Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެ
ޓެކްސް ބޮޑުކުރުން

ޓެކްސް ބޮޑުކުރަން ސަރުކާރުން ހުށަހަޅާފައިވަނީ މުހިންމު އިސްލާހެއް: ޓީމް

ފަތުރުވެރިކަމުގެ ދާއިރާގެ ބައެއް ޖަމިއްޔާތަކުން ޓެކްސް ބޮޑު ކުރުމާ ދެކޮޅު

އިދުހާމް ނަޢީމް
އިދުހާމް ނަޢީމް, ރާއްޖެ އެމްވީ | 28 އޮކްޓޯބަރު 2022 | ހުކުރު 03:57
ފަތުރުވެރިން

ފަތުރުވެރިން

ޓެކްސް ބޮޑުކުރުމަށް ސަރުކާރުން ހުށަހަޅާފައިވާ އިސްލާހަކީ މުހިންމު އިސްލާހެއް ކަމަށާއި އެކަމަށް ފުރިހަމައަށް ތާއީދު ކުރާ ކަމަށް ފަތުރުވެރިކަމުގެ ދާއިރާގެ މުވައްްޒަފުންގެ ޖަމިއްޔާ ކަމަށްވާ ޓޫރިޒަމް އެމްޕްލޮއީސް އެސޯސިއޭޝަން (ޓީމް) އިން ބުނެފިއެވެ.

ބުރާސްފަތި ދުވަހު ނެރުނު ބަޔާނެއްގައި ޓީމުން ބުނީ ދައުލަތުގެ އާމްދަނީ އިތުރުކޮށް އިޤްތިސާދީ ހާލަތު ރަނގަޅުކޮށް، މުވައްޒަފުންގެ މުސާރަ އިތުރުކޮށް އަސާސީ ޚިދުމަތްތަށް ޤާއިމްކުރުމަށް ވިޔަފާރިތަކުން ޓެކްސް އިތުރު ކުރުމަށް ސަރުކާރުން ހުށަހަޅާފައިވަނީ ނުހަނު މުހިންމު އިސްލާހެއްކަމަށެވެ. އަދި ފަތުރުވެރިކަމުގެ ދާއިރާގެ ޚިދުމަތާއި މުދަލުން ނަގާ ޓެކްސް (ޓީޖީއެސްޓީ) އިތުރުކުރުމާއި، ވިޔަފާރި ފާއިދާއިން ނެގޭ ޓެކްސް (ބީޕީޓީ) އާއި އާމްދަނީ އިން ނަގާ ޓެކްސް (އިންކަމް ޓެކްސް) ޕްރޮގްރެސިވްކޮށް އިތުރު ކުރުމަކީ މުޅި ގައުމުގެ އިޤްތިސާދަށް މުހިންމު ކަމެއް ކަމަށާއި، ފަގީރުންނާއި މުއްސަނދިންގެ ފަރަގު ކުޑަވެގެންދާނެ ކަމެއްކަމަށެވެ.

Advertisement - newsAdvertisement

ޓީމުން ވަނީ ޓެކްސް ބޮޑުކުރުމުގެ އިތުރުން ދައުލަތަށް އެކި ފަރާތްތަކުން ދައްކަން ޖެހި، ނުދައްކާ ހުރި ޓެކްސް ފައިސާ އާއި ބިމު ކުލި މި ހިނދުން މި ހިނދަށް ދައުލަތަށް ހޯދުމަކީ ވެސް މުހިންމު ކަމެއް ކަމުގައި އެ ޖަމިއްޔާއިން ދެކޭ ކަމަށް ވެސް ބުނެފައެވެ.

މީގެ އިތުރުން ފާއިތުވި 50 އަހަރު ފަތުރުވެރިކަމުގެ ސިނާޔަތް ދެމި އޮތީ ރިސޯޓުތަކުގެ ވެރިންނަށް ކަމަށާއި ކުރިއަށް އޮތް 50 އަހަރު އެ ސިނާއަތް ޒިންމާދާރު، ދެމެހެއްޓެނިވި، އަދި ޤައުމުގެ ރައްޔިތުންނަށްޓަކައި ހިންގޭ ދާއިރާއަކަށް ހެދުމަށާއި އެ ސިނާއަތުގައި މަސައްކަތް ކުރާ މުވައްޒަފުންނަށް ތަފާތު ކުރުމެއް ނެތި ހައްގުތައް ކަަށަވަރު ކުރުމަށް ވެސް ޓީމުން ވަނީ ގޮވާލާފައެވެ.

ސަރުކާރުގެ ޓެކްސް އިސްލާހަށް ތާއީދުކޮށް ޓީމުން ބަޔާނެއް ނެރެފައިވާއިރު އެކަމާ އެ ދާއިރާގެ އެހެނިހެން ބައެއް ޖަމިއްޔާތަކާއި ވިޔަފާރިތައް ދެކޮޅެވެ. އެ ފަރާތްތަކުން ބުނާ ގޮތުގައި ޓެކްސް ބޮޑުކުރުމުގެ ކުރިން އަދި އިތުރު ދުވަސްކޮޅެއް އެ ފަރާތްތަކަށް ދޭން ޖެހެއެވެ.

ސަރުކާރުން މަޖިލީހަށް މިހާރު ހުށަހަޅާފައިވާ ބިލުގައި ބުނެފައިވާ ގޮތުގައި ޓެކްސް ބޮޑުކުރުމަށް ނިންމާފައިވަނީ އަންނަ އަހަރުގެ ޖެނުއަރީ 1 ވަނަ ދުވަހުން ފެށިގެންނެވެ. އެގޮތުން މުދަލާއި އާމްދަނީން ނަގާ ޓެކްސް (ޖީއެސްޓީ) ހަ އިންސައްތައިން އަށް އިންސައްތައަށް ބޮޑުކުރުމަށާއި ފަތުރުވެރިކަމުގެ ދާއިރާގެ މުދަލާއި ޚިދުމަތުން ނަގާ ޓެކްސް (ޓީޖީއެސްޓީ) 12 އިންސައްތައިން 16 އިންސައްތައަށް ބޮޑުކުރަން ވަނީ ނިންމާފައެވެ.

ޖީއެސްޓީ އާއި ޓީޖީއެސްޓީ ބޮޑުކުރާ ބިލް މަޖީލީހުން ބަލައިގަނެފައިވަނީ މިދިޔަ މަހުގެ 11 ވަނަ ދުވަހުއެވެ. އެ ބިލް ހުށަހެޅުއްވީ އިހަވަންދޫގެ ދާއިރާގެ މެމްބަރު މުހައްމަދު ޝިފާއުއެވެ. އެ ބިލް މިހާރު އޮތީ މުޅި މަޖިލީހުގެ ކޮމިޓީގައެވެ.

ސަރުކާރުން ބުނެފައިވާ ގޮތުގައި މި އިސްލާހު ހުށަހެޅުމުގެ މައިގަނޑު ބޭނުމަކީ ދައުލަތުގެ ހަރަދުގެ ސިޔާސަތުތަކާއި ދުނިޔޭގެ އިގުތިސާދަށް އަންނަ ބަދަލުތަކުގެ ސަބަބުން ދައުލަތުގެ އާމްދަނީ އިތުރުކުރުމަށް ފިޔަވަޅުތަކެއް ނާޅައިފި ނަމަ، އާމްދަނީން ރިކަރަންޓް ހަރަދުތައް ހަމަނުޖެއްސޭނެ ކަމަށް ފާހަގަވާތީ ދައުލަތަށް ލިބޭ އާމްދަނީން ހަރަދުތައް ހަމަޖެއްސުމަށެވެ.

ޓީމް މޯލްޑިވްސްޓެކްސް

ކޮމެންޓް

އިތުރަށް ކިޔާލަން

ފާޑުކިޔުން ތަކަށް ބެލުމެއް ނެތި، އެސްއީޒެޑް ގާނޫނަށް ހުށަހެޅި އިސްލާހު ސަރުކާރުން ބޭނުންވި ގޮތަށް އެއް ދުވަހުން ފާސްކޮށްފި

ފާޑުކިޔުން ތަކަށް ބެލުމެއް ނެތި، އެސްއީޒެޑް ގާނޫނަށް ހުށަހެޅި އިސްލާހު ސަރުކާރުން ބޭނުންވި ގޮތަށް އެއް ދުވަހުން ފާސްކޮށްފި

04 ނޮވެމްބަރު 2025
ޕެނަމާ ގައި ބާއްވާ ފަސްޓް ގްލޯބަލް ރޮބޮޓިކްސް ޗެލެންޖްގައި "ޓީމް މޯލްޑިވްސް - ފަސްޓް ގްލޯބަލް ޗެލެންޖް 2025" ގެ ނަމުގައި ރާއްޖެ އިން ބައިވެރި ވަނީ

ޕެނަމާ ގައި ބާއްވާ ފަސްޓް ގްލޯބަލް ރޮބޮޓިކްސް ޗެލެންޖްގައި "ޓީމް މޯލްޑިވްސް - ފަސްޓް ގްލޯބަލް ޗެލެންޖް 2025" ގެ ނަމުގައި ރާއްޖެ އިން ބައިވެރި ވަނީ

26 އޮކްޓޯބަރު 2025
"ކޯޓުތަކުގައިވެސް އިންސާފު ކިރަން ހުންނަނީ ތިލަފަތެއް ނޫން، ތަރާދެއް ހުންނަނީ": މެންބަރު ޒިޔާދު

"ކޯޓުތަކުގައިވެސް އިންސާފު ކިރަން ހުންނަނީ ތިލަފަތެއް ނޫން، ތަރާދެއް ހުންނަނީ": މެންބަރު ޒިޔާދު

06 އޯގަސްޓު 2025
ޓެކްސް ނެގުމުގެ ޤާނޫނަށް ގެންނަ އިސްލާހު - "ސިއްރު ނުހިފަހައްޓައިފި ނަމަ 250،000 ރުފިޔާ އާއި ހަމައަށް ޖޫރިމަނާ ކުރެވޭނެ"

ޓެކްސް ނެގުމުގެ ޤާނޫނަށް ގެންނަ އިސްލާހު - "ސިއްރު ނުހިފަހައްޓައިފި ނަމަ 250،000 ރުފިޔާ އާއި ހަމައަށް ޖޫރިމަނާ ކުރެވޭނެ"

05 އޯގަސްޓު 2025
"ބީއެމްއެލްގެ 30 އިންސައްތައިގެ ފީ އަކީ ނުސީދާ ޓެކްސް އެއް، އެއީ ޤައިރު ޤާނޫނީ ކަމެއް"

"ބީއެމްއެލްގެ 30 އިންސައްތައިގެ ފީ އަކީ ނުސީދާ ޓެކްސް އެއް، އެއީ ޤައިރު ޤާނޫނީ ކަމެއް"

03 ޖުލައި 2025

އަހަރުތަކުން މިއަދު

12 ޖޫން
ސޯޝަލް މީޑިއާގައި އެޑިޓްކޮށްގެން ދައުރު ކުރާ ރައީސް ޞާލިހުގެ ކްލިޕްގެ މަޅީގައި ރައީސް ޔާމީން ޖެހިވަޑައިގެންފި
20251 އަހަރު ކުރިން
ރާއްޖެ

ސޯޝަލް މީޑިއާގައި އެޑިޓްކޮށްގެން ދައުރު ކުރާ ރައީސް ޞާލިހުގެ ކްލިޕްގެ މަޅީގައި ރައީސް ޔާމީން ޖެހިވަޑައިގެންފި

އުދުހޭ ޓެކްސީ މި އަހަރުގެ ހައްޖަށް ސައުދީން ތައާރުފް ކޮށްފި
20242 އަހަރު ކުރިން
ދުނިޔެ

އުދުހޭ ޓެކްސީ މި އަހަރުގެ ހައްޖަށް ސައުދީން ތައާރުފް ކޮށްފި

އީވާގެ އިތުބާރު ނެތްކަމުގެ މައްސަލަ ކުރިއަށް ގެންދެވޭނެ ތިން ގޮތެއް އަމީން އާންމު ނަޝީދަށް ދަންނަވައިފި
20233 އަހަރު ކުރިން
ރާއްޖެ

އީވާގެ އިތުބާރު ނެތްކަމުގެ މައްސަލަ ކުރިއަށް ގެންދެވޭނެ ތިން ގޮތެއް އަމީން އާންމު ނަޝީދަށް ދަންނަވައިފި

ދަރަނި ނަގާފައި ހުރީ ދަރަނި ދައްކަން އިނގޭތީ، އަމާ ބުނީތީ ފަރަށްދާ އުސޫލަކުން ނޫން
20224 އަހަރު ކުރިން
ރިޕޯޓު

ދަރަނި ނަގާފައި ހުރީ ދަރަނި ދައްކަން އިނގޭތީ، އަމާ ބުނީތީ ފަރަށްދާ އުސޫލަކުން ނޫން

''އެކުވެރިޔާ ވަކިވެ ދިޔައީ އަގުހުރި ހަދިޔާއެއް ދީފައި''
20215 އަހަރު ކުރިން
ރިޕޯޓު

''އެކުވެރިޔާ ވަކިވެ ދިޔައީ އަގުހުރި ހަދިޔާއެއް ދީފައި''

ފަނޑިޔާރު އަބްދުﷲ ދީދީގެ ސަސްޕެންޝަން ދެމި އޮންނާނެ: ޖޭއެސްސީ
20197 އަހަރު ކުރިން
ރާއްޖެ

ފަނޑިޔާރު އަބްދުﷲ ދީދީގެ ސަސްޕެންޝަން ދެމި އޮންނާނެ: ޖޭއެސްސީ

ނިހާން މަރެއް ނުވޭ! އޭނާ ބްރިޖްމަތީ ހަނާއަަޅާނެ!
20188 އަހަރު ކުރިން
ރިޕޯޓު

ނިހާން މަރެއް ނުވޭ! އޭނާ ބްރިޖްމަތީ ހަނާއަަޅާނެ!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު