Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެއިޒްރޭލާއި ފަލަސްޠީނުގެ މައްސަލަ

އިޒްރޭލާއި ފަލަސްޠީނުގެ ސަލާމަތަށް އާންމު އެއްބަސްވުމެއް ބޭނުންވޭ: ޗައިނާ

31 އޮކްޓޯބަރު 2022 | ހޯމަ 06:04

މި ދަނޑަވަޅަކީ އިޒްރޭލާއި ފަލަސްޠީނާ ދެމެދު ބަދަލު ކުރާ ހަމަލާތައް އިތުރުވެ، ބިރުވެރިކަމާއި ނަފުރަތުގެ އޮއެވަރު އަނެއްކާވެސް ގަދަވެފައިވާ ދުވަސްވަރެއް

ޢާއިޝާ ރީމާ ވަޙީދު
ޢާއިޝާ ރީމާ ވަޙީދު | 31 އޮކްޓޯބަރު 2022 | ހޯމަ 06:04
އަމިއްލަ، މިނިވަން، އިސްތިޤުލާލީ ބައެއްގެ ގޮތުގައި ފަލަސްޠީނުން ތެދުވުމަށް އިޒްރޭލުން އަޅަމުންދާ ހުރަސްތަކަށް ހުއްޓުމެއް ނެތް

އަމިއްލަ، މިނިވަން، އިސްތިޤުލާލީ ބައެއްގެ ގޮތުގައި ފަލަސްޠީނުން ތެދުވުމަށް އިޒްރޭލުން އަޅަމުންދާ ހުރަސްތަކަށް ހުއްޓުމެއް ނެތް

އިޒްރޭލާއި ފަލަސްޠީނާއި ދެމެދު ސަލާމަތާއި ބެހޭ އާންމު އެއްބަސްވުމެއް އޮތުން މުހިންމު ކަމަށް، ޗައިނާއިން އދއަށް ކަނޑައަޅާފައި ހުންނަވާ ޑެޕިއުޓީ ޕަރމަނަންޓް ރެޕްރެޒެންޓޭޓިވް ގެންގް ޝުއާންގް ވިދާޅުވެއްޖެއެވެ.

ގެންގް ވިދާޅުވީ، މެދުއިރުމަތީގެ މަސްރަހުގައި މިހާރު ކަން ހިނގަމުން ދާ ގޮތަށް ބަލާއިރު، ސަލާމަތާއި ބެހޭ އާންމު އެއްބަސްވުމެއް އޮތުން، ފަލަސްޠީނާއި އިޒްރޭލުގެ ރައްޔިތުންނަށްވެސް މުހިންމު ކަން އަންގައިދޭ ކަމަށެވެ.

މި ދަނޑަވަޅަކީ އިޒްރޭލާއި ފަލަސްޠީނާ ދެމެދު ބަދަލު ކުރާ ހަމަލާތައް އިތުރުވެ، ބިރުވެރިކަމާއި ނަފުރަތުގެ އޮއެވަރު އަނެއްކާވެސް ގަދަވެފައިވާ ދުވަސްވަރެކެވެ. ކުރިމަތިލުންތައް އިތުރުވަމުން ދާއިރު، ބައެއް ހާލަތްތައް ކޮންޓްރޯލުން ނެއްޓިގެންދާ ފަހަރުވެސް ދަނީ އިތުރުވަމުން ކަން ފާހަގަ ކުރަން ޖެހެއެވެ.

އދގެ ސަލާމަތީ މަޖިލީހުގެ ބައްދަލުވުމެއްގައި ވާހަކަދައްކަވަމުން ގެންގް ވިދާޅުވީ، މިކަމަކީ ޗައިނާއަށް އެދެވޭ ކަމެއް ނޫން ކަމަށެވެ. އަދި އިޒްރޭލާއި ފަލަސްޠީނާއި ދެމެދު ސަލާމަތާއި ބެހޭ އާންމު އެއްބަސްވުމެއް ގާއިމު ކުރުމަށް، ބައިނަލްއަޤުވާމީ މުޖުތަމައުންވެސް، ހަމަ އެހާމެ މުހިންމު ސަމާލުކަމެއް ދޭން ޖެހޭ ކަމަށް ގެންގް ވިދާޅުވިއެވެ.

ފަލަސްޠީނުގެ ރައްޔިތުންގެ ބިންތައް ފޭރިގަތުމަށް އިޒްރޭލުން ހިންގަމުންދާ ޖަރީމާތަކަށް ހުއްޓުމެއް ނުގެނެސް، އަދިވެސް އެކަންކަން ގެންދަނީ ކުރިއަށެވެ. އަމިއްލަ، މިނިވަން، އިސްތިޤުލާލީ ބައެއްގެ ގޮތުގައި ފަލަސްޠީނުން ތެދުވުމަށް އިޒްރޭލުން އަޅަމުންދާ ހުރަސްތަކަށް ހުއްޓުމެއް ނެތެވެ. މިހާލަތުގައި، އިޒްރޭލުން ހިންގަމުންދާ ވަޒަންވެރި ކުރުމުގެ ހަރަކާތްތައް ހުއްޓުމަކަށް ގެނެސް، ހުޅަނގު އައްސޭރީގައި ދިރިއުޅޭ ފަލަސްޠީނުގެ ވަޒަންވެރިންގެ އާބާދުތައް ތަރައްޤީ ކުރުމަށްވެސް ޗައިނާގެ ފަރާތުން ގެންގް ވަނީ ގޮވާލައްވާފައެވެ.

އިޒްރޭލާއި ފަލަސްޠީނާ ދެމެދު ސުލްޙައިގެ މަޝްވަރާތައް އަލުން ފެށުމުގެ މަގު ފަހި ކޮށްދިނުމަށް ބައިނަލްއަޤުވާމީ މުޖުތަމައުން މަސައްކަތްތަކެއް ކުރަން ޖެހޭ ކަމަށްވެސް ގެންގް ވަނީ ވިދާޅުވެފައެވެ. އަދި ވަކިވެފައިވާ މިނިވަން 2 ދަޢުލަތުގެ ގޮތުގައި އިޒްރޭލާއި ފަލަސްޠީނު އުފެދިގެން ދިއުމަށް، ދިގު މުއްދަތުގެ އެއްބަސްވުމަކަށް އައުމަށްވެސް ބައިނަލްއަޤުވާމީ އެހީ ބޭނުންވާ ކަން، ޗައިނާގެ މަންދޫބު ވަނީ ފާހަގަ ކުރައްވާފައެވެ.

ފަލަސްޠީނުގެ ކުރިމަގާ މެދު އުފެދިފައިވާ ސުވާލަށް، އިންސާފުވެރި އަދި ބިނާ ކުރަނިވި ފުރިހަމަ ހައްލެއް ހޯދުމަށް، ވަރުބަލިކަމެއް ނެތި ބައިނަލްއަޤުވާމީ މުޖުތަމައާއެކު ޗައިނާއިން ކުރަމުންދާ މަސައްކަތްތައް އެގޮތުގައި ކުރިއަށް ގެންދާނެ ކަމަށްވެސް ގެންގް ވަނީ ފާހަގަ ކުރައްވާފައެވެ.

އެންމެ ހިނގާ

1

ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލަތީފް ކުއްލި ގޮތަކަށް މަޤާމުން ވަކިކޮށްފި

2

"އަދަބުވެރިކަން ނެތުމުގެ" ސަބަބުން ދަނބިދަރިފުޅުގެ ޝާހީ ލަގަބުތައް ބުރޫނާއީގެ ރަސްގެފާނު އަތުލައްވައިފި

3

އެމެރިކާއާއި އީރާނުގެ މަޝްވަރާތައް މަރުތަޅުއެޅިފައި - އެންމެ ފަހުގެ ތަފުސީލު

4

އީރާނުގެ އަސްކަރީ ގާބިލިއްޔަތު އިއާދަކުރަމުންދާ ހަލުވި މިނުގެ ސަބަބުން އިސްރާއީލަށް ސިހުން: ޖެރޫސަލަމް ޕޯސްޓް

5

ޓްރަމްޕަށް އީރާން ހަނގުރާމައިގައި ނާކާމިޔާބީތައް ފުނިޖެހެނީ

އިތުރަށް ކިޔާލަން

15 ޖޫން 2017

މަޝްރަހް ހޫނުވެފައި ވަނިކޮށް ގަތަރަށް ހަތިޔާރު ވިއްކުމުގެ އެއްބަސްވުމެއްގައި އެމެރިކާ އިން ސޮއިކޮށްފި

15 ޖޫން 2017
މަޝްރަހް ހޫނުވެފައި ވަނިކޮށް ގަތަރަށް ހަތިޔާރު ވިއްކުމުގެ އެއްބަސްވުމެއްގައި އެމެރިކާ އިން ސޮއިކޮށްފި
30 މެއި 2017

އޮރިއާން ކާޑުގެ މައްސަލައެއްގައި އިންޑޮނީޝިއާގެ ހަރުކަށި ޝެއިޚެއްގެ ނަން އާންމުކޮށްފި

30 މެއި 2017
އޮރިއާން ކާޑުގެ މައްސަލައެއްގައި އިންޑޮނީޝިއާގެ ހަރުކަށި ޝެއިޚެއްގެ ނަން އާންމުކޮށްފި
26 މެއި 2017

މޫސަލްގައި މާޗް މަހު ދިން ހަމަލާއެއްގައިި އާންމުން މަރުވި ކަަމަށް އެމެރިކާ އިން އިއުތިރާފުވެއްޖެ

26 މެއި 2017
މޫސަލްގައި މާޗް މަހު ދިން ހަމަލާއެއްގައިި އާންމުން މަރުވި ކަަމަށް އެމެރިކާ އިން އިއުތިރާފުވެއްޖެ
11 މެއި 2017

ކަނޑަށް ޣަރަޤުވި ބަޔަކަށް އިޓަލީން އަޅާނުލިކަން ހާމަވާ އޯޑިއޯއެއް އާންމުވެއްޖެ

11 މެއި 2017
ކަނޑަށް ޣަރަޤުވި ބަޔަކަށް އިޓަލީން އަޅާނުލިކަން ހާމަވާ އޯޑިއޯއެއް އާންމުވެއްޖެ
05 މެއި 2017

އީރާނު ބައްސާ އެއްބަސްވުމެއް ބޭނުމެއް ނޫން: ސީރިއާގެ އިދިކޮޅުފަރާތްތައް

05 މެއި 2017
އީރާނު ބައްސާ އެއްބަސްވުމެއް ބޭނުމެއް ނޫން: ސީރިއާގެ އިދިކޮޅުފަރާތްތައް
26 އެޕްރީލު 2017

އެމެރިކާ އިން އެޅި ދަތިކުރުމުގެ ފިޔަވަޅުގެ ގެއްލުން ވާނީ އާންމު ރައްޔިތުންނަށް: ސީރިޔާ

26 އެޕްރީލު 2017
އެމެރިކާ އިން އެޅި ދަތިކުރުމުގެ ފިޔަވަޅުގެ ގެއްލުން ވާނީ އާންމު ރައްޔިތުންނަށް: ސީރިޔާ
22 އެޕްރީލު 2017

ޕެރިހުގައި ހަމަލާ ދިން މީހާގެ ނަން އާންމުކޮށްފި

22 އެޕްރީލު 2017
ޕެރިހުގައި ހަމަލާ ދިން މީހާގެ ނަން އާންމުކޮށްފި
19 އެޕްރީލު 2017

އިނގިރޭސި ބޮޑުވަޒީރު އެގައުމުގައި އަވަސް އާންމު އިންތިޚާބަކަށް ގޮވާލައްވައިފި

19 އެޕްރީލު 2017
އިނގިރޭސި ބޮޑުވަޒީރު އެގައުމުގައި އަވަސް އާންމު އިންތިޚާބަކަށް ގޮވާލައްވައިފި
27 ފެބުރުއަރީ 2017

ސައުދީ އިން މެލޭޝިއާއާއި އެކު 27 ބިލިއަން ޑޮލަރުގެ އެއްބަސްވުމެއް ވަނީ

27 ފެބުރުއަރީ 2017
ސައުދީ އިން މެލޭޝިއާއާއި އެކު 27 ބިލިއަން ޑޮލަރުގެ އެއްބަސްވުމެއް ވަނީ
25 ޖެނުއަރީ 2017

އުޒްބަކިސްތާނުން 40،000 މީހަކަށް އަފޫއާންމު ދީފި

25 ޖެނުއަރީ 2017
އުޒްބަކިސްތާނުން 40،000 މީހަކަށް އަފޫއާންމު ދީފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް