Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެޓެކްސް ބޮޑުކުރަން ހުށަހަޅާފައިވާ ބިލް

ޓެކްސް ބޮޑުކުރަން ހުށަހަޅާފައިވާ ބިލަށް ގޮތެއް ނިންމާނީ ކަމާބެހޭ މާހިރުންގެ ލަފާ ހޯދުމަށްފަހު: ނަޝީދު

މިބިލް ފާސްކުރުމަށްޓަކައި، ސަރުކާރު ހިންގާ މައި ޕާޓީ (އެމްޑީޕީ)ން ތުރީ ލައިން ވިޕެއް ނެރެފައިވޭ

އާއިޝަތު ޝިއުރާ
އާއިޝަތު ޝިއުރާ | 25 އޮކްޓޯބަރު 2022 | އަންގާރަ 14:32
މުހައްމަދު ނަޝީދު- ރައްޔިތުންގެ މަޖިލީހުގެ ރައީސް

މުހައްމަދު ނަޝީދު- ރައްޔިތުންގެ މަޖިލީހުގެ ރައީސް

ޖީއެސްޓީއާއި ޓީޖީއެސްޓީ ބޮޑުކުރުމަށްޓަކައި، މުދަލާއި ޚިދުމަތުގެ އަގުން ޓެކްސް ނެގުމުގެ ގާނޫނަށް އިސްލާހު ގެނައުމަށް ހުށަހަޅާފައިވާ ބިލް ދިރާސާކުރަމުން އަންނަ މުޅި މަޖިލީހުގެ ކޮމިޓީން އެބިލާމެދު ގޮތެއް ނިންމާނީ، ކަމާބެހޭ މާހިރުން ކޮމިޓީއަށް ގެނެސް މައުލޫމާތު ސާފުކުރުމަށްފަހު ކަމަށް، ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

ސަރުކާރުގެ ފަރާތުން އިހަވަންދޫ ދާއިރާގެ މެމްބަރު މުހައްމަދު ޝިފާއު ހުށަހަޅުއްވާފައިވާ މިބިލް ދިރާސާކުރުމަށް މުޅި މަޖިލީހުގެ ކޮމިޓީގެ ބައްދަލުވުމެއް މިދިޔަ ހަފުތާގެ އަންގާރަ ދުވަހު ވަނީ ބާއްވާފައެވެ. ނަމަވެސް ކޮމިޓީ ބައްދަލުވުން ކުރިއަށްދަނިކޮށް ކޯރަމް ހަމަނުވެގެން އެދުވަހުގެ ބައްދަލުވުން ވަނީ ނިންމަވާލައްވާފައެވެ.

އޭގެފަހުން ހަމައެދުވަހު ވަނީ މިބިލް ފާސްކުރުމަށް ސަރުކާރު ހިންގާ މައި ޕާޓީ (އެމްޑީޕީ)ން ތުރީ ލައިން ވިޕެއް ނެރެފައެވެ. އަންގާރަ ދުވަހު ބޭއްވި އެމްޑީޕީ ޕީޖީ ގްރޫޕްގެ ބައްދަލުވުމުގައި ބިލް ފާސްކުރުމަށް ތުރީ ލައިން ވިޕް ނެރެފައިވަނީ ބައްދަލުވުމުގައި ބައިވެރިވި ހުރިހާ މެމްބަރުންގެ އިއްތިފާގުންނެވެ.

ބިލް ދިރާސާކުރުމަށް ކޮމިޓީ ބައްދަލުވުން އަންގާރަ ދުވަހު ކުރިއަށްގެންގޮސްފައިވާއިރު، ކޮމިޓީން ފާސްކުރުމަކާނުލައި، ކަމާގުޅޭ މާހިރުން ކޮމިޓީއަށް ހާޒިރުކުރަން މަޖިލީހުގެ ރައީސް ނިންމެވުމާއެކު ބައްދަލުވުން ވަނީ ހޫނުވެފައެވެ.

ކޮމިޓީ ބައްދަލުވުމުގައި ވާހަކަދައްކަވަމުން މެދުހެންވޭރު ދާއިރާގެ މެމްބަރު އަލީ އާޒިމް ވަނީ، ޓެކްސް ބޮޑުކުރުމުގެ ސަބަބުން ވިޔަފާރިތަކަށް ކުރާނެ އަސަރު ދެނެގަތުމަށް ކަމާގުޅޭ މާހިރުންނާ މަޝްވަރާކުރުމަށް ކުރީ ބައްދަލުވުމުގައި ހުށަހަޅާފައިވަނިކޮށް، ޕާލަމަންޓްރީ ގްރޫޕުން ބިލް ފާސްކުރުމަށް ތުރީ ލައިން ވިޕެއް ނެރުމުން، މަޝްވަރާގެ މަގު ބަންދުވެފައިވާކަމަށެވެ.

އާޒިމް އެގޮތަށް ވިދާޅުވުމުން ނަޝީދު ވަނީ ބިލާ ގުޅޭގޮތުން ކަމާގުޅޭ ފަރާތްތައް ކޮމިޓީއަށް ހާޒިރުވުމަށް އަންގަވާފައިކަމަށް ވިދާޅުވެފައެވެ. އެގޮތުން ބުދަ ދުވަހު ބިލާ ގުޅޭގޮތުން ކަމާގުޅޭ މާހިރުންގެ ލަފާ ހޯދުމަށް އެބޭފުޅުން ކޮމިޓީއަށް ހާޒިރުކުރައްވާނެކަމަށް ނަޝީދު ވިދާޅުވިއެވެ.

ނަޝީދުގެ މިނިންމެވުމާ ގުޅިގެން ތިނަދޫ އުތުރު ދާއިރާގެ މެމްބަރު އަބްދުﷲ ސަނީފް ވިދާޅުވީ، ކަމާގުޅޭ މާހިރުން ހާޒިރުކުރުމަށް ނަޝީދު ނިންމަވާފައިވަނީ މެމްބަރުންގެ ރުހުމާ ނުލާކަމަށާއި އެއީ ރައީސަށް ނިންމެވޭނެ ނިންމެވުމެއް ނޫންކަމަށެވެ.

ނަޝީދު ވަނީ ނަޝީދުގެ ނިންމެވުން ދިފާއުކުރައްވައި ތަކުރާރުކޮށް ވާހަކަފުޅުދައްކަވާފައެވެ.

މީގެއިތުރުން ނަޝީދު ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ ނިޒާމު ހިނގަނީ ތިން ކިޔުމެއްގެ މައްޗަށް ކަމަށެވެ. ފުރަތަމަ ކިޔުމަކީ މެމްބަރުން ބައިވެރިވެވަޑައިގެންނަވާ ގޮތަށް ތަޅުމުގައި ކުރިޔަށް ގެންދެވޭ މަސައްކަތް ކަމަށާއި، ދެވަނަ ކިޔުމަކީ ކޮމިޓީގެ މަސައްކަތްތައް ކަމަށެވެ.

ސަނީފް ވަނީ ކޮމިޓީ ބައްދަލުވުމުގެ ވަގުތު އިތުރުކުރުމަށް ދިއްދޫ ދާއިރާގެ މެމްބަރު އަބްދުﷲ ވަހީދު ހުށަހެޅުއްވި ހުށަހެޅުއްވުމަށް ތާއީދުކުރައްވާފައެވެ. އެކަމާގުޅޭގޮތުން ނަޝީދު ވިދާޅުވީ ކޮމިޓީ ވަގުތު އިތުރުނުކުރެވޭނެކަމަށެވެ.

ކޮމިޓީ ބައްދަލުވުން ނިންމަވާލައްވަމުން ނަޝީދު ވިދާޅުވީ ކަމާގުޅޭ މާހިރުން ބުދަ ދުވަހުގެ ކޮމިޓީ ބައްދަލުވުމަށް ގެންނަވާނެކަމަށެވެ.

ރައްޔިތުންގެ މަޖިލީހުގެ ގަވާއިދުގެ 160 ވަނަ މާއްދާގައި ބުނެފައިވަނީ، ކޮމިޓީއަކުން ކުރާ މަސައްކަތްތަކާ ގުޅޭގޮތުން ކޮމިޓީއަށް ހާޒިރުވެ ޖަވާބުދާރީވުމަށާއި ބަޔާނެއް ނުވަތަ ހެކިބަސް ދިނުމަށާއި، ކޮމިޓީއަށް ބޭނުންވާ ކޮންމެ ލިޔުމެއް ހުށަހެޅުމަށް އަމުރެއް ކުރެވޭނީ އެކޮމިޓީގެ ޖުމްލަ މެމްބަރުންގެ އަޣުލަބިއްޔަތުން އެކަން ފާސްކޮށްގެންކަމަށެވެ.

މަޖިލީހަށް މިހާރު ހުށަހަޅާފައިވާ ބިލުގައި ބުނެފައިވާގޮތުގައި، ޓެކްސް ބޮޑުކުރުމަށް ނިންމާފައިވަނީ އަންނަ އަހަރުގެ ޖެނުއަރީ 1 ވަނަ ދުވަހުން ފެށިގެންނެވެ. އެގޮތުން މުދަލާއި އާމްދަނީން ނަގާ ޓެކްސް (ޖީއެސްޓީ) 6 އިންސައްތައިން 8 އިންސައްތައަށް ބޮޑުކުރުމަށާއި، ފަތުރުވެރިކަމުގެ ދާއިރާގެ މުދަލާއި ޚިދުމަތުން ނަގާ ޓެކްސް (ޓީޖީއެސްޓީ) 12 އިންސައްތައިން 16 އިންސައްތައަށް ބޮޑުކުރަން ވަނީ ނިންމާފައެވެ.

އެންމެ ފުރަތަމަަ ރާއްޖޭގައި ޖީއެސްޓީއާއި ޓީޖީއެސްޓީ ނަގަން ފަށާފައިވަނީ 2011 ވަނަ އަހަރުއެވެ. 2011 ވަނަ އަހަރު އެންމެ ފުރަތަމަ ނަގަންފެށީ ޖީއެސްޓީ 3.5 އިންސައްތައެވެ. އަދި ޓީޖީއެސްޓީންވެސް 3.5 އިންސައްތައެވެ. އޭގެފަހުން 2012 ވަނަ އަހަރު ޖީއެސްޓީ 6 އިންސައްތަ ބޮޑުކުރިއެވެ. އަދި 2012 ވަނަ އަހަރު ޓީޖީއެސްޓީވެސް 6 އިންސައްތައަށް ބޮޑުކުރިއެވެ. އޭގެފަހުން 2013 ވަނަ އަހަރު ޓީޖީއެސްޓީ 8 އިންސައްތައަށް އަދި 2014 ވަނަ އަހަރު 12 އިންސައްތައަށް ބޮޑުކުރިއެވެ.

އޭގެފަހުން ޖީއެސްޓީއާއި ޓީޖީއެސްޓީއަށް ބަދަލު ގެނައުމަށް މަސައްކަތްކުރަމުންދަނީ މިހާރުއެވެ. ޓެކްސް ބޮޑުކުރުމަށް ހުށަހަޅާފައިވާ އިސްލާހާއެކު ޖީއެސްޓީން އިތުރުވާނީ 970 މިލިއަން ރުފިޔާކަމަށާއި، ޓީޖީއެސްޓީން އިތުރުވާނީ 2.1 ބިލިއަން ރުފިޔާކަމަށް ފިނޭންސް މިނިސްޓަރ އިބްރާހިމް އަމީރު ވަނީ ވިދާޅުވެފައެވެ. މިނިސްޓަރ ވިދާޅުވީ ޖީއެސްޓީއާއި ޓީޖީއެސްޓީ އިތުރުކުރުމަށްޓަކައި ހުށަހެޅި އެއް ސަބަބަކީ، ލިބޭ އާމްދަނީން ޚަރަދުތައް ހަމަޖެއްސުމަކީ ފިސްކަލް ޕޮލިސީގެ އެއް އަމާޒުކަމުގައިވާތީކަމަށެވެ.

ރައްޔިތުންގެ މަޖިލިސްރައީސް ނަޝީދު

އިތުރަށް ކިޔާލަން

16 މެއި 2024

ތިން މަސްތެރޭގައި ގޯތިތައް ހަވާލުކުރުން ލާޒިމްވާ ބިލު ތަސްދީގުނުކުރައްވާ އަނބުރާ މަޖިލީހަށް

16 މެއި 2024
ތިން މަސްތެރޭގައި ގޯތިތައް ހަވާލުކުރުން ލާޒިމްވާ ބިލު ތަސްދީގުނުކުރައްވާ އަނބުރާ މަޖިލީހަށް
14 މެއި 2024

92 އިންސައްތަ މަސައްކަތް ނިންމާ 19 ވަނަ ރައްޔިތުންގެ މަޖިލިސް ތާރީޚުގެ ތެރެއަށް

14 މެއި 2024
92 އިންސައްތަ މަސައްކަތް ނިންމާ 19 ވަނަ ރައްޔިތުންގެ މަޖިލިސް ތާރީޚުގެ ތެރެއަށް
13 މެއި 2024

މަޖިލީހުގެ ތާރީޚުގައި އެންމެ ގިނަ މަސައްކަތްކުރީ 19 ވަނަ މަޖިލީހުން: އަސްލަމް

13 މެއި 2024
މަޖިލީހުގެ ތާރީޚުގައި އެންމެ ގިނަ މަސައްކަތްކުރީ 19 ވަނަ މަޖިލީހުން: އަސްލަމް
29 އެޕްރީލު 2024

ތިން މަސްތެރޭގައި ގޯތިތައް ހަވާލުކުރަން ޤާނޫނަށް ގެނައި އިސްލާހު ފާސްކޮށްފި

29 އެޕްރީލު 2024
ތިން މަސްތެރޭގައި ގޯތިތައް ހަވާލުކުރަން ޤާނޫނަށް ގެނައި އިސްލާހު ފާސްކޮށްފި
28 އެޕްރީލު 2024

'ސުޕަރ މެޖޯރިޓީ' ގެ ބޭނުން ނަހަމަ ގޮތުގައި ނުހިފާނަން: ސަރުކާރު

28 އެޕްރީލު 2024
 'ސުޕަރ މެޖޯރިޓީ' ގެ ބޭނުން ނަހަމަ ގޮތުގައި ނުހިފާނަން: ސަރުކާރު
24 އެޕްރީލު 2024

އަމިއްލަ ގޮތުން އިންތިޚާބު ކާމިޔާބުކުރެއްވި 6 މެންބަރަކު ޕީއެންސީއަށް

24 އެޕްރީލު 2024
އަމިއްލަ ގޮތުން އިންތިޚާބު ކާމިޔާބުކުރެއްވި 6 މެންބަރަކު ޕީއެންސީއަށް
02 އެޕްރީލު 2024

އެންޓިޑިފެކްޝަން ބިލް ރައީސް ތަސްދީގުކުރެއްވުމާމެދު ޝައްކު އުފެދޭ: ޝަރީފް

02 އެޕްރީލު 2024
އެންޓިޑިފެކްޝަން ބިލް ރައީސް ތަސްދީގުކުރެއްވުމާމެދު ޝައްކު އުފެދޭ: ޝަރީފް
19 މާރިޗު 2024

މަޢާފަށް އެދެން މެމްބަރުން އެދުމުން ޒުލްފާ ވިދާޅުވީ ވަޒީފާ އަދާކުރާނެ ގޮތް ކިޔައިދޭން ނުޖެހޭނެކަމަށް

19 މާރިޗު 2024
މަޢާފަށް އެދެން މެމްބަރުން އެދުމުން ޒުލްފާ ވިދާޅުވީ ވަޒީފާ އަދާކުރާނެ ގޮތް ކިޔައިދޭން ނުޖެހޭނެކަމަށް
12 މާރިޗު 2024

މެމްބަރުން ގުނުމުގައި ސުޕްރީމްކޯޓުގެ ހުކުމަށް އަމަލުނުކުރަން މަޖިލީހުން ނިންމައިފި

12 މާރިޗު 2024
މެމްބަރުން ގުނުމުގައި ސުޕްރީމްކޯޓުގެ ހުކުމަށް އަމަލުނުކުރަން މަޖިލީހުން ނިންމައިފި
14 ޖެނުއަރީ 2024

ރައްޔިތުންގެ މަޖިލީހުގެ މި އަހަރުގެ ފުރަތަމަ ޖަލްސާ ފެބްރުއަރީ 5ގައި އޮންނާނެ

14 ޖެނުއަރީ 2024
ރައްޔިތުންގެ މަޖިލީހުގެ މި އަހަރުގެ ފުރަތަމަ ޖަލްސާ ފެބްރުއަރީ 5ގައި އޮންނާނެ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު