Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެދައުލަތުގެ ބަޖެޓު 2023

އަންނަ އަހަރު ގްރީން ޓެކުހުގެ ގޮތުގައި 1040.6 މިލިއަން ރުފިޔާ ލިބޭނެކަމަށް އަންދާޒާކޮށްފި

މި އަހަރުގެ އާމްދަނީ، ކޮވިޑް-19 ގެ ކުރިން ލިބުނު އާމްދަނީއަށްވުރެ އިތުރުވާނެ

ލައިޝާ އަހްމަދު
ލައިޝާ އަހްމަދު | 31 އޮކްޓޯބަރު 2022 | ހޯމަ 04:54
ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު

ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު

ގްރީން ޓެކުހުގެ ގޮތުގައި 2023 ވަނަ އަހަރު ދައުލަތަށް ލިބޭނެކަމަށް އަންދާޒާކުރެވެނީ 1040.6 މިލިއަން ރުފިޔާކަމަށް ފިނޭންސް މިނިސްޓްރީން ބުނެފިއެވެ.

އަންނަ އަހަރަށް ލަފާކުރައްވާ ދައުލަތުގެ ބަޖެޓު ހޯމަ ދުވަހުގެ މަޖިލިސް ޖަލްސާގައި ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު ވަނީ ހުށަހަޅުއްވާފައެވެ.

Advertisement - newsAdvertisement

ބަޖެޓުގައިވާގޮތުން ފަތުރުވެރިކަމުގެ ސިނާއަތަށް 2021 ވަނަ އަހަރުގެ ތެރޭގައި އައި ކުރިއެރުންތަކާއެކު، ގްރީން ޓެކުހުގެ ގޮތުގައި ދައުލަތަށް ލިބުނު އާމްދަނީ 2020 ވަނަ އަހަރާ އަޅައިބަލާއިރު 0.128 އިންސައްތަ ވަނީ އިތުރުވެފައެވެ.  

އެހެންނަމަވެސް، ދިވެހިރާއްޖެއަށް ފަތުރުވެރިން ޒިޔާރަތްކުރާ މިންވަރާއި، ހޭދަކުރާ ރޭތަކުގެ އަދަދު ކޮވިޑް-19 ގެ ކުރީގެ މިންވަރަށް ވާސިލުވެފައިނުވާތީ، ގްރީން ޓެކުހުގެ އާމްދަނީގެ ގޮތުގައި ލިބުނު މިންވަރު، 2019 ވަނަ އަހަރުގެ އާމްދަނީއާ އަޅައިބަލާއިރު ދަށްކަމަށް ބަޖެޓުގައި ބުނެއެވެ.  

އަދި 2022 ވަނަ އަހަރުގެ ތެރޭގައި ދިވެހިރާއްޖެއަށް ޒިޔާރަތްކުރާ ފަތުރުވެރިންގެ އަދަދާއި ބެޑް ނައިޓްސްގެ އަދަދު، 2019 ވަނަ އަހަރު ހުރި މިންވަރަށްވުރެ އިތުރުވެފައިވާތީ، މި އަހަރުގެ އާމްދަނީ، ކޮވިޑް-19 ގެ ކުރިން ލިބުނު އާމްދަނީއަށްވުރެ އިތުރުވާނެކަމަށް މިހާރު ވަނީ އަންދާޒާ ކޮށްފައެވެ.  

ބަޖެޓުގައިވާގޮތުން 2022 ވަނަ އަހަރުގެ ނިޔަލަށް ގްރީން ޓެކުހުގެ ގޮތުގައި ލިބޭނެކަމަށް މިހާރު އަންދާޒާކުރެވޭ ޖުމުލަ އާމްދަނީ 2021 ވަނަ އަހަރާ އަޅައިބަލާއިރު އިތުރުވާނެކަމަށް ލަފާކުރެވެއެވެ. އެގޮތުން ގްރީން ޓެކުހުގެ ގޮތުގައި 2023 ވަނަ އަހަރު ދައުލަތަށް ލިބޭނެކަމަށް އަންދާޒާކުރެވެނީ 1040.6 މިލިއަން ރުފިޔާކަމަށް ބަޖެޓުގައިވެއެވެ.  

އަދި ގްރީން ޓެކުހުގެ އަންދާޒާތައް ބިނާވަނީ ބެޑްނައިޓްސްގެ މައްޗަށްކަމުގައިވާތީ އާއި މެދުރާސްތާގައި އަހަރުން އަހަރަށް ބެޑްނައިޓްސްގެ އަދަދު އިތުރުވާނެކަމަށް ލަފާކުރެވޭތީ، ގްރީން ޓެކުހުގެ ގޮތުގައި ލިބޭ އާމްދަނީވެސް އިތުރުވަމުންދާނެކަމަށް އަންދާޒާކުރެވޭކަމަށް ވަނީ ބަޔާންކޮށްފައެވެ.  

މީގެއިތުރުން ޓޫރިޒަމާ ބެހޭ ގާނޫނަށް ގެނައި އެގާރަވަނަ އިސްލާހުގެ ދަށުން މީހުން ދިރިއުޅޭ ރަށްތަކުގައި ހިންގާ، ފަންސާސް ކޮޓަރިއަށްވުރެ ގިނަ ކޮޓަރި ރަޖިސްޓަރީކޮށްފައިވާ ހޮޓާތަކާއި ޓޫރިސްޓް ގެސްޓްހައުސްތަކަށް އަންނަ ޓޫރިސްޓުންގެ އަތުން ގްރީން ޓެކުހުގެ ގޮތުގައި ކޮންމެ ދުވަހަކަށް 6 އެމެރިކާ ޑޮލަރު ނަގަންފަށާނެތީ މި އާމްދަނީ އިތުރުވެގެންދާނެކަމަށް ވެސް ބަޖެޓުގައި ހިމަނާފައިވެއެވެ.

އިތުރަށް ކިޔާލަން

10 ޖެނުއަރީ 2017

ހަތަރު ބިލިއަން ރުފިޔާ ހިމެނޭ ދަރަނީގެ މައްސަލަތައް މިދިޔަ އަހަރު ސާބިތުވި: ސިވިލް ކޯޓް

10 ޖެނުއަރީ 2017
ހަތަރު ބިލިއަން ރުފިޔާ ހިމެނޭ ދަރަނީގެ މައްސަލަތައް މިދިޔަ އަހަރު ސާބިތުވި: ސިވިލް ކޯޓް
10 ޖެނުއަރީ 2017

އެމްޕީއެލް އިން ނެގި 85 މިލިއަން ރުފިޔާ ނުދައްކާ ތިން އަހަރު!

10 ޖެނުއަރީ 2017
އެމްޕީއެލް އިން ނެގި 85 މިލިއަން ރުފިޔާ ނުދައްކާ ތިން އަހަރު!
09 ޖެނުއަރީ 2017

2017 ވަނަ އަހަރުގެ ކިޔެވުން ފަށައިފި

09 ޖެނުއަރީ 2017
2017 ވަނަ އަހަރުގެ ކިޔެވުން ފަށައިފި
08 ޖެނުއަރީ 2017

މިއަހަރުގެ އަމާޒަކީ ޒަމާނީ ވަސީލަތްތަކާއެކު ކިޔެވުމާއި ކިޔަވައިދިނުމުގެ މުޅި ވައްޓަފާޅި ބަދަލުކުރުން: މިނިސްޓަރު

08 ޖެނުއަރީ 2017
މިއަހަރުގެ އަމާޒަކީ ޒަމާނީ ވަސީލަތްތަކާއެކު ކިޔެވުމާއި ކިޔަވައިދިނުމުގެ މުޅި ވައްޓަފާޅި ބަދަލުކުރުން: މިނިސްޓަރު
07 ޖެނުއަރީ 2017

މި ސަރުކާރަށް ތާއީދެއް ނުކުރަން، އެގޮތުގައި ސާބިތު ކަމާއި އެކު ދެމިހުންނާނަން: މައުމޫން

07 ޖެނުއަރީ 2017
މި ސަރުކާރަށް ތާއީދެއް ނުކުރަން، އެގޮތުގައި ސާބިތު ކަމާއި އެކު ދެމިހުންނާނަން: މައުމޫން
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު