Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެ
ސޫރިޔާ ރެފިއުޖީން

ޤައުމު ދޫކުރި ސޫރިޔާ ރެފިއުޖީން ކަންބޮޑުވުންތަކާއެކުގައި ވެސް އުފަން ވަޒަނަށް

ރެފިއުޖީންނާ ބެހޭ އދގެ އިދާރާގައި ރަޖިސްޓްރީކޮށްގެން ލުބްނާންގައި ދިރިއުޅެމުންދާ ސޫރިޔާގެ ރެފިއުޖީންގެ ޢަދަދު 8 ލައްކައަށްވުރެ މައްޗަށް އަރާ

ޢާއިޝާ ރީމާ ވަޙީދު
ޢާއިޝާ ރީމާ ވަޙީދު, ރާއްޖެ އެމްވީ | 27 އޮކްޓޯބަރު 2022 | ބުރާސްފަތި 07:31
ރެފިއުޖީންގެ އޮއެވަރު އެންމެ ގަދަވެގެން ދިޔަ ދުވަސްވަރު، ލުބްނާނުން ވަނީ ސޫރިޔާގެ 1.2 މިލިއަނެއްހާ ރެފިއުޖީންނަށް ހިޔާވަހިކަން ފޯރުކޮށްދީފަ

ރެފިއުޖީންގެ އޮއެވަރު އެންމެ ގަދަވެގެން ދިޔަ ދުވަސްވަރު، ލުބްނާނުން ވަނީ ސޫރިޔާގެ 1.2 މިލިއަނެއްހާ ރެފިއުޖީންނަށް ހިޔާވަހިކަން ފޯރުކޮށްދީފަ

މި ފަހުގެ ތާރީޚުގައި ދުނިޔެ ދުށް އެންމެ ވަރުގަދަ އެއް ހަނގުރާމަ ކުރި ސޫރިޔާ ދޫކޮށް، ރެފިއުޖީންގެ ގޮތުގައި ލުބްނާނަށް ހިޖުރަ ކުރި އެތައް ސަތޭކަ ބަޔަކު، އަލުން އަނބުރާ ސޫރިޔާއަށް ބަދަލުވެއްޖެއެވެ.

ލުބްނާނުން އިސްނަގައިގެން ހިންގާ ރީޕެޓްރިއޭޝަން ސްކީމްގެ ތެރެއިން ސޫރިޔާއަށް އަލުން ބަދަލުވި ރެފިއުޖީންގެ ފުރަތަމަ ގުރޫޕު ސޫރިޔާއަށް އެތެރެވެފައި ވަނީ އޮކްޓޯބަރު 28 ވަނަ ދުވަހުއެވެ. ގިނަ ޢަދަދެއްގެ ރެފިއުޖީން އަލުން ސޫރިޔާއަށް ބަދަލު ކުރުމަށް ބެއިރޫތުން ހިންގާ ސްކީމަކީ، ފުރައްސާރައާއި މަޖުބޫރުކަން އެކުލެވިގެންވާ މަޝްރޫއެއް ކަމަށް ބުނެ، އިންސާނީ ޙައްޤުތަކަށް ވަކާލާތު ކުރާ ގުރޫޕުތަކުން ވަނީ ކަންބޮޑުވުން ފާޅު ކޮށްފައެވެ.

ސޫރިޔާގެ އިރުއުތުރު ބޯޑަރު ހުރަސްކޮށް، އަމިއްލަ ވަޒަނަށް އަލުން ބަދަލުވުމަށް 700 އެއްހާ ރެފިއުޖީން އެއްބަސްވެފައި ވާ ކަމަށް މަޢުލޫމާތު ލިބެއެވެ. ސޫރިޔާއަށް އަލުން އެތެރެވުމަށް ދަމާލާފައިވާ ސަފުގައި ރެފިއުޖީން އެތުރި ތިބީ މުޅި ދިރިއުޅުން ކިހިލިޖަހާލައިގެންނެވެ. ދަބަސްތަކުގެ އިތުރުން، ކަރަންޓުދޭ ޖަނަރޭޓަރުތަކާއި ފުރިޖުތަކުގެ އިތުރުން ކުކުޅުތައްވެސް އެމީހުންގެ އަތުގައި ހުއްޓެވެ.

ލުބްނާނުގެ ކަމާ ބެހޭ ފަރާތްތަކުން ބުނީ، ރީޕެޓްރިއޭޝަން މަޝްރޫއަކީ ސޫރިޔާގެ ޖެނެރަލް ސެކިއުރިޓީ އޭޖެންސީއިން ހިންގަމުން ދިޔަ މަޝްރޫއެއްގެ ރޫޙު އަލުން ދިރުވައިގެން ހިންގާ މަޝްރޫއެއް ކަމަށާ، އެ މަޝްރޫއުގެ ދަށުން އަލުން ސޫރިޔާއަށް މީހުން ގެންދަނީ އަމިއްލަ އިޚްތިޔާރުގައި ކަމަށެވެ.

ސޫރިޔާގެ 11 އަހަރުވީ ހަނގުރާމައިގެ މައިދާންތައް، އެ އޮތް ގޮތަށް އޮތް ކަމުގައި ވީ ނަމަވެސް، ދޭތެރެ ދޭތެރެއިން ހަމަނުޖެހުންތަކުގެ ހުޅުގަނޑު ފަޅައިގެން ދިއުމާއި، މީހުން ހައްޔަރު ކުރުމުގެ ނުރައްކާ އޮތުމަކީ، އެހާ ގިނަ ޢަދަދެއްގެ ބަޔަކު އަލުން އަނބުރާ ސޫރިޔާއަށް ގެންދިއުމުމަކީ އެންމެ ރައްކާތެރި ގޮތެއް ނޫން ކަމަށް އދއިން ވަނީ ބުނެފައެވެ.

ރެފިއުޖީންނާ ބެހޭ އދގެ އިދާރާގައި ރަޖިސްޓްރީކޮށްގެން ލުބްނާންގައި ދިރިއުޅެމުންދާ ސޫރިޔާގެ ރެފިއުޖީންގެ ޢަދަދު 8 ލައްކައަށްވުރެ މައްޗަށް އަރައެވެ. އެ މީހުންނަކީ ސޫރިޔާގެ ރައީސް، ބައްޝާރު އަލް-އަސަދާ ދެކޮޅަށް 2011 ވަނަ އަހަރު ފެށި ސުލްހަވެރި މުޒާހަރާތަކުގައި ހަނގުރާމައިގެ ކުލަ ޖެހިގެން ދިޔަ ވަރުގަދަ ކޯޅުންގަނޑުގެ ތެރެއިން ލުބްނާނަށް ބަދަލުވި ރެފިއުޖީންނެވެ. ރެފިއުޖީންގެ އޮއެވަރު އެންމެ ގަދަވެގެން ދިޔަ ދުވަސްވަރު، ލުބްނާނުން ވަނީ ސޫރިޔާގެ 1.2 މިލިއަނެއްހާ ރެފިއުޖީންނަށް ހިޔާވަހިކަން ފޯރުކޮށްދީފައެވެ.

2018 ވަނަ އަހަރު، ލުބްނާންގެ ޖެނެރަލް ސެކިއުރިޓީ އޭޖެންސީއިން ވަނީ، ސޫރިޔާއަށް އަލުން ބަދަލުވާން ބޭނުންވާ ފަރާތްތަކަށް، އެކަން ކުރެވޭނެ ފަސޭހަ އިންތިޒާމެއް ހަމަޖައްސާދީފައެވެ. އަދި އެމީހަކީ ސޫރިޔާއިން ހޯދަން ބޭނުންވެގެން އުޅޭ މީހެއް ނޫން ކަން ކަށަވަރު ކުރުމުގައިވެސް ލުބްނާންގެ ކަމާ ބެހޭ ފަރާތްތަކުގެ އެހީ ހޯދޭނެ އިންތިޒާމް އޮތީ ހަމަޖައްސާދީފައެވެ.

ލުބްނާންގެ ކަމާ ބެހޭ ފަރާތްތަކުން ކޮށާދިން އެ ރާސްތާއިން، އަލުން ސޫރިޔާއަށް ބަދަލުވުމުގެ ފުރުޞަތު، 4 ލައްކައެއްހާ މީހުންނަށް ތަނަވަސްވިއެވެ. ނަމަވެސް، ކޮވިޑް-19ގެ ބަލިމަޑުކަމާއެކު އެ ދޮރު ބަންދުވިއެވެ. އެ ދޮރު އަލުން ހުޅުވާދެއްވީ، ދާދި އަވަހަށް މަޤާމުގެ މައްސޫލިއްޔަތުތަކުން ދުރުވެވަޑައިގަންނަވާ ލުބްނާންގެ ރައީސް މައިކަލް އައުންއެވެ.

މުޅި ދުނިޔެ ސިއްސުވާލި ވަރުގަދަ ޓެރަރިސްޓް އައިސިސް ޖަމާއަތުން އިންތިހާ ގަދަބަދަވިކަން ދެއްކި ސޫރިޔާ އޮތީ ސުންނާފަތިވެފައެވެ. އާންމުންގެ ގެދޮރާއި އާންމު އުމްރާނީ ބިނާވެށި އޮތީ ހަފުސްވެފައެވެ. ފެނާއި ކަރަންޓުގެ ޚިދުމަތްތަކަށް ވަނީ ލޮޅުން އަރާފައެވެ.

ކަން މިހެން އޮތް އިރު، ރެފިއުޖީން އަނބުރާ ގައުމަށް ގެންދިއުމުގައި ލިބެންޖެހޭ މިންވަރަށް ސައްހަ މަޢުލޫމާތު ނުހުރެދާނެ ކަމުގެ އިންޒާރު، އެމްނެސްޓީ އިންޓަރނޭޝަނަލް އިން ވަނީ ދީފައެވެ.

ސީރިޔާސީރިޔާ ރެފިއުޖީންލެބަނަން

ކޮމެންޓް

އިތުރަށް ކިޔާލަން

އައްސަދުގެ ވެރިކަން ވައްޓާލިތާ އެއް އަހަރު ފުރުން ސީރިއާގައި ފާހަގަ ކޮށްފި

އައްސަދުގެ ވެރިކަން ވައްޓާލިތާ އެއް އަހަރު ފުރުން ސީރިއާގައި ފާހަގަ ކޮށްފި

09 ޑިސެމްބަރު 2025
އިސްރާއީލް އިން ހިޒްބުﷲ ގެ މިލިޓަރީ ކޮމާންޑަރު މަރާލުމުން، އެކަމުގެ ރައްދު ދިނުމުގެ ޙައްގު އޮތް ކަމަށް އެ ޖަމާއަތުން ބުނެފި

އިސްރާއީލް އިން ހިޒްބުﷲ ގެ މިލިޓަރީ ކޮމާންޑަރު މަރާލުމުން، އެކަމުގެ ރައްދު ދިނުމުގެ ޙައްގު އޮތް ކަމަށް އެ ޖަމާއަތުން ބުނެފި

29 ނޮވެމްބަރު 2025
ބެއިރޫތައް އިޒްރޭލުން ބޮން އަޅާ ހިޒްބުﷲ ގެ އަސްކަރީ ލީޑަރު މަރާލައިފި

ބެއިރޫތައް އިޒްރޭލުން ބޮން އަޅާ ހިޒްބުﷲ ގެ އަސްކަރީ ލީޑަރު މަރާލައިފި

24 ނޮވެމްބަރު 2025
އަހަރު ތަކަކަށް ފަހު ލަންޑަނުގައި ސީރިއާ ގެ އެމްބަސީ އަލުން ހުޅުވައިފި

އަހަރު ތަކަކަށް ފަހު ލަންޑަނުގައި ސީރިއާ ގެ އެމްބަސީ އަލުން ހުޅުވައިފި

13 ނޮވެމްބަރު 2025
އެމެރިކާ އިން ޓެރަރިސްޓެއްގެ ގޮތުގައި ލިސްޓު ކޮށްފައި އޮތް ސީރިޔާ ގެ ރައީސް އަލް-ޝަރާ ހޮނިހިރު ދުވަހު އެމެރިކާ އަށް ރަސްމީ ދަތުރެއްގައި ވަޑައިގެންފި

އެމެރިކާ އިން ޓެރަރިސްޓެއްގެ ގޮތުގައި ލިސްޓު ކޮށްފައި އޮތް ސީރިޔާ ގެ ރައީސް އަލް-ޝަރާ ހޮނިހިރު ދުވަހު އެމެރިކާ އަށް ރަސްމީ ދަތުރެއްގައި ވަޑައިގެންފި

09 ނޮވެމްބަރު 2025

އަހަރުތަކުން މިއަދު

15 ޖޫން
އިސްރާއީލް ވެރިކަމަށް ލިބުނު ގެއްލުމާއި ހާނީއްކަ 'ހިތަށް ނުގެނެވޭހާ ބޮޑު: އައި.އާރް.ޖީ.ސީ
20251 އަހަރު ކުރިން
ދުނިޔެ

އިސްރާއީލް ވެރިކަމަށް ލިބުނު ގެއްލުމާއި ހާނީއްކަ 'ހިތަށް ނުގެނެވޭހާ ބޮޑު: އައި.އާރް.ޖީ.ސީ

އިންތިޚާބުގައި ވާދަކުރާނެ އިތުރު ފަރާތެއް ނެތުމާއެކު 3 ބައި-އިލެކްޝަނެއް ޕީއެންސީ އަށް ކާމިޔާބު ވެއްޖެ
20242 އަހަރު ކުރިން
ރާއްޖެ

އިންތިޚާބުގައި ވާދަކުރާނެ އިތުރު ފަރާތެއް ނެތުމާއެކު 3 ބައި-އިލެކްޝަނެއް ޕީއެންސީ އަށް ކާމިޔާބު ވެއްޖެ

މާލޭގެ ގެއެއްގައި ގޭސް ފުޅިއެއް ގޮވައިފި
20233 އަހަރު ކުރިން
ރާއްޖެ

މާލޭގެ ގެއެއްގައި ގޭސް ފުޅިއެއް ގޮވައިފި

އެސްޓީއޯ ޕީޕަލްސް ޗޮއިސް ފިހާރައިގެ ލީސިން ޕާޓްނަރަކަށް މިފްކޯ
20224 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

އެސްޓީއޯ ޕީޕަލްސް ޗޮއިސް ފިހާރައިގެ ލީސިން ޕާޓްނަރަކަށް މިފްކޯ

ސްޓޭޑިއަމް ފުރެންދެން ހަންގޭރީގެ ސަރުކާރުން މީހުން ވެއްދީ ކީއްވެ؟
20215 އަހަރު ކުރިން
ރިޕޯޓު

ސްޓޭޑިއަމް ފުރެންދެން ހަންގޭރީގެ ސަރުކާރުން މީހުން ވެއްދީ ކީއްވެ؟

ބޯހިޔާވަހިިކަމުގެ ސްކީމްތަކުގައި ބައިވެރިވެވޭނީ ހަމައެކަނި ޕޯޓަލް އިން: ހައުސިންގ މިނިސްޓްރީ
20197 އަހަރު ކުރިން
ރާއްޖެ

ބޯހިޔާވަހިިކަމުގެ ސްކީމްތަކުގައި ބައިވެރިވެވޭނީ ހަމައެކަނި ޕޯޓަލް އިން: ހައުސިންގ މިނިސްޓްރީ

ވާރލްޑް ކަޕް ބެލުމަށް ހެދި ޖަގަހައިގެ ނަމަކަށް ވާރލްޑް ކަޕް ޖަޒީރާ ޖަގަހަ ކިޔުމުން ވެސް މައްސަލައަކަށް ވެއްޖެ
20188 އަހަރު ކުރިން
ރާއްޖެ

ވާރލްޑް ކަޕް ބެލުމަށް ހެދި ޖަގަހައިގެ ނަމަކަށް ވާރލްޑް ކަޕް ޖަޒީރާ ޖަގަހަ ކިޔުމުން ވެސް މައްސަލައަކަށް ވެއްޖެ

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު