Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުކްލަބް މޯލްޑިވްސް ކަޕް

ސެމީ ފައިނަލްގެ ފަހު ދެ ޖާގަ އެމްޕީއެލްއާއި އެޗްޑީސީއަށް

29 އޮކްޓޯބަރު 2022 | ހޮނިހިރު 05:12

ސެމީފައިނަލް ދެ މެޗު ކުޅޭނީ އާދިއްތަ ދުވަހުގެރޭ

ޙަފްޞީ ޢަބްދުالله
ޙަފްޞީ ޢަބްދުالله | 29 އޮކްޓޯބަރު 2022 | ހޮނިހިރު 05:12
ލަނޑުޖެހުމަށްފަހު އެމްޕީއެލް ކުޅުންތެރިން އުފާފާޅުކުރަނީ: ފޮޓޯ-އެމްޕީއެލް

ލަނޑުޖެހުމަށްފަހު އެމްޕީއެލް ކުޅުންތެރިން އުފާފާޅުކުރަނީ: ފޮޓޯ-އެމްޕީއެލް

ކްލަބް މޯލްޑިވްސް ކަޕްގެ ސެމީ ފައިނަލްގެ ފަހު ދެ ޖާގަ، މޯލްޑިވްސް ޕޯރޓްސް ލިމިޓެޑް (އެމްޕީއެލް)އާއި, ކްލަބް އެޗްޑީސީ ހޯދައިފިއެވެ.

ކްއާޓަރ ފައިނަލްގައި ކުޅުނު ވަރަށް ވާދަވެރި ދެ މެޗަށްފަހު އެމްޕީއެލް ސެމީގެ ޖާގަ ހޯދީ ޕެނަލްޓީ ޖަހައިގެން އެސްޓީއޯ ރެކްރިއޭޝަން ކްލަބްގެ މައްޗަށް ކުރި ހޯދައިގެންނެވެ. އެޗްޑީސީ ކްއާޓަރ ފައިނަލް މެޗު ކާމިޔާބުކުރީ ފަހު ސިކުންތުގެ ގޯލުން ސްޓެލްކޯ ކްލަބް ބަލިކޮށްގެންނެވެ.

އެމްޕީއެލްއިން ޕެނަލްޓީގައި އެސްޓީއޯ ބަލިކުރީ 6-5ންނެވެ. 2-2ން މެޗު އެއްވަރުވުމުން ނަތީޖާ ނެރުނީ ޕެނަލްޓީ ޖަހައިގެންނެވެ. މެޗުގައި ފުރަތަމަ ކުރިހޯދީ އަހުމަދު ޒިފާން އިބްރާހީމްގެ ލަނޑުން، އެސްޓީއޯއެވެ. އެމްޕީއެލްއިން ނަތީޖާ ހަމަހަމަކުރީ މުހައްމަދު ސާދު ނިޒާރުގެ ލަނޑުންނެވެ. ކުރިހޯދީ އަލީ ހައިސަމްގެ ލަނޑުންނެވެ. 2-1ން އެމްޕީއެލް ކުރީގައި ވަނިކޮށް, އެސްޓީއޯގެ އިސްމާއީލް އީސާއަށް ދެވަނަ ރީނދޫ ކާޑާއެކު ރަތްކާޑު ދެއްކިއެވެ. ނަމަވެސް މެޗު ނިމުމުގެ ކުރިން މުހައްމަދު އިމްރާން ލަނޑު ޖަހައި ނަތީޖާ ހަމަހަމަކޮށްދިނެވެ. ޕެނަލްޓީގައި އެސްޓީއޯގެ ޒިފާންއާއި, މުހައްމަދު ސަނީމް ޖެހި ޕެނަލްޓީ ނާކާމިޔާބުވީއެވެ. އެސްޓީއޯއިން ޕެނަލްޓީ ކާމިޔާބުކުރީ ހަސަން މުހައްމަދާއި, އިޔާން އަހުމަދު ރަޝީދާއި, މުހައްމަދު އިމްރާނެވެ. އެމްޕީއެލްއިން ނާކާމިޔާބުވީ އަލީ ހައިސަމްގެ ޕެނަލްޓީއެވެ. އަހުމަދު ހުސެއިންއާއި, ސާޖިދު ރަޝީދުއާއި, މުހައްމަދު ޔަފާއުއާއި, އަލީ ޝަމާލް އަބްދުﷲ ޕެނަލްޓީ ކާމިޔާބުކުރިއެވެ. ސެމީގައި އެމްޕީއެލް ވާދަކުރަން ޖެހޭނީ ކްލަބް އެޗްޑީސީއާއެވެ.

އެޗްޑީސީ ސެމީން ޖާގަހޯދީ 4-3ން ސްޓެލްކޯ ކްލަބް ބަލިކޮށްގެންނެވެ. 3-3ން މެޗު އެއްވަރުވާން ދަނިކޮށް އެޗްޑީސީން މެޗު ކާމިޔާބުކުރީ ފަހު ސިކުންތުގައި ލަނޑު ޖަހައިގެންނެވެ. ފަހު ސިކުންތުގައި ޖެހި ލަނޑާއެކު އަބްދުﷲ ޝާފިއު ތިން ލަނޑު ޖެހިއެވެ. އަނެއް ލަނދު ޖެހީ އަހުމަދު ސިޒާންއެވެ. ސްޓެލްކޯގެ ތިން ލަނޑުގެ ތެރެއިން ދެ ލަނޑު ޖެހީ އިބްރާހީމް ރިމާހުއެވެ, އަނެއް ލަނޑު ޖެހީ މުހައްމަދު ވިލްފްއެވެ.

ސެމީފައިނަލްގައި ވެމްކޯ ވާދަކުރާނީ ފެނަކައާއެވެ. ސެމީފައިނަލް ދެ މެޗު ކުޅޭނީ އާދިއްތަ ދުވަހުގެ ރެއެވެ.

އެންމެ ހިނގާ

1

"އަދަބުވެރިކަން ނެތުމުގެ" ސަބަބުން ދަނބިދަރިފުޅުގެ ޝާހީ ލަގަބުތައް ބުރޫނާއީގެ ރަސްގެފާނު އަތުލައްވައިފި

2

ނައިބު ރައީސް ހުސައިން މުހައްމަދު ލަތީފް ދިރިއުޅުއްވާ ހިލާލީ ގެޔަށް މަހަކު 3 ލައްކައަށް ވުރެ ގިނަ ރުފިޔާ ހަރަދުވާކަން ހާމަވެއްޖެ!

3

މަރާލާ ނުވަތަ އަތުލައިގަންނަ އެމެރިކާގެ ކޮންމެ ސިފައިންގެ މީހަކަށް 30،000 ޑޮލަރުގެ އިނާމު އީރާނުން ހުށަހަޅައިފި

4

ޓްރަމްޕަށް އީރާން ހަނގުރާމައިގައި ނާކާމިޔާބީތައް ފުނިޖެހެނީ

5

އެމެރިކާގެ ޓެކްސް އަށް މަކަރު ހަދައިގެން ޗައިނާގެ މުދާ އެމެރިކާއަށް ފޮނުވުމަށް ބޭނުންކުރާ ގައުމުތަކުގެ ތެރޭގައި ރާއްޖެ ހިމަނާ، ސިއްރު ޓްރާންޝިޕްމަންޓް ނެޓްވޯކް ގައި ހިމެނޭ ގައުމުތަކަށް ހަރުކަށި އަދަބުދޭނެ ކަމުގެ އިންޒާރު ދީފި

އިތުރަށް ކިޔާލަން

26 ޖެނުއަރީ 2017

ކޮޕާ ޑެލްރޭ: ރެއާލް މެޑްރިޑް ކަޓުވާލުމަށްފަހު ސެލްޓަވިގޯ ސެމީއަށް

26 ޖެނުއަރީ 2017
ކޮޕާ ޑެލްރޭ: ރެއާލް މެޑްރިޑް ކަޓުވާލުމަށްފަހު ސެލްޓަވިގޯ ސެމީއަށް
25 ޖެނުއަރީ 2017

ރެއާލް ދޫކޮށްލުމަށްފަހު ޕެޕޭ ޗައިނާ ލީގަށް ބަދަލުވަނީ!

25 ޖެނުއަރީ 2017
ރެއާލް ދޫކޮށްލުމަށްފަހު ޕެޕޭ ޗައިނާ ލީގަށް ބަދަލުވަނީ!
25 ޖެނުއަރީ 2017

ލެސްޓާ ދޫކޮށްލުމަށްފަހު ހެނާންޑޭޒް މަލާގާއާ ގުޅިއްޖެ

25 ޖެނުއަރީ 2017
ލެސްޓާ ދޫކޮށްލުމަށްފަހު ހެނާންޑޭޒް މަލާގާއާ ގުޅިއްޖެ
23 ޖެނުއަރީ 2017

އެންމެ ފަހުން ޑިޕޭ ލިޔޯން އަށް ސޮއިކޮށްފި

23 ޖެނުއަރީ 2017
އެންމެ ފަހުން ޑިޕޭ ލިޔޯން އަށް ސޮއިކޮށްފި
22 ޖެނުއަރީ 2017

އެކޮމޮޑޭޝަން ބްލޮކުން 1268 މީހުންނަށް ޖާގަ ދީފައިވާނެ: ޔޫތު މިނިސްޓްރީ

22 ޖެނުއަރީ 2017
އެކޮމޮޑޭޝަން ބްލޮކުން 1268 މީހުންނަށް ޖާގަ ދީފައިވާނެ: ޔޫތު މިނިސްޓްރީ
20 ޖެނުއަރީ 2017

އާސެނަލް ދޫކޮށްލުމަށް ފަހު ސަންޗޭޒް ބަޔާންއާ ގުޅުން ކައިރި: އޮންރީ

20 ޖެނުއަރީ 2017
އާސެނަލް ދޫކޮށްލުމަށް ފަހު ސަންޗޭޒް ބަޔާންއާ ގުޅުން ކައިރި: އޮންރީ
18 ޖެނުއަރީ 2017

އެންމެ ފަހުން ކޯސްޓާ ޗެލްސީގެ ފަރިތަކުރުންތަކާ ގުޅިއްޖެ

18 ޖެނުއަރީ 2017
އެންމެ ފަހުން ކޯސްޓާ ޗެލްސީގެ ފަރިތަކުރުންތަކާ ގުޅިއްޖެ
10 ޖެނުއަރީ 2017

ވޯލްޑް ކަޕުން އޭޝިޔާ އަށް އިތުރު ޖާގަތަކެއް ދީފި

10 ޖެނުއަރީ 2017
ވޯލްޑް ކަޕުން އޭޝިޔާ އަށް އިތުރު ޖާގަތަކެއް ދީފި
08 ޖެނުއަރީ 2017

އެފްއޭކަޕް: ފަހުވަގުތު ޖިރޫޑް ކާމިޔާބުކުރި ލަނޑުން އަނެއްކާވެސް އާސެނަލް ސަލާމަތްވެއްޖެ

08 ޖެނުއަރީ 2017
އެފްއޭކަޕް: ފަހުވަގުތު ޖިރޫޑް ކާމިޔާބުކުރި ލަނޑުން އަނެއްކާވެސް އާސެނަލް ސަލާމަތްވެއްޖެ
04 ޖެނުއަރީ 2017

ޕްރިމިއާ ލީގު: ފަހު ވަގުތު ޖިރޫ ކާމިޔާބުކޮށްދިން ލަނޑުން އާސެނަލް ސަލާމަތްވެއްޖެ

04 ޖެނުއަރީ 2017
ޕްރިމިއާ ލީގު: ފަހު ވަގުތު ޖިރޫ ކާމިޔާބުކޮށްދިން ލަނޑުން އާސެނަލް ސަލާމަތްވެއްޖެ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް