Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެޔޫކްރެއިން-ރަޝިއާ ހަނގުރާމަ

ރަޝިއާއިން ބައިނަލްއަގުވާމީ ގާނޫނުތަކާ ޚިލާފުވެފައިވާކަމަށް އދ.ގެ ސެކިއުރިޓީ ކައުންސިލުން ބުނެފި

ޔޫކްރެއިންގެ އާބާދީގެ 40 އިންސައްތަ - 18 މިލިއަން މީހުންނަށް އިންސާނީ އެހީތެރިކަން ބޭނުންވެފައިވާކަމަށް ސެކިއުރިޓީ ކައުންސިލުން ވަނީ ފާހަގަކޮށްފައި

ފާތިމަތު އުދުމާ
ފާތިމަތު އުދުމާ | 24 އޮކްޓޯބަރު 2022 | ހޯމަ 14:03
ޔޫކްރެއިންގައި އެތައް ސަތޭކަ ބަޔަކު މަރާލުމަށްފަހު އެއްތަނެއްގައި ވަޅުލާފައި

ޔޫކްރެއިންގައި އެތައް ސަތޭކަ ބަޔަކު މަރާލުމަށްފަހު އެއްތަނެއްގައި ވަޅުލާފައި

ރަޝިއާއިން ޔޫކްރެއިންގައި ދެމުންދާ ހަމަލާތަކާއި ގުޅިގެން ގައުމުތަކުގެ ޑިޕްލޮމެޓުން އދ. ސެކިއުރިޓީ ކައުންސިލްގައި ކަންބޮޑުވުން ފާޅުކުރައްވައިފިއެވެ.

ހުކުރު ދުވަހު ކުރިއަށްދިޔަ ސެކިއުރިޓީ ކައުންސިލްގެ ބައްދަލުވުމުގައި ގައުމުތަކުގެ ޑިޕްލޮމެޓުން ވަނީ ރަޝިއާއިން ޔޫކްރެއިންގައި ދެމުންދާ މިސައިލް އަދި ޑްރޯން ހަމަލާތައް އިތުރުވެފައިވާކަމަށް ބުނެފައެވެ. އަދި އެގައުމުން ބައިނަލްއަގުވާމީ ގާނޫނުތަކާ ހިލާފުވެފައިވާކަމަށް ޑިޕްލޮމެޓުން ވަނީ ފާހަގަކުރައްވާފައެވެ.

މީޑިއާ ރިޕޯޓުތައް ބުނާގޮތުން ރަޝިއާގެ ހަމަލާތައް ވަނީ ޔޫކްރެއިންގެ އިންޖީނުގެ ތަކަށް ވަރަށް ބޮޑަށް އަމާޒުކޮށްފައެވެ. އޮކްޓޫބަރު 10 ވަނަ ދުވަހުން ފެށިގެން ދެވުނު ހަމަލާތަކުގައި މިހާތަނަށް އެތައް ބިލިއަން ޑޮލަރެއްގެ ގެއްލުންލިބި އެތައް އިންޖީނެއް ހަލާކުވެފައިވާކަމަށް ރިޕޯޓުތައް ބުނެއެވެ.

ކްރައިމިއަރ ބްރިޖަށް ދިން ހަމަލާގެ ރައްދުގައިކަމަށް ބުނެ ރަޝިއާއިން ވަނީ ޔޫކްރެއިންގެ އެތައް ސިޓީއަކަށް މިސައިލް އަދި ޑްރޯން ހަމަލާތަކެއް މިމަހު ދީފައެވެ. މިއީ މިހަނގުރާމަ ފެށުނު ފަހުން ރަޝިއާއިން ޔޫކްރެއިނަށްދިން އެންމެ ވަރުގަދަ ހަމަލާތަކެވެ.

މިހަމަލާތައް ޔޫކްރެއިންގެ ވެރިރަށް ކިއެވް ހިމެނޭހެން އާންމުން ދިރިއުޅޭ އެތައް ސިޓީއަކަށް އަމާޒުވެގެން ދިއުމާއެކު މިއީ ހަމަ ގަސްތުގައި އާންމުންމަށް އަމާޒުކޮށް ރަޝިއާއިން ދިން ހަމަލާތަކެއް ކަމަށް އިނގިރޭސިވިލާތުން އދ. އަށް ކަނޑައަޅުއްވާފައި ހުންނަވާ ޑެޕިއުޓީ އެމްބެސެޑަރު ޖޭމްސް ކަރިއުކީ ވަނީ ސެކިއުރިޓީ ކައުންސިލްގައި ވިދާޅުވެފައެވެ. އަދި މިއީ ކަނޑައެޅިގެން ބައިނަލްއަޤުވާމީ އިންސާނީ ގާނޫނުތަކާ ހިލާފު އަމަލެއް ކަމަށް ޖޭމްސް ވަނީ ވިދާޅުވެފައެވެ.

ސެކިއުރިޓީ ކައުންސިލްގައި ހިއްސާކުރެވުނު މައުލޫމާތުތަކުގެ ތެރޭގައި ޔޫކްރެއިންގެ އާބާދީގެ 40 އިންސައްތަ - 18 މިލިއަން މީހުންނަށް އިންސާނީ އެހީތެރިކަން ބޭނުންވެފައިވާކަމަށް ވަނީ ފާހަގަކޮށްފައެވެ. އަދި 14 މިލިއަނެއްހާ މީހުންނަށް ގެދޮރު ދޫކޮށްދާން މަޖުބޫރުވެފައިވާއިރު، 6.2 މިލިއަން މީހުން ގައުމުގެ އެތެރޭގައި، އިންޓާނަލީ ޑިސްޕްލޭސްޑް މީހުންނަށް ވެފައިވާކަމަށް ކައުންސިލް ބައްދަލުވުމުގައި ވަނީ ފާހަގަކޮށްފައެވެ.

މީގެ އިތުރުން މިހާތަނަށް އެގައުމުގެ 7.7 މިލިއަން މީހުން ރެފިއުޖީންނަށް ވެފައިވާކަމަށްވެސް ވަނީ ފާހަގަކޮށްފައެވެ.

ރަޝިއާޔުކްރެއިން

އިތުރަށް ކިޔާލަން

29 ނޮވެމްބަރު 2025

ކޮރަޕްޝަންގެ ތުހުމަތު އަމާޒުވެފައި ވަނިކޮށް، ޒެލެންސްކީ ގެ އެންމެ ގާތް އަދި އަރިހުގައި ހުންނެވި ޔާމަކް އިސްތިއުފާ ދެއްވައިފި

29 ނޮވެމްބަރު 2025
ކޮރަޕްޝަންގެ ތުހުމަތު އަމާޒުވެފައި ވަނިކޮށް، ޒެލެންސްކީ ގެ އެންމެ ގާތް އަދި އަރިހުގައި ހުންނެވި ޔާމަކް އިސްތިއުފާ ދެއްވައިފި
27 ނޮވެމްބަރު 2025

ރަޝިޔާ އިން ކުރިމަތިވާނެ ނުރައްކަލަކަށް ފްރާންސް ފަސް ޖެހިގެން ނުވާނެ: މެކްރޮން

27 ނޮވެމްބަރު 2025
ރަޝިޔާ އިން ކުރިމަތިވާނެ ނުރައްކަލަކަށް ފްރާންސް ފަސް ޖެހިގެން ނުވާނެ: މެކްރޮން
22 ނޮވެމްބަރު 2025

ހަނގުރާމަ ހުއްޓާލުމަށް ހުށަހެޅި ޕްލޭން އާ ގުޅިގެން ޔޫކްރެއިން ގެ ކުރިމަތީގައި ވަނީ ވަރަށް އުނދަގޫ ނިންމުމެއް: ރައީސް ޒެލެންސްކީ

22 ނޮވެމްބަރު 2025
ހަނގުރާމަ ހުއްޓާލުމަށް ހުށަހެޅި ޕްލޭން އާ ގުޅިގެން ޔޫކްރެއިން ގެ ކުރިމަތީގައި ވަނީ ވަރަށް އުނދަގޫ ނިންމުމެއް: ރައީސް ޒެލެންސްކީ
12 ނޮވެމްބަރު 2025

100 މިލިއަން ޑޮލަރުގެ ޚިޔާނާތުގެ މައްސަލައިގައި ޔުކްރެއިންގެ ޖަސްޓިސް މިނިސްޓަރ ސަސްޕެންޑް ކޮށްފި

12 ނޮވެމްބަރު 2025
100 މިލިއަން ޑޮލަރުގެ ޚިޔާނާތުގެ މައްސަލައިގައި ޔުކްރެއިންގެ ޖަސްޓިސް މިނިސްޓަރ ސަސްޕެންޑް ކޮށްފި
09 ސެޕްޓެމްބަރު 2025

ރަޝިއާގައި އުފައްދައި ޓެސްޓު ކުރަމުން އައި ކެންސަރު ވެކްސިން ކާމިޔާބު ކަމަށް ބުނެފި

09 ސެޕްޓެމްބަރު 2025
ރަޝިއާގައި އުފައްދައި ޓެސްޓު ކުރަމުން އައި ކެންސަރު ވެކްސިން ކާމިޔާބު ކަމަށް ބުނެފި
31 އޯގަސްޓު 2025

ޔުކްރެއިންގެ ޤާނޫނު ހަދާ މަޖިލީހުގެ ކުރީގެ ރައީސް ޕަރުބީ އަށް ހަމަލާދީ އަވަހާރަ ކޮށްލައިފި

31 އޯގަސްޓު 2025
ޔުކްރެއިންގެ ޤާނޫނު ހަދާ މަޖިލީހުގެ ކުރީގެ ރައީސް ޕަރުބީ އަށް ހަމަލާދީ އަވަހާރަ ކޮށްލައިފި
02 އޯގަސްޓު 2025

 ޓްރަމްޕް އާއި މެޑްވެޑޭވްގެ ބަހުގެ ހަމަލާ، އަސްކަރީ ސަބްމެެރިން ނެރުމަށް ޓްރަމްޕް އަމުރު ކުރައްވައިފި

02 އޯގަސްޓު 2025
 ޓްރަމްޕް އާއި މެޑްވެޑޭވްގެ ބަހުގެ ހަމަލާ، އަސްކަރީ ސަބްމެެރިން ނެރުމަށް ޓްރަމްޕް އަމުރު ކުރައްވައިފި
18 ޖުލައި 2025

ޔުކްރެއިން އަށް ބޭނުންވާ ޕެޓްރިއޮޓް މިސައިލް ވީ އެންމެ އަވަހަކަށް ފޮނުވަނީ

18 ޖުލައި 2025
ޔުކްރެއިން އަށް ބޭނުންވާ ޕެޓްރިއޮޓް މިސައިލް ވީ އެންމެ އަވަހަކަށް ފޮނުވަނީ
17 ޖުލައި 2025

ޔުކްރެއިންގެ އައު ބޮޑު ވަޒީރަކަށް ޔޫލިއާ ސްވިރިޑެންކޯ އައްޔަން ކޮށްފި

17 ޖުލައި 2025
ޔުކްރެއިންގެ އައު ބޮޑު ވަޒީރަކަށް ޔޫލިއާ ސްވިރިޑެންކޯ އައްޔަން ކޮށްފި
16 ޖުލައި 2025

ޔުކްރެއިން އިން މޮސްކޯ އަށް ހަމަލާ ދީގެން ނުވާނެ ކަމަށް ޓްރަމްޕް ވިދާޅުވެއްޖެ 

16 ޖުލައި 2025
ޔުކްރެއިން އިން މޮސްކޯ އަށް ހަމަލާ ދީގެން ނުވާނެ ކަމަށް ޓްރަމްޕް ވިދާޅުވެއްޖެ 
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު