Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެފުލުހުންގެ ބެލުމުގެ ދަށުގައި ހުއްޓާ މީހަކު މަރުވުނ

މަރުވި މީހާގެ ހަށިގަނޑުގެ ބޭރުފުށުން އަނިޔާއެއް ލިބިފައިވާކަމަށް ފެންނާކަށް ނެތް: ފުލުހުން

25 އޮކްޓޯބަރު 2022 | އަންގާރަ 17:12

މަރުވެފައިވަނީ ހޯނޑެއްދޫގެ 43 އަހަރުގެ އަބްދުﷲ ރަޝީދު

އިދުހާމް ނަޢީމް
އިދުހާމް ނަޢީމް | 25 އޮކްޓޯބަރު 2022 | އަންގާރަ 17:12
ގދ. ހޯނޑެއްދޫ

ގދ. ހޯނޑެއްދޫ

ފުލުުހުންގެ ބެލުމުގެ ދަށުގައި ހުއްޓާ މަރުވި މީހާގެ ހަށިގަނޑުގެ ބޭރުފުށުން އެއްވެސް އަނިޔާއެއް ލިބިފައިވާކަން ފެންނަން ނެތް ކަމަށް ފުލުހުން ބުނެފިއެވެ.

މި މައްސަލައާ ގުޅިގެން "ރާއްޖެޓީވީ" އަށް މައުލޫމާތު ދެއްވަމުން ސައުތު ޕޮލިސް ރީޖަން ކޮމާންޑަރު، ޗީފް ސުޕްރިޓެންޑެންޓް އޮފް ޕޮލިސް އަހުމަދު ޝަމީމް ވިދާޅުވީ މަރުވެފައިވަނީ ގދ. ހޯނޑެއްދޫގެ ރައްޔިތެއް ކަމަށްވާ 43 އަހަރުގެ އަބްދުﷲ ރަޝީދު ކަމަށެވެ. އޭނާ މަރުވީ ކޯޓު އަމުރެއްގެ ދަށުން ހޯނޑެއްދޫއިން އޭނާ ހައްޔަރުކޮށް ގެންދަނިކޮށް ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

Advertisement - newsAdvertisement

ޝަމީމް ވިދާޅުވީ އަބްދުﷲ ރަޝީދު ހައްޔަރު ކޮށްފައިވަނީ އަންގާރަ ދުވަހުގެ މެންދުރު 2:13 އެއްހާއިރު ކަމަށެވެ. ހޯނޑެއްދޫއަކީ ޕޮލިސް ސްޓޭޝަނެއް ހުންނަ ރަށަކަށް ނުވާތީ އެ ރަށަށް ފުލުހުން ދިޔައީ ލޯންޗެއް ހިފައިގެން ކަމަށާއި އޭނާ ގެންދަން އުޅުނީ އެ އަތޮޅުގެ މަޑަވެލި ޕޮލިސް ސްޓޭޝަނަށް ކަމަށެވެ. އޭނާ ހައްޔަރުކޮށްގެން ދަތުރަށް ފައްޓަން އުޅެނިކޮށް މޭގައި ރިއްސާ ވާހަކަ އޭނާ ހިއްސާ ކުރި ކަމަށާއި ނަމަވެސް ފެން ދިނުމުން ރަނގަޅު ކަމަށް ބުނި ކަމަށް ވެސް ޝަމީމް ވިދާޅުވިއެވެ.

ހާލު ރަނގަޅު ކަމަށްބުނުމަށްފަހު ދަތުރުމަތީގައި މެޔަށް އަނެއްކާވެސް ތަދެއް އަރައި އަބްދުﷲ ރަޝީދު ޚަބަރު ހުސްވި ކަމަށާއި އެހެންވެ މަޑަވެލީ ސިއްޙީ މަރުކަޒަށް އޭނާ ގެންދިޔަ ކަމަށް ވެސް ޝަމީމް ވިދާޅުވިއެވެ. ޝަމީމް ވިދާޅުވި ގޮތުގައި ހޮސްޕިޓަލުން އޭނާއަށް ފުރަތަމަ އެޓެންޑުވީ ނަރުހެކެވެ. އޭގެ އިރުކޮޅެއް ފަހުން ޑޮކްޓަރު އައިސް އޭނާ ބެލުމަށްފަހު ސިއްހީ މަރުކަޒަށް ގެންދިޔަ އިރުވެސް މަރުވެފައިވާ ކަމަށް ވަނީ ބުނެފައެވެ.

އަބްދުﷲ ރަޝީދު މަރުވުމުން އޭނާގެ އާއިލާއަށް ވަގުތުން އެކަން އަންގައި އޭނާ ދައްކާފައިވާނެ ކަމަށާއި އާއިލާގެ ހުއްދައާއެކު ހޯނޑެއްދޫ ކައުންސިލް ރައީސަށް ވެސް އޭނާގެ ހަށިގަނޑު ދައްކާފައިވާނެ ކަމަށް ވެސް ޝަމީމް ވިދާޅުވިއެވެ. އަދި ފޮރެންސިކް ފޮޓޯ ތަކާއި ތަހުގީގުތަކުން މިހާތަނަށް ދައްކާ ގޮތުގައި ހަށިގަނޑު ބޭރުފުށުން އަނިއްޔާއެއް ލިބިފައިވާކަމަށް ފެންނަން ނެތް ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

އަބްދުﷲ ރަޝީދުގެ އާއިލާއިން ވަނީ އޭނާގެ މަރުގެ މައްސަލަ ތަހުގީގު ކުރަން އެދިފައެވެ. އެހެންވެ، ޕޯސްޓްމޯޓަމް ހަދަން ވެސް ފުލުހުން ވަނީ ނިންމާފައެވެ.

ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ އަންގާރަ ދުވަހު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ އެ މައްސަލަ މިހާރު ޕްރޮފެޝަނަލް ސްޓެންޑަރޑްސްއިން ބަލަން ފަށާފައިވާ ކަމަށެވެ. އަދި އެހެނިހެން އިދާރާތަކުންވެސް އެ މައްސަލައަށް ޚާއްސަ ސަމާލުކަމެއް ދީގެން ބެލުމަށް ދަންނަވާފައިވާނެ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

މި މައްސަލައިގައި ފުލުހުން އިހުމާލުވެފައިވާކަމަށް ނުވަތަ އަނިޔާވެރި އަމަލެއް ހިންގާފައިވާކަމަށް ތަހުގީގަށް ސާބިތުވެއްޖެނަމަ އަޅަންޖެހޭ ފިޔަވަޅެއް އަޅާނެ ކަމަށްވެސް އިމްރާން ވިދާޅުވިއެވެ. އަދި ފިޔަވަޅު އެޅުމުގައި ފަސް ނުޖެހޭނެ ކަމަށްވެސް ވިދާޅުވިއެވެ.

މޯލްޑިވްސް ޕޮލިސް ސަރވިސް

އެންމެ ހިނގާ

1

ގައުމީ ދުވަހުގެ ރަސްމިއްޔާތުގައި ގުރުއާން ކިޔަވަން ހުރި ކުއްޖާ ސިއްސުވާލުމާ ގުޅިގެން ގިނަ ބައެއްގެ ފާޑު ކިޔުން ސަރުކާރަށް!

2

ހުރްމުޒް ކަނޑުއޮޅީގެ ކޮންޓްރޯލު ހޯދުމަށް އަސްކަރީ ގޮތުން އެމެރިކާ އަށް ކުރެވޭނެ އެއްވެސް ކަމެއް ނެތް ކަމަށް ޕެންޓަގަންއިން އެއްބަސްވެއްޖެ

3

މަރާލާ ނުވަތަ އަތުލައިގަންނަ އެމެރިކާގެ ކޮންމެ ސިފައިންގެ މީހަކަށް 30،000 ޑޮލަރުގެ އިނާމު އީރާނުން ހުށަހަޅައިފި

4

ގެއްލުނު ޕައިލެޓުންގެ ތަހުގީގަށް މަގުފަހިކޮށްދޭން އީރާނުން ގަތަރަށް ގޮވާލައިފި

5

މަޝްހޫރު ބަތަލާ ހޭޑަން ޕެނެޓިއޭ 36 އަހަރުގައި މަރުވެފައި އޮއްވާ ފެނިއްޖެ

އިތުރަށް ކިޔާލަން

17 ޑިސެމްބަރު 2025

ވައިބަރ އެކައުންޓް ކޮންޕްރޮމައިޒްކޮށް ދޮޅު ލައްކައަށްވުރެ ގިނަ ފައިސާ ފޭރުނު މައްސަލައިގައި އިތުރު މީހަކު ހައްޔަރުކޮށްފި

17 ޑިސެމްބަރު 2025
ވައިބަރ އެކައުންޓް ކޮންޕްރޮމައިޒްކޮށް ދޮޅު ލައްކައަށްވުރެ ގިނަ ފައިސާ ފޭރުނު މައްސަލައިގައި އިތުރު މީހަކު ހައްޔަރުކޮށްފި
14 ޑިސެމްބަރު 2025

މައުރޫފު އަށް އަނިޔާވީ ފުލުހުން އޭނާ ހައްޔަރު ކުރުމުގެ ތެރޭގައި ދޯނީގެ ސިޑިން ދާމާ ކޫއްތާފައި ގަދަކަމުން ބޭލުމުގެ ތެރޭގައި: ނިޝާން

14 ޑިސެމްބަރު 2025
މައުރޫފު އަށް އަނިޔާވީ ފުލުހުން އޭނާ ހައްޔަރު ކުރުމުގެ ތެރޭގައި ދޯނީގެ ސިޑިން ދާމާ ކޫއްތާފައި ގަދަކަމުން ބޭލުމުގެ ތެރޭގައި: ނިޝާން
08 ޑިސެމްބަރު 2025

ފަޒުލް ލިޔެކިޔުންތައް ނައްތާލާފައިވާ މައްސަލަ ހެކި ނެތިގެން ދައުވާ ނުކުރަން ނިންމައިފި

08 ޑިސެމްބަރު 2025
ފަޒުލް ލިޔެކިޔުންތައް ނައްތާލާފައިވާ މައްސަލަ ހެކި ނެތިގެން ދައުވާ ނުކުރަން ނިންމައިފި
04 ޑިސެމްބަރު 2025

ސަރުކާރުގެ ފުލް ކޮންޓްރޯލް އޮތް މީހަކު ސީޕީއަށް ގެނައުމަށް 241 ކޮމެޓީން ދަނީ މަސައްކަތް ކުރަމުން: މެންބަރު މީކާއީލް

04 ޑިސެމްބަރު 2025
ސަރުކާރުގެ ފުލް ކޮންޓްރޯލް އޮތް މީހަކު ސީޕީއަށް ގެނައުމަށް 241 ކޮމެޓީން ދަނީ މަސައްކަތް ކުރަމުން: މެންބަރު މީކާއީލް
03 ޑިސެމްބަރު 2025

ނަތީޖާއާ ހަމައަށް މަސައްކަތް ނުކުރެވޭނަމަ އެ ފުލުހަކަށް ހިދުމަތުގައި ނުހުރެވޭނެ: ވަޒީރު

03 ޑިސެމްބަރު 2025
ނަތީޖާއާ ހަމައަށް މަސައްކަތް ނުކުރެވޭނަމަ އެ ފުލުހަކަށް ހިދުމަތުގައި ނުހުރެވޭނެ: ވަޒީރު
22 ނޮވެމްބަރު 2025

ފުލުހުންގެ ބެލުމުގެ ދަށުގައި ހުރި ގިނަ އަދަދެއްގެ ސިނގިރޭޓު ވަގަށް ނަގައިފި

22 ނޮވެމްބަރު 2025
 ފުލުހުންގެ ބެލުމުގެ ދަށުގައި ހުރި ގިނަ އަދަދެއްގެ ސިނގިރޭޓު ވަގަށް ނަގައިފި
19 ނޮވެމްބަރު 2025

އަންހެން ދެ ކުދިންނަށް ޖިންސީ ގޯނާ ކުރި މައްސަލައެއް ބަލަން ފަށައިފި

19 ނޮވެމްބަރު 2025
އަންހެން ދެ ކުދިންނަށް ޖިންސީ ގޯނާ ކުރި މައްސަލައެއް ބަލަން ފަށައިފި
14 ނޮވެމްބަރު 2025

ޒަމާނީ ބަދަލުތަކަށް ތަމްރީނު ހޯދައި، ގޮންޖެހުންތަކުން އަރައިގަތުމުގެ ހިތްވަރު ފުލުހުންގެ އެބަހުރި: ސީޕީ

14 ނޮވެމްބަރު 2025
ޒަމާނީ ބަދަލުތަކަށް ތަމްރީނު ހޯދައި، ގޮންޖެހުންތަކުން އަރައިގަތުމުގެ ހިތްވަރު ފުލުހުންގެ އެބަހުރި: ސީޕީ
13 ނޮވެމްބަރު 2025

މަސްތުވާތަކެތީގެ ޑީލަރުންގެ ފަހަތުން ފުލުހުން ދާނެކަން ރައީސް އިއުލާން ކުރައްވައިފި

13 ނޮވެމްބަރު 2025
މަސްތުވާތަކެތީގެ ޑީލަރުންގެ ފަހަތުން ފުލުހުން ދާނެކަން ރައީސް އިއުލާން ކުރައްވައިފި
11 ނޮވެމްބަރު 2025

ބަނގުރާ ބޮއެގެން ދަރިފުޅަށް ޖިންސީ ގޯނާކުރި މަންމަ ހައްޔަރުކޮށްފި

11 ނޮވެމްބަރު 2025
ބަނގުރާ ބޮއެގެން ދަރިފުޅަށް ޖިންސީ ގޯނާކުރި މަންމަ ހައްޔަރުކޮށްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް