Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ހިޔާ ފްލެޓްތަކަށް ފައިސާ ނުދެއްކުން

ފްލެޓްތަކަށް ފައިސާ ނުދައްކާ ފަރާތްތަކާ މިދަނީ ވާހަކަދައްކަމުން، ފިޔަވަޅު އަޅާނީ ފުރުސަތު ދިނުމަށްފަހު: އެޗްޑީސީ

ކުލި ނުދައްކަނީ 2،345 އެޕާޓްމަންޓުން

ނަޒާހަތު އިބްރާހިމް ރަޝީދު
ނަޒާހަތު އިބްރާހިމް ރަޝީދު, ރާއްޖެ އެމްވީ | 30 އޮކްޓޯބަރު 2022 | އާދީއްތަ 11:46
ހިޔާ ފްލެޓްތައް

ހިޔާ ފްލެޓްތައް

ފްލެޓްތަކަށް ފައިސާ ނުދައްކާ ފަރާތްތަކާ ވާހަކަދައްކައިގެން އެ ފަރާތްތަަށް ފައިސާ ދެއްކުމަށް ލުއި ގޮތްތަކެއް ހޯދައިދެމުންދާކަމަށް، ހައުސިންގ ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ)ން ހާމަކޮށްފިއެވެ.

އެޗްޑީސީގެ އޮފިޝަލަކު ރާއްޖެ އެމްވީއަށް މައުލޫމާތުދެއްވަމުން ވިދާޅުވީ، ފްލެޓްތަކަށް ފައިސާ ނުދައްކާ ފަރާތްތަކާ މަޝްވަރާކޮށްގެން އެ ފައިސާ ދެއްކުމަށް ޕްލޭނެއް އެކުލަވާލައި، އެ ޕްލޭނާ އެއްގޮތަށް ފައިސާ ދެއްކުމުގެ ފުރުސަތު ފަހިކޮށްދީފައިވާކަމަށެވެ. އަދި އެއްވެސް ފަރާތަކާމެދު ފިޔަވަޅު އަޅާނީ ފައިސާ ދެއްކުމަށް ދެވެންހުރި ހުރިހާ ފުރުސަތުތަކެއް ދިނުމަށްފަހު ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

Advertisement - newsAdvertisement

ސަރުކާރުން ފޯރުކޮށްދޭ ބޯހިޔާވަހިކަމުގެ މަޝްރޫއުގެ ދަށުން، ފްލެޓް ލިބިފައިވާ ފަރާތްތަކުގެ ތެރެއިން 31-41 އިންސައްތަ މީހުން ގަވާއިދުން ކުލި ދައްކަމުން ނުދާކަން ފާހަގަކުރައްވައި ދާދިފަހުން ޕްލޭނިން މިނިސްޓަރ މުހައްމަދު އަސްލަމްވެސް ވަނީ ކަންބޮޑުވުން ފާޅުކުރައްވާފައެވެ. އެގޮތުން، ފްލެޓްތަކަކީ ފައިސާ ދައްކައިގެން އެތަން އަމިއްލަކުރުމުގެ ފުރުސަތު ލިބޭ ސްކީމުތަކުގެ ދަށުން އަޅާ ފްލެޓްތަކަށް ވާއިރު، ފައިސާ ނުދެއްކުމަކީ ސަރުކާރަށް އުފުލަންޖެހޭ ބުރައެއްކަން އަސްލަމް ވަނީ ފާހަގަކުރައްވާފައެވެ. މީގެ އިތުރުން އެއީ ދެމެހެއްޓެނިވި ގޮތެއްގައި އެ މަޝްރޫއުތައް ކުރިއަށްގެންދަން ބޭނުންނަމަ ބަދަލުކުރަންޖެހޭ ކަމެއްކަންވެސް އަސްލަމް ވަނީ ފާހަގަކުރައްވާފައެވެ.

މީގެ އިތުރުން ވޯރލްޑް ބޭންކުން މި މަހު ނެރުނު "މޯލްޑިވްސް ޑިވެލޮޕްމަންޓް އަޕްޑޭޓް" ރިޕޯޓުގައި ބުނެފައިވަނީ، ގިނަ އަދަދެއްގެ މީހުން ފްލެޓަށް ކުލި ނުދައްކާކަމަށެވެ. އެ ރިޕޯޓްގައި މި އަހަރުގެ އޭޕްރިލް މަހާ ހަމައަށް ހިޔާ ފްލެޓުގައި 6،338 އާއިލާ ދިރިއުޅެން ފަށާފައިވާއިރު، އޭގެ ތެރެއިން 2،345 ތަނުން ކުލި ނުދައްކާކަަމަށް ބުނެފައިވެއެވެ. މީގެ އިތުރުން ހުޅުމާލޭ ފުރަތަމަ ފިޔަވަހިން ސަރުކާރުން ދޫކޮށްފައިވާ އެކި ސޯޝަލް ހައުސިން ޔުނިޓުތަކުން ވެސް 800ށްވުރެ ގިނަ މީހުން ކުލި ނުދައްކާކަން އެ ރިޕޯޓުން ހާމަވެއެވެ.

މިހާރުވެސް ފްލެޓްތަކަށް ފައިސާ ދިނުމަށް ފްލެޓްތަކުގެ ވެރިންނަށް އިތުރު ފުރުސަތު ދެމުންދާއިރު، އެ ފްލެޓްތަކުގައި ދިރިއުޅޭ މީހުންނަށް ކުލި ދައްކަން ދޭ މިފަދަ ފުރުސަތުތަކުގެ ބޭނުން ނުހިފާކަމަށާއި، އެކަމުގައި އެއްވެސް ކުރިއެރުމެއް ނުލިބޭކަމަށް ވޯރލްޑް ބޭންކުން ވަނީ ބުނެފައެވެ. އެ ރިޕޯޓްގައި، އެފަދަ ފްލެޓްތައް އަތުލުމުގެ ބާރު އެޗްޑީސީއަށް އޮންނަކަން ފާހަގަކޮށްފައިވެއެވެ. އެހެންނަމަވެސް އެއްވެސް ބައެއްގެ އަތުން ފްލެޓެއް އަތުލަން މަސައްކަތްކޮށްފައި ނުވާކަން އެ ރިޕޯޓްގައި ވަނީ ފާހަގަކޮށްފައެވެ.

ސޯޝަލް ހައުސިންގެ ފްލެޓްތަކުގެ އެކި ފްލެޓްތަކުގެ އެގްރީމެންޓްތަކުގައި، އެ ތަންތަނަށް ފައިސާ ނުދައްކާނަމަ އަމަލުކުރަން ހަމަޖެހިފައިވާ އުސޫލުތައް ހުރީ ތަފާތުކޮށެވެ. ބައެއް ފްލެޓްތަކަށް ފައިސާ ނުދެއްކުމުން ޖޫރިމަނާވާއިރު، ބައެއް ފްލެޓްތަކަށް ފައިސާ ނުދައްކާނަމަ އެތަންތަން އަތުލުމުގެ ބާރު އެޗްޑީސީއަށް ވަނީ ދީފައެވެ. އެހެންނަމަވެސް މި ފަދަ ތަންތަނަކީ ސޯޝަލް ހައުސިންގ ފްލެޓްތަކަށް ވުމާއެކު ފައިސާ ނުދެއްކިގެން ބަޔަކު ފްލެޓްތަކުން ނެރޭނަމަ، އެކަމާމެދު ރާއްޖޭގައި ހުރި ޖަމްއިއްޔާ ޖަމާއަތްތަކުންވެސް ކަންބޮޑުވުން ފާޅުކުރެއެވެ. މީގެ ކުރިން ފްލެޓްތަކާ ގުޅުންހުރި އެހެން ކަންކަމުގައިވެސް އުސޫލާ ޚިލާފަށް އަމަލުނުކުރާ މީހުންނަށް ފިޔަވަޅު އެޅުމަށް އެޗްޑީސީއަށް ވަނީ ގޮންޖެހުންތައް ދިމާވެފައެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ފެނަކައިން ޑޮލަރު ގަންނަން ފައިސާ ދިން މައްސަލައިގެ ތަހުގީގު އަދި ވެސް ނުނިމޭ: އޭސީސީ

ފެނަކައިން ޑޮލަރު ގަންނަން ފައިސާ ދިން މައްސަލައިގެ ތަހުގީގު އަދި ވެސް ނުނިމޭ: އޭސީސީ

20 ޖެނުއަރީ 2017
"ހިޔާނަތްތެރިވެފައިވާ" މީހުން ފައިސާ އަނބުރާ ދެއްކުމަށް ދަނީ އެއްބާރުލުން ދެމުން: ފިނޭންސް މިނިސްޓްރީ

"ހިޔާނަތްތެރިވެފައިވާ" މީހުން ފައިސާ އަނބުރާ ދެއްކުމަށް ދަނީ އެއްބާރުލުން ދެމުން: ފިނޭންސް މިނިސްޓްރީ

20 ޖެނުއަރީ 2017
ސްޓެލްކޯއިން ދެލައްކަ ޑޮލަރު ގަންނަން ދިން ފައިސާ ގެއްލިއްޖެ

ސްޓެލްކޯއިން ދެލައްކަ ޑޮލަރު ގަންނަން ދިން ފައިސާ ގެއްލިއްޖެ

15 ޖެނުއަރީ 2017
ޔުނިމެކްސް މޯލްޑިވްސްގެ އޮފީސް ފަޅާލާ ތިން ލައްކައަށްވުރެ ފައިސާ ވަގަށް ނަގައިފި

ޔުނިމެކްސް މޯލްޑިވްސްގެ އޮފީސް ފަޅާލާ ތިން ލައްކައަށްވުރެ ފައިސާ ވަގަށް ނަގައިފި

15 ޖެނުއަރީ 2017
ބޭރުގެ ވަކީލުންތަކަކާ ހަވާލުކޮށްގެން ނެކްސްބިޒް މައްސަލަ މިދަނީ ދިރާސާކުރަމުން: ބަންޑާރަނައިބު

ބޭރުގެ ވަކީލުންތަކަކާ ހަވާލުކޮށްގެން ނެކްސްބިޒް މައްސަލަ މިދަނީ ދިރާސާކުރަމުން: ބަންޑާރަނައިބު

12 ޖެނުއަރީ 2017

އަހަރުތަކުން މިއަދު

9 މެއި
"ކޮރަޕްޝަން ނައްތާލަން މަސައްކަތެއް ފަށާއިރަށް ސިޔާސީ އިދިކޮޅު ފަރާތްތަކުން އެކަމާ ދެކޮޅު ހަދަނީ ކީއްވެބާ؟"
20251 އަހަރު ކުރިން
ރިޕޯޓު

"ކޮރަޕްޝަން ނައްތާލަން މަސައްކަތެއް ފަށާއިރަށް ސިޔާސީ އިދިކޮޅު ފަރާތްތަކުން އެކަމާ ދެކޮޅު ހަދަނީ ކީއްވެބާ؟"

މަސްއޮޑިން، މަސް ކަނޑައި ނަން ބަދަލުކޮށްފި
20242 އަހަރު ކުރިން
ކުޅިވަރު

މަސްއޮޑިން، މަސް ކަނޑައި ނަން ބަދަލުކޮށްފި

ނޭމާ ދޫކޮށްލަން ޕީއެސްޖީން އެއްބަސްވެއްޖެ؟
20233 އަހަރު ކުރިން
ކުޅިވަރު

ނޭމާ ދޫކޮށްލަން ޕީއެސްޖީން އެއްބަސްވެއްޖެ؟

މަސްވެރިކަމުގައި އުޅެނިކޮށް ދޯނިން ވެއްޓުނު މީހަކަށް މިޔަރެއް ހަމަލާ ދީފި
20224 އަހަރު ކުރިން
ރާއްޖެ

މަސްވެރިކަމުގައި އުޅެނިކޮށް ދޯނިން ވެއްޓުނު މީހަކަށް މިޔަރެއް ހަމަލާ ދީފި

ގެއްލިގެން ހޯދަނިކޮށް ޝިފާ ފެނުނީ ގެމެންދޫން
20215 އަހަރު ކުރިން
ރިޕޯޓު

ގެއްލިގެން ހޯދަނިކޮށް ޝިފާ ފެނުނީ ގެމެންދޫން

ޑެވިލްޑް ޗިކަން ރެސިޕީ
20197 އަހަރު ކުރިން
ލައިފް ސްޓައިލް

ޑެވިލްޑް ޗިކަން ރެސިޕީ

ރިޔާޒު ޖަލުގައި: ކުޑަ އާއިލާއަށް ހިތްދަތިކަމެއް، ގޭތެރެއަށް ފަޅުކަމެއް
20188 އަހަރު ކުރިން
ރިޕޯޓު

ރިޔާޒު ޖަލުގައި: ކުޑަ އާއިލާއަށް ހިތްދަތިކަމެއް، ގޭތެރެއަށް ފަޅުކަމެއް

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު