Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެބަލިމީހުންގެ ރައްކާތެރިކަން

ބަލިމީހުންގެ ރައްކާތެރިކަމާ ގުޅޭ ގައުމީ މަހާސިންތާއެއް ފުރަތަމަ ފަހަރަށް ބާއްވައިފި

29 އޮކްޓޯބަރު 2022 | ހޮނިހިރު 08:59

ބަލިމީހުންގެ ރައްކާތެރިކަމާގުޅޭ ދާއިރާއިން ގިނަ މައުލޫމާތުތަކެއް މި މަހާސިންތާގައި ހިއްސާކޮށްފައިވޭ

ތޯހިރާ އަޒްހާރް
ތޯހިރާ އަޒްހާރް | 29 އޮކްޓޯބަރު 2022 | ހޮނިހިރު 08:59
ބަލިމީހުންގެ ރައްކާތެރިކަމާގުޅޭ ގައުމީ މަހާސިންތާ

ބަލިމީހުންގެ ރައްކާތެރިކަމާގުޅޭ ގައުމީ މަހާސިންތާ

ބަލިމީހުންގެ ރައްކާތެރިކަމާއި ގުޅޭގޮތުން ގައުމީ ފެންވަރުގެ މަހާސިންތާއެއް ފުރަތަމަ ފަހަރަށް ބާއްވައިފިއެވެ.

މި މަހާސިންތާ ބާއްވާފައިވަނީ އޮކްޓޯބަރު 23ން 27އަށެވެ. މިއަހަރުގެ މި ދުވަހުގެ ޝިއާރަކީ "ގެއްލުމާނުލައި ބޭސްފަރުވާ" މިއެވެ. އަދި މި މަހާސިންތާގެ ޝިއާރަކީ "ބަލިމީހުންނަށް ރައްކާތެރިކަން ފޯރުކޮށްދިނުން ފެށެނީ އަހަރެންނާ ހަމައިން"އެވެ. 

Advertisement - newsAdvertisement

ޑަބްލިޔުއެޗްއޯއާ ގުޅިގެން 23 އޮކްޓޯބަރ 2022ގައި ފެށުނު މި ގައުމީ މަހާސިންތާގައި، މާލެއާއި އަތޮޅުތެރެއިން އެކި ދާއިރާތަކުގައި މަސައްކަތްކުރާ ސިއްހީ ޚިދުމަތްތެރިން ބައިވެރިވެފައިވެއެވެ. އެގޮތުން ޑޮކްޓަރުންނާއި، ނަރުހުންނާއި، ލެބޯޓްރީ ޓެކްނީޝަނުންނާއި، ކޮމިއުނިޓީ ހެލްތު ވޯރކަރުންނާއި އަދި ސިއްހީ ދާއިރާގެ އެކިއެކި ފަންނީ ލެކްޗަރަރއިން ހިމެނެއެވެ.

މިމަހާސިންތާގައި، ބަލިމީހުންގެ ރައްކާތެރިކަމާއި، ރައްކާތެރި ގޮތުގައި ބޭސް ދިނުމާއި، ގެއްލުމާނުލައި ބޭސް ދިނުމާއި، އިންފެކްޝަނުން ރައްކާތެރިވުމާއި އަދި ކޮންޓްރޯލް ކުރުމާއި، ސިއްހީ ޚިދުމަތްދޭ ތަންތަނުން ޖެހޭ އިންފެކްޝަން މޮނިޓަރކުރުމާއި، ސިއްހީ ޚިދުމަތްދޭ ތަންތަނުގައި އުފެދޭ ކުނި މެނޭޖްކުރުމާއި، ސިއްހީ ޚިދުމަތްދޭ އާލާތްތައް ރައްކާތެރިކުރުމާއި، ބަލިމީހާގެ ރައްކާތެރިކަން ކަށަވަރު ކުރުމުގައި ފާރމަސިސްޓުންގެ މުހިންމުކަމާއި، ސަރޖަރީތަކުގެ ރައްކާތެރިކަމަށް ބޭނުންކުރާ ސަރޖިކަލް ޗެކްލިސްޓަށް އަހުލުވެރިކުރުމާއި، ސިއްހީ ދާއިރާގެ އެކިއެކި ކޯސްތަކުގެ ކަރިކިއުލަމްގައި، އިންފެކްޝަނުން ރައްކާތެރިވުމާއި އަދި ކޮންޓްރޯކްކުރުމާބެހޭ ކަންކަން ހިމެނުމުގެ މުހިއްމުކަމާއި، ބަލިމީހުންގެ ރައްކާތެރިކަމާގުޅޭ ހާދިސާތައް ރިޕޯރޓްކުރުމާއި، އަދި އެފަދަ ހާދިސާތަކުން ދަސްކުރާނެ ނިޒާމްތަކާއި އަދި "ޕޮއިންޓް އޮފް ކެއަރ" ކޮލިޓީ ހިފެހެއްޓުމާ ގުޅޭގޮތުން ނެގިފައިވާ ފިޔަވަޅުތަކުން ޓްރެއިނިންގ ދިނުމާ ގުޅޭގޮތުން މަޝްވަރާ ކުރެވިފައިވެއެވެ. މި މަހާސިންތާއިން، ކަމުގެ މާހިރުންނާއެކު އެކިއެކި ހާދިސާތަކުގެ ރިވިއުއާ ގުޅޭގޮތުން މަޝްވަރާކުރުމުގެ ފުރުސަތު ބައިވެރިންނަށް ލިބިފައިވެއެވެ.

މިމަހާސިންތާގައި ބައިވެރިވި ހުރިހާ ފަރާތްތަކަށް ބައިވެރިވިކަމުގެ ސެޓްފިކެޓް ދީފައިވެއެވެ. މި މަހާސިންތާގައި މައުލޫމާތު ދެއްވާފައިވަނީ ރާއްޖެއިން ކަމާގުޅޭ 12 މާހިރުންނާއި ރާއްޖެއިން ބޭރުން 21 ފަރާތެކެވެ.  

އެންމެ ހިނގާ

1

"އަދަބުވެރިކަން ނެތުމުގެ" ސަބަބުން ދަނބިދަރިފުޅުގެ ޝާހީ ލަގަބުތައް ބުރޫނާއީގެ ރަސްގެފާނު އަތުލައްވައިފި

2

އެމެރިކާއާއި އީރާނުގެ މަޝްވަރާތައް މަރުތަޅުއެޅިފައި - އެންމެ ފަހުގެ ތަފުސީލު

3

ނައިބު ރައީސް ހުސައިން މުހައްމަދު ލަތީފް ދިރިއުޅުއްވާ ހިލާލީ ގެޔަށް މަހަކު 3 ލައްކައަށް ވުރެ ގިނަ ރުފިޔާ ހަރަދުވާކަން ހާމަވެއްޖެ!

4

އީރާނުގެ އަސްކަރީ ގާބިލިއްޔަތު އިއާދަކުރަމުންދާ ހަލުވި މިނުގެ ސަބަބުން އިސްރާއީލަށް ސިހުން: ޖެރޫސަލަމް ޕޯސްޓް

5

ޓްރަމްޕަށް އީރާން ހަނގުރާމައިގައި ނާކާމިޔާބީތައް ފުނިޖެހެނީ

އިތުރަށް ކިޔާލަން

09 ފެބުރުއަރީ 2017

އަންހެން ފުލުހެއްގެ ކައިރީގައި އޮއްވާ ސިފައިންގެ އޮފިސަރަކު ނެރުނު މައްސަލަ ބެލުމާ ގުޅޭ ގޮތުން ފުލުހުން ވަކިއެއްޗެއް ނުބުނި

09 ފެބުރުއަރީ 2017
އަންހެން ފުލުހެއްގެ ކައިރީގައި އޮއްވާ ސިފައިންގެ އޮފިސަރަކު ނެރުނު މައްސަލަ ބެލުމާ ގުޅޭ ގޮތުން ފުލުހުން ވަކިއެއްޗެއް ނުބުނި
08 ފެބުރުއަރީ 2017

ރިޔާސީ އިންތިހާބާއި ގުޅޭގޮތުން އުމަރު، ޖަމީލާ މަޝްވަރާ ކުރައްވައިފި

08 ފެބުރުއަރީ 2017
ރިޔާސީ އިންތިހާބާއި ގުޅޭގޮތުން އުމަރު، ޖަމީލާ މަޝްވަރާ ކުރައްވައިފި
04 ފެބުރުއަރީ 2017

އެމްޑީޕީގެ ގައުމީ މަޖިލީހުގެ މެންބަރު ވަހީދު ޕޮލިހަށް ހާޒިރުކުރަނީ

04 ފެބުރުއަރީ 2017
އެމްޑީޕީގެ ގައުމީ މަޖިލީހުގެ މެންބަރު ވަހީދު ޕޮލިހަށް ހާޒިރުކުރަނީ
03 ފެބުރުއަރީ 2017

ރިޔާސީ އިންތިހާބާއި ގުޅޭގޮތުން މަޝްވަރާކުރުމަށް އުމަރު ނަސީރު އިނގެރޭސިވިލާތަށް

03 ފެބުރުއަރީ 2017
ރިޔާސީ އިންތިހާބާއި ގުޅޭގޮތުން މަޝްވަރާކުރުމަށް އުމަރު ނަސީރު އިނގެރޭސިވިލާތަށް
02 ފެބުރުއަރީ 2017

ރިޔާސީ ކެންޑިޑޭޓް ކަމަށް ރައީސް ނަޝީދު ކުރިމަތިލެއްވުމަށް ގައުމީ މަޖިލީހުން ލަފާދީފި

02 ފެބުރުއަރީ 2017
ރިޔާސީ ކެންޑިޑޭޓް ކަމަށް ރައީސް ނަޝީދު ކުރިމަތިލެއްވުމަށް ގައުމީ މަޖިލީހުން ލަފާދީފި
01 ފެބުރުއަރީ 2017

ދެ އަހަރެއްހާ ދުވަސް ފަހުން ރައީސް ނަޝީދާ އެކު އެމްޑީޕީގެ ގައުމީ މަޖިލީހުގެ ބައްދަލުވުމެއް ބާއްވާއިފި

01 ފެބުރުއަރީ 2017
ދެ އަހަރެއްހާ ދުވަސް ފަހުން ރައީސް ނަޝީދާ އެކު އެމްޑީޕީގެ ގައުމީ މަޖިލީހުގެ ބައްދަލުވުމެއް ބާއްވާއިފި
01 ފެބުރުއަރީ 2017

އެމްޑީޕީގެ ގައުމީ މަޖިލީހުގެ ބައްދަލުވުމެއް ބާއްވައިފި

01 ފެބުރުއަރީ 2017
އެމްޑީޕީގެ ގައުމީ މަޖިލީހުގެ ބައްދަލުވުމެއް ބާއްވައިފި
19 ޖެނުއަރީ 2017

މޫސުމަށް އަންނަ ބަދަލުތަކާ ގުޅޭ ޕެނަލްއެއްގައި އެމެރިކާގެ ކުރީގެ ނައިބު ރައީސްއާއެކު ރައީސް ނަޝީދު!

19 ޖެނުއަރީ 2017
މޫސުމަށް އަންނަ ބަދަލުތަކާ ގުޅޭ ޕެނަލްއެއްގައި އެމެރިކާގެ ކުރީގެ ނައިބު ރައީސްއާއެކު ރައީސް ނަޝީދު!
16 ޖެނުއަރީ 2017

އިންސާނީ ވަގުފާރީގެ މައްސަލަތަކާއި ގުޅޭގޮތުން މަޢުލޫމާތު ދިނުމުގެ ސެޝަނެއް ކުރިއަށް ގެންގޮސްފި

16 ޖެނުއަރީ 2017
އިންސާނީ ވަގުފާރީގެ މައްސަލަތަކާއި ގުޅޭގޮތުން މަޢުލޫމާތު ދިނުމުގެ ސެޝަނެއް ކުރިއަށް ގެންގޮސްފި
15 ޖެނުއަރީ 2017

ހަލް އިންޝުއަރެންސްއާ ގުޅޭގޮތުން އެމްއެމްއޭގެ އަމަލްތަކަށް ޓްރާންސްޕޯޓުން ކަންބޮޑުވެއްޖެ

15 ޖެނުއަރީ 2017
ހަލް އިންޝުއަރެންސްއާ ގުޅޭގޮތުން އެމްއެމްއޭގެ އަމަލްތަކަށް ޓްރާންސްޕޯޓުން ކަންބޮޑުވެއްޖެ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް