Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެރައީސް މައުމޫނު

ރައީސް މައުމޫން އޭސީސީއަށް ހާޒިރުކުރަން އެންގުމަކީ ކާމިޔާބު ލިބުމުގެ ފެހި ސިގުނަލެއް: މަހުލޫފު

22 ޖޫން 2017 | ބުރާސްފަތި 16:20

މައުމޫނު އޭސީސީއަށް 10 އަހަރުވީ މައްސަލައަކާއި ގުޅިގެން ހާޒިރުކުރަން ޖެހުމަކީ ރައީސް ޔާމީނުގެ ބާރު ނެތްކަން ދޭހަވާ ކަމެއް

ތަހާރަތު މުހައްމަދު ވަހީދު
ތަހާރަތު މުހައްމަދު ވަހީދު | 22 ޖޫން 2017 | ބުރާސްފަތި 16:20
އަހުމަދު މަހުލޫފް

އަހުމަދު މަހުލޫފް

ކުރީގެ ރައީސް މައުމޫނު އަބްދުލް ގައްޔޫމް އެންޓި ކަރަޕްޝަންސް ކަމިޝަން (އޭސީސީ) އަށް ހާޒިރުވުމަށް އެންގުމަކީ އިސްލާހަށް ކުރާ މަސައްކަތައް ކާމިޔާބު ލިބޭ ކަމުގެ ފެހި ސިގްނަލެއްކަމަށް ގަލޮޅު އުތުރު ދާއިރާގެ މެމްބަރު އަހުމަދު މަހުލޫފު ވިދާޅުވެއްޖެއެވެ.

ރާއްޖެޓީވީގެ 60 މިނެޓް ޕްރޮގްރާމުގައި ބައިވެރިވަޑައިގެން ބުރާސްފަތި ދުވަހުގެ ރޭ ވާހަކަ ދައްކަވަމުން މަހުލޫފު ވިދާޅުވީ ކުރީގެ ރައީސް މައުމޫނު އޭސީސީއަށް 10 އަހަރުވީ މައްސަލައަކާއި ގުޅިގެން ހާޒިރުކުރަން ޖެހުމަކީ ރައީސް ޔާމީނަށް އެމަނިކުފާނުގެ ބާރު ނެތްކަމާއި ބަލިކަށިވެއްޖެކަން ޔަގީންވާ ކަމެއް ކަމަށެވެ.

Advertisement - newsAdvertisement

ރައީސް މައުމޫނު މާލެ ވަޑައިގެންނެވީ ހައްޔަރު ކޮށްފާނެތީ ބިރުފުޅުނުގަންނަ ކަމަށް ވިދާޅުވަމުން ކަމަށާއި އެގޮތަށް ޗެލެންޖު ކުރެއްވުމަށްފަހު ރައީސް މައުމޫން މާލެ ވަޑައިގަތުމުން ރައީސް ޔާމީނަށް "ހަޖަމް" ނުކުރެއްވުނީ ކަމަށްވެސް މަހުލޫފް ވިދާޅުވިއެވެ.

"ހަޖަމްގެ މައްސަލައެއް ގޮތުގައި އަޅުގަނޑަށް ހަގީގަތުގައިވެސް ގަބޫލު ކުރެވެނީ. އެހެންވީމަ ކުރިން އަޅުގަނޑު ފާހަގަ ކުރިގޮތަށް އެއްވެސް ތާކުން ތާކު ޖެހޭ ކަމެއް ނޫން. މިއީ އެއްވެސް ނަތީޖާއެއް ނިކުންނާނެ ކަމެއް ނޫން މީ. މިއީ ބިރު ދައްކާލުމަށް ނޫނީ އަގުވައްޓާލުމަށް ކުރާ ކަމެއް . އެއަކުން ނިކުންނާނެ އެއްވެސް ނަތީޖާއެއް ނޯންނާނެ." މަހުލޫފު ވިދާޅުވިއެވެ.

މީގެ އިތުރުން މަހުލޫފު ވިދާޅުވީ ގާނޫނު އަސާސީގައި 8 އަހަރު ވެފައިވާ މައްސަލައެއްގައި ޖިނާއީ ދައުވާ ނުކުރެވޭނެކަމަށް ބުނެފައިވާ ކަމަށާއި އެހެން ކަމުން މައުމޫނު އޭސީސީއަށް ހާޒިރު ކުއްވަނީ ބިރުދެއްކެވުމަށް ކަމަށެވެ.

ކުރީގެ ރިޔާސީ ގަނޑުވަރު، ތީމުގޭ 2007 އަދި 2008 ވަނަ އަހަރުގެ އޮޑިޓް ރިޕޯޓްގެ މައްސަލައިގައި ރައީސް ކަމުގައި ހުންނެވި ރައީސް މައުމޫނަށް އޭސީސީއިން ފޮނުވި ސިޓީގައި ބުނެފައި ވަނީ ބަޔާން ދެއްވުމަށް ފަސޭހަފުޅު ވަގުތެއް އަންގަވައި ދެއްވުމަށެވެ.

ރައީސް މައުމޫނު އޭސީސީން ސުވާލު ކުރާ ޚަބަރު ފެންމަތިވުމާއެކު އެ ކޮމިޝަނުން ބުނެފައިވަނީ އެމަނިކުފާނު އެ ކޮމިޝަނަށް ހާޒިރު ކުރަނީ ނޫން ކަމަށާއި ނަމަވެސް ފަސޭހަފުޅު އިރެއްގައި ކޮމިޝަނުން އެމަނިކުފާނު އަރިހަށް ސުވާލު ކުރުމަށް ދާން އެދިފައި ވާނެ ކަމަށެވެ.

އެންމެ ހިނގާ

1

މީގެ ފަހުން ޑޮލަރުގެ އަގަކީ 15.42 ނޫން ކަމަށް ނުލިޔެވޭނެ! ކަޅު ބާޒާރުގެ އަގު ލިޔުމުން ބައި މިލިއަން ރުފިޔާއާ ހަމައަށް ޖޫރިމަނާ ކުރަނީ!

2

ގައުމީ ދުވަހުގެ ރަސްމިއްޔާތުގައި ގުރުއާން ކިޔަވަން ހުރި ކުއްޖާ ސިއްސުވާލުމާ ގުޅިގެން ގިނަ ބައެއްގެ ފާޑު ކިޔުން ސަރުކާރަށް!

3

ހުރްމުޒް ކަނޑުއޮޅީގެ ކޮންޓްރޯލު ހޯދުމަށް އަސްކަރީ ގޮތުން އެމެރިކާ އަށް ކުރެވޭނެ އެއްވެސް ކަމެއް ނެތް ކަމަށް ޕެންޓަގަންއިން އެއްބަސްވެއްޖެ

4

މަޝްހޫރު ބަތަލާ ހޭޑަން ޕެނެޓިއޭ 36 އަހަރުގައި މަރުވެފައި އޮއްވާ ފެނިއްޖެ

5

ޓްރަމްޕްގެ މާ އަރިހުގައި ހުންނަ ޚާއްސަ އަންހެނެއްގެ ވާހަކަ

އިތުރަށް ކިޔާލަން

10 ޖެނުއަރީ 2017

ޕިކްނިކް އައިލެންޑެއްގެ ގޮތުގައި ފޭދޫ ފިނޮޅު ކަނޑައަޅައި ދިނުމަށް ރައީސް މައުމޫން އަނެއްކާ ވެސް ގޮވާލައްވައިފި

10 ޖެނުއަރީ 2017
ޕިކްނިކް އައިލެންޑެއްގެ ގޮތުގައި ފޭދޫ ފިނޮޅު ކަނޑައަޅައި ދިނުމަށް ރައީސް މައުމޫން އަނެއްކާ ވެސް ގޮވާލައްވައިފި
09 ޖެނުއަރީ 2017

ޕީޕީއެމްގެ ރައީސްގެ އޮފީހުގައި އެ ޕާޓީގެ ހަރަކާތްތައް ފަށަނީ

09 ޖެނުއަރީ 2017
ޕީޕީއެމްގެ ރައީސްގެ އޮފީހުގައި އެ ޕާޓީގެ ހަރަކާތްތައް ފަށަނީ
07 ޖެނުއަރީ 2017

މި ސަރުކާރަށް ތާއީދެއް ނުކުރަން، އެގޮތުގައި ސާބިތު ކަމާއި އެކު ދެމިހުންނާނަން: މައުމޫން

07 ޖެނުއަރީ 2017
މި ސަރުކާރަށް ތާއީދެއް ނުކުރަން، އެގޮތުގައި ސާބިތު ކަމާއި އެކު ދެމިހުންނާނަން: މައުމޫން
07 ޖެނުއަރީ 2017

ރައީސް ޔާމީން ވެރިކަން ކުރައްވަމުން ގެންދަވަނީ ޤަދީމީ، ބިރުވެރި މެސެޖުތަކެއް ގެނެސްދޭ އުޞޫލުތަކެއްގެ މަތިން: އަލީ ނިޒާރު

07 ޖެނުއަރީ 2017
ރައީސް ޔާމީން ވެރިކަން ކުރައްވަމުން ގެންދަވަނީ ޤަދީމީ، ބިރުވެރި މެސެޖުތަކެއް ގެނެސްދޭ އުޞޫލުތަކެއްގެ މަތިން: އަލީ ނިޒާރު
07 ޖެނުއަރީ 2017

ރައީސް ދެއްވާ ޚާއްސަ ފުރުސަތުގައި ކުދިންނަށް މަފުދޭ ގަވާއިދު ނެފެރި

07 ޖެނުއަރީ 2017
ރައީސް ދެއްވާ ޚާއްސަ ފުރުސަތުގައި ކުދިންނަށް މަފުދޭ ގަވާއިދު ނެފެރި
07 ޖެނުއަރީ 2017

އަންހެނުން ބާރުވެރިކުރުމަށް ރައީސް ޔާމީން ވަނީ ނުކުޅެދިފަ: ޝިދާތާ

07 ޖެނުއަރީ 2017
އަންހެނުން ބާރުވެރިކުރުމަށް ރައީސް ޔާމީން ވަނީ ނުކުޅެދިފަ: ޝިދާތާ
07 ޖެނުއަރީ 2017

ފްލެޓް މައްސަލާއިގައި ރައީސް އޮފީހުގެ ޖަވާބު: ހައުސިން މިނިސްޓްރީއަށް ހުށައަޅައިގެން ހައްލުކުރޭ

07 ޖެނުއަރީ 2017
ފްލެޓް މައްސަލާއިގައި ރައީސް އޮފީހުގެ ޖަވާބު: ހައުސިން މިނިސްޓްރީއަށް ހުށައަޅައިގެން ހައްލުކުރޭ
06 ޖެނުއަރީ 2017

ރައީސް ޔާމީނާއި އެމަނިކުފާނުގެ ސިޔާސަތު މިއަދު ފެއިލްވެއްޖެ: ޝިފާ

06 ޖެނުއަރީ 2017
ރައީސް ޔާމީނާއި އެމަނިކުފާނުގެ ސިޔާސަތު މިއަދު ފެއިލްވެއްޖެ: ޝިފާ
06 ޖެނުއަރީ 2017

އެއީ ރައީސް ޔާމީންގެ ވައުދެއް، އީސީ ހޮސްޕިޓަލަކަށް ބަދަލުކުރަން ރައްޔިތުން ދެކޮޅު: އައްޑޫ ސިޓީ ކައުންސިލް

06 ޖެނުއަރީ 2017
އެއީ ރައީސް ޔާމީންގެ ވައުދެއް، އީސީ ހޮސްޕިޓަލަކަށް ބަދަލުކުރަން ރައްޔިތުން ދެކޮޅު: އައްޑޫ ސިޓީ ކައުންސިލް
06 ޖެނުއަރީ 2017

ރައީސް ޔާމީނަކީ، ޤައުމުގައި ބައިބައިވުންތައް އުފައްދަވާ ބޭފުޅެއް: ޝަރީފް

06 ޖެނުއަރީ 2017
ރައީސް ޔާމީނަކީ، ޤައުމުގައި ބައިބައިވުންތައް އުފައްދަވާ ބޭފުޅެއް: ޝަރީފް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް