Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ2023 ވަނަ އަހަރުގެ ބަޖެޓް

އަންނަ އަހަރު އާމްދަނީއާއި ހިލޭ އެހީގެ ގޮތުގައި 32،098.3 މިލިއަން ރުފިޔާ ލިބޭނެ ކަމަށް ލަފާކުރެވޭ

31 އޮކްޓޯބަރު 2022 | ހޯމަ 11:05

ގްރީން ޓެކުހުގެ ގޮތުގައި 2023 ވަނަ އަހަރު ދައުލަތަށް ލިބޭނެކަމަށް އަންދާޒާކުރެވެނީ 1،040.6މިލިއަން ރުފިޔާ

ނަޒާހަތު އިބްރާހިމް ރަޝީދު
ނަޒާހަތު އިބްރާހިމް ރަޝީދު | 31 އޮކްޓޯބަރު 2022 | ހޯމަ 11:05
މީރާ

މީރާ

2023 ވަނަ އަހަރު އާމްދަނީއާއި ހިލޭ އެހީގެ ގޮތުގައި ދައުލަތަށް 32،098.3 މިލިއަން ރުފިޔާ ލިބޭނެކަމަށް ލަފާކުރެވޭ ކަމަށް ފިނޭންސް މިނިސްޓްރީއިން ހާމަކޮށްފިއެވެ.

ފިނޭންސް މިނިސްޓްރީއިން އެފަދައިން އަންދާޒާކޮށްފައި ވަނީ އަންނަ އަހަރަށް ލަފާކުރާ ބަޖެޓުގައެވެ. މިއީ 2022 ވަނަ އަހަރުގެ ނިޔަލަށް ދައުލަތަށް ލިބޭނެކަމަށް މިހާރު ލަފާކުރާ ޖުމުލަ އާމްދަނީއާއި ހިލޭ އެހީއާ އަޅައިބަލާއިރު 21.8 އިންސައްތަ އިތުރު އަދަދެކެވެ.

Advertisement - newsAdvertisement

2023 ވަނަ އަހަރު ދައުލަތަށް ލިބޭނެކަމަށް އަންދާޒާކުރާ އާމްދަނީ އިތުރުވާ މައިގަނޑުސަބަބަކީ، ޖީއެސްޓީ ރޭޓުތައް މަތިކުރުން ކަމަށް ފިނޭންސް މިނިސްޓްރީ އިން ފާހަގަކުރެއެވެ. ހަމައެހެންމެ، 2022 ވަނަ އަހަރާ އަޅައިބަލާއިރު ކުރިއަށް އޮތް އަހަރުގެ ތެރޭގައި ދިވެހިރާއްޖެއަށް ޒިޔާރަތްކުރާ ފަތުރުވެރިންގެ އަދަދު އިތުރުވާނެކަމަށް އަންދާޒާކުރެވޭތީ، ފަތުރުވެރިކަމުގެ ސިނާއަތާ ސީދާ ގުޅިފައިވާ އާމްދަނީތައް އިތުރުވާނެކަމަށް ވަނީ ލަފާކޮށްފައެވެ. އަދި 2023 ވަނަ އަހަރާއި މެދުރާސްތާގައިވެސް ދިވެހިރާއްޖޭގެ އިގުތިސާދު ކުރިއަރަމުންދާނެކަމަށް އަންދާޒާކުރެވޭތީ އާމްދަނީން ނަގާ ޓެކްސް ވެސް އަހަރުން އަހަރަށް އިތުރުވަމުންދާނެކަމަށް ވަނީ ލަފާކޮށްފައެވެ. 2023 ވަނަ އަހަރު ދައުލަތަށް އެންމެ ގިނައިން އާމްދަނީ ލިބޭނެކަމަށް އަންދާޒާކޮށްފައި ވަނީ ވެސް ޓީޖީއެސްޓީގެ ގޮތުގައެވެ. އެގޮތުން ޖުމުލަ އާމްދަނީއާއި ހިލޭ އެހީގެ 28.3 އިންސައްތަ ޓީޖީއެސްޓީގެ ގޮތުގައި ލިބޭނެކަމަށް ލަފާކުރެވޭއިރު، ޖުމުލަ އާމްދަނީއާއި ހިލޭ އެހީގެ 13.1 އިންސައްތަ ޖީޖީއެސްޓީގެ ގޮތުގައި ލިބޭނެކަމަށް ވަނީ އަންދާޒާކޮށްފައެވެ.

2023 ވަނަ އަހަރު ޓީޖީއެސްޓީގެ ގޮތުގައި ދައުލަތަށް ލިބޭނެކަމަށް އަންދާޒާކުރެވެނީ 9،096.0 މިލިއަން ރުފިޔާއެވެ. އެގޮތުން، 2023 ވަނަ އަހަރުގެ ތެރޭގައި ޓީޖީއެސްޓީގެ ގޮތުގައި ދައުލަތަށް ލިބޭނެ އާމްދަނީގެ މިންވަރު އަންދާޒާކޮށްފައިވަނީ 2023 ވަނަ އަހަރުގެ ޖަނަވަރީ މަހުން ފެށިގެން ޓީޖީއެސްޓީ ރޭޓު 16 އިންސައްތައަށް މަތިވާނެކަމަށް ބަލައިގެންނެވެ. މިކަމުގެ ސަބަބުން އެ އަހަރު މި ބަޔަށް ލިބޭ އާމްދަނީ 2680.8 މިލިއަން ރުފިޔާއިން އިތުރުވާނެކަމަށް އަންދާޒާކުރެވެއެވެ. ޓީޖީއެސްޓީ ރޭޓު މިފަދައިން ބަދަލުކުރުމަށް މުދަލާއި ހިދުމަތުގެ އަގުން ޓެކްސް ނެގުމުގެ ގާނޫނަށް ގެންނަންޖެހޭ އިސްލާހު މިހާރުވަނީ ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައެވެ.

ދައުލަތަށް ލިބޭނެ ކަމަށް ލަފާކުރާ އާމްދަނީގެ އިތުރު ތަފްސީލްތަކަށް ބަލާއިރު، 2023 ވަނަ އަހަރުގެ ނިޔަލަށް ބޭންކް ޕްރޮފިޓް ޓެކުހުގެ ގޮތުގައި 903.3 މިލިއަން ރުފިޔާ ދައުލަތަށް ލިބޭނެކަމަށް ވަނީ އަންދާޒާކޮށްފައެވެ. އަދި ގްރީން ޓެކުހުގެ ގޮތުގައި 2023 ވަނަ އަހަރު ދައުލަތަށް ލިބޭނެކަމަށް އަންދާޒާކުރެވެނީ 1،040.6މިލިއަން ރުފިޔާއެވެ.

އެންމެ ހިނގާ

1

މޫސާ އިބްރާހީމް މަރާލި މައްސަލައިގައި ކުށް ސާބިތުވެ، މުހައްމަދު އިބްރާހީމް އަށް މަރުގެ ހުކުމް!

2

ގެއްލުނު ނާފިއުގެ އާއިލާ އިން އާދޭހާއެކު ސަރުކާރުގައި އަދިވެސް އެދެނީ އޭނާގެ ހަށިގަނޑު ހޯދައި ދިނުމަށް!

3

އީރާންގެ އިޤްތިސާދަށް ނުރައްކާ ކުރިމަތިވެއްޖެ، އެކަމާ ސަރުކާރުން ލަދުގަނޭ: އީރާންގެ ރައީސް ޕެޒެޝްކިއާން

4

ދުނިޔޭގެ ބޮކްސިން ޗެމްޕިއަންކަން ދެ ފަހަރު ހޯދާފައިވާ ޓެޓޭ ގަޔަށް ބަޑިޖަހާ މަރާލައިފި

5

ގަތަރުގައި ހައްޔަރުކޮށްފައި ތިބި އީރާނުގެ ޕައިލެޓުންގެ ސިއްހީ ހާލަތު ވަރަށް ބޮޑަށް ގޯސްވަމުންދާ ކަމަށާއި މިހާރުން މިހާރަށް އެމީހުން ހަވާލުކުރުމަށް އީރާނުން އިންޒާރުދީފި

އިތުރަށް ކިޔާލަން

10 ޖެނުއަރީ 2017

ފާތިރު މަރާލި މައްސަލައިގައި ހޯދަމުން އަންނަ އިރުފާން އަދިވެސް ނުފެނޭ!

10 ޖެނުއަރީ 2017
ފާތިރު މަރާލި މައްސަލައިގައި ހޯދަމުން އަންނަ އިރުފާން އަދިވެސް ނުފެނޭ!
10 ޖެނުއަރީ 2017

ހަތަރު ބިލިއަން ރުފިޔާ ހިމެނޭ ދަރަނީގެ މައްސަލަތައް މިދިޔަ އަހަރު ސާބިތުވި: ސިވިލް ކޯޓް

10 ޖެނުއަރީ 2017
ހަތަރު ބިލިއަން ރުފިޔާ ހިމެނޭ ދަރަނީގެ މައްސަލަތައް މިދިޔަ އަހަރު ސާބިތުވި: ސިވިލް ކޯޓް
10 ޖެނުއަރީ 2017

އެމްޕީއެލް އިން ނެގި 85 މިލިއަން ރުފިޔާ ނުދައްކާ ތިން އަހަރު!

10 ޖެނުއަރީ 2017
އެމްޕީއެލް އިން ނެގި 85 މިލިއަން ރުފިޔާ ނުދައްކާ ތިން އަހަރު!
09 ޖެނުއަރީ 2017

2017 ވަނަ އަހަރުގެ ކިޔެވުން ފަށައިފި

09 ޖެނުއަރީ 2017
2017 ވަނަ އަހަރުގެ ކިޔެވުން ފަށައިފި
08 ޖެނުއަރީ 2017

މިއަހަރުގެ އަމާޒަކީ ޒަމާނީ ވަސީލަތްތަކާއެކު ކިޔެވުމާއި ކިޔަވައިދިނުމުގެ މުޅި ވައްޓަފާޅި ބަދަލުކުރުން: މިނިސްޓަރު

08 ޖެނުއަރީ 2017
މިއަހަރުގެ އަމާޒަކީ ޒަމާނީ ވަސީލަތްތަކާއެކު ކިޔެވުމާއި ކިޔަވައިދިނުމުގެ މުޅި ވައްޓަފާޅި ބަދަލުކުރުން: މިނިސްޓަރު
07 ޖެނުއަރީ 2017

މާލޭގައި ސައިކަލް ޓެކްސީގެ ޚިދުމަތް އަންނަ ހަފްތާގައި ފަށަނީ

07 ޖެނުއަރީ 2017
މާލޭގައި ސައިކަލް ޓެކްސީގެ ޚިދުމަތް އަންނަ ހަފްތާގައި ފަށަނީ
06 ޖެނުއަރީ 2017

ނިމިގެންދިޔަ އަހަރު ޑްރަގް ކޯޓަށް ހުށަހެޅުނު މައްސަލަތައް އިތުރުވެއްޖެ

06 ޖެނުއަރީ 2017
ނިމިގެންދިޔަ އަހަރު ޑްރަގް ކޯޓަށް ހުށަހެޅުނު މައްސަލަތައް އިތުރުވެއްޖެ
06 ޖެނުއަރީ 2017

ގޮންޖެހުންތަކާ އެކު 2016 ވަނަ އަހަރު އިދިކޮޅު ސިޔާސީ ޕާޓީއެއްގެ ދައުރު އަދާކުރެވުނު: އެމްޑީޕީ

06 ޖެނުއަރީ 2017
ގޮންޖެހުންތަކާ އެކު 2016 ވަނަ އަހަރު އިދިކޮޅު ސިޔާސީ ޕާޓީއެއްގެ ދައުރު އަދާކުރެވުނު: އެމްޑީޕީ
06 ޖެނުއަރީ 2017

މިދިޔަ އަހަރު ކްރިމިނަލް ކޯޓަށް ހުށަހެޅި މައްސަލަތަކުގެ އަދަަދު އިތުރުވެއްޖެ

06 ޖެނުއަރީ 2017
 މިދިޔަ އަހަރު ކްރިމިނަލް ކޯޓަށް ހުށަހެޅި މައްސަލަތަކުގެ އަދަަދު އިތުރުވެއްޖެ
04 ޖެނުއަރީ 2017

ރާއްޖޭގެ ސިޔާސީ މަސްރަހުން 2017 ވަނަ އަހަރު އާ ބަދަލުތަކެއް ފެނިގެންދާނެ: ނިޒާރު

04 ޖެނުއަރީ 2017
ރާއްޖޭގެ ސިޔާސީ މަސްރަހުން 2017 ވަނަ އަހަރު އާ ބަދަލުތަކެއް ފެނިގެންދާނެ: ނިޒާރު
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް