅަނީ

22 އޯގަސްޓު 2017
ދަރިން ނުބަލައި ދައުލަތުގެ ވަޒީފާގައި އުޅޭނަމަ ފިޔަވަޅު އަޅަނީ
17 އޯގަސްޓު 2017

އަނިޔާއިން ކުޑަކުދިން ރައްކާތެރި ކުރުމަށް ޤައުމީ އެކްޝަން ޕްލޭނެއް މިނިސްޓްރީ އޮފް ޖެންޑަރ އެންޑް ފެމިލީން އިފްތިތާޙް ކޮށްފި

17 އޯގަސްޓު 2017
އަނިޔާއިން ކުޑަކުދިން ރައްކާތެރި ކުރުމަށް ޤައުމީ އެކްޝަން ޕްލޭނެއް މިނިސްޓްރީ އޮފް ޖެންޑަރ އެންޑް ފެމިލީން އިފްތިތާޙް ކޮށްފި
10 ޖުލައި 2017

ދަބަސްތަކުގައި ހުރީ ކުދި ދަރިންނަށް ގެނައި ޗޮކްލެޓް: ފަލާހު

10 ޖުލައި 2017
ދަބަސްތަކުގައި ހުރީ ކުދި ދަރިންނަށް ގެނައި ޗޮކްލެޓް: ފަލާހު
16 މެއި 2017

ގެވެށި އަނިޔާގެ މައްސަލައަކާ ގުޅިގެން ފުލުހުންގެ ތަހުގީގަށް މީހަކު ހޯދަނީ

16 މެއި 2017
ގެވެށި އަނިޔާގެ މައްސަލައަކާ ގުޅިގެން ފުލުހުންގެ ތަހުގީގަށް މީހަކު ހޯދަނީ
03 އެޕްރީލު 2017

ކޮރަޕްޝަނާ ބޭއިންސާފާ ދެކޮޅަށް އަޑުއުފުލާ ދިވެހި ދަރިންނަށް ޤައުމު ޝުކުރުވެރިވާނެ:މައުމޫން

03 އެޕްރީލު 2017
ކޮރަޕްޝަނާ ބޭއިންސާފާ ދެކޮޅަށް އަޑުއުފުލާ ދިވެހި ދަރިންނަށް ޤައުމު ޝުކުރުވެރިވާނެ:މައުމޫން
28 ފެބުރުއަރީ 2017

މަޖިލިސް މެމްބަރުންގެ ދޮންދަރިންނަށް ހެލްތު އިންޝުއަރެންސް ލިބޭ ގޮތަށް ހަމަޖައްސަނީ!

28 ފެބުރުއަރީ 2017
މަޖިލިސް މެމްބަރުންގެ ދޮންދަރިންނަށް ހެލްތު އިންޝުއަރެންސް ލިބޭ ގޮތަށް ހަމަޖައްސަނީ!
25 ފެބުރުއަރީ 2017

ފިރިމީހާ ސަލާމަތްކުރަން ޕީޖީގެ ވަކީލަކު ލިޔެކިޔުންތަކަށް ބަދަލުގެނައި މައްސަލައެއް ފެންމަތިވެއްޖެ

25 ފެބުރުއަރީ 2017
ފިރިމީހާ ސަލާމަތްކުރަން ޕީޖީގެ ވަކީލަކު ލިޔެކިޔުންތަކަށް ބަދަލުގެނައި މައްސަލައެއް ފެންމަތިވެއްޖެ
03 ފެބުރުއަރީ 2017

ރާއްޖޭގައި އިހުލާސްތެރި ނަޒާހަތްތެރި ދަރިން ދަނީ މަދުވަމުން، މިކަން ދިރާސާ ކުރަންޖެހޭ: ލުތުފީ

03 ފެބުރުއަރީ 2017
ރާއްޖޭގައި އިހުލާސްތެރި ނަޒާހަތްތެރި ދަރިން ދަނީ މަދުވަމުން، މިކަން ދިރާސާ ކުރަންޖެހޭ: ލުތުފީ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް