Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ކާރިސާތައް

މޫސުމީ ބަދަލުތަކާއި ކާރިސާތަކާ ދެކޮޅަށް ޔޫއެންޑީޕީން ރާއްޖެއާއެކު މަސައްކަތްކުރަނީ

މިކަންކަމާ ދެކޮޅަށް ކުރާ މަސައްކަތް ވަރުގަދަކޮށް އިތުރު ފިޔަވަޅުތައް އަޅާނެ

ތޯހިރާ އަޒްހާރް
ތޯހިރާ އަޒްހާރް, ރާއްޖެ އެމްވީ | 31 އޮކްޓޯބަރު 2022 | ހޯމަ 02:15
ޔޫއެންޑީޕީ އާ އެކު އެއްބަސްވުންތަކުގައި ސޮއިކުރުމުގެ ރަސްމިއްޔާތުގެ ތެރެއިން

ޔޫއެންޑީޕީ އާ އެކު އެއްބަސްވުންތަކުގައި ސޮއިކުރުމުގެ ރަސްމިއްޔާތުގެ ތެރެއިން

ކާރިސާތަކުގެ ނުރައްކާ ކުޑަކުރުމާއި، މޫސުމީ ބަދަލުތަކަށް ހޭނުމާއި، އަދި އެއިން ކުރާ އަސަރު ކުޑަކުރުމަށް ޔޫއެންޑީޕީ އާއި ރާއްޖެ އިން މަސައްކަތްކުރުމަށް އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ.

ޔޫއެންޑީޕީ އާ އެކު މަސައްކަތްކުރުމަށް މި ޕްރޮޖެކްޓުގެ އެއްބަސްވުމުގައި ސޮއިކޮށްފައިވަނީ ނޭޝަނަލް ޑިޒާސްޓަރ މެނޭޖްމެންޓް އޮތޯރިޓީ (އެންޑީއެމްއޭ)، މޯލްޑިވްސް ރެޑް ކްރެސެންޓް (އެމްއާރުސީ)، ޔުނިވަރސިޓީ އޮފް ބިކޮއްކާ-މިލާނޯ އަދި ޔުނިވަރސިޓީ އޮފް ދުބާއީންނެވެ.

Advertisement - newsAdvertisement

މި އެއްބަސްވުމުގެ ދަށުން ފިޔަވަޅުތަކާއި، މަސައްކަތްތައް އިތުރަށް ވަރުގަދަކޮށް، ރަނގަޅު ފިޔަވަޅުތަކެއް އަޅަން އެހެން ގައުމުތަކާ އެކު މަޝްވަރާތައް ކުރެވިގެންދާނެއެވެ. އަދި ޑިޒާސްޓަރ ރިސްކް ޑިޑަކްޝަން (ޑީއާރުއާރު) އަދި ކްލައިމެޓް ޗޭންޖް އެޑެޕްޝަން (ސީސީއޭ) ތަންފީޒުކުރުމަށް ޕޮލިސީތައް އެކުލަވާލުމާއި، މިކަންކަން ރަށު ފެންވަރުގައި ތަންފީޒުކުރެވޭނެ ގޮތްތައް ރޭވިގެންދާނެއެވެ.

މިއީ މިކަމުގެ ނުރައްކާ އެންމެ ބޮޑަށް އޮތް އާބާދީތަކަށް ދުރު މުސްތަގުބަލެއްގައި ވެސް ފައިދާކުރާނެ ކަންކަން ކަމަށް ޔޫއެންޑީޕީން ބުނެފައިވެއެވެ.

މިގޮތުން އެންޑީއެމްއޭ އަދި އެމްއާރުސީއާ ގުޅިގެން ކާރިސާތަކުގެ ތަފާސްހިސާބުތައް ބެލެހެއްޓި، މިހާރު އޮތް ގައުމީ ތަފާސްހިސާބުގެ ނިޒާމު އިތުރަށް ވަރުގަދަކުރަން މަސައްކަތްކުރެވި، ސްކޫލުތަކާއި، މުޖުތަމައުތަކުން މިކަމަށް ތައްޔާރުވެފައިވާ މިންވަރު ދެނެގަންނަން ޕްލޭނެއް އެކުލަވާލުން ހިމެނެއެވެ. ޔުނިވަރސިޓީ އޮފް ބިކޮއްކާ-މިލާނޯ އަދި ޔުނިވަރސިޓީ އޮފް ދުބާއީ އާ ގުޅިގެން ވެސް ޑޭޓާ އާ ގުޅުންހުރި މަސައްކަތްތަކެއް ކުރަން ވަނީ ރާވާފައެވެ.

ކާރިސާތަކުން ކުރާ އަސަރު ކުޑަކުރުމަށް ޔޫއެންޑީޕީން ދަނީ ރާއްޖެ އާ ގުޅިގެން ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ. އަދި އެކި ގޮތްގޮތުން ރާއްޖެއަށް އެހީތެރިކަން ވެސް ދަނީ ފޯރުކޮށްދެމުންނެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

މައުމޫނާ ދެކޮޅަށް ބަޔާން ދޭން މަޖުބޫރުކުރި ކަމަށް ބުނާ މައްސަލަ މަޖިލީހަށް

މައުމޫނާ ދެކޮޅަށް ބަޔާން ދޭން މަޖުބޫރުކުރި ކަމަށް ބުނާ މައްސަލަ މަޖިލީހަށް

26 ފެބުރުއަރީ 2017
ރާއްޖޭގެ އަޣުލަބިއްލަތު އޮތީ ވައްކަމާ ކޮރަޕްޝަނާ ދެކޮޅަށް: ޝާހިދު

ރާއްޖޭގެ އަޣުލަބިއްލަތު އޮތީ ވައްކަމާ ކޮރަޕްޝަނާ ދެކޮޅަށް: ޝާހިދު

24 ފެބުރުއަރީ 2017
ރައީސް މައުމޫނާ ދެކޮޅަށް ބަޔާން ދިނުމަށް ޒައިދުއަށް މަޖުބޫރިކުރި މައްސަލަ ބަލަނީ

ރައީސް މައުމޫނާ ދެކޮޅަށް ބަޔާން ދިނުމަށް ޒައިދުއަށް މަޖުބޫރިކުރި މައްސަލަ ބަލަނީ

23 ފެބުރުއަރީ 2017
ފްލެޓްގެ މައްސަލާގައި ހައުސިން މިނިސްޓްރީއާ ދެކޮޅަށް ލުތުފީ ދައުވާކޮށްފި

ފްލެޓްގެ މައްސަލާގައި ހައުސިން މިނިސްޓްރީއާ ދެކޮޅަށް ލުތުފީ ދައުވާކޮށްފި

02 ފެބުރުއަރީ 2017
އިލެކްޝަންސް ކޮމިޝަނާ ދެކޮޅަށް އެމްޑީޕީން ހުށަހެޅި މައްސަލަ ހައިކޯޓުން ބޭރުކޮށްލައިފި

އިލެކްޝަންސް ކޮމިޝަނާ ދެކޮޅަށް އެމްޑީޕީން ހުށަހެޅި މައްސަލަ ހައިކޯޓުން ބޭރުކޮށްލައިފި

30 ޖެނުއަރީ 2017

އަހަރުތަކުން މިއަދު

27 މެއި
2023 ވަނަ އަހަރު ޑިފެންސް މިނިސްޓްރީ އިން ހަރަދުކޮށްފައިވަނީ މާލިއްޔާތު ގާނޫނާ އެއްގޮތަށް
20251 އަހަރު ކުރިން
ރާއްޖެ

2023 ވަނަ އަހަރު ޑިފެންސް މިނިސްޓްރީ އިން ހަރަދުކޮށްފައިވަނީ މާލިއްޔާތު ގާނޫނާ އެއްގޮތަށް

ފަލަސްތީނުގައި ޔަހޫދީން ހިންގަމުން ގެންދާ ގަތުލުއާންމަކީ ދެގައުމެއްގެ ދޭތެރޭގައި އޮތް ދާހިލި މައްސަލައެއްގެ ގޮތުގައި ޕީއެންސީން ސިފަކޮށްފި
20242 އަހަރު ކުރިން
ރާއްޖެ

ފަލަސްތީނުގައި ޔަހޫދީން ހިންގަމުން ގެންދާ ގަތުލުއާންމަކީ ދެގައުމެއްގެ ދޭތެރޭގައި އޮތް ދާހިލި މައްސަލައެއްގެ ގޮތުގައި ޕީއެންސީން ސިފަކޮށްފި

"ބޭހެއް ނުކަން، ޖަހާލީ ކުޅަނދުރު ކައްޓެއް. އަނެއް ދުވަހު ހެނދުނު ރަނގަޅުވެއްޖެ"
20233 އަހަރު ކުރިން
ތަފާތު ޚަބަރު

"ބޭހެއް ނުކަން، ޖަހާލީ ކުޅަނދުރު ކައްޓެއް. އަނެއް ދުވަހު ހެނދުނު ރަނގަޅުވެއްޖެ"

އަސޭލާ ލައްވާ ކުރީގެ ރައީސް ޔާމީން ފާލު ބެލިކަން ހާމަވާ އިތުރުވާހަކަތަކެއް
20224 އަހަރު ކުރިން
ރާއްޖެ

އަސޭލާ ލައްވާ ކުރީގެ ރައީސް ޔާމީން ފާލު ބެލިކަން ހާމަވާ އިތުރުވާހަކަތަކެއް

މުއިއްޒުގެ ޢިއްޒަތް
20215 އަހަރު ކުރިން
ކޮލަމް

މުއިއްޒުގެ ޢިއްޒަތް

ނަޝީދު ކުޅުއްވީ ޑްރާމާއެއްތަ؟
20197 އަހަރު ކުރިން
ރިޕޯޓު

ނަޝީދު ކުޅުއްވީ ޑްރާމާއެއްތަ؟

އާރަށުގައި ދިގުކޮށް ކިޔަވާތީ ތިން މުދިމުން ބަދަލުކޮށްފި: މަހްލޫފް
20188 އަހަރު ކުރިން
ރާއްޖެ

އާރަށުގައި ދިގުކޮށް ކިޔަވާތީ ތިން މުދިމުން ބަދަލުކޮށްފި: މަހްލޫފް

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު