Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެބްރެޒިލްގެ ރައީސްކަމަށް ލޫލާ ޑަ ސިލްވާ

ބްރެޒިލްގެ ކުރީގެ ރައީސް ލޫލާ ޑަ ސިލްވާ އަނެއްކާވެސް ގައުމުގެ ރައީސްކަމަށް

31 އޮކްޓޯބަރު 2022 | ހޯމަ 13:43

އިންތިހާބުގެ ފުރަތަމަ ބުރުގައި ލުލާއަށް ލިބިވަޑައިގަތީ 48.3 އިންސައްތަ ވޯޓު

ފާތިމަތު އުދުމާ
ފާތިމަތު އުދުމާ | 31 އޮކްޓޯބަރު 2022 | ހޯމަ 13:43
ބްރެޒިލްގެ ރިޔާސީ އިންތިހާބު ކާމިޔާބުކުރެއްވި ލުއިޒް އިނާޝިއޯ ލޫލާ ޑަ ސިލްވާ

ބްރެޒިލްގެ ރިޔާސީ އިންތިހާބު ކާމިޔާބުކުރެއްވި ލުއިޒް އިނާޝިއޯ ލޫލާ ޑަ ސިލްވާ

ބްރެޒިލްގެ ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުން ވޯކާސް ޕާޓީގެ ކެނޑިޑޭޓް ލުއިޒް އިނާޝިއޯ ލޫލާ ޑަ ސިލްވާ ކާމިޔާބުކުރައްވައިފިއެވެ.

މީގެ ކުރިންވެސް ބްރެޒިލްގެ ރައީސްކަން ކުރައްވާފައިވާ ލޫލާ އެގައުމުގެ މިހާރުގެ ރައީސް ޖަޔާ ބޮލްސޮނާރޯ އާ ވާދަކުރައްވާ ކާމިޔާބުކުރައްވާފައިވަނީ ކުޑަ ތަފާތަކުންނެވެ.

އާދިއްތަ ދުވަހު ބްރެޒިލްގެ ސްޕީރިއަރ އިލެކްޓޯރަލް ޓްރައިބިއުނަލް އިން އާންމުކޮށްފައިވާގޮތުން ލޫލާއަށް އިންތިހާބުގައި ލިބިވަޑައިގަންނަވާފައި ވަނީ 50.88 އިންސައްތަ ވޯޓެވެ. އަދި ބޮލްސޮނާރޯއަށް 49.12 އިންސައްތަ ވޯޓް ވަނީ ލިބިވަޑައިގަންނަވާފައެވެ.

މިއީ ބްރެޒިލްގެ ތާރީހުގައިވެސް މިހާ ކުޑަ ފަރަގެއްގެ ތަފާތުން ރިޔާސީ އިންތިހާބުގެ ދެވަނަ ބުރު ކެންޑިޑޭޓަކު ކާމިޔާބުކުރެއްވި ފުރަތަމަ ފަހަރެވެ.

އޮކްޓޫބަރު މަހުގެ ދެ ވަނަ ދުވަހު ކުރިއަށްދިޔަ އިންތިހާބުގެ ފުރަތަމަ ބުރުގައި ލޫލާއަށް ލިބިވަޑައިގަތީ 48.3 އިންސައްތަ ވޯޓެވެ. އަދި ބޮލްސޮނާރޯއަށް ލިބިވަޑައިގަތީ 43.2 އިންސައްތަ ވޯޓެވެ.

ވޯކާސް ޕާޓީގެ ބާނީ، ލޫލާ، އެމަނިކުފާނުގެ ކެމްޕެއިން ހާއްސަކޮށްފައިވަނީ އިޖުތިމާއީ މައްސަލަތަކުގެ މައްޗަށެވެ. އެގޮތުން އެންމެ ކުޑަ އުޖޫރަ އިތުރުކުރުމަށާއި ސަރުކާރު ކުންފުނިތައް ބާރުވެރިކުރުމަށް ލޫލާ ވައުދުވެވަޑައިގަތެވެ. އޭގެ އިތުރުން ބަނޑުހައިހޫނުކަމާ ފަގީރުކަމާ ދެކޮޅަށް މަސައްކަތްކުރައްވާނެ ކަމަށްވެސް ލޫލާ ވައުދުވެވަޑައިގަތެވެ.

ލޫލާ ވަނީ 2003 ވަނަ އަހަރުން 2010 ވަނަ އަހަރަށް ބްރެޒިލްގެ ރައީސްކަން ކުރައްވާފައެވެ. 2018 ވަނަ އަހަރު ލޫލާގެ މައްޗަށް ކޮރަޕްޝަންގެ މައްސަލައެއް ސާބިތުވެ 18 މަސް ޖަލުގައި ހޭދަކުރައްވާފައިވެއެވެ. އެހެންނަމަވެސް 2021 ވަނަ އަހަރު ބްރެޒިލްގެ ސުޕްރީމް ކޯޓެއްގެ ޖަޖެއް ވަނީ އެ މައްސަލަ އޭނާގެ މައްޗަށް ސާބިތުނުވާކަމަށް ނިންމާފައެވެ. މިއާއެކު 2022 ވަަނަ އަހަރުގެ ރިޔާސީ އިންތިހާބުގައި ވާދަކުރެއްވުމުގެ ފުރުސަތު ލޫލާއަށް ލިބިވަޑައިގަތެވެ.

އެންމެ ހިނގާ

1

ޔޫއެސްއެސް އަބްރަހަމް ލިންކަންގައި ހިނގި ނުރައްކާތެރި ހަމަނުޖެހުމެއްގައި ހަތް މީހުން މަރުވެއްޖެ

2

ޕޯޓް ޓެކްނޮލޮޖީ އިންޓަނޭޝަނަލް ގެ އެޑްވައިޒަރީ ބޯޑުގެ ޗެއާމަންގެ މަގާމަށް ރައީސް ނަޝީދު

3

ތުރުކީން ޓްރަމްޕް ފުރާވަޑައިގަންނަވާއިރު ކޮނޑުމަތީގައި ފޮނުވާލާ މިސައިލަކުން ހަމަލާދޭން އޮތީ ރާވާފައި: ރިޕޯޓް

4

ދުނިޔޭގެ ބާރުގަދަ އެމެރިކާގެ ރައީސަށް ބޮޑެތި ގޮންޖެހުންތަކާ ކުރިމަތިލައްވަން އީރާނުން ޖައްސުވައިފި

5

އެމެރިކާގެ އަސްކަރިއްޔާގެ އިންޒާރުތަކަށް އިޖާބަ ނުދީ އޮމާން ކަނޑުން ދަތުރުކުރި ބޯޓަކަށް ހަމަލާ ދީފި

އިތުރަށް ކިޔާލަން

26 ޖެނުއަރީ 2017

އަސްތާނާގައި ބޭއްވި ސީރިޔާގެ ސުލްހައިގެ މަޝްވަރާތަކަކީ ޖެނިވާގައި ބާއްވާ މަަޝްވަރާތަކުގައި ބޭނުން ކުރެވިދާނެ އަސާސެއް: ރައީސް ޕުޓިން

26 ޖެނުއަރީ 2017
އަސްތާނާގައި ބޭއްވި ސީރިޔާގެ ސުލްހައިގެ މަޝްވަރާތަކަކީ ޖެނިވާގައި ބާއްވާ މަަޝްވަރާތަކުގައި ބޭނުން ކުރެވިދާނެ އަސާސެއް: ރައީސް ޕުޓިން
26 ޖެނުއަރީ 2017

ހެއިޓީގެ އިންތިޚާބީ ރައީސް ޖޮވެނެލް މޮއިސްއާ ދެކޮޅަށް ކޮރަޕްޝަންގެ ތުހުމަތުތަކެއް

26 ޖެނުއަރީ 2017
ހެއިޓީގެ އިންތިޚާބީ ރައީސް ޖޮވެނެލް މޮއިސްއާ ދެކޮޅަށް ކޮރަޕްޝަންގެ ތުހުމަތުތަކެއް
25 ޖެނުއަރީ 2017

ގެމްބިއާގެ އާ ރައީސް އަލުން ގައުމަށް އެނބުރިވަޑައިގަންނަވާނޭ ކަމަށް ވިދާޅުވެއްޖެ

25 ޖެނުއަރީ 2017
ގެމްބިއާގެ އާ ރައީސް އަލުން ގައުމަށް އެނބުރިވަޑައިގަންނަވާނޭ ކަމަށް ވިދާޅުވެއްޖެ
16 ޖެނުއަރީ 2017

ބްރެޒިލްގެ އަލްކަކޫޒް ޖަލުގެ ހަމަނުޖެހުމުގައި މަރާލި މީހުންގެ އަދަދު 30 އަށް

16 ޖެނުއަރީ 2017
ބްރެޒިލްގެ  އަލްކަކޫޒް ޖަލުގެ ހަމަނުޖެހުމުގައި މަރާލި މީހުންގެ އަދަދު 30 އަށް
14 ޖެނުއަރީ 2017

ޕްރިންސްސަސް މާގްރެޓްގެ ކުރީގެ ފިރިކަލުން ލޯޑް ސްނޯޑަން އަވަހާރަވެއްޖެ

14 ޖެނުއަރީ 2017
ޕްރިންސްސަސް މާގްރެޓްގެ ކުރީގެ ފިރިކަލުން ލޯޑް ސްނޯޑަން އަވަހާރަވެއްޖެ
13 ޖެނުއަރީ 2017

ގެމްބިއާގެ ރައީސް ޔަހްޔާ ޖަމްމޭހް އަށް ނާއިޖީރިއާއިން ސިޔާސީ ހިމާޔަތް ދިނުމަށް ފާސްކޮށްފި

13 ޖެނުއަރީ 2017
ގެމްބިއާގެ ރައީސް ޔަހްޔާ ޖަމްމޭހް އަށް ނާއިޖީރިއާއިން ސިޔާސީ ހިމާޔަތް ދިނުމަށް ފާސްކޮށްފި
12 ޖެނުއަރީ 2017

ބޭރުގެ ޕްރެޝަރަށް އިޖާބަ ނުދެއްވާނަން: ރައީސް ޔަހްޔާ ޖަމްމޭހު

12 ޖެނުއަރީ 2017
ބޭރުގެ ޕްރެޝަރަށް އިޖާބަ ނުދެއްވާނަން: ރައީސް ޔަހްޔާ ޖަމްމޭހު
08 ޖެނުއަރީ 2017

ގާނާގެ އާ ރައީސް މަގާމުގެ ހުވާ ކުރައްވައިފި

08 ޖެނުއަރީ 2017
ގާނާގެ އާ ރައީސް މަގާމުގެ ހުވާ ކުރައްވައިފި
07 ޖެނުއަރީ 2017

ބްރެޒިލްގެ ޖަލެއްގެ ގައިދީންތަކެއްގެ ބޯކަނޑާލައިފި

07 ޖެނުއަރީ 2017
ބްރެޒިލްގެ ޖަލެއްގެ ގައިދީންތަކެއްގެ ބޯކަނޑާލައިފި
07 ޖެނުއަރީ 2017

ހޮންކޮންގގެ ކުރީގެ ލީޑަރުގެ މައްޗަށް ކޮރަޕްޝަނުގެ ދައުވާ އުފުލައިފި

07 ޖެނުއަރީ 2017
 ހޮންކޮންގގެ ކުރީގެ ލީޑަރުގެ މައްޗަށް ކޮރަޕްޝަނުގެ ދައުވާ އުފުލައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް