Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެ
ކަނޑަށް ކުނި އެޅުން

ސިނަމާލެ ބްރިޖުގެ މަސައްކަތް ކުރިއިރު ވައްޓާލާފައި އޮތް ދަގަނޑު ހޮޅިއަކުން ފަރަށް ބޮޑެތި ގެއްލުންތަކެއް

ވީޑިއޯއިން ފެންނަ ގޮތުގައި ގިނަ ދުވަސްވުމުގެ ސަބަބުން ފަރުމަތީގައި ދަގަނޑު ހޮޅި ގޭނި އޮތީ ވަޅުނެގިފައި

ޙުސައިން މަޚްތޫމް
ޙުސައިން މަޚްތޫމް, ރާއްޖެ އެމްވީ | 25 އޮކްޓޯބަރު 2022 | އަންގާރަ 08:20
ސިނަމާލެ ބުރިޖު ހަދަން ބޭނުންކުރި ދަނގަޅު ހޮޅިއެއް އިރުމަތީ ފަރާތު ފަރުމަތީގައި

ސިނަމާލެ ބުރިޖު ހަދަން ބޭނުންކުރި ދަނގަޅު ހޮޅިއެއް އިރުމަތީ ފަރާތު ފަރުމަތީގައި

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި ސިނަމާލެ ބްރިޖު ހެދުމަށް ބޭނުންކުރި ދަގަނޑު ހޮޅިއެއް ފަރުމަތިން ނުނަގާ އޮތުމުގެ ސަބަބުން ފަރަށް ބޮޑެތި ގެއްލުންތަކެއްވަމުންދާ މައްސަލައެއް ފެންމަތި ވެއްޖެއެވެ.

މާލޭގެ ވަރުނުލާ ރާޅުގަނޑު ސަރަހައްދުގެ ފަރުމަތީގައި އޮތް ދަގަނޑު ހޮޅީގެ ފޮޓޯއާއެކު މީހަކު ކޮށްފައިވާ ޓުވީޓެއްގައި ބުނެފައިވަނީ އެ ހޮޅިއަކީ ބުރިޖުގެ މަސައްކަތް ކުރި މީހުން ކަނޑައަށް އަޅާލި ދަގަނޑު ކުނިތަކުގެ ތެރެއިން އެކަތި ކަމަށެވެ. އަދި އެ ހޮޅި އޮތީ ރާޅު ނަގާ ދިމާލުގައި ކަމަށާއި، ރާޅާއެކު އެ ދަނގަޅު ހޮޅި ފަރުމަތީގައި ގޭނި، ފަރަށް ބޮޑެތި ގެއްލުންތަކެއް ލިބިފައިވާ ކަމަށެވެ.

Advertisement - newsAdvertisement

އަދި މިކަން އީޕީއޭގެ ސަމާލުކަމަށް އައިސްފައިވޭތޯ ވެސް އެމީހާ ވަނީ ސުވާލުކޮށްފައެވެ. ޓްވީޓާއެކު ހިއްސާކޮށްފައިވާ ވީޑިއޯއިން ފެންނަ ގޮތުގައި ގިނަ ދުވަސްވުމުގެ ސަބަބުން ފަރުމަތީގައި ދަގަނޑު ހޮޅި ގޭނި އޮތީ ވަޅުނެގިފައެވެ. އަދި ހޮޅި ދެމިފައި އޮތް ދިމާލުން ފަރުމަތިން މުރަކަތަކާއި ފަރުގެ ބައެއް ވަނީ ގޭނިގެން ގޮސްފައެވެ.

އެމީހާ ބުނެފައިވަނީ ޒުވާން ރާޅާ އެޅުންތެރިން މިހާރު ތަމްރީނު ހޯދަމުންދަނީ ކުރިއަށް އޮތް ނެޝަނަލް ޖޫނިއަރ ޗެމްޕިއަންޝިޕްގައި ވާދަކުރުމަށް ކަމަށާއި، އެ ހޮޅި އޮތީ ރާޅާ އަޅާދިމާލުން އަޑީގައި ކަމަށެވެ. އަދި އެކަމުގެ ސަބަބުން ކުއްޖަކަށް އަނިޔާއެއްވެއްޖެ ނަމަ މޭޔަރު ޑރ. މުހައްމަދު މުއިއްޒު އެކަމުގެ ޒިންމާ ނަންގަވާނެތޯ ވަނީ ސުވާލު އުފައްދާފައެވެ. އޭނާ ބުނެފައިވަނީ އެތަނަށް އަޅާލި ކުނި ނެގުމުގެ ޒިންމާއަކީ މުއިއްޒު ނަންގަވަންޖެހޭ ޒިންމާއެއް ކަމެއް ކަމަށެވެ.

މި ޓުވީޓާއި ގުޅިގެން އާންމުން އަންނަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ. ބައެއް މީހުން ބުނެފައިވަނީ ތިކަމަށް ފިޔަވަޅުއަޅަން ޖެހެންޔާ އަޅާނެ ކަމަށާއި، އެކަމަކު މިވަގުތު އީޕީއޭ އެފްކޮންސްއާ އެކު ބިޒީ ކަމަށެވެ. އެހެން މީހަކު ބުނެފައިވަނީ ރާޅާ އެޅުންތެރިންގެ ރައްކާތެރިކަމަށްޓަކައި އެތަނުން އެ ނަގަން ޖެހޭ ކަމަށެވެ.

އިތުރު މީހަކު ބުނެފައިވަނީ ރައީސް އަބްދުﷲ ޔާމީންގެ ދައުރުގައި އެންމެން ތިބީ ބިރުން ކަމަށެވެ. އީޕީއޭ އޭ، އެހެން ބަޔެކޭ ކިޔުމުގެ ބޭނުމެއް ނެތް ކަމަށެވެ. ގުޅީފަޅުގެ ފަރުމައްޗަށް ދަގަނޑު ހޮޅިތަކާއި ކުނި އެޅި އިރު އީޕީއޭ ކޮބައިތޯ އާއި ބަސްބުނުމުގެ އިންސާފު ވެސް ގާދޫކޮލުން ބެރުވެފައި އޮތް ގައުމެއްގައި ފެންނާނެ މަންޒަރު ފެންނަމުންދާނެ ކަމަށް އެ މީހާ ބުނެފައިވެއެވެ.

މިކަމާއި ގުޅިގެން އިތުރު މީހަކު ބުނެފައިވަނީ ގެއްލުންވީ ވިލިމާލެ ފަރަށް އެކަނި ކަމަށެވެ. ތިކަމުން (އިރުމަތީ ފަރުމަތީގައި އޮތް ހޮޅި) ގެއްލުމެއް ނުވާނެ ކަމަށެވެ. އެހެންވީމަ އޯކޭ ވާނެ ކަމަށެވެ.

ސިނަމާލޭ ބްރިޖު ސަރަހައްދުގެ ކަނޑަށް ގިނަ އަދަދެއްގެ ކުނި އަޅާފައި އޮތުމުން، އެތަނުގެ އީއައިއޭއާ ހިލާފުވީ ކަމަށް ނިންމައި މިނިސްޓްރީ އޮފް ޕްލޭނިންގ އެންޑް އިންފްރާސްޓްރަކްޗަރ ޖޫރިމަނާ ވެސް ކޮށްފައިވެއެވެ.

ޖޫރިމަނާ ކޮށްފައިވަނީ 892,500 (އަށްލައްކަ ނުވަދިހަ ދެހާސް ފަސްސަތޭކަ) ރުފިޔާއިންނެވެ. އީޕީއޭއިން ބުނީ ސިނަމާލެ ބުރިޖު ސަރަހައްދުގެ ކަނޑަށް ގިނަ އަދަދެއްގެ ކުނި އަޅާފައިވާކަމުގެ ހެކި އެ އެޖެންސީއަށް ލިބުމާއި ގުޅިގެން މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސް (އެމް.އެން.ޑީ.އެފް.) މެދުވެރިކޮށް ކުރެވުނު އިންސްޕެކްޝަންއިން، އެސަރަހައްދުގެ ކަނޑުގެ އަޑީގައި ވަރަށް ގިނަ އަދަދެއްގެ ދަގަނޑު ކުނި އުކާލެވިފައިވާކަން އެނގިފައިވާ ކަމަށެވެ.

ހައުސިން މިނިސްޓްރީ ޖޫރިމަނާ ކުރަން ޖެހުނީ އީޕީއޭއިން ދީފައިވާ އީއައިއޭ ޑިސިޝަން ސްޓޭޓްމަންޓުގައިވާ ގޮތާއި ޙިލާފަށް އެއްވެސް ކަމެއް ހިނގައިފިނަމަ، ރިޕޯޓްކުރުމަކީ އެ މިނިސްޓްރީގެ ޒިންމާއަކަށް ވުމުންނެވެ. އަދި އެ މައްސަލައާއި ގުޅިގެން އީޕީއޭއިން ކޮށްފައިވާ މުއާމަލާތްތަކަށް ވެސް މިނިސްޓްރީން ޖަވާބުދާރީވެފައި ނުވާކަމަށް ވެސް އީޕީއޭއިން ބުނެފައިވެއެވެ.

ޕްލޭނިންގ މިނިސްޓްރީ ޖޫރިމަނާކޮށްފައިވަނީ "ތިމާވެށި ރައްކާތެރިކޮށް ދެމެހެއްޓުމާއި ބެހޭ ޤާނޫނު" ގެ ދަށުން ހެދިފައިވާ ތިމާވެއްޓަށް ދޭ ގެއްލުންތަކަށް ޖޫރިމަނާ ކަނޑައެޅުމާއި ބަދަލު ހޯދުމުގެ ޤަވާއިދަށް ރިއާޔަތް ކުރުމަށް ފަހުގައެވެ.

ރައީސް ޔާމިންގެ ސަރުކާރުގައި ހިންގި ބުރިޖު މަޝްރޫއުގެ ހުރިހާ މުއާމަލާތެއް ހިންގާފައިވަނީ އޭރުގެ މިނިސްޓްރީ އޮފް ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރގެ ދަށުންނެވެ. ރައީސް ސާލިހުގެ ސަރުކާރު އައުމާއެކު އެ މިނިސްޓްރީގެ ޒިންމާތައް ވަނީ ދެ މިނިސްޓްރީއަކަށް ބަހާލާފައެވެ. އެގޮތުން ހައުސިންގެ ޒިންމާތައް މިނިސްޓްރީ އޮފް ހައުސިންގެ ދަށަށް ބަދަލުކުރެވިގެން ދިޔަ އިރު އިންފްރާސްޓްރަކްޗަރުގެ ޒިންމާތަކާ ހަވާލުވީ މިނިސްޓްރީ އޮފް ޕްލޭނިން އެންޑް އިންފްރާސްޓްރަކްޗަރުންނެވެ.

ބްރިޖުގެ ކޮންޓްރެކްޓަރެއްގެ ގޮތުގައި މަސައްކަތްކޮށްފައިވަނީ ޗައިނާ ކޮމިއުނިކޭޝަންސް އެންޑް ކޮންސްޓްރަކްޝަން ކޮމްޕެނީ (ސީސީސީސީ) އިންނެވެ. ބްރިޖު ހުޅުވުމަށް ފަހު ވެސް އެ ސަރަހައްދުގެ ކަނޑުގައި ގިނަ އަދަދެއްގެ ދަގަނޑު ހޮޅި ހުރެގެން އެ ސަރަހައްދު ބޭނުންކުރާ ރާޅާއެޅުންތެރިން ވެސް ޝަކުވާކޮށްފައިވެއެވެ.

ސިނަމާލެ ބުރިޖުމިނިސްޓްރީ އޮފް ހައުސިން ޑރ. މުހައްމަދު މުއިއްޒު

ކޮމެންޓް

އިތުރަށް ކިޔާލަން

ތިލަމާލެ ބްރިޖު: މާލެއިން ވިލިމާލެ އަށް މި އަހަރުގެ ނިޔަލަށް ގުޅުވާލެވޭނެ ކަމަށް ސަރުކާރުން ހާމަކުރި ނަމަވެސް މިހާތަނަށް ނިންމުނީ  67 ޕަސެންޓްގެ މަސައްކަތް

ތިލަމާލެ ބްރިޖު: މާލެއިން ވިލިމާލެ އަށް މި އަހަރުގެ ނިޔަލަށް ގުޅުވާލެވޭނެ ކަމަށް ސަރުކާރުން ހާމަކުރި ނަމަވެސް މިހާތަނަށް ނިންމުނީ 67 ޕަސެންޓްގެ މަސައްކަތް

11 ޑިސެމްބަރު 2025
މިސަރުކާރުގެ ދޮގާއި މަކަރުގެ ސްކޭމް ގައި ތިން ވަނަ ފަހަރަށް ރައްޔިތުން ޖެއްސުމަށް ދަނީ މަސައްކަތް ކުރަމުން: މެންބަރު އަހުމަދު ދީދީ

މިސަރުކާރުގެ ދޮގާއި މަކަރުގެ ސްކޭމް ގައި ތިން ވަނަ ފަހަރަށް ރައްޔިތުން ޖެއްސުމަށް ދަނީ މަސައްކަތް ކުރަމުން: މެންބަރު އަހުމަދު ދީދީ

11 ޑިސެމްބަރު 2025
ވައުދުތައް ނުފުއްދާތީ މަސްވެރިން އިހުތިޖާޖަށް، ރައީސް ވިދާޅުވަނީ އެންމެ ބޮޑު އަމާޒަކީ މަސްވެރި އާއިލާތަކަށް ލިބޭ އާމުދަނީ އިތުރު ކުރުން ކަމަށް!

ވައުދުތައް ނުފުއްދާތީ މަސްވެރިން އިހުތިޖާޖަށް، ރައީސް ވިދާޅުވަނީ އެންމެ ބޮޑު އަމާޒަކީ މަސްވެރި އާއިލާތަކަށް ލިބޭ އާމުދަނީ އިތުރު ކުރުން ކަމަށް!

10 ޑިސެމްބަރު 2025
މިސަރުކާރު ގައި ރައްޔިތުންނަށް އަބަދުވެސް ލިބެނީ ''އައު މުހުލަތު''، އެ ނޫން އެއްޗެއް ނުލިބޭނެ: މެންބަރު މީކާއީލް

މިސަރުކާރު ގައި ރައްޔިތުންނަށް އަބަދުވެސް ލިބެނީ ''އައު މުހުލަތު''، އެ ނޫން އެއްޗެއް ނުލިބޭނެ: މެންބަރު މީކާއީލް

10 ޑިސެމްބަރު 2025
މިއީ ބަހާނާ ދައްކާ ސަރުކާރެއް، ހަދާ ދޮގުތައް ހާމަވެ، ކުރިއަށް އޮތްތަނުގައި ވަރަށް ގިނަ ބޮނޑި ބޯނެ: ވ.ތިނަދޫ ކައުންސިލްގެ ރައީސް

މިއީ ބަހާނާ ދައްކާ ސަރުކާރެއް، ހަދާ ދޮގުތައް ހާމަވެ، ކުރިއަށް އޮތްތަނުގައި ވަރަށް ގިނަ ބޮނޑި ބޯނެ: ވ.ތިނަދޫ ކައުންސިލްގެ ރައީސް

07 ޑިސެމްބަރު 2025

އަހަރުތަކުން މިއަދު

17 ޖޫން
އިރާނާ ދެކޮޅަށް އިސްރާއީލަށް އަސްކަރީ އެހީތެރިކަން ނުދިނުމަށް އެމެރިކާ އަށް ރަޝިޔާ އިން އިންޒާރު ދީފި
20251 އަހަރު ކުރިން
ދުނިޔެ

އިރާނާ ދެކޮޅަށް އިސްރާއީލަށް އަސްކަރީ އެހީތެރިކަން ނުދިނުމަށް އެމެރިކާ އަށް ރަޝިޔާ އިން އިންޒާރު ދީފި

އަގު ބޮޑު ވެލާ ރިސޯޓުގައި ރައީސްގެ ދެކަނބަލުން ޗުއްޓީ ހޭދަ ކުރެއްވުމާ ބެހޭ ގޮތުން ސަރުކާރުގެ އަދި ރިސޯޓުގެ ބަހެއްވެސް ނެތް
20242 އަހަރު ކުރިން
ރާއްޖެ

އަގު ބޮޑު ވެލާ ރިސޯޓުގައި ރައީސްގެ ދެކަނބަލުން ޗުއްޓީ ހޭދަ ކުރެއްވުމާ ބެހޭ ގޮތުން ސަރުކާރުގެ އަދި ރިސޯޓުގެ ބަހެއްވެސް ނެތް

ނޮވެމްބަރު ތިނެއްގެ އުދުވާނީ ހަމަލާގެ މޭސްތިރިޔާ ލުތުފީއަށް އިއްވި ހުކުމް ތަންފީޒުކޮށް ނިމިއްޖެ
20233 އަހަރު ކުރިން
ރާއްޖެ

ނޮވެމްބަރު ތިނެއްގެ އުދުވާނީ ހަމަލާގެ މޭސްތިރިޔާ ލުތުފީއަށް އިއްވި ހުކުމް ތަންފީޒުކޮށް ނިމިއްޖެ

 މަޝްހޫރު ލަވަކިއުންތެރިޔާ ބިއޮންސޭ އައު އަލްބަމެއް ނެރެނީ
20224 އަހަރު ކުރިން
ތަފާތު ޚަބަރު

މަޝްހޫރު ލަވަކިއުންތެރިޔާ ބިއޮންސޭ އައު އަލްބަމެއް ނެރެނީ

 ނަފްރަތުގެ އަމަލުތަކުގެ ބިލު ދީނާ ޚިލާފެއްނޫން
20215 އަހަރު ކުރިން
ރިޕޯޓު

ނަފްރަތުގެ އަމަލުތަކުގެ ބިލު ދީނާ ޚިލާފެއްނޫން

ރައީސް ޔާމީން ދެކެ ލޯބިވާ މިންވަރު ބެލުމުގެ ބައްދަލުވުމުގައި ފަނޑިޔާރު އަބްދުﷲ ދީދީ!
20197 އަހަރު ކުރިން
ރިޕޯޓު

ރައީސް ޔާމީން ދެކެ ލޯބިވާ މިންވަރު ބެލުމުގެ ބައްދަލުވުމުގައި ފަނޑިޔާރު އަބްދުﷲ ދީދީ!

ޔާމީނުގެ މައްޗަށް މައުމޫން މުޖައްރިބު ނަތީޖާއެއް ނެރޭނެ
20188 އަހަރު ކުރިން
ރިޕޯޓު

ޔާމީނުގެ މައްޗަށް މައުމޫން މުޖައްރިބު ނަތީޖާއެއް ނެރޭނެ

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު